ވިޔަފާރި / މިފްކޯ

އިންޑިއާގެ އެހީއާއެކު މިފްކޯގެ ފެސިލިޓީތައް ތަރައްގީ ކުރަނީ

މިފްކޯ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް: މިފްކޯގެ ފެސިލިޓީތައް އިތުރު ކުރުމަށް އިންޑިއާގެ ސަރުކާރުން އެހީދެން ވަނީ ނިންމައިފައި-- ފޮޓޯ: މިހާރު

ލައިން އޮފް ކްރެޑިޓްގެ ގޮތުގައި، ރާއްޖެ އަށް އިންޑިއާ އިން ދޭ 800 މިލިއަން ޑޮލަރުގެ ތެރެއިން މިފްކޯގެ ފެސިލިޓީތައް އިތުރުކޮށް، ބިނާކުރުމަށް ނިންމައިފި އެވެ.

މި އެހީގެ ދަށުން، ފެލިވަރުގެ ފިޝަރީޒް ކޮމްޕެލްސްގައި މަސް ރައްކާކުރެވޭނެ ސްޓޯރެޖް ފެސިލިޓީއެއް ގާއިމްކޮށް "ޓޫނާ ލޮއިންސް" ޕްލާންޓަކާއި "ފިޝް މީލް" ޕްލާންޓެއް ގާއިމް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ގއ. ގެމަނަފުށީގައި 50 މެޓްރިކް ޓަނުގެ އައިސްޕްލާންޓަކާއި 100 މެޓްރިކް ޓާނުގެ އައިސް ސްޓޯރެޖެއް ވެސް މި އެހީގެ ދަށުން ގާއިމް ކުރާނެ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ކޮމިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މިއީ 18 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ކަމަށާއި މި މަސައްކަތުގެ ކޮންސަލްޓެންޓުުން ކަނޑައަޅާނީ ދިވެހި ސަރުކާރުން ކަމަށެވެ.

އެ ކޮމިޝަނުން ބުނިގޮތުގައި، ރާއްޖޭގައި ޒަމާނުއްސުރެ ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމަކީ ދެމެހެއްޓެނިވި ގޮތެއްގައި ޒިންމަދާރުކަމާ އެކު ކުރާ މަސްވެރިކަމެއް ކަމަށް ގަބޫލު ކުރެވެ އެވެ. އިންޑިއާގެ އެހީއާއެކު، ހިންގާ މި ޕްރޮޖެކްޓުގެ ދަށުން މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރައިގެން ދާނެ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.

"މި ޕްރޮޖެކްޓުގެ ސަބަބުން އާ މޭކެޓުތަކަށް ހުޅުވި، މަސް ކަލެކްޓުކޮށް ބެހެއްޓުުގެ ސްޓޯރެޖް އިތުރުވެ، ކަލެކްޝަން އޮޕަރޭޝަންތަކުގެ އެފިޝަންސީ އިތުރުވެ، އައިސްޕްލާންޓު އަޕްގްރޭޑް ކުރެވި މަސްވެރިކަމުން އާމްދަނީ ލިބޭނެ މަގުތައް އިތުރުވެގެންދާނެ އެވެ." އިންޑިއާ ހައި ކޮމިޝަނުގެ ބަޔާނުގައި ބުންޏެވެ.

އިންޑިއާ އިން ރައްޖެ އަށް 800 މިލިއަން ޑޮލަރު ދޭން ނިންމާފައިވަނީ ފަސް އަހަރުގެ މޮރިޓޯރިއަމް މުއްދަތަކާއެކު 20 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށެވެ. މި އެހީގެ ދަށުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކަކީ ދިވެހި ސަރުކާރުން ކަނޑައަޅައި އިންޑިއާ ސަރުކާރުން އެޕްރޫވް ކުރާ ޕްރޮޖެކްޓުތަކެވެ. ހުރިހާ ޕްރޮޖެކްޓަކަށް ވެސް ކޮންސަލްޓެންޓުންނާއި ކޮންޓްރެކްޓަރުން ހޮވާނީ ދެފުށް ފެންނަހެން، ދެ ގައުމުގެ އެއްބާރުލުމާއެކު ކަމަށް ވެސް އިންޑިއާ ހައި ކޮމިޝަނުުން ބުންޏެވެ.

34 ކޮމެންޓް, 52 ރިއެކްޝަންސް

icon happy icon happy 21%
icon sad icon sad 4%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރައީސް ސޯލިހަށް

05 August 2020

އިގްތިސޯދު ދަށް ދަނޑިވަޅެއްގެ، ބޭރު ފައިސާ އެތެރެވާން އޮތް ހަމައެކަނި ވަސީލަތް ތިގޮތަށް އިންޑިއާއަށް ބަރޯސާކުރުވީމަ، ލަދުގަނޭ. އެއަރ މޯލްޑިވްސް ބަނގުރޫޓުވީމަ، ދެން އުފެއްދީ މޯލްޑިވިއަން. ކުރިހޯދިލެ ލަސްތޯ؟ މިފްކޯ އުވާލާ ދެންވެސް ގައުމީ މަސްކުންފުންޏެއް އުފައްދާ އެސެޓްތައް ކުއްޔަށް ދޫކޮށްލަބަލަ އައުކުންފުންޏަށް. ރައްޔިތުންނަށް ހިއްސާ ވިއްކާ، މަހުގެ އަގު ފައިދާ ލިބޭ މިންވަރަށް ދަށްކޮށް މަސް ގަނެ އެކްސްޕޯރޓްކޮށް ފެލިވަރަށާ ބޭރަށް މަސް ވިއްކަބަލަ.

The name is already taken The name is available. Register?

އަޒާ

05 August 2020

މިއެހީގެ ދަށުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓުތަކަކީ ދިވެހި ސަރުކާރުން ކަނޑައަޅައި "އިންޑިއާ ސަރުކާރުން އެޕްރޫވް ކުރާ ޕްރޮޖެކްޓުތަކެވެ." ކޮބާތޯ މީގެ މާނައަކީ...؟؟؟ ރަށެއްގެ ކައުންސިލުން ކަނޑައަޅާ ޕްރޮޖެކްއެއް އެ ޕްރޮޖެކްޓް އެޕްރޫވް ކުރަން ޖެހެނީ ލޯކަލް ގަވަރަމަންޓް އޮތޯރިޓީއިން ކަހަލަ ކަމެއް،

The name is already taken The name is available. Register?

1828

05 August 2020

ދިވެހިންގެ ލޮޖިކް. ޗައިނާއިން ލޯނު ނެގުން ގޯސް.، އެކަމަކު އިންޑިއާ، ޗައިނާއިން ލޯނު ނަގާފައި، އެފައިސާ ރާއްޖެއަށް ލޯންގެ ގޮތުގައި ދިނީމައި އޯކޭ.

The name is already taken The name is available. Register?

ޕްރޯއެކްޓިވް ވޭ ރައީސް ސޯލިޙް

05 August 2020

ދިވެހީންގެ ލޭނާރަށް ފައިންއަރަން ކީއްކުރަންތޯ އިންޑިއާ ތިޔަށް ވައްދަނީ؟ ރައީސް ޕްރޯއެކްޓިވް ނުވެ ގައުމެއް ނުހިންގޭނެ! މިފްކޯގެ މަސްވެރީންނަށް މިނިވަންކަން ހޯދަދޭން އެސްޓީއޯ ވިޔަފާރި ވަކިތަކުން ނެރެ، މުޅިން އައު ކުންފުންޏެއް އައު ބްރޭންޑް ނަމަކާއެކު މަސްކުންފުނި ރީބްރޭންޑް ކޮށްލަބަލަ! ރައްޔިތުންނަށް ހިއްސާ ވިއްކާ ބޮޑު ކުންފުންޏަކަށް ބަދަލުކޮށް، ފައިދާ ވާނެގޮތަށް މަހުގެ އަގުތައް ބަދަލުކޮށްބަލަ! ދަޅުމަސް ބަންދުކުރާ ކުންފުނިވެސް ރީބްރޭންޑް ކޮށްބަލަ

The name is already taken The name is available. Register?

ކުރަން އުޅުނީމަ ވާނެ

05 August 2020

ބަލަ ތީކީ އިންޑިއާ ލައްވާ ކުރުވަން ޖެހޭ ވަރުގެ ކަމެއްތަ؟ "މަކުނުދޫ ސިއްހީ މަރުކަޒަށް ޓިޝޫ ގަތުމަށް އިންޑިއާގެ އެހީ ހޯދަން ސަރުކަރުން ނިންމަިފި" މިކަހަލަ ވާހަކައެއްތީ! ދިވެހީންގެ މަސްކުންފުނި ދިވެހީންނަށް ދޭންވީ. އެސްޓީއޯ އަތުން މިނިވަންކޮށް ޕަބްލިކް ކުންފުންޏަކަށް ބަދަލު ނުކުރަނީ ކޮންކަމަކާ ބިރުންތޯ؟ މިފްކޯ ދަރަންޏާ ހެދި ވާން ނެތިއްޔާ މިފްކޯ އުވާލާހަ، މުޅިން އައު ކުންފުންޏެއްގެ ނަމުގަ ރަޖިސްޓްރީކޮށް ޕަބްލިކް ކުންފުންޏަކަށް ހަދާބަލަ.

The name is already taken The name is available. Register?

ޢިންސުައަރަންސް

05 August 2020

މިހާރު ރާއްޖޭގެ ދާހިލީ ކަންކަމާއި ސީދާއިންޑިއާއިން ބެހުމުގެ ހުއްދަލިބުނީ. ޢިންޑިއާގެ ރައްޔަތުންގެ ޓެކްސް ފައިސާ ރާއްޖެއައްދީ’ އެނުދެއްކިއްޖެ ހާލަތެއްގައި އިންޑިއާއައް އެކަމާއި ބެހެން އިންޑިއާކެ ކޮއްމެ ރައްޔަތަކަުވެސް ބޭނުންވާނެ. ޜާއްޖޭ ދެނެއް ދިވެހިންނައް ލިބުން ނާދިރު. ޥައްސަލާމް.

The name is already taken The name is available. Register?

ދިވެހިކަނޑުތައް

05 August 2020

ދިވެހިކަނޑުތަކާއި މަސްތައް މިހާރު ތިއޮތީ ދިވެހިން އަޅުވެތިކަމުން ސަލާމަތްވެ އިންޑިއާގެ އަތްދަށަށް ބަދަލުވެފައި. ދެންބާރަށް އަތްޖަހާ...

The name is already taken The name is available. Register?

ޖަމަލު

05 August 2020

އިންޑިއާގެ މިހާރުގެ ސަރުކާރުގެ ވެދުމެއްވީމަ އެދުމާ މެދު ވިސްނާލަން އެބަޖެހޭ

The name is already taken The name is available. Register?

އެންދެރި

05 August 2020

800 މިކިއަން ޑޮލަރުގެ ފައިސާ ދެނީތޯ ބަލާލަން ބޭނުމެވެ. ނޫނީ މެޓީރިއަލް ނުވަތަ އެމީހުންގެ ތަކެތިއަދި މުވައްޒަފުން ލައިގެން ޕްރޮޖެކްޓް ހިންގަނީ ތޯ ބަލަން ބޭނުމެވެ.

The name is already taken The name is available. Register?

ަައަލީ ތަކުރު

05 August 2020

ސުކުރު ކޮއްބަލަ އެއނމެފަހަރަކުވެސް ލިބޭ ނިއުމަތްތަކައް ސަކުވާނުކޮއް

The name is already taken The name is available. Register?

އަޒާ

05 August 2020

ޝުކުރު ކުރުމަކީ ޤައުމު އަޅުވެތިވުން ކަމަށްވަންޏާ ސޮރީއޭ ބުނެވޭނީ..

The name is already taken The name is available. Register?

އުދުހޭ

05 August 2020

އިންޑިޔާ ހައިކޮމިޝަން ބޭރުން މަގުމަތީގަ ފޮޓޯ މައުޒަރު ހުޅުވަން ހުއްދަދިނީ ކޮން އުސޫލަކުންތޯ ނޫސްވެރިން ސާފުކޮށްލަދީބަލަ. ދަގަނޑު ކިޔޫ ސްޓޭންޑް ތަކެއްވެސް އެތާ އެބަހުރި. ރައްޔިތުމީހާ ފިހާރައިން މުދާކޮޅެއް ބޭރަށް ބެރެލާއިރަށް އެކަން މައްސަލައަކަށް ވާއިރު މިހާރު އިންޑިޔާ މީހުންނަށްވުރެ ދިވެހިންގެ ދަރަޖަ ދަށީތަ؟

The name is already taken The name is available. Register?

ބޮޑު މުހައްމަދު

05 August 2020

ކަލޭމެން މާލޭގަ އުޅޭ މީހުންނަށް ކަމެއް ނުވަނީނު. ނާގާ އަތުކޮޅަށް ހޫރާލަބަލަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!