ވިޔަފާރި / ދިރާގު

ދިރާގާއެކު ހޭދަވި އުފާވެރި ވަގުތުތައް ހިއްސާ ކޮށްގެން އަގުހުރި އިނާމުތަކެއް

ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އެ ކުންފުނީގެ ހަފްލާއެއްގައި ވާހަކަދައްކަވަނީ-- ފޮޓޯ:ދިރާގު

02 އޮކްޓޯބަރ 2020 - 17:04

15 comments
angry icon 64%

ދިރާގާއެކު ހޭދަވި އުފާވެރި ވަގުތުތައް ސޯޝަލް މީޑިއާގައި ހިއްސާ ކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ފަށައިފި އެވެ.

"މާރަނގަޅު" ގެ ނަމުގައި ދިރާގުގެ 32 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ފެށި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ 14 ގެ ނިޔަލަށެވެ.

ޕްރޮމޯޝަނުގައި ބައިވެރިވާން ބޭނުންވާ މީހުން "#MaaRangalhu" މި ހޭޝްޓެގް ބޭނުންކޮށްގެން، ދިރާގާއެކު ހޭދަވި އެންމެ އުފާވެރި ހިނދުކޮޅުތަކުގެ ފޮޓޯ ނުވަތަ ވީޑިއޯ ފޭސްބުކް ނުވަތަ ޓްވިޓާ ނުވަތަ އިންސްޓަގްރާމް މެދުވެރިކޮށް ހިއްސާ ކުރެވޭނެ އެވެ. ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރާ މީހުންގެ ތެރެއިން ތިން ނަސީބުވެރިއަކު ހޮވާނެ އެވެ.

ގުރުއަތުން އެއްވަނަ އަށް ހޮވޭ މީހަކަށް ސެމްސަން ގެލެކްސީ ނޯޓް 20 5ޖީ ފޯނަކާއި ސެމްސަން 64ޖީބީ ސެޑީ ކާޓަކާއި ސެމްސަން ވަޔާލެސް ޗާޖަރަކާއި ސެމްސަންގް ގެލެކްސީ ބަޑްސް ޕްލްސްއެއް ލިބޭނެ އެވެ. ދެވަނަ އަށް ހޮވޭ މީހަކަށް އެޕަލް އެއާ ޕޮޑްސް ޕްރޯ އެއް ހުށަހަޅާފައިވާއިރު ތިންވަނަ އިނާމަކީ އެމޭޒަން އެކޯ ޑޮޓް (3 ޖެން) އެވެ.

ދިރާގު ޕްރޮމޯޝަންގެ ވަނަތަކަށް ދާ މީހުންނަށް ހުށަހަޅާފައިވާ އިނާމުތައް--

ދިރާގުން ރާއްޖޭގައި ހިދުމަތް ފޯރުކޮށްދޭތާ މިވީ 32 އަހަރު ތެރޭ އިޖުތިމާއީ އަދި އިގުތިސާދީ ތަރައްގީއަށް އެ ކުންފުނިން ވަނީ އިތުރު ހަލުވިކަމެއް ގެނެސްދީފަ އެވެ. އަމިއްލަ ފަރުދުންގެ މުވާސަލާތީ ބޭނުންތައް ފުއްދުމަށާއި ވިޔަފާރިތަކާއި ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފެތުރުމުގެ އިތުރުން، ދުނިޔޭގެ ޗާޓުގައި ރާއްޖެ ފެވިގެން ދިއުމަށް ވަރަށް ބޮޑު ބާރަކަށް ދިރާގުގެ މުވާސަލާތީ ހިދުމަތްތައް ވަނީ ވެގެން ގޮސްފަ އެވެ.

ދިރާގުން އަންނަނީ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން ހިދުމަތްތަކަށް ބަދަލު ގެނެސް، ފަރުމާކުރަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ އެ ކުންފުނީގެ ފައިބަ ބްރޯޑްބޭންޑާއި ޕްރީޕެއިޑް ހިދުމަތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ކަސްޓަމަރުންނަށް ކުޑަ ހަރަދަކުން ގިނަ ފައިދާ ލިބޭ ގޮތަށް ޕެކޭޖްތަކަށް ބަދަލު ގެނެސްފަ އެވެ.

15 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 8%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ިޮިޮިރފވެސސަް1`2

03 October 2020

ތިޔަވެސް ލިބޭނީ އެންމެ ހުތުރު 3 ފޮޓޯޔަށް

The name is already taken The name is available. Register?

211111

03 October 2020

ހިއްސާ އަކައް 1000 އެއްހާސް ދީބަލަ!!!!!!!!!!!!!!!!!

The name is already taken The name is available. Register?

ސިމާ

02 October 2020

ދިރާގު ޓީވީ ޓެސްޓުކޮށްލަން ލީ. ޢޮންލައިންކޮށް އެޕްލައިކުރީ. އެކަމު ކަނޑާލަން އީމެއިލް އިން ހުރިހާ ޑޮކިޔުމެންޓެއްފޮނުވާ 123 އަށް ގުޅާ އާދޭސްކުރިމަވެސް ކަނޑައި ނުދިން. ހަމަ ކިޔުގަ ޖެހިގެން އެތާކައުންޓަރަށް އެފޯމު ލާށޯޖެހޭނީ. ކިހާ އުފާވެރި ފަސޭހަ ޚިދުމަތެއް.

The name is already taken The name is available. Register?

