ދިރާގު ޓީވީން ދިވެހިންގެ މެދުގައި މަގުބޫލު 100އަށްވުރެ ގިނަ ޗެނަލް ލިބެން ހުންނާނެ--
ދިރާގު ޓީވީއަށް އަމާޒުކޮށްގެން ދިރާގުން ކުރިއަށްގެންދާ ޕްރޮމޯޝަންގެ މުއްދަތު މި އަހަރުގެ ނިޔަލަށް އިތުރުކޮށްފި އެވެ.
މި ޕްރޮމޯޝަނުގެ ދަށުން ދިރާގު ޓީވީގެ ހުރިހާ ޗެނަލެއް 450ރ. އަށް ލިބެ އެވެ.
ދިރާގު ޓީވީ މެދުވެރިކޮށް 100އަށް ވުރެ ގިނަ ޗެނަލް ލިބެން ހުރެ އެވެ. އޭގެ ތެރޭގައި ދިވެހިންގެ މެދުގައި މަގުބޫލު ސްޓާ ޗެނަލްތަކާއި އަލަށް ދިރާގު ޓީވީއަށް އިތުރު ކުރި ޒީގެ ޗެނަލްތައް ވެސް ހިމެނެ އެވެ.
މިއީ އެޗްޑީ ކޮލިޓީގައި ޗެނަލްތަކާއި މުނިފޫހިފިލުވުމުގެ ކޮންޓެންޓު ފޯރުކޮށްދޭ ރާއްޖޭގެ ފުރަތަމަ ޑިޖިޓަލް ޓީވީ އެވެ. ދިރާގުން ވަނީ ކޮންޓެންޓާއި ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއް ނެތި ރާއްޖޭގެ 73 ޕަސެންޓު ގޭބިސީ އަށް މި ހިދުމަތް ފޯރުކޮށްދީފަ އެވެ. މީގެ ތެރޭގައި ދިރާގު ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ނުލިބޭ ރަށްރަށް ވެސް ހިމެނެ އެވެ.
ދިރާގުން ބުނިގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަނީ ޚަބަރާއި މުނިފޫހިފިލުވުމުގެ ޕްރޮގްރާމުތައް އެންމެ ޒަމާނީ ޓެކްނޮލޮޖީ މެދުވެރިކޮށް ދިވެހިންނަށް ހެޔޮ އަގުގައިި ފަސޭހަކަމާ އެކު ލިބޭ ގޮތް ހަދައި ދިނުމަށެވެ.
ދިރާގު ޓީވީގެ ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް އެ ކުންފުނީގެ ވެބްސައިޓު https://bit.ly/3kr98LW މެދުވެރިކޮށް އެ ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ކުރުކުރު
21 October 2020
އިންގްލިޝް ޕްރިމިއާ ލީގް މެޗްތައް ފެންނަ ޗެނަލެއް ދިރާގު ޓީވީއަށް އިތުރު ކުރާނީ ކޮން އިރަކުންތޯ؟ މިހާރު ލިބެން ހުރި ސްޕޯރޓްސް ޗެނަލް ތަކަކުން އެ ލީގުގެ މެޗްތަކެއް ނުފެނޭ.
Mohamed Faisal
21 October 2020
ދިރާގު ޓީވީތަކުން ފުޓްބޯޅަ އަދި ކްރިެކޓް މެޗްތައް ފެންނަނީ ވަރަށް މަދުން މުޅިންހެންވެސް ބޮކްސިން ދައްކާނީ. އެހެންވެ މަވެސް މިހާރު ދިރާގުޓީވީ ކަނޑާލަން މިއުޅެނީ.
