ދިރާގު ހެޑް އޮފީސް: އެ ކުންފުނީގެ އާމްދަނީ އާއި ފައިދާ ވަނީ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު ތިންވަނަ ކުއާޓާގައި އިތުރުވެފައި-- ފޮޓޯ: މިހާރު
މިއަހަރުގެ ތިން ވަނަ ކުއާޓާގައި ދިރާގަށް އާމްދަނީގެ ގޮތުގައި 586.7 މިލިއަން ރުފިޔާގެ އާމްދަނީއަކާ އެކު 158.6 މިލިއަން ރުފިޔާ ފައިދާވެއްޖެ އެވެ.
އެ ކުންފުނީގެ ތިން ވަނަ ކުއާޓާގެ ރިޕޯޓު ދައްކާގޮތުގައި މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ގާތްގަނޑަކަށް 100 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ތިން ވަނަ ކުއާޓާގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 685.3 މިލިއަން ރުފިޔާ އެވެ.
ދިރާގުން ބުނި ގޮތުގައި އެ ކުންފުނީގެ އާމްދަނީ މިދިޔަ ކުއާޓާގައި އިތުރުވެފައިވަނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ދުވެލި މަޑުޖެހިފައި އޮތުމަށް ފަހު އަލުން ރަނގަޅުވާން ފެށުމުންނެވެ. އަދި މި އަހަރުގެ ދެ ވަނަ ކުއާޓާގައި ނުހިންގި ހުރި ބައެއް މަޝްރޫއުތައް މިދިޔަ ކުއާޓާގައި ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުުންޏެވެ.
މިދިޔަ ކުއާޓާގައި ލިބުނު ފައިދާ މިދިޔަ ކުއާޓަރާ އަޅާބަލާއިރު 18 ޕަސެންޓު އިތުރެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު މި އަހަރުގެ ތިންވަނަ ކުއާޓާގެ ސާފު ފައިދާ ވަނީ 21.8 ޕަސެންޓަށް ދަށްވެފަ އެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓާގައި އެކުންފުންޏަށް ސާފުު ފައިދާގެ ގޮތުގައި 203 މިލިއަން ރުފިޔާ ލިބުނެވެ.
ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ތިންވަނަ ކުއާޓާގައި ދިރާގުގެ ހިންގުމުުގެ ހަރަދު ވެސް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ދަށްވެފަ އެވެ. އެގޮތުން، މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ހިންގުމުގެ ހަރަދު 335.7 މިލިއަން ރުފިޔާގައިި ހުރި އިރު މިއަހަރުގެ ތިން ވަނަ ކުއާޓަރުގެ ހިންގުމުގެ ހަރަދު ހުރީ 298 މިލިއަން ރުފިޔާގަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
ޙުސައިންދީ
03 November 2020
މި އުނދަގޫ ދަނޑިވަޅުގައި ދިރާގުގެ ފައިދާ އެއްކޮށް ހިއްސާދާރުންނަށް ބެހުމަށް ގޮވާލަން.
