ވިޔަފާރި / ދިވެހި ރުފިޔާ

500ރ.ގެ ވަގު ނޫޓް ދައުރެއް ނުވޭ: އެމްއެމްއޭ

މާލެ: މޭ 16، 2018- ރަމަޟާން މަހުގެ ފުރަތަމަ ދުވަސް (މުލަ ރޯދަ ދުވަސް): ލޯކަލް މާރުކޭޓުން އެއްޗެއް ގަތުމަށްޓަކައި މީހަކު ފައިސާ ގުނަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ފަސްސަތޭކަ ރުފިޔާގެ ވަގު ނޫޓު ދައުރުވާ ކަމަށް އާންމުންގެ ތެރޭގައި އަޑުތައް ފެތުރިފައި އޮތް ނަމަވެސް މި ދުވަސްވަރު ވަގު ނޫޓެއް ދައުރު ނުވާ ކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޔަގީންކޮށްދީފި އެވެ.

މަރުކަޒީ ބޭންކްގެ ތަރުޖަމާނު މުހައްމަދު ނާސިހު ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަ 500ރ.ގެ ނޫޓު އެމްއެމްއޭގެ އިދާރާ އަށް ގެންގޮސް ބެލި ބެލުމުން އެ ނޫޓަކީ ސައްހަ ނޫޓެއްކަން ޔަގީން ކޮށްފައިވާ ކަމަށެވެ. އެ އޮތޯރިޓީން ބުނި ގޮތުގައި އެ ނޫޓުގައި ކޮންމެވެސް ވަރަކަށް ކުލައެއް ޖެހިފައި ހުރިކަން މަރުކަޒީ ބޭންކަށް ވެސް ވަނީ ފާހަގަވެފަ އެވެ.

"އެ ނޫޓުގައި ޖެހިފައި ހުރި ކުލަ ފިލުވަން ކެމިކަލެއް ބޭނުން ކުރުމުގެ ސަބަބުން ނޫޓުގެ ކުލަ ފަނޑުވެފައިވާ ކަން ފާހަގަކުރެވުނު. އެކަމަކު އެ ނޫޓަކީ ސައްހަ ނޫޓެއް،" އޭނާ ވިދާޅުވި އެވެ.

ނާސިހު ވިދާޅުވީ، ރާއްޖޭގައި ބޭނުން ކުރާ ނަގުދު ފައިސާގެ ނޫޓަކާ މެދު އެއްވެސް ކަހަލަ ޝައްކެއް އުފެދިއްޖެ ނަމަ ވީ އެންމެ އަވަހަކަށް އެ އިދާރާ އަށް އެންގުމަށް އެދޭ ކަމަށެވެ.

ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ދިމާކޮށް "ރަންދިހަ ފަހެއް"ގެ ނަމުގައި 2015 ވަނަ އަހަރު އާ ނޫޓު ސީރީޒް ތައާރަފް ކުރި އެވެ. ފޮލިމާ ކަރުދާހުގައި ހަދާފައިވާ އާ ނޫޓް ސީރީޒް ގައި ހިމެނެނީ 5