އާ ސީޕްލޭން ޓާމިނަލްގެ ލައުންޖް ކުއްޔަށް ދެނީ

އެމްއޭސީއެލްގެ އާ ސީޕްލޭން ޓާމިނަލުގެ "އެކްޒެކެޓިވް ލައުންޖް"ގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ކުއްޔަށް ދޭން އިއުލާން ކޮށްފި އެވެ.


އެ ކުންފުނިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތައް މި މަހުގެ 23 ވަނަ ދުވަހުގެ ހެނދުނު 11:00ގެ ކުރިން ސިޓީއަކުން ނުވަތަ ފެކްސްއަކުން ނުވަތަ އީމެއިލް މެދުވެރިކޮށް ނަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. މި ގޮތަށް ނަން ހުށަހަޅާ ފަރާތްތަކަށް އީމެއިލުން ބީލަން ފޮތް ފޮނުވާނެ ކަމަށް ވެސް އެ ބަޔާނުގައި އެމްއޭސީއެލުން ބުނެ އެވެ. ކުއްޔަށް ދޫކުރަނީ ކިތައް ލައުންޖް ކަމެއް އެމްއޭސީއެލްއަކުން ނުބުނެ އެވެ.

އާ ސީޕްލޭން ޓާމިނަލްގެ ލައުންޖުގެ ސަރަހައްދުތައް ކުއްޔަށް ހިފަން ނަން ހުށަހެޅޭނީ ސީޕްލޭން ނުވަތަ ރިސޯޓު ނުވަތަ ޓުއާ އޮޕަރޭޓަރުންނަށް އެކަންޏެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުން ކުއްޔަށް ހިފަން ބޭނުންވާ ކޮންމެ ސަރަހައްދަކަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 10،000 ޑޮލަރު (154،200ރ.) ހުށަހަޅަން ޖެހޭނެ އެވެ.

އާ ސީޕްލޭން ޓާމިނަލުގެ ލައުންޖު-- ފޮޓޯ: އެމްއޭސީއެލް

ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން ބީލަންތައް ހުށަހެޅުމުގެ އެންމެ ފަހު ގަޑިއަކީ އަންނަ މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 11:00 އެވެ.

އާ ސީޕްލޭން ޓާމިނަލަކީ އެމްއޭސީއެލް އިން 55 މިލިއަން ޑޮލަރު (848 މިލިއަން ރުފިޔާ) ހަރަދުކޮށްގެން ހަދާފައިވާ ތަނެކެވެ.