ހަކީމް
21 October 2020
ވާދަވެރި އަގެއްގައި ހިދުމަތްދޭ ގިނަމަޔަކުބޭނުން. މީޑިއާނެޓުން ވަނީ މިމާކެޓް ހިސޯރުކޮއްފައި އެސަބާހުރެ ރަނގަޅު ޗެނަލްތަކެއް ދިރާގަކަށް ނުލިބޭ. ބްރޯޑްކާސްތިން ގާނޫނުގައި ވަކި ބަޔަކަށް ވަކި ޗެނަލްތަކެއް ރާއްޖޭގައި ހިސޯރުކޮއްގެން އުޅުމަށް ޤާނޫނެއް ވަރަށް އަވަހަށް ބޭނުންވޭ. ކޭބަލް ޓީވީހިދުމަތް ދޭންބޭނުންވާ ހަމަހަމަ ފުރުސަތު ލިބިގެން ރަށްޔިތުންނަށް ފައިދާއެއްވާނީ. މީޑިއާނެޓަކީ ވެސް އެއްކަލަ ވިޔަފާރި ޕާޓީ ހިންގާ ފަގީރު މަހުޖަނު ހިއްސާއޮން ތަނެއް.
ފީލް ސޮރީ ފޯ ‘ޔާލް
20 October 2020
އަހަންނަށް ދެރައީ ޚިދުމަތް ނުލިބިގެން ރުޅިދުރުވެ ކޮމެންޓް ކުރައްވާ ބޭފުޅުން އުރީދޫ އެކޭ އެއްފަދައިން ދިރާގުގެ ފޯނު އަދި އިންޓަރނެޓުގެ ޚިދުމަތް މިހާ ފެންވަރު ދައްކޮށް އޮއްވަ މިކަހަލަ އަވައިގަ ޖެހޭތީ
ހޮޓްކިންގ
20 October 2020
ކޮން ޓީވީއެއްގެވާހަކަތޯ ތި ދައްކަނީ؟ އެއްމެ މަހެއްގެ ބިލް ދެއްކުން ތަންކޮޅެއް ލަސްވިކަމަށްޓަކައު އެވަނީ ގެއިން އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފާ. ދަރިފުޅު ގެ ކިޔެވުން ހުއްޓި އެތައްފިލާވަޅެއްއެވަނީ ގެއްލިފަ. މިފަދަ ދަތިދިމާވުމުންވެސް ކަނޑާނުލާ މަޑުކޮށްލަނުދިން.
99.9
20 October 2020
ހިދުމަތަށް އެދުނަސް ހިދުމަތް ދެވޭބަޔެއް ނޫން ދެން ކޮންހިދުމަތެކޭ މިކިޔަނީ
ބަޑިއެދުރުކަލޭގެފާނު
20 October 2020
ޚިދުމަތައް އެދެޭތާ 3 މަސް ފާއިތުވެގެންދާއިރު ޚިދުމަތް ގުޅައި ނުދެވޭ ހާލުވެސް ޕްރޮމޯޝަން ބޭއްވޭތޯ ބަލާ!
ފިލޮޅު
20 October 2020
މިހާރު ހިދުމަތައް އެދިފަ ތިބި މީހުނައް ފުރަތަމަ ހިދުމަތް ދެެވޭތޯ ބަލާބަލަ. ދެމަސް ވެގެންދަނީ ވާނުވާއެއް ނޭންގެ.
ވަގުތީ
20 October 2020
ޓީވީ ލާން އެޕްލީކޭޝަން ހުށަހެޅިތާ 3 މަސް ލައިން ވެއްދިތާ 2 މަސް ފާއިތުވެއްޖެ! ޚިދުމަތް އަދިވެސް ގުޅައި ނުދެވޭ. ގުޅައިދެވޭނެ ތާރީޚެއް ނުބުނެވޭ! މީ ޚިދުމަތްދެނީ އެއް ނޫން ދޯ ރައްޔިތުންނަށް ދުއްޕާންކުރަނީ! ކީއްކުރާ ޕްރޮމޯޝަނެއް!
ނިއުޓުރަލް
20 October 2020
ތިޔަ ބުނާ ހިދުމަތެއް ހޯދަން އޮގަސްޓް މަހު ހުށަހަޅައިފިން.. އެކަމަކު އަދިވެސް ކަނެޝަން ލިބޭ ވަރެއްނޫން.. ތީ ހަމަ ބަރަވެލި ދުވެލީގަ އުޅޭ ބައެއް.. މީޑިޔާ ނެޓުން ގުޅައިދެން ނުނަގާ ހަފްތާ އެއްވެސް..