އެޑްވެންޓް ކެއާގެ އުފެއްދުންތައް މިހާރު ސިމްޑީން

ލަންކާގެ ސެނިޓަރީ އުފެއްދުންތައް ކަމަށްވާ އެޑްވެންޓް ކެއާގެ އުފެއްދުންތައް ސިމްޑީން ރާއްޖެއަށް ތައާރަފުކޮށްފި އެވެ.


އެ ކުންފުނިން ރާއްޖެއަށް ތައާރަފުކުރި ތަކެތީގެ ތެރޭގައި އެޑްވެންޓް ކެއާގެ ކޮންޓެކްޓްލެސް ތާމޯމީޓަރާއި، ހޭންޑް ސެނިޓައިޒަ އާއި މާސްކާއި އަންގި ހިމެނެ އެވެ.

ސިމްޑީން މިހާރު މަގުބޫލު މި ބްރޭންޑުގެ ސެނިޓައިޒާގެ 50 އެމްއެލްގެ ފުޅިން ފެށިގެން ފަސް ލިޓަރާ ހަމައަށް ލިބެން ހުންނާނެ އެވެ. އަދި އަންގީގެ ތެރޭގައި "ޕައުޑާޑް" އަންގި އާއި "ޕައުޑާ ފްރީ" އަންގީގެ އިތުރުން ސާޖިކަލް މާސްކާއި އެއްފަހަރަށްވުރެ ގިނަ ފަހަރު ބޭނުން ކުރެވޭ މާސްކު ވެސް މިހާރު އެ ކުންފުނިން ލިބެން ހުންނާނެ އެވެ.

ސިމްޑީން ލިބެން ހުންނަ ސެނިޓައިޒާ ފުޅިތަކެއް: އެކި ސައިޒުގެ ސެނިޓައިޒާ ފުޅި ލިބެން ހުންނާނެ ކަމަށް ސިމްޑީން ބުނޭ--

އެޑްވެންޓް ކެއާގެ އުފެއްދުންތަކަށް ސިމްޑީގެ މޯބައިލް އެޕްލިކޭޝަން އަދި ވައިބާ ކޮމިއުނިޓީ މެދުވެރިކޮށް ވެސް އޯޑަރު ކުރެވޭނެ އެވެ. އެ ކުންފުނިން ވަނީ މި އުފެއްދުންތައް ފަސޭހައިން ކަސްޓަމަރުންނަށް ފެންނަ ގޮތަށް މޯބައިލް އެޕްލިކޭޝަންގައި "ހައިޖީން އެންޑް ސެނިޓަރީ"ގެ ނަމުގައި ހާއްސަ ކެޓަގަރީ އެއްވެސް ހަދައިފަ އެވެ.

މޯބައިލް އެޕްލިކޭޝަން ނުވަތަ ވައިބާ ކޮމިއުނިޓީ މެދުވެރިކޮށް އޯޑަރު ކުރާ ކަސްޓަމަރުންނަށް ސިމްޑީން ހިލޭ ޑެލިވަރީގެ ހިދުމަތް ވެސް ދޭނެ އެވެ. މިކަމާ ގުޅޭ ތަފްސީލު ހޯދުމަށް ހޮޓްލައިން ނަންބަރު 3334455 އަށް އަދި ވައިބާ ނަންބަރު 7338472 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. ޑެލިވަރީގެ ހިދުމަތް ކޮންމެ ދުވަހު ހެނދުނު 9:00ން ރޭގަނޑު 8:00 އަށް ކުރިއަށްދާނެ އެވެ. މިހާލަތުގައި ޑެލިވަރީގެ ހިދުމަތް ދޭ އިރު މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރި ކަމަށް ވަރަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސިމްޑީން މިހާރު ވެސް އަންނަނީ 12،000 އަށް ވުރެ ގިނަ އުފެއްދުން ރީޓެއިލް ކުރަމުންނެވެ. އެގޮތުން މަޝްހޫރު ބްރޭންޑްތައް ކަމަށްވާ އިލީ އާއި ދިލްމާ އާއި އިލެކްޓްރޯލަކްސް އާއި ކެނޮން އާއި މޮނިން ސިރަޕް ބްރޭންޑްތައް ހިމެނެ އެވެ. މިގޮތުން މިހާރު ވެސް 200 އަށް ވުރެ ގިނަ ބްރޭންޑް އެ ކުންފުނިން ވަނީ ރާއްޖެއަށް ތައާރަފްކޮށްފަ އެވެ.