އަކުއާ ވީޓާ ރެޒިޑެންސް: ހިތްފަސޭހަ، ޒަމާނީ ގެތައް

ހުޅުމާލޭގައި އަކުއާ ވީޓާއިން ތަރައްގީ ކުރަމުން އަންނަ "އަކުއާ ވީޓާ ރެޒިޑަންސް"ގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފަ އެވެ. ސާދަ ބުރީގެ މި އިމާރާތުގައި ދެ ކޮޓަރި އާއި ތިން ކޮޓަރީގެ 98 އެޕާޓްމަންޓް ހުންނާނެ އެވެ. އަދި ކޮންމެ ކޮޓަރިއެއްގައި ވެސް މެއިޑް ރޫމެއް ހުންނާނެ އެވެ. ހުޅުމާލޭގެ ތަރައްގީވަމުން އަންނަ ސަރަހައްދެއްގައި ހަދަމުން އަންނަ މި ރެޒިޑެންސަކީ އެތަނުގައި ދިރިއުޅޭ މީހުންނަށް އަރާމުގައި އުޅޭވޭނެހެން އިމާރާތް ކުރަމުން އަންނަ ލަގްޒަރީ އެޕާޓްމަންޓުތަކެކެވެ.


މި އެޕާޓްމަންޓްތަކުގައި ދިރިއުޅޭނެ މީހުންނަށް އެންމެ ފުރިހަމަ މާހައުލެއް ހޯދައިދިނުމަށްޓަކައި، ކޮންމެ އެޕާޓްމަންޓެއް ވެސް ހަދާފައި ވަނީ އެންމެ ފަހުގެ ޑިޒައިންތަކަށެވެ. އެގޮތުން، އެޕާޓްމަންޓުތަކުގައި ހުންނަ ކުޑަދޮރުތަކުގައި 10 މިލިމީޓަރު ޑަބަލް ގްލޭޒްޑް ބިއްލޫރިގަނޑު ބޭނުންކޮށްފައިވާއިރު މީގެ ސަބަބުން އެޕާޓްމަންޓުގެ ހޫނުމިން 73 ޕަސެންޓާ ހަމައަށް ކުޑަކޮށްދެ އެވެ. އަދި ބޭރުގެ އަޑުތައް 70 ޕަސެންޓު މަޑުކޮށްދެ އެވެ. މީގެ އިތުރުން ބޭރަށް ހުޅުވޭ ފަދަ ދޮރުތައް ވެސް ހަދާފައި ހުންނާނީ މި ބާވަތުގެ ބިއްލޫރި ގަނޑު ބޭނުންކޮށްގެނެވެ. މި ދޮރުތައް ހަދާފައި ވަނީ އީ-ޓެމްޕާޑް ބިއްލޫރި ބޭނުންކޮށްގެނެވެ.

އަކުއާ ވީޓާއިން މި އެޕާޓްމަންޓްތައް ފުރިހަމަކޮށްފައި ވަނީ ހާޑްވުޑް ފްލޯރިން ބޭނުންކޮށްގެނެވެ. އެޕާޓްމަންޓް ރީތިކޮށްދިނުމުގެ އިތުރުން ހާޑްވުޑް ފްލޯރިން ބޭނުންކުރުމުން އެޕާޓްމަންޓުގެ ވައިގެ ކޮލިޓީ ވެސް ރަނގަޅުވާނެ އެވެ. މި ފްލޯއިންގެ ސަބަބުން ހިރަފުހާއި ޓައިލްސްގެ ދެމެދުގައި އެއްވެދާނެ ފަދަ ޖަރާސީމް ފަދަ ތަކެތި އެއްވުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ. މިފަދަ ފްލޯރިން ބޭނުންކުރުމުން އެޕާޓްމަންޓް ސާފުކުރަން ވެސް ފަސޭހަ ވާނެ އެވެ. ހާޑްވުޑް ފްލޯރިންއަކީ ރަނގަޅަށް ބަލަހައްޓައިފި ނަމަ ގިނަ ދުވަހު ބޭނުންކުރެވޭނެ ފްލޯރިންއެކެވެ.

އަކުއާ ވީޓާ ރެޒިޑެންސްގެ އެޕާޓްމަންޓެއްގެ އެތެރެ--

މި އެޕާޓްމަންޓުތަކުގައި ދިރިއުޅޭ މީހުންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން ގޭސް ފުޅީގެ ބަދަލުގައި ކޮންމެ އެޕާޓްމަންޓެއްގައި ވެސް ހުންނާނީ ގޭސް ހޮޅި ގުޅައިފަ އެވެ. ފެން ހޮޅި ގުޅާ އުސޫލުން ގުޅާފައި ހުންނަ މި ހޮޅިތަކުން ސެންޓްރަލައިޒްޑް ސިސްޓަމެއް ބޭނުންކޮށްގެން ހުރިހާ އެޕާޓްމަންޓަކަށް ގޭސް ފޯރުކޮށްދޭނެ އެވެ. އެހެންކަމުން މި އެޕާޓްމަންޓުތަކުގައި އުޅޭ އެއްވެސް ބަޔަކު ވަކި ގޭސް ފުޅި ގަންނާކަށް ނުޖެހޭނެ އެވެ. މިއީ ޒަމާނީ ކޮންމެ ގެއަކުން ވެސް މިހާރު ލިބެން ހުންނަ ހިދުމަތެކެވެ.

އަކުއާ ވީޓާ ރެޒިޑެންސުން އެޕާޓްމަންޓު ގަންނައިރު ކޮންމެ އެޕާޓްމަންޓެއްގެ ބަދިގޭގައި އިޓަލީގެ ލަގްޒަރީ ބްރޭންޑެއް ކަމަށްވާ "ކަމަގްނީ" ބްރޭންޑުގެ ކަބަޑު ސެޓަކާއި އުނދުނާއި، ހޫޑުގެ އިތުރުން އަވަނެއް ހުންނާނެ އެވެ. މީގެ އިތުރުން އިމާރާތައް މާސްޓާ އެންޓަނާ ޓީވީ ސިސްޓަމެއް ގުޅާފައި ހުރުމުގެ ސަބަބުން ކޮންމެ އެޕާޓްމަންޓަކަށް ބޭނުންވާ ކޭބަލް ޓީވީގެ ހިދުމަތް އިތުރު ކަނެކްޝަނަކާ ނުލައި ފަސޭހައިން ލިބޭނެ އެވެ. އަދި ކޮންމެ ފްލޯއެއްގައި ވެސް ކުނި ނައްތާލަން "ގާބެޖް ޝޫޓެއް" ހުންނާނެ އެވެ.

ގްރައުންޑް ފްލޯގައި ފިނި ހޫނުމިން ކޮންޓްރޯލްކޮށްފައި ހުންނަ ޕޮއިންޓަކާއި ސްޓޮރެޖް ރޫމެއް ވެސް ހުންނާނަ އެވެ. އަދި ހުޅުމާލެއިން ކަރަންޓް ކެނޑިގެންދާ ހާލަތްތަކުގައި ވެސް އެ ރެޒިޑެންސްގައި ދިރިއުޅޭ މީހުންނަށް ދަތިވިޔަ ނުދިނުމަށްޓަކައި ބެކްއަޕް ޖަނަރޭޓަރެއް ވެސް ހުންނާނެ އެވެ. މި ޖަނަރޭޓަރުން މެދު ނުކެނޑި 24 ގަޑިއިރު ކަރަންޓު ފޯރުކޮށްދޭނެ އެވެ.

އަކުއާ ވީޓާ ރެޒިޑެންސް އެޕާޓްމަންޓެއްގެ ބަދިގެތެރެ ހުންނާނެ ގޮތް--

މި އެޕާޓްމަންޓުތައް އެންމެ ބޮޑަށް ޒަމާނީ ކޮށްދެނީ ކޮންމެ އެޕާޓްމަންޓެއްގައި ވެސް ހިމަނާފައިވާ ސްމާޓް ހޯމް ޓެކްނޮލޮޖީގެ ސަބަބުންނެވެ. އެގޮތުން، މި ރެޒިޑެންސްގެ ކޮންމެ އެޕާޓްމަންޓެއްގައި ވެސް ދުނިޔޭގެ އެންމެ މަގްބޫލް ޓެކްނޮލޮޖީ ކަމަށްވާ، "ފިބާރޯ ހޯމް އިންޓެލިޖަންސް" ބޭނުންކޮށްފައި ވާނެ އެވެ. މި ޓެކްނޮލޮޖީއަކީ މި ދާއިރާގައި 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ ޕޯލަންޑުގެ ކުންފުނި "ފިބާރޯ" އިން ތައްޔާރުކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. ފިބާރޯއަކީ ގޭގައި އުޅޭ ވަގުތު ކޮންމެ މީހަކަށް ވެސް އަރާމާއި ރައްކާތެރިކަމާ އެކު އުޅެވޭނެ ފަދަ މާހައުލެއް ކަށަވަރުކޮށްދިނުމުގެ ގޮތުން އެކި ސޮލިއުޝަންތައް ތައްޔާރު ކުރަމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އެ ކުންފުނީގެ "ފިބާރޯ ހޯމް ސެންޓާ ލައިޓް" ބޭނުންކުރުމުން ފަސޭހަ ކަމާ އެކު މުޅި އެޕާޓްމަންޓުގައި ވާ ކަންތައްތައް ދުނިޔޭގެ ކޮންމެ ހިސާބަކުން ވެސް ބަލާލެވޭނެ އެވެ.

މީގެ އިތުރުން ފިބާރޯ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން އެޕާޓްމަންޓުގައި އުޅޭ މީހުންނަށް ހިތްހަމަޖެހުމާއެކު އަރާމުގައި އުޅެވޭނެ އެވެ. އެހެންކަމުން ހިތްފަސޭހަ ދިރިއުޅުމެއް ފަށަން ބޭނުން ނަމަ ގަންނަންވީ އަކުއާ ވީޓާ ރެޒިޑަންސްގެ އެޕާޓްމަންޓެކެވެ.

އަކުއާ ވީޓާއިން ވަނީ އެޕާޓްމަންޓުގެ 3ޑީ މޮޑެލް ބަލަން ބޭނުންވާ މީހުންނަށް https://players.cupix.com/p/pki6sYi0 މެދުވެރިކޮށް ވާޗުއަލްކޮށް ބަލާލުމުގެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ. އެޕާޓްމަންޓުތަކާ ގުޅޭ އިތުރު މައުލޫމާތު ހަފްތާ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9 އިން ހަވީރު 5 އާ ދެމެދު 7708866، 7388866 ނުވަތަ 3338866 އަށް ގުޅައިގެން ނުވަތަ www.aquavita.mv އަށް ޒިޔާރަތް ކުރުމުން ލިބެން ހުންނާނެ އެވެ.

އެޕާޓުމަންޓުތަކުގެ ފެށޭ އަގުތައް:

• 1+3 ރޫމުގެ އެޕާޓްމަންޓު: 4.7 މިލިއަން ރުފިޔާއިން ފެށިގެން.

• 1+2 ރޫމުގެ އެޕާޓްމަންޓު: 3.6 މިލިއަން ރުފިޔާއިން ފެށިގެން.