ހޯރަފުށި އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓެއް ޖައްސަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އަންނަ މަހުން ފެށިގެން ހޯރަފުށި އެއާޕޯޓަށް މޯލްޑިވިއަނުން ހަފުތާއަކު ތިން ދަތުރު ކުރާނެ ކަމަށް އެ އެއާލައިނުން ބުނެފި އެވެ.
މޯލްޑިވިއަންގެ ޑެއިލީ ދަތުރުތައް ހޯރަފުއްޓަށް ފަށާނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. ނަމަވެސް މި މަހު އެ ރަށަށް ދަތުރުކުރާނީ އެ ދުވަހު އެކަނި ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
މާލެއިން ހޯރަފުއްޓަށް އެއްކޮޅުގެ ޓިކެޓުގެ އަގަކީ މާލެއިން ކުޅުދުއްފުށި އަދި ހަނިމާދޫއަށް ވެސް ދަތުރުކުރާ އަގު ކަމަށްވާ 1،113ރ. ކަމަށް މޯލްޑިވިއަނުން ބުންޏެވެ.
ހޯރަފުށި އެއާޕޯޓު ރަސްމީކޮށް ހުޅުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކޮށްފައި އެވެ. އެއާޕޯޓު ތަރައްގީ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.
މީގެ އިތުރުން ޓެކްސީވޭއަކާއި ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް ހަދާފައިވެ އެވެ.
މި އެއާޕޯޓު ތަރައްގީ ކުރުމަށް ގާތްގަނޑަކަށް 198 މިލިއަން ރުފިޔާ ހަރަދުވިކަމަށް އެއާޕޯޓު ތަރައްގީކުރުމާ ހަވާލުކުރި އެމްޓީސީސީން ވަނީ ބުނެފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
Share your opinion about "Mihaaru" new website
"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
23 November 2020
ނުފޯރާފޮތިން ފޫގަޅާންނޫޅެ "އިތުބާރުހުރި ޑޮމެސްޓިކް ޝެޑިއުލް ފްލައިޓްދަތުރުތައްކުރެވޭނެ އިންތިޒާމްތައް" ހަމަޖައްސަވާ. # މިކަންކުރެވޭނީ އުތުރުން ހަނިމާދޫ، މެދުތެރެއިން މާލެ، ދެކުނުން ގޭން އެއީ މޯލްޑިވިއަންގެ ހަބް ތައްކަމުގައި ރަސްމީގޮތުންކަޑައަޅާ މާލެއާއި ހަނިމާދުއާއިދެމެދު އަދި ގޭން މާލެއާއިދެމެދު A-321 ޝެޑިއުލްދަތުރުބާއްވާފަ ހަނިމާދޫން އުތުރުގެ އެހެންއެއަރޕޯޓްތަކަށް އަދި ފުވައްމުލައްނޫން ދެކުނުގެއެއަރޕޯޓްތަކަށް ގަމުން ޑޮމެސްޓިކްދަތުރުތައް ބާއްވައިގެން.
ކަތީބު.
23 November 2020
ހަނިމާދުއާއި ގަން އެއަރޕޯޓަލީ ދުތުރާއި ދެކުނުގެ މައި އެއަރޕޯޓް ތައް ކަމުގައި ހަދާ ގަމާއި ހަނިމާދޫން އެހެން ހުރިހާ އެއަރޕޯޓް ތަކަށް ޑޮމެސްޑިކް ޝެޑިއުލް ދަތުރު ފައްޓައިގެން ނޫނީ ދެކޮޅު ޖެހޭ ގޮތަކަށް މިކަން ނުކުރެވޭނެ. މާލެ އިން ތިމަރަފުއްޓަށް އަދި މާލެއިން ހޯރަފުއްޓަށް ޑެއިލީ ޝެޑިއުލް ދަތުރު ކުރުމަކީ ކުރެވޭނެ ކަމެއްނޫން. ކުންފުނި ބަޤުރޫޓު ކުރާން ނޫޅޭ. އަފީފު ދީދީ އަށް ސިޔާސީ ގޮތުން ތާއީދު ނުކުރިޔަސް މިކަމުގައި ތާއީދު ކުރަން
ާއުނިމާ
23 November 2020
ތިވަރުން ދެކޮޅުޖެހޭތަ? ތިމަރަފުށީގެ ހާލު މާދެރަ, އެތާވެސް އެއރޕޯޓެއް އެބައޮތް
ބާހިދު
23 November 2020
ބަރާބަރު ވާހަކައެއް. މާލޭ ސަރުކާރާއި މޯލްޑިވިއަން ބޭނުމެއްނުވޭ ރަށްރަށުގެ ދަތުރު ފަތުރު އިތުބާރު ހުރިގޮތަކަށް ރާވާކަށް. އެހެންވެ މިކަހަލަ ދެކޮޅު ނުޖެހޭ ގެއްލުން ހުތި ކަންކަން ކުރާން އުޅެނީ.