ވިޔަފާރި / ދިރާގު

ދިވެހިންގެ މެދުގައި މަގުބޫލު ޗެނަލްތައް މިހާރު ދިރާގު ޕްލޭ އިން

މީހަކު ދިރާގު ޕްލޭ އެޕް ބޭނުން ކުރަނީ-- ފޮޓޯ: ދިރާގު

މޮބައިލް ފޯނުންނާއި މޮބައިލް ޑިވައިސްތަކުން އޮންލައިންކޮށް ޓީވީ އަދި މުނިފޫހިފިލުވުމުގެ ތަފާތު ކޮންޓެންޓް ސްޓްރީމް ކުރުމަކީ މިހާރު މުނިފޫހިފުލުވުމަށް އެންމެ ގިނަ މީހުން ކޮށްއުޅޭ ކަންތަކެވެ. އެގޮތުން ދިރާގުން މިވަނީ ފޯނުން ލައިވް ޓީވީ އަދި ވީޑިއޯ އޮން ޑިމާންޑުގެ ގިނަ ކޮންޓެންޓުތައް ބަލާލެވޭނެ ޕްލެޓްފޯމެއް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދީފަ އެވެ.

ދިރާގު ޕްލޭ އެޕްލިކޭޝަނުގެ ޒަރީއާއިން ކަސްޓަމަރުން ބޭނުންވާ ތަފާތު ޗެނަލްތައް ވެސް ބަލާލުމުގެ ފުރުސަތު މިހާރު ލިބޭނެ އެވެ. އެގޮތުން، މިވަގުތު އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު "ޗެމްޕިއަންސް ލީގު"ގެ މެޗުތައް ބަލާލެވޭ ސޮނީ ސްޕޯޓްސްގެ ޗެނަލްތައް ވެސް މި އެޕުން ލިބޭނެ އެވެ. މީގެ ތެރޭގައި ސޮނީ ޓެން2 އެޗްޑީ އާއި ސޮނީ ޓެން3 އެޗްޑީ އާއި ސޮނީ ޓެން 1 އެޗްޑީ އާއި ސޮނީ ސިކްސް އެޗްޑީ ހިމެނެ އެވެ.

މީގެ އިތުރުން ދިވެހިންގެ މެދުގައި އެންމެ މަގުބޫލު "ޒީ" ނެޓްވޯކުގެ ޗެނަލްތައް ވެސް ދިރާގުން ވަނީ މި އެޕަށް އިތުރުކޮށްފަ އެވެ. ދިރާގު ޕްލޭ ބޭނުން ކުރާ ކަސްޓަމަރުންނަށް މިހާރު ޖުމްލަ 42 ޗެނަލް މަހަކު އެންމެ 65ރ. އަށް ބަލާލެވޭނެ އެވެ.

"ދިރާގު ޕްލޭ"، މި އެޕްލިކޭޝަނަކީ ހަމައެކަނި ލައިވް ޓީވީ ބަލާލެވޭ އެޕްލިކޭޝަނެއް ނޫނެވެ. މި އެޕުން ޕްރޮގުރާމްތައް ކުރީބައިގައި ރިކޯޑް ވެސް ކޮށްލެވޭނެ އެވެ. އަދި ހަނދާންނެތިގެން ބޭނުންވާ ޕްރޮގްރާމެއް ބަލާނުލެވިއްޖެ ހާލަތެއްގައި އަލުން އެ ޕްރޮގުރާމް ބަލާލެވޭނެ އެވެ. ހަމައެއާއެކު ބަލަމުން ގެންދާ ޕްރޮގުރާމެއް ބަލަމުން ދާ ވަގުތު އަލުން އެ ޕްރޮގުރާމެއް ފަށައިގެން ބަލަން ބޭނުންވާނަމަ އެކަން ވެސް ކުރެވޭނެ އެވެ.

ދިރާގު ކަސްޓަމަރުންނަށް މިހާރުވެސް މި އެޕްލިކޭޝަން ޕްލޭ ސްޓޯރުންނާއި އެޕް ސްޓޯރުން ހިލޭ ޑައުންލޯޑްކޮށްލެވޭނެއެވެ. މި އެޕް ޑައުންލޯޑްކުރަން ބޭނުންވާ މީހުންނަށް https://bit.ly/31LwuFZ މެދުވެރިކޮށް ޑައުންލޯޑް ކުރެވޭނެ އެވެ.

