އުރީދޫން އައިފޯނު 12 ޕްރޯ އާއި 12 މިނީ ޕްރީއޯޑަރަށް ހުޅުވައިލަނީ

އެޕަލް ކުންފުނިން އެންމެ ފަހުން ނެރުނު އައިފޯނު 12 ޕްރޯ އާއި 12 މިނީ ޕްރީއޯޑަރު ކުރުމުގެ ފުރުސަތު މިރޭ ހުޅުވައިލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.


މޫލީ މެދުވެރިކޮށް، ފޯނުތަކަށް ޕްރީ އޯޑަރު ކުރުމުގެ ފުރުސަތު ހުޅުވައިލާނީ މިރޭ ދަންވަރު 12:00 އިން ފެށިގެންނެވެ. ކޮންމެ ރަށެއްގައި ހުރެގެން ވެސް އެ ފޯނުތަކަށް އޯޑަރު ކުރެވޭނެ އެވެ. ފޯނު ލިބުމުން އެ މީހެއްގެ ރަށަށް ފޯނުތައް ހިލޭ ގެންގޮސްދޭނެ އެވެ.

އެޕަލް އިން ވަނީ މިދިޔަ މަހުގެ 13 ގައި އައިފޯނު 12ގެ ހަތަރު މޮޑެލެއްް ތައާރަފުކޮށްފަ އެވެ. މީގެ ތެރޭގައި އައިފޯން 12 އާއި އައިފޯނު 12 މިނީ އާއި އައިފޯނު 12 ޕްރޯ އަދި އަދި އައިފޯނު 12 ޕްރޯ މެކްސް ހިމެނެ އެވެ. ނަމަވެސް އުރީދޫން ޕްރީއޯޑަރަށް ހުޅުވާލައިފައިވަނީ އައިފޯނު 12 އާއި 12 ޕްރޯ އެވެ.

އާ ޑިޒައިންތަކެއް ހިމެނޭ، އައިފޯނު 12 ގެ މޮޑެލްތަކުގައި ވާދަވެރި ކެމެރާ ސިސްޓަމްތަކަކާއެކު، އެޖް ޓު އެޖް ސުޕަ ރެޓިނާ އެކްސްޑީއާރު ޑިސްޕްލޭ ހިމަނާފައި ވެ އެވެ. ސެރަމިކް ޝީލްޑް ފްރަންޓް ކަވަރަކާ އެކު، އައިފޯން 12 ސީރީޒްގެ ފޯނުތަކުގައި އެކުލެވިފައިވާ އެޕަލްގެ އޭ-14 ބަޔޮނިކް ޗިޕަކީ މިހާތަނަށް ސްމާޓްފޯނެއްގައި ބޭނުންކުރެވިފައިވާ އެންމެ ހަލުވި ޗިޕެވެ.

އުރީދޫން ވަނީ މިދިޔަ މަހުގެ ތެރޭގައި އައިފޯނު 12 އާއި އައިފޯނު 12 ޕްރޯ ވެސް ޕްރީއޯޑަރަށް ހުޅުވާލައިފަ އެވެ. ޕްރީއޯޑަރަށް ހުޅުވާލިތާ 24 ގަޑިއިރު ތެރޭގައި ސްޓޮކް ވަނީ ހުސްވެފަ އެވެ.