މީރާގެ އޮފީސް. ގައި ދުރު ކުރުމުގެ އުސޫލުތައް ގާއިމްކޮށްފައި--ފޮޓޯ:މިހާރު
30 ޑިސެމްބަރ 2020 - 12:46
އެއްގަމު އުޅަނދުގެ އަހަރީ ފީ ދެއްކުމުން ދޫކުރުމަށް އާ ސްޓިކާއެއް ތައާރަފުކޮށް، އޮންލައިންކޮށް ފީ ދައްކާ ފަރާތްތަކަށް، އަންނަ މަހުން ފެށިގެން އޮންލައިންކޮށް ސްޓިކާ ލިބޭނެ އިންތިޒާމް މީރާ އިން ހަމަޖައްސައިފި އެވެ.
ޓެކްސް އިދާރާ، މީރާ އިން ބުނީ، އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެއްގަމު އުޅަނދުގެ އަހަރީ ފީ އޮންލައިންކޮށް ދައްކާ ފަރާތްތަކަށް މީރާއިން ސްޓިކާ ދޫކުރާނީ އީމެއިލް މެދުވެރިކޮށް، އެ މީހަކަށް އަމިއްލަ އަށް ޕްރިންޓް ކުރެވޭނެ ގޮތަށެވެ. އެއްގަމު އުޅަނދުގެ އަހަރީ ފީ މީރާގެ އޮފީހަށް ގޮސް ދައްކާ ފަރާތްތަކަށް ވެސް އަންނަ މަހުން ފެށިގެން ޕްރިންޓް ކުރުމަށްފަހު ދޫކުރަން ހަމަޖެހިފައިވަނީ އަލަށް ތައާރަފްކުރި ސްޓިކާ އެވެ.
މީރާ އިން ބުނީ މާދަމާގެ ނިޔަލަށް ދައްކާފައިވާ ވެހިކަލް ފީ އަކާ ގުޅިގެން، އެ ފަރާތުން އެދިއްޖެ ހާލަތެއްގައި މިހާރު ބޭނުން ކުރަމުންދާ ސްޓިކާ ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ދޫކުރަމުން ގެންދާނެ ކަމަށެވެ.
އަހަރީ ފީ ސްޓިކާ އަށް މި ގެނައި ބަދަލާ އެކު، ފައިސާ ދައްކާ ފަރާތްތަކަށް ސްޓިކާ ހޯދުން ފަސޭހަވެ، ސްޓިކާގައި ހުންނަ ކިއުއާރު ކޯޑް މެދުވެރިކޮށް ސްޓިކާގެ ސައްހަކަން ބެލޭނެ ގޮތް ހަމަޖެހިފައިވާތީ، ވެހިކަލް ފީ ދައްކައިފައިވާކަން ކަމާބެހޭ އިދާރާތަކުން ބެލުމުގެ ނިޒާމަށް މިކަމުގެ ސަބަބުން އިތުރު ހަރުދަނާކަމެއް އަންނާނެ ކަމަށް މީރާ އިން ބުނެ އެވެ.
މީރާ އިން އެއްގަމު އުޅަނދުގެ ސްޓިކާ އޮންލައިންކޮށް ލިބޭނެ ގޮތް ހަމަޖެއްސި އިރު އެ އިދާރާއިން އަންނަނީ އެތަނުގެ ގިނަ ހިދުމަތްތައް އޮންލައިން ކުރަމުންނެވެ. އެގޮތުން ގިނަ ޓެކްސްތައް މިހާރު އޮންލައިންކޮށް ދެއްކޭނެ އިންތިޒަމު ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޑަފްް
30 December 2020
ތަންދޮރުނޭނެގޭ މީހުން އަދިވެސް ކޮމެންޓް ކުރާތި. އޮންލައިންކޮށް ފައިސާ ދައްކަން ބޭނުންވާ މީހުންނަށް ބޮޑު ލުޔެއް ތީ. ކުރިންޖެހެނީ އޮންލައިންކޮާށް ޕޭކޮއްފަވެސް ސްޓިކާބަލާ މީރާއްށް ދާން. ދެން ޕްރިންޓް ޚަރަދުބޮޑުވެދާނެތީ ނުދާ މީހާ މީރާއަށް ގޮސް ދެއްކީމަ ސްޓިކަރ އެތަނުން ދޭނެ. ކޮމެންޓްތަކަށް ބަލާލާއިރު އެފަދަ މީހަކު ނެޓް ބިލް ބޮޑުވެދާނެތީ އޮންލައިންކޮށް ޕޭވެސް ނުކުރާނެތާ. ނުވާނެ މިމީހުން ތަހުޒީބެއް.
ހަކީމް
30 December 2020
ވަރަށް ރަނގަޅު ކުރިއެރުމެއް. ފުލުހުން މަޑިހިއްލައިގެން ސްޓިކަރ އިންތޯ ބެލުން ހުއްޓާލަން އެބަޖެހޭ. ޓްރެފިކް ޕޮލިހުންގެ ފޯނުން އެޕެއް މެދުވެރިކޮށް ދައްކަން ޖެހޭ ފީއެއް ދައްކާފަތޯ ބަލާލެވެން އެބަޖެހޭ.
ނަން
30 December 2020
ޓްރެފިކް ފުލުހުންނާ މިރާ ދެމެދު ކަނެކްޝަން އެއް އެބަޖެހޭ ހަދަން. ސައިކަލް ނަންބަރ ސްކޭން ކޮއްގެން، ނޫނި، ފޮޓޯ ނަގައިގެން ނޫނީ ޖަހައިގެން ފުލުހުނަނަށް އެބަ ޖެހޭ ފީދައްކާފަ ހުރި މީހެއްތޯ ނުނީ ނޫންތޯ ބެލެން. މިގޮތަށް އިންސިއުރަންސް އައި ރޯޑްވާތިނަސް ވެސް ޖެހޭނެ ވާން. މިޒަމާނުގައި ސްޓިކާ ދައްކަން ނޭ ކިޔާފައި ކީއްކުރަން މަޑިހުޅުވާގެން ބަލާ ސްޓިކާއެއް ތައް.
އެހެން
30 December 2020
އަމިއްލަ އަށް ޕްރިންޓް ކުރާތީ އެއްވެސް ޑިސްކައުންޓެއް ލިބޭނެތޯ އަޅެ "މިހާރު" އިން ސާފުކޮށްދެއްވާ!
މުހައްމަދު
30 December 2020
ކިހާ ބޮޑުވެއްޖެ ކަމެއް! އަނެއްކާ އަނެއް އުނދަގޫ.!! އެއްކަމަކުން ފަސޭހަ ވެއްޖިއްޔާ އަނެއް ހާސް ކަންކަމުން އުނަދަގުލޭ ޖައްސަނީ. ދެން ތިޔަ ސްޓިކާ ޕްރިންޓްކުރަން އަނެއްކަން އަނެއްތަނަށް ލާދި ދައްކަންވީ.... ކިހާ ބޮޑު ބ..
5335
30 December 2020
ސްޓިކާގެ ޒަމާނެއްނޫން މި ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ
1235
30 December 2020
ސްޓިކާ ތަތްނުކޮށް، މަޑިހިންލަންވެސް ނުޖެހި ވެހިކަލްގެ ރެޖިސްޓްރީ ނަމްބަރއިން ތިހުރިހާ ކަމެއް ފުލުހުންނަށް ބެލޭނެގޮތް ހެދުން ކީއްތޯ، ވަސީލަތް ހުރި ގައުމެއް.
ރުޅި
30 December 2020
ސަރުކާރަށް ޚަރަދުކުޑަވެފަ. ރައްޔިތުމީހާ އަށް ޕްރިންޓް ކުރުމުގެ ޚަރަދު އުފުލަންޖައްސައިފި. އެހެންވީމާ ސްޓިކަރ ޕްރިންޓްކުރުމުގެ ޚަރަދު އަހަރީ ފީ ތެރޭން ކެނޑޭނެގޮތް ހަދައިދީ. އޭރުން ރައްޔިތުމީހާއަށް ތަންކޮޅެއް ޚަރަދުކުޑަވާނެ.
މުލޭ
30 December 2020
މީރާއަށް ގޮސް ފީ ދެއްކީމަ ޕްރިންޓް ކޮށްފައި ދޭނެ.
ސުވާސްތި
30 December 2020
ތަހުޒީބުވޭބަލަ.މިގޮތް މާރަނގަޅު. ރާއްޖެތެރޭ ރަށްރަށުގަ ދުއްވާ އުޅަނދުފަހަރުގެ އަހަރީފީ އޮންލައިންކޮށް ދައްކާފަ ސްޓިކަރ ނަގަން މީރާއަށް ދާންވީމާ މާ އުނދަގޫ. މިގޮތަށް ހެދުމުން ވަރަށް ބޮޑުތަނުން ފަސޭހަވާނެ. ޝުކުރިއްޔާ.