10 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 60%
icon sad icon sad 7%
icon angry icon angry 33%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އާދަނުގެ ބޭބެ

15 November 2020

ނެޓްފްލިކްސް އިން އަންްދާޒާކުރާ ގޮތުން އެ އެޕްގައި 1 ގަޑިއިރުގެ ސްޓްރީމްއަކަށް އާދައިގެ ކޮލިޓީގައި 1 ޖީބީ ދާނެ. ހައި ޑެފިނިޝަން ނުވަތަ ވިއްޔާ 3 ޖީބީ. ރާއްޖޭގައި 1 ޖީބީގެ ޑޭޓާ އަކީ 100 އަށްވުރެ ގިނަ ރުފިޔާ. ޑޭޓާގައި މި އެޕް ބޭނުން ކުރަން ހެޔޮނުވާނެ ކިތަންމެ ލާރި ލިބުނަސް. އެހެން ނޫން ވައިފައިގައި އަބަދު އުޅޭ މީހަކަށް އޯކޭ. އެކަމަކު އޭރުން އެޕްގެ ބޭނުން ކެނޑުނީ ފާޑަކަށް.

The name is already taken The name is available. Register?

ނެޓްފުލިކްސް

16 November 2020

ކަލޭ މާާ އިނގިގަނެގެން ނޫޅޭޭ ތިވަރާ ގާތަށް 1 ގަޑިރަށް ނުދާނެ މަަަަ 1 ޖީބީ 3 ގަޑިރު ވެސް ގިނައިރު ބަަލަން އަލްޓާ ހައި ކޮލިޓީގަ

The name is already taken The name is available. Register?

އަލީ!

15 November 2020

ހުސް އިންޑިއާ ޗެނަލްތަށް ދިވެހިން ބަލަނީ.. މިކަމާ މުޒާހަރާ ކުރާނެބަޔަކެ ނެތްތަ؟!

The name is already taken The name is available. Register?

ހަނު ހުންނަ މީހާ

15 November 2020

އެންމެ 65 ރުފިޔާ އަށް ޗެނަލްތައް އެންމެ ދެތިންހާސް ރުފިޔާގެ ޑާޓާ. ސަޅި އެވަރަށް އަހަރެމެންނަށް ބޭކާރު ކުރާނެ ރުފިޔާ ލިބޭނަމަ.

The name is already taken The name is available. Register?

ދީފް

15 November 2020

އިންގުލިސް ޕުރިމިއަރލީގު ނެތީމަ ކަމަކުނުދެ

The name is already taken The name is available. Register?

މުހައްމަދު

14 November 2020

އެންމެ ބޮޑު އެންމެ ގިނަ ދުވަސްވީ މުވާސަލާތީ ޙިދުމަތްދޭ ކުންފުންޔޯ. އެކަމަކު އަދިވެސް ކުންފުނީގެ ހިންގުން މިއަދު މެންދުރު ވުޖީދުވާ ކުންފުންޔަކާ އެއްވަރު. ޓީވީ ޚިދުމަތައް އެދި ހުށައެޅިތާ 2 މަސްވީ، ޓެކްނީޝަން އައިސް، ފައިބަރ ރައުޓަރއިން ފެށިގެން ޓީވީ އަށް ހަމައަށް އަޅަފަ 1 ހަފްތާ ވެގެން ދިޔައީ ޖޮއިބޮކްސް ކަނެކްޓް ކޮށްލަދޭ ނައިސް ގުޅީމަ މިބުނަނީ މިހާރު ސިސްޓަމް އަޕްގްރޭޑް ކުރަނީޔޯ ދެން ގުޅައި ދެވޭނީ ޖެނުއަރީ 2021ގެ ފަހުންނޯ. ފައިލްވިއަސް ބޮޑު ވަރު

The name is already taken The name is available. Register?

މކޗް

14 November 2020

ދިރާގު ޓީވީއައް ޕޭކޮއްފަ މިއައްވެސް ޕޭކުރަންވީދޯ. ގަދަ.

The name is already taken The name is available. Register?

އަލްފާ

14 November 2020

42 ޗެނަލް 65ރުފިޔާއަށް. ދެން ސްޓްރީމްކުރީމަ ޖީބީއަށް އަރާވަރުވެސް ޖަހާލިނަމަ.

The name is already taken The name is available. Register?

ައަފުރާސިޔާބު

14 November 2020

ކޭބަލްނެތް ނޫން އެހެން ޗޮއިސް އެއްބޭނުން.

The name is already taken The name is available. Register?

ދިރާގު އުރީދޫ ކޯލިޝަން

14 November 2020

އޭ އޭ ކޭބަލެއް ބޭނުމެއް ނުވެޔޭ މިއެޕުން ބަލާކަށް. ތަންދޮރު އޮޅުން ނުފިލުވާ ވާހަކަ ނުދައްކާ ޓެލެކޮމް ކުންފުނިތަކުގެ އަގު ވެއްޓޭގޮތަށް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!