އުރީދޫގެ "އެކު" ކެމްޕޭނުގައި އެ ކުންފުނީގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު (މ) ބައިވެރިވެލައްވަނީ،--. ފޮޓޯ:ނިޝާން އަލީ/މިހާރު
އެއް ފަހަރާ ރީޗާޖުކޮށްގެން ދިގު މުއްދަތަށް ބޭނުންކުރެވޭ ޕްލޭންތަކާއެކު އުރީދޫގެ "އާޗާ ޕްރިޕެއިޑް" ޕްލޭންތައް ތައާރަފުކޮށްފި އެވެ.
މި ޕްލޭނުގެ ދަށުން އެއްފަހަރާ 750ރ. ރީޗާޖުކޮށްގެން ތިން މަސް ދުވަހުގެ ޕްލޭނެއް ނުވަތަ 1،500ރ. ރީޗާޖުކޮށްގެން ހަ މަސް ދުވަހުގެ ޕްލޭނެއް ނުވަތަ 3،000ރ. ރީޗާޖުކޮށްގެން 12 މަސް ދުވަހުގެ ޕްލޭނެއް އެކްޓިވޭޓް ކުރެވޭނެ އެވެ. މިގޮތަށް އެކްޓިވޭޓް ކުރާ ކޮންމެ ޕްލޭނަކާއެކު ކޮންމެ މަހަކު އާ ޕެކޭޖުތަކެއް ކަސްޓަމަރުންނަށް ލިބޭނެ އެވެ.
- ތިން މަސް ދުވަހުގެ ޕްލޭން: ކޮންމެ މަހަކު 2.5ޖީބީ ޑޭޓާއާއެކު އުރީދޫގެ ނަންބަރުތަކަށް އަންލިމިޓެޑް ކޯލާއި އެހެން ނެޓްވޯކުތަކަށް 25 މިނެޓުގެ ކޯލްސްގެ އިތުރުން 50 ލޯކަލް އެސްއެމްއެސް.
- ހަ މަސް ދުވަހުގެ ޕްލޭން: ކޮންމެ މަހަކު 3ޖީބީ ޑޭޓާއާއެކު އުރީދޫގެ ނަންބަރުތަކަށް އަންލިމިޓެޑް ކޯލާއި އެހެން ނެޓްވޯކުތަކަށް 50 މިނެޓުގެ ކޯލްސްގެ އިތުރުން 100 ލޯކަލް އެސްއެމްއެސް.
- 12 މަސް ދުވަހުގެ ޕްލޭން: ކޮންމެ މަހަކު 3.5 ޖީބީ ޑޭޓާއާއެކު އުރީދޫގެ ހުރިހާ ނަންބަރުތަކަށް އަންލިމިޓެޑް ކޯލާއި އެހެން ނެޓްވޯކުތަކަށް 100 މިނެޓުގެ ކޯލްގެ އިތުރުން 200 ލޯކަލް އެސްއެމްސް.
މި ޕްލޭންތައް އުރީދޫގެ އެޕްލިކޭޝަން ނުވަތަ އެސްއެމްއެސް ނުވަތަ *929*1#އަށް ގުޅައިގެން ވެސް އެކްޓިވޭޓް ކޮށްލެވޭނެ އެވެ. އެސްއެމްއެސް މެދުވެރިކޮށް އެކްޓިވޭޓްކުރުމަށް ކީވޯޑް "3" (ތިން މަހުގެ ޕްލޭން)، "6" (ހަ މަހުގެ ޕްލޭން) ނުވަތަ "12" (12 މަހުގެ ޕްލޭން) ޖެއްސެވުމަށްފަހު 5555 އަށް ފޮނުވާލުމުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ.
އުރީދޫން ބުނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިސާއާ ގުޅިގެން އިންޓަނެޓް ބޭނުން ކުރަންޖެހޭ ވަރު ވަރަށް ބޮޑަށް އިތުރުވެ، އާންމު ދިރިއުޅުމުގައި އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކުރުމާއި، އޮފީސް މަސައްކަތާއި، ދަރިވަރުންގެ ކިޔެވުން ކުރިޔަށް ގެންދިއުމާއި އެހެނިހެން ކަންކަމުގައި އިންޓަނެޓްގެ މުހިންމުކަން އެތައް ގުނައެއް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން މި ވަގުތު، އާޗާ ޕްރިޕެއިޑް ޕްލޭން ތައާރަފު ކޮށްފައިވަނީ، ޕްރިޕެއިޑް ބޭނުންކުރާ ކަސްޓަމަރުންނަށް ހެޔޮ އަގުގައި ގިނަ ފައިދާތަކެއް ފޯރުކޮށްދިނުމުގެ ގޮތުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނީގެ އެކްޓިން ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، މި ޕްލޭނުގެ ސަބަބުން މެދުކެނޑުމެއްނެތި އާއިލާ އާއި ރައްޓެހިންނާ އެކު އޮންނަ ގުޅުން ބަދަހިކޮށް، އެހެނިހެން ކަންކަން ކުރުމަށް ވެސް މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރަނީ މިފަދަ އިޖާދީ ތަފާތު ޕްރޮޑަކްޓުތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދީ، އިތުރު ލުއިފަސޭހަކަމާ އެކު ގިނަ ފައިދާތަކެއް ލިބޭ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އުރީދޫއަށް
22 November 2020
ޚަބަރުވެސް ލޯޑް ނުވެގެން މިއުޅެނީ. ލެސް ބަފަރިންގ އޯމައިގޯޝް
1828
21 November 2020
އެންމެ ބޮޑުކޮށްވެސް ތިލިބެނީ މަހަކަށް 3.5ޖީބީ. މިހާރުގެ ގިނަ ޒުވާނުން އެވްރެޖްކޮށް ދުވާލަކަށް 02 ޖީބީ ބޭނުންކުރާނެ. އެހެންވީއިރު 3.5ޖީބީ ވާނީ މަރްހޫމާ ނަސިރާ ބުނިފަދައިން ސައިބޯނި ބޮއްކަކަށް. މިޒަމާނުގެ ކުދިން ބޭނުމެއްނުވެއޭ ފްރީ އެސް.އެމް.އެސް އަދި ފްރީ މިނިޓްސްއެއް. ޑާޓާ ޕެކެޖް ލިބުނީ މައި އެހުރިހާ ކަމެއް އެބަކުރެވޭ ޑާޓާ ބޭނުންކޮށްގެން. އަދިި ނުވީތާކަށް ރާއްޖެއިން ބޭރަށްވެސް އެބަ ގުޅޭ ޑާޓާ ޕެކެޖް ބޭނުންކޮށްގެން. އިތުރަކަށް ޗާރޖެއް ނުކުރެވޭ. ދެންކީއްކުރާފްރީމިނިޓްސްއެއްތޯ؟
ހޮޓްކިންގ
21 November 2020
މަހަކަށް ދޭންކަނޑައަޅާފައި ތިހިރަ ޖީބީ ފެނިފައި އަންނަނީ ހިނި. އެއިން ކޮންކަމެއް ކުރާނީ؟
ނަހޫ
21 November 2020
ހުސް އޮޅުވާލުން. ތީހަމަ މަހަކު 250 ގެ ޕެކޭޖެއް ނެގުންކަހަލަ ކަމެއް. ނެތް މާބޮޑު ފައިދާއެއް.
ޒީން
22 November 2020
265 މަހަކަށް
މާސްޓަރ
21 November 2020
އަޅެ ޓެލެކޮމް ޚިދުމަތްދޭ ކުންފުނި ތަކުން ހަމަ ދިވެހިންނަށް ހިސާބުގެ މިހާ މިންވަރުވެސް ނެގޭ ގަމާރުން ކަމަށް ހީކުރަނީ ހެއްޔެވެ! އަބުރައަބުރާފަ އެކި ނަންނަމުގަ އެކައްޗެއް ނެރެނީ !
1828
21 November 2020
ހަމަ އެއް މަސްގަނޑަކުން އެކި ނަންނަން ކިޔާފައި ހެދިކާ މިހަދަނީ. މޮޓޯއަކީ ވިކުނީމައި ލާރި.
އަލީބްރޯ
21 November 2020
ތި ޑޭޓާއެލަވަންސްއަކީ އަގާބަލާއިރު މީޒަމާނާއެކަށޭނަ ވަރެއްނޫން! އަނބުރައަނބުރާފަވެސް މާރކެޓަށްތިނެރެނީ ހަމައެކައްޗެއް!!
ހޫންނނނ
21 November 2020
މޮޅުގޮތެއް .. އެކަމަކު މަގޭ ޕުލޭންއިން ނެގުމެކޭ މާކަބޮޑު ތަފާތެއް ނުފެނޭ.
1828
21 November 2020
އެކި ނަންނަން ކިޔާފައި ނެރެނީ ހަމައެކައްޗެއް. ހިސާބު ހިދާނުލާ މީހަކަށް މިއީ ވަރަށް ފައްކާ ޕެކެޖްއަކަށް ވެދާނެ. ހިސާބު ހަދާލީމައި މި އެނގެނީ މިއީ ހަމަ އެއް މަސްގަނޑަކުން އެކިއެކި ނަންނަން ކިޔާފައި ހަދާ ހެދިކާކަން. ދިރާގް އެން އުރީދޫ ސަކްސް.