ދިރާގު "މަމެން"ގެ ވާހަކަ ހިއްސާކޮށްގެން ހިލޭ ޑޭޓާ

ދިރާގު "މަމެން" މޯބައިލް އެޕްލިކޭޝަންގެ ވާހަކަ ހިއްސާ ކުރާ ކަސްޓަމަރުންނަށް ހިލޭ ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން ފަށައިފި އެވެ.


މި ޑޭޓާ ހޯދުމަށް އެޕްލިކޭޝަންގެ "މަމެން ރިފެރަލް" ފީޗާ މެދުވެރިކޮށް އާއިލާ މީހުންނަށާއި ރަހުމަތްތެރިންނަށް ޑޭޓާ ޕްލޭންތައް އެކްޓިވޭޓު ކުރުމަށް ދައުވަތު ފޮނުވޭނެ އެވެ. މިގޮތަށް ފޮނުވާ ދައުވަތު ގަބޫލުކޮށް ޕްލޭން އެކްޓިވޭޓް ކޮށްފި ނަމަ ދައުވަތު ފޮނުވި ކަސްޓަމަރާއި އަލަށް މި ދައުވަތު ގަބޫލު ކުރާ ކަސްޓަމަރަށް ވެސް ހިލޭ ޑޭޓާ ލިބޭނެ އެވެ.

ދިރާގުން ބުނީ އެ ކުންފުނީގެ މަމެން ކަސްޓަމަރުންނަށް އެޕްގައި ހިމަނާފައިވާ "ރިފަރަލް ޓެބް" މެދުވެރިކޮށް ހާއްސަ "ރިފަރަލް ކޯޑް" އެއް ލިބޭނެ ކަމަށެވެ. މި ކޯޑު މެދުވެރިކޮށް ބޯނަސް ޑޭޓާ އާއި ލީޑާ ބޯޑު ޓްރެކް ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މަމެން އެޕް ގޫގުލް ޕެލޭ ސްޓޯރުނާއި އެޕަލް އެޕް ސްޓޯރުން ހިލޭ ޑައުންލޯޑް ކުރެވޭނެ އެވެ.

މަމެންގެ ވާހަކަ ހިއްސާކުރާނެ ގޮތް ދައްކުވައިދޭ ވީޑިއޯއެއް--

ދިރާގުން ވަނީ މަމެން ކަސްޓަމަރުންނަށް ހާއްސަކޮށްގެން ޑޭޓާ ޕްލޭންތަކުން ޑިސްކައުންޓް ދޭ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. މި ޕްރޮމޯޝަންގެ ދަށުން މި މަހުގެ ނިޔަލަށް ނަގާ ކޮންމެ ޑޭޓާ ޕްލޭނަކުން 25 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ އެވެ.

ޒުވާނުންނަށް އަމާޒުކޮށްގެން 2017 ވަނަ އަހަރު ދިރާގުން ތައާރަފުކުރި މަމެން އެޕްލިކޭޝަނަކީ އެ މީހަކު ބޭނުންވާ ގޮތަށް ޑޭޓާ އާއި ވޮއިސް އަދި އެސްއެމްއެސް ނެގޭ ގޮތަށް ތައްޔާރުކޮށްފައިވާ މޯބައިލް ޕްލޭނެކެވެ. މި އެޕްލިކޭޝަނަކީ މިހާތަނަށް ރާއްޖޭގައި ތައާރަފްކުރި މިފަދަ ފުރަތަމަ މޯބައިލް ޕްލޭނެވެ.