ބޯޑު މެންބަރސް

02 October 2020

ދިރާގުން ޑޭ ލައިޓް ރޮބަރީ ރައްޔިތުންގެ އަތުން ހިންގުމަކީ އައިގެސް ދިރާގަށް ލިބޭ އުފަލެއް، އަހަރުމެން ނެޓަށްޓަކައި ހަނާ ވެގެން މިދަނީ. ޙުސް ދިރާގަށް ލިބޭ އުފަލެއްނު ހުރީ. ލަދު ކޮބާ ދިރާގު ބޯޑު މެންބަރުންގެ

The name is already taken The name is available. Register?

ހިބަރުވަދު

02 October 2020

ޕޭޖެއް ހުޅުވާލަން ޖައްސާލިއަސް، ވެބްސައިޓަކަށް ވަންނަން އުޅުނަސް، "މިހާރު މާރަނގަޅު" ފުރޮޅެއް އެނބުރިއެނބުރި އެތައްއިރެއް ވަންދެން އިދެފައި އަރަނީ ނޯ އިންޓަނެޓް ކަނެކްޝަން އިރުކޮޅަކުން ޕޭޖް ހުޅުވޭނެ. މިހާރު މާރަނގަޅު.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

02 October 2020

ނޭނގި ދިރާގް ނަމްބަރަކަށް ގުޅުނު.ގުޅުނު ގޮތަށް އެކުއްޖާ ބަދަލުވީ އެކުވެރިއަކަށް، ފަހުން ވ ކްލޯޒް ފްރެންޑަކަށް.ފަހުން ލޯބިވެރިއަކަށް.ފަހުން ހަޔާތުގެ ބައިވެރިއަކަށް.15 އަހަރުގެ މުއްދަތު ނިމިގެން މިދަނީ އުފާވެރި އަދި ހިތާމައިގެ ދުވަސްތަކާއެކު އިންސާނީ ދަތިފަސްކޮޅެއް ބިނާކުރުމުގަ.ދިރާގް ނެޓްވޯކްގެ ސަބަބުން އަޅުގަނޑަށް ލިބުނު އެންމެ ބޮޑު އުފަލަކީ ހަޔާތުގެ ބައިވެރިއެއްލިބުން.ވވ.ވެދުން.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

02 October 2020

*ދަރިފަސްކޮޅެއް

The name is already taken The name is available. Register?

1828

02 October 2020

ނަސީބު ވެރިންވެސް ދުނިޔޭގައި އުޅޭ. އެކަމަކު ދެކެ ދެކެވެސް މިވަރުގެ ކަމެއް ނުދެކެން. އަހަރެންނަށްވެސް އޮޅިގެން މީހުނަށް ގުޅޭ އަދި މެސެޖް ކުރެވޭ. އެކަމަކު ތިޔަ ހިސާބަށް ނުދިޔަތާގައި ރައްޓެހިކަމެއްވެސް ނުއުފެދޭ. ސަބަބަކީ އޮޅިގެން ގުޅުނީތީ އަދި މެސެޖް ކުރެވުނީ ތީ.

The name is already taken The name is available. Register?

ޕީއެސްއެމްގެ ސިޔާސީ ރައިވަރު

02 October 2020

އެންމެ އިންތިޒާރު ކުރެވެނީ އަތްފޯރާ ފަށުގައި ދޫކުރެވޭ އަންލިމިޓެޑް ޕެކޭޖަކަށް

The name is already taken The name is available. Register?

ސަރީފު

02 October 2020

ދިރާގުން އަންލިމިޑެޓް އިންޓަނެޓް 10އެމްބީ ޕީއެސްނޫނީ މަތިން ޕެކޭޖެއް ލިބޭނެ ދުހަކަށް އިންތިޒާރު ކުރަން..

The name is already taken The name is available. Register?

ހަކީމް

02 October 2020

ކޮންމެ ކަމަކުންވެސް ތިމާއަށް ފައިދާގަނޑެއް ލިބޭގޮތަށް ނޫނީ ކަމެއް ނުކުރާނެ. ގިނަ ދިވެހިން ދިރާގު އަދި އޫރިދޫވެސް ބޭނުން ކުރަނީ ގޮތެއް ނެތިގެން. ހިތުން ރުހުމުން ސޯޝަލް މީޑިޔާގައި މީހަކު އެއްޗެކޭ ނުބުނާނެ. އަގުބޮޑުކަން އެއްކިބައިގައި އޮއްވާ ގެއަށް ވަނީމަ ސިގްނަލެއްވެސް ނުލިބޭ ... ދެން ކިހިނެއް ރަނގަޅެ ބުނާނީ ..

The name is already taken The name is available. Register?

ޑިރާގު

02 October 2020

ޢެއްވަނާގެ ވާހަކައެއް.

The name is already taken The name is available. Register?

1828

02 October 2020

ދިރާގޭ ބުންޏަ އަހަރެން ހިތަށް އަންނަނީ 500ރ އަށް ސިމްވިއްކި ހަނދާން. ކޯލް އައިޑީއޭ ކިޔާފައި ކޮންމެ ދުވަހަކު ކޮންމެ މީހެއްގެ އަތުން 1ރ ކެނޑި ހަނދާން ވަރަށްވޭ. އުފާވެރި ހަނދާނެއް ނެތް.

The name is already taken The name is available. Register?

ރަދީފްއޮފިޝިއަލް

02 October 2020

ކޯލާ އައިޑީއަށް ދުވާލަކު 1 ރުފިޔާ ޗާޖްކުރުން އެއީ ބޮޑު ޖޯކެއް.ދިރާގުގެ ލަދު ކޮބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!