އިންޖީނު އަގުހެޔޮކޮށް އެމްޓީސީސީން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި

އެމްޓީސީސީގެ ކަށަވަރު ޝޯރޫމުން ވިއްކާ އިންޖީނުތަކުގެ އަގު ހެޔޮކޮށް، "މާބޮޑަށް ވެސް އަގުހެޔޮ ވެއްޖެ" ގެ ނަމުގައި އެ ކުންފުނިން ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.


އެ ކުންފުނިން ބުނީ އިންޖީނުތަކުގެ އަގު ހެޔޮ ކުރީ ސަރުކާރުން އިމްޕޯޓު ޑިއުޓީއަށް ގެނައި ބަދަލާ ގުޅިގެން ކަމަށެވެ. ކަށްވަރު ޝޯރޫމުން ވިއްކާ ސުޒުކީ އައުޓްބޯންޑް އިންޖީނާއި ޔަންމާ އިންބޯޑް އިންޖީން މިހާރު ވަރަށް އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އެކި ޕްރޮޑަކްޓުތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އިންޖީނުތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުވުމުގެ ހަރަކާތްތައް އެ ކުންފުނިން ބާއްވަ އެވެ.

އެމްޓީސީސީއަކީ ޔަންމާ އިންޖީނާއި ސުޒުކީ އައުޓްބޯޑް އިންޖީނުގެ އިތުރުން ކާސްޓްރޯލް އަޑީތެލާއި ސިގްމާ އެންޓިފައުލިން ސިސްޓަމް އަދި ސްކޮޓް ބާޑާ ބްރޭންޑް ފައިބަރުކުރަން ބޭނުންކުރާ ސާމާނުގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ އެވެ.