މޮދު
02 November 2020
އަހަރެންނަކީ ހިއްސާދާރެއް، މަށައް ވަރައް ރަގަޅު
ދޮންބެއްޔާ
02 November 2020
ކިތަންމެ ބައިވަރެއް އިތުރުވިޔަސް އިންޓަރނެޓް ދެފަހަރުން އެއްފަހަރު ގުޑައެއްނުލާ. ރަނގަޅަކަށް ރޭންޖެއް ނުލިބޭ. ދެން ބުނަން އޮތްއެތި ބޮޑުވީމާ ހައްޕު
ސަލީމު އިދުރީސް
02 November 2020
ތިކަހަލަ ވާހަކަ ދައްކަންކެރެނީ ލަދުހަޔާތް ކުޑަވީމަ! މިޒަމާނުގަ ދުނީއޭގެ އިންޓަނެޓު އަގުތައް އެންމެނައްވެސް އެނގޭ! ޔޫރަފުގެ ގައުތަކުގަ ހުރިހާލައިންނަކައް ހިލާގުޅޭ އަދި ކިތަމެވަކައް ޓީވީބެޔަސް ސުޕީޑު ދަންނުވާ ހައިސްޕީޑު އިންޓަނެލިބޭ ލައިނަކައް ޖެހެނީ 19 ޔޫރޯއާ 40 ދެމެދުގެއަގެއް! އެއީ އެތަނުގެ ދިރިއުޅުމުގެ ފެންވަރައް ބާލާފަ ބޮޑުއަގެންނޫން! އިންޓަނެކީ އަސާސީ ހިދުމަތެކޭ ބުނަނީ ލަދުހަޔާތް ކުޑަވީމަ! ތި ހިދުމަތް ރައްތުނައް ހޯދޭވަރައް ވުރެ މިތާއަގުބޮޑު
ރައްޔިތު މީހާގެ ނައިބު
02 November 2020
ރައްޔިތުން ފެލާވަރަކަށް ފައިދާ ބޮޑުވާނެ.
އަންޕޮޕިއުލަރ އޮޕީނިއަން
02 November 2020
ދިރާގުގައި މިހާރުވެސް ރައްޔެތުންނާއި ސަރުކާރު އެއްކޮށްލީމާ ހިއްސާވަރަށްބޮޑު! އެހެންވީމާ އެންމެ ބޮޑު ފައިދާއެއްމިކަމުން ވާނީ ސީދާ ސަރުކާރަށް އަދި ރައްޔެތުންނަށް! އަދި ދިވެހިދައުލަތާއި ރައްޔެތުންގެ ހިއްސާ މިހާބޮޑު ކުންފުންޏަކުން ރައްޔެތުން ފެލަނީ އޭ ބުނީމާ އެބުނެވެނީ އަހަރެމެންނަކީ ގަމާރުންނޭ! ހަޤީގަތަކީ އަހަރެމެން ބޭނުންނަމަ އަގު ކުޑަކުރެވޭނެ! އެކަމަކު 2500 ގެ މުސާރަ ނަގައިގެން 80000 މެންބަރުންނަށްދޭބަޔަކު ބޭކާރު ވާހަކަނުދެއްކުން ރަނގަޅު!
ހިބަރުވަދު
02 November 2020
15 އެމްބީޕީއެސް 25 އަށް ބަދަލުކޮށް، ކުރީގެ ޕެކެޖްގެ އަގު. ކިހާރަނގަޅުދޯ! އެކަމަކު ނޫސްގަނޑެއް ކިޔާލެވޭވަރެއްނުވެއެވެ. ފުރޮޅު ވައަތަށް އެނބުރިއެނބުރި އަތައްއިރެއް. އެކަމަކު މިހާރު މާރަނގަޅު. ރައްޔިތުން ގުނބޯހެއްދޭނީ މިހާކަށްވަރަށް.
އަލިބެ 2
02 November 2020
ލަދުޙަޔާތްވެސް ކުޑަބައެއް. މިއޮއްފަދަ ދަތިޙާލުގައި މީހުން އުޅޭ އިރުވެސްކިރިޔާވެސް ބިލް ދެއްކުން ލަސްވެއްޖެއްޔާ ލައިން ކަނޑާލާ، ފައިދާގެ ވާހަކަ ދައްކަން ލަދެއްވެސް ނުގަނޭ ދޯ
މާލޭ ކުއްޖާ
02 November 2020
ހަބަރެއްވެސް ނުކިޔަން..ޖަސްޓް ހިޔަރ ފޯ ދަ ކޮމެންޓްސް....ލޮލް
ޑިޑިން
02 November 2020
ތިފަސާ އަށް ކީ ދާނެ ބްލަޑް މަނީ، މީހުން ފެލާ ފޭރިގެން ނެގޭ ފައިދާ އެއްތީ.