ދިރާގު ޓީވީ ޕްރޮމޯޝަން މި މަހުގެ ނިޔަލަށް އިތުރުކޮށްފި

ދިރާގު ޓީވީ އަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ދެ މަހުގެ ފީ ހިލޭ ލިބޭ ޕްރޮމޯޝަނުގެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.


މި ޕްރޮމޯޝަންގައި، ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ދިރާގު ޓީވީ ގުޅައިދިނުމާއި ޖޯއިބޮކްސް (ޑީކޯޑަރު) ވެސް ހިލޭ ލިބޭނެ އެވެ.

ދިރާގު ޓީވީ އަކީ 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ، އެޗްޑީ ކޮލިޓީގައި ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓު ފޯރުކޮށްދޭ ރާއްޖޭގެ ޑިޖިޓަލް ފުރަތަމަ ޓީވީ އެވެ. އެ ކުންފުނިން ވަނީ ކޮންޓެންޓާއި ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ރާއްޖޭގެ 73 ޕަސެންޓު ގޭބިސީ އަށް މި ހިދުމަތް ފޯރުކޮށްދީފަ އެވެ.

ދިރާގު ޓީވީ އަލަށް ސަބްސްކްރައިބް ކުރުމުން ޖޯއި ބޮކްސް އާއި ކަނެކްޝަން ވެސް ހިލޭ ލިބޭނެ--

މި ހިދުމަތް ރާއްޖޭގެ 53 ރަށަކަށް ލިބޭއިރު މީގެ ތެރޭގައި ފިކްސްޑް ބްރޯޑްބޭންޑް ހިދުމަތް ނެތް ރަށްތައް ވެސް ހިމެނެ އެވެ. އެފަދަ ރަށްތަކަށް ދިރާގު ޓީވީގެ ހިދުމަތް ފޯރުކޮށްދެނީ ޕްރައިވެޓް ނެޓްވޯކްތަކާ ގުޅިގެން ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ދިރާގު ޓީވީ މެދުވެރިކޮށް ޚަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ކަސްޓަމަރުންނާ ހަމައަށް ފަސޭހަ ކަމާއެކު އެންމެ ހެޔޮ އަގުގައި ފޯރުކޮށްދިނުމަށެވެ.