ފިޔަވަތީގެ ކްލާސްރޫމެއްގައި ކުދިންތަކެއް ކިޔަވަނީ-- ފޮޓޯ:ދިރާގު
ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ "ފިޔަވަތީ"ގެ ކުދިންނަށް އޮންލައިން ކްލާސް ހިންގަން ހިލޭ އިންޓަނެޓު ދިރާގުން ފޯރުކޮށްދީފި އެވެ.
ދިރާގުން އަންނަނީ އިޖުތިމާއީ ޒިންމާގެ ދަށުން ފިޔަވަތީގެ ކޮމްޕިއުޓަ ލެބަށް ވެސް ހިލޭ އިންޓަނެޓް ފޯރުކޮށްދެމުންނެވެ.
ދިރާގުން ބުނީ ކޮވިޑް19 ގެ ސަބަބުން އިންޓަނެޓްގެ ބޭނުން އިތުރަށް ޖެހިފައިވާތީ، ލެބުގެ އިތުރުން ކްލާސްރޫމްތަކުގައި ސްކޫލް ޕްރޮގްރާމްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ ގޮތް ބޭނުން ވެފައިވާ ކަމަަށެވެ. އެހެންކަމުން އެ ކުންފުނިން ދޭން ފެށި މި ހިދުމަތާއެކު އޮންލައިން ކްލާސްތަކުގެ އިތުރުން ފިޔަވަތިން ބާއްވާ ހާއްސަ ހަރަކާތްތަކުގައި ވެސް ކުދިންނަށް އޮންލައިންކޮށް ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ.
ފައުންޑޭޝަން ލެވެލުން ފެށިގެން ގްރޭޑް 7އާ ހަމައަށް މިހާރު ވެސް ފިޔަވަތީގެ 99 ކުދިން އަންނަނީ ތައުލީމް ހާސިލް ކުރަމުންނެވެ. އެހެންކަމުން މި ދުވަސްވަރު ކުދިންނަށް ތައުލީމް ހާސިލް ކުރުމަށް އެހީވުމުގެ ގޮތުން ދިރާގުން ފޯރުކޮށްދޭ އެހީއަށް ހިޔާގެ ސީއީއޯ ޒީނާ ގާސިމް ވަނީ އެ ކުންފުންޏަށް ޝުކުރު އަދާ ކުރަައްވައިފަ އެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގައި ވެސް ވަނީ ކުޑަކުދިންގެ ހިޔާތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ރަބަރު
30 September 2020
ތިއަށްވުރެ ރަނގަޅުވާނެ އިންޓަނެޓްގެ ސްޕީޑު ރަނގަޅުކުރިއްޔާ. ޕޭމެންޓެއް ހަދަހަދާހުއްޓާ ސްލޯކަމުން ޕޭމެންޓް މަޑުއެބަޖެހޭ. މިޝަކުވާގެ އަޑުއިވޭ ކަންފަތެއް ތިތާނެތީތަ؟
ހަނު
30 September 2020
އިންޓަނެޓް ބަހަމުންދުވޭ. ސުލޯ ކަމުން ވަދެވެނީކީ ނޫން. ކިހާ ދެރަކަމެއް