20 ނޮވެމްބަރ 2020
އެމެޒޯނުން ޑޮކްޓަރީ ބޭސް ވިއްކަން ފަށާފައިވާ މަސައްކަތުގެ ތެރެއިން އެމެޒޯން ފާމަސީ ތައާރަފުކޮށްފި އެވެ.
އެމެޒޯން އަކީ އޮންލައިން ވިޔަފާރިގައި ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަރޯސާވާ ތަނެވެ. އެހެންވެ އެ ޕްލެޓްފޯމް މެދުވެރިކޮށް އޮންލައިންކޮށް ބޭސް ގަންނަން ލިބުމަކީ ކަސްޓަމަރުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައަކަށް ވާނެ އެވެ. އެމެޒޯން އިން ބުނި ގޮތުގައިި ޑޮކްޓަރުން ލިޔެދޭ ބޭހުގެ އިތުރަށް، އެކި ކަންކަމަށް ބޭނުންކުރާ ބްރޭންޑެޑް ބޭސްތައް ފާމަސީން ލިބޭނެ އެވެ.
އެކަމަކު ބެސް ވިއްކާނީ އެ ބޭހަކަށް ބޭނުންވާ ރަސްމީ ހުއްދައެއް އޮވެގެންނެވެ. އެތަނުން ބުނީ ބޭސް ވިއްކާ އިރު، އެ ކުންފުނީގެ ޕްރައިމް ކަސްޓަމަރުންނަށް ޖެނެރިކް ބޭހުން 80 ޕަސެންޓް އަދި ބްރޭންޑެޑް ބޭހުން 40 ޕަސެންޓްގެ ޑިސްކައުންޓާ އެކު އަވަސް ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.
Introducing Amazon Pharmacy. 💊📋📦
— Amazon (@amazon) November 17, 2020
Prescribed by your doctor, delivered by us. ▶️ https://t.co/tGNwM0I9IY pic.twitter.com/6pko1sRTvj
އެމެޒޯން ފާމަސީގެ ވައިސް ޕްރެޒިޑަންޓް ޓީޖޭ ޕާކާ ވިދާޅުވި ގޮތުގައި އަމާޒަކީ ބޭސް ވިއްކުމުގެ ވިޔަފާރި އަށް ވެސް ބޮޑު ބަދަލެއް ގެނައުމެވެ.
"ބޭނުމަކީ އޮޅުންބޮޅުން ކުޑަ، ފަސޭހަ ހިދުމަތެއް ދިނުން،" އޭނާ ވިދާޅުވި އެވެ. "ބޭސް ސިޓީތަކަށް ހެޔޮ އަގުގައި ފަސޭކަމާ އެކު އެމެޒޯން ފާމަސީން ބޭސް ލިބުންވެގެން ދާނީ ލިބުނު ވަރަށް ބޮޑު ލުޔަކަށް."
އެމެޒޯން ފާމަސީން ބުނިގޮތުގައި މި ތައާރަފުކުރި ހިދުމަތާ އެކު މިހާރު ޑޮކްޓަރުންނަށް ސީދާ އެމެޒޯން ފާމަސީ ބޭސް ސިޓީ ފޮނުވޭނެ އެވެ. އެކަމަކު އެ ހިދުމަތް މި ވަގުތު ލިބޭނީ އެމެރިކާގެ ކަސްޓަމަރުންނަށް އެކަންޏެވެ.
ޑޮކްޓަރީ ބޭސް ވިއްކުމުގެ ހިދުމަތް ދިނުމަށްޓަކައި އެމެޒޯނުން ވަނީ 2018 ގައި އޮންލައިން ފާމަސީ ޕިލްޕެކް ވެސް 753 މިލިއަން ޑޮލަރަށް ގަނެފަ އެވެ. ބޭހުގެ ވިޔަފާރި އަށް އެމެޒޯނުން ނުކުތީ 2017 ގަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް