ދިރާގު ސްޓްރީމިން ބަންޑެއްޔަށް ޓިކްޓޮކް އިތުރުކޮށްފި

ދިރާގު މޯބައިލް ކަސްޓަމަރުންނަށް ހާއްސަ ސްޓްރީމިން ބަންޑެއްޔަށް ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓިކްޓޮކް" އިތުރުކޮށްފި އެވެ.


ޓިކްޓޮކް އަކީ ދިވެހިންގެ މެދުގައި މިހާރު އެންމެ މަޝްހޫރު އެއް އެޕްލިކޭޝަނެވެ. މި އެޕްލިކޭޝަންގެ އިތުރުން ދިރާގު ސްޓްރީމިން ބަންޑަލީގައި ނެޓްފްލިކްސް އާއި ޔޫޓިއުބް ފަދަ ސްޓްރީމިން އެޕްތައް ވެސް ބޭނުން ކުރެވޭނެ އެވެ.

މި ބަންޑެލި މަދުވެގެން 65 ރުފިޔާ އަށް މާދަމާއިން ފެށިގެން އެކްޓިވޭޓް ކުރެވޭނެ އެވެ. އެއީ 4ޖީބީ އެވެ. މީގެ އިތުރުން 10ޖީބީ 250ރ. އަށް ލިބޭއިރު 25ޖީބީ 375ރ. އަށް ލިބޭނެ އެވެ.

މި ބަންޑެލިތައް ދިރާގު މޯބައިލް އެޕްލިކޭޝަން ނުވަތަ 343 އަށް "ކީވޯޑް" އެސްއެމްއެސް ކޮށްގެން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.

ޓިކްޓޮކް އަކީ ދުނިޔޭގެ އެކި އުމުރުގެ މީހުންގެ މެދުގައި މަޤުބޫލު އެޕްލިކޭޝަނެކެވެ. މި އެޕްގައި ކޮންޓެންޓް ތައްޔާރުކޮށްގެން އާމްދަނީ ވެސް ބައެއް މީހުން ހޯދަ އެވެ.

ދިރާގުން އަންނަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ފުރިހަމަކޮށް، އެންމެ ފުރިހަމަ ޑޭޓާ ބަންޑަލްސް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންނެވެ.