ކޮންސްޓްރަކްޝަން ސަރަހައްދެއްގައި ބަޔަކު މަސައްކަތް ކުރަނީ- ފޮޓޯ: ނިޝާން އަލީ/މިހާރު
11 ޖެނުއަރީ 2021 - 12:20
ސަރުކާރުގެ މުއައްސަސާތަކުންނާއި ސަރުކާރު ހިއްސާވާ ކުންުފުނިތަކުން ހިންގާ ޕްރޮޖެކްޓުތަކުގެ ފައިސާ ލިބުން ލަސްވާތީ ކޮންޓްރެކްޓަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
ކޮންޓްރެކްޓާސް އެސޯސިއޭޝަނުން އިއްޔެ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ސަރުކާރުގެ ޕްރޮޖެކްޓުތަކުގެ އިންވޮއިސްތަކަށް ފައިސާ ލިބުން ވަރަށް ބޮޑަށް ލަސްވާކަމުގެ ޝަކުވާ އެ ޖަމިއްޔާ އަށް ލިބޭ ކަމަށެވެ. އެހެންވެ ސަރުކާރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ވީހާ ވެސް އަވަހަށް ފައިސާ ދެއްކުމަށް އެ ޖަމިއްޔާ އިން އެދެ އެވެ.
ކޮންޓްރެޓާސް އެސޯސިއޭޝަނުން ބުނީ ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ހުރިހާ ވިޔަފާރިއަކަށް ވެސް އަސަރުކޮށްފައިވާ ކަމަށެވެ. އެގޮތުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ތެރޭގައި ހިމެނޭ ކޮންޓްރެކްޓަރުންނަކީ އެކި ވިޔަފާރިތަކާ ސީދާ ގުޅިފައިވާ ބަޔަކަށް ވާތީ ކޮންޓްރެކްޓަރުންނަށް ފައިސާ ނުދައްކައި ގިނަ ދުވަސްވުމުން އެ މީހުންގެ އިތުރުން އެ މީހުންނާ ގުޅުން ހުރި އެހެން ވިޔަފާރިތަކަށް ވެސް ގެއްލުންވާނެ ކަމަށެވެ.
ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އައި ބަދަލާއެކު ސަރުކާރުން ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޕްރޮޖެކްޓުތައް ހަވާލުކުރާ ގޮތް ވަނީ ބަދަލުކޮށްފަ އެވެ. މިދިޔަ އަހަރު ހަވާލު ކުރި ގިނަ ޕްރޮޖެކްޓުތައް ކުންފުނިތަކާ ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުންނެވެ.
ކޮންޓްރެކްޓަރުންނަށް ޕްރޮޖެކްޓުތަކުގެ ފައިސާ ލަހުންދޭ ވާހަކަތަކަކީ ވަރަށް ގިނައިން އަޑުއިވޭ ވާހަކަތެކެވެ. ސަރުކާރުގެ ކުންފުނިތަކުން ވެސް ވަނީ ސަރުކާރުން ދޭން ހުރި ބައެއް ފައިސާ ނުލިބޭތީ އެކަމުގެ ޝަކުވާ ވެސް ކޮށްފަ އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
12 January 2021
ރަންބިސް އަޅާ އެންމެ ކުކުޅެއް ގެންގުޅުނީމަ ލައިގަންނާނެ އެތިފަހަރު މިއޮތީ ލައިގަންފަ. ޢަހަރުން ހީކުރީ ޓޫރިޒަމް ގިޔާމަތާ ހަމަޔައް ދާނީ ކުރިއަރާ ފައިސާ ލިބެމުންކަމައް. މައާފުކުރައް ވާ ވިސްނުން ކޮށިކަމުން ނޭންގުނީ އިންޑަންޓުރީ ތަކަކީވެސް ލައިފް ސައިކަލެއް އޮވެ ނެތިގެން ދާނެ ނޫނީ އަޑިއަޅާލާނެ އެއްޗެއްކަން.
205824
12 January 2021
މައްސަލައެއް ނެތެއް ނޫން، ވެންޓިލޭޓަރާއި ސިއްހީ ދާއިރާ އަށް ބޭނުންވާ ތަކެތި ގެންނަ ކޮރަޕްޓު ކުންފުނި ތަކަށް ބަރާބަރަށް ފައިސާ ދޭ. ނާޑު ކުންފުންޏަކީ މީގެ ހެއްކެން. ނާޑު ކުންފުނިން ފޮރިން މިނިސްޓަރަށް ބައި އެޅޭ ކަމަށް ވަނީ
ޞައްދާމު
11 January 2021
ސަރުކާރުގެ އޮފީސް ތަކާއި، ސަރުކާރުގެ ކުންފުނި ތަކުން، ކޮންޓްރެކްޓަރުންނަށް ފައިސާ ނުދޭތީ، ކޮންޓްރެކްޓަރުން ވަރަށް ބޮޑަށް ބިކާރީ ވެއްޖެ! ބަނގުރޫޓް ވެއްޖެ! ކޮވިޑް ގެ މި ދަތިޙާލުގައި، ސަރުކާރުގެ މަސައްކަތްތައް ރަށްރަށުގައި ކޮންޓްރެކްޓަރުން ކުރީ، އެއްވެސް މިންވަރަކަށް ފައިސާ ނުލިބި. 1 އަހަރު ވެފައިހުރި ބިލް ފައިސާ ނުލިބި އެބަހުރި!
ސަކަލޭރު
11 January 2021
ބައެއްމީހުން ގަބޫލެއްނުކުރޭ މިހެން މިކަންވާކަން. އދ.ދަނގެތީގަ އުޅޭކަމަށް ގާތްމީހަކުބުނި މީގެ ބައެއް. އެމީހުންގަބޫލުކުރަނީ ދައުލަތުގެ އެއްވެސް ފައިސާއެއްނުދީ ލަހެއް ނުވާނޭކަމަށް.