މިއަހަރު ރާއްޖެއަށް އައި ފުރަތަމަ ޓޫރިސްޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ:ޓޫރިޒަމް މިނިސްޓްރީ
ކްރިސްމަސް އާއި އާ އަހަރަށް ފަހު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށްވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން އާއްމުކުރި ހިސާބުތަކުގައިވާ ގޮތުން އާ އަހަރުގެ ފުރަތަމަ ދުވަހު ރާއްޖެ އައީ 1،916 ޓޫރިސްޓުންނެވެ. މިއީ، މިދިޔަ ޑިސެމްބަރު މަހާ އަޅާ ބަލާއިރު ވަރަށް ދަށް އަދަދެކެވެ.
ޑިސެމްބަރު މަހު ރާއްޖެއަށް ދުވާލަކު 2،000-6،000 ދެމެދުގެ އަދަދަކަށް ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހު ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދު އެހެން މަސްތަކާ އަޅާ ބަލާއިރު އިތުރުވެ އެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު އެކަނި ވެސް 6،037 ޓޫރިސްޓުން ރާއްޖެ އަ އެވެ. މިއީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލި ފަހުން އެންމެ ގިނަ ޓޫރިސްޓުން އައި ދުވަހެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް 555،213 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އަންދާޒާއަކީ މި އަހަރު 1.5 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރުމެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޅޭ ބޭބެ
04 January 2021
މީ މުސާރަ ކުޑަކޮށް މަސައް ކަތްކުރުވަން ވެގެން ރިސޯޓް ވެރިން ކުރުވާ ކަމެއް..
ާއަލީބަލީ
03 January 2021
ރިސޯޓްތަކުގަ ރޫމް ލިބެންނެތީ. މީހުން އަންނަންބޭނުންވޭ.
މާސްކް ކާފަ
03 January 2021
ނާހަމަ ތެދެއް؟
ކޮވިޑް ބޫމް
03 January 2021
ދެން ކޮވިޑު އަރާނީ!