ކުޑަފަރީގެ ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވަނީ-- ފޮޓޯ:އެމްޑަބްލިއުއެސްސީ
ނ. ކުޑަފަރީގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީން މިއަދު ފަށައިފި އެވެ.
ކުޑަފަރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ ޗެއާމަން އަހުމަދު މައުސޫމް އާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝާހެވެ. މި ރަސްމިއްޔާތުގައި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސާ އާއި ކުޑަފަރީ ކައުންސިލް މެމްބަރުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
އެމްޑަބްލިއުއެސްސީން ބުނީ މި މަޝްރޫއުގެ ފެށުމުގެ ގޮތުން ނަރުދަމާ ގާއިމް ކުރުމަށް ބޭނުންވާ ހޮޅި އާއި އެހެނިހެން ތަކެތި ގެންގޮސް ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ އިމާރާތުގެ 20 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކުޑަފަރީގެ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަޝްރޫއުގެ ދަށުން 9.5 ކިލޯމީޓަރުގެ ފެންހޮޅީގެ މައި ނެޓުވޯކެއް ގާއިމް ކުރާނެ އެވެ. އަދި ދެ އާރުއޯ ޕްލާންޓާއި ތިން ތާނގި ބެހެއްޓުމަށް އާރުއޯ ފެސިލިޓީ އެއްވެސް އިމާރާތް ކުރާނެ އެވެ.
މީގެ އިތުރުން އެ ރަށުގެ ނަރުދަމާ ނިޒާމުގެ މަޝްރޫއުގެ ދަށުން 8.1 ކިލޯމީޓަރުގެ ނަރުދަމާ ނެޓްވޯކެއް ގާއިމް ކުރާނެ އެވެ. އަދި 650 މީޓަރުގެ ޕަމްޕިން ލައިން އެޅުމާއި ދެ ޕަމްޕިން ސްޓޭޝަނާއި ސީއައުޓް ފްލޯއެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރާނެ އެވެ.
މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އުޅަނދުތަކުގެ އިތުރުން ފެން ތަހުލީލު ކުރަން ބޭނުންވާ ސާމާނު އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެ އެވެ.
މި މަޝްރޫއަށް 38.2 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޑަބްލިއުއެސްސީން ލަފާ ކޮށްފައިވާއިރު 22 މަސް ދުވަހުން މި މަޝްރޫއު ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިލަބެ
10 January 2021
އީސަ ތިޔައިޝާރާތްކުރާ 2024 ގެ މަޖިލިސް އިންތިޚާބަށް ވަރުގަދަމީހަކު ނިކުއްނާނެކަމަށް ތިޔައިޝާރާތްކުރަނީ އީސަގެ ވިޔަފާރީގެ ޕާޓުނަރުގެ ވާހަކަދޯ އެކަމު އޭނާ ވަރަށްބަލިކޮން މިހާރުފެއްނަނީ ފުރިހަމަސިއްހަތެއްގައި ހުރުމަށް ޓަކާދިރިއުޅުމުގެ ގޯސްއާދަތައްބަދަލުކުރަންޖެހޭ ކަމަށްފެނޭ
އީސަ
08 January 2021
އީސަ މީ މޭން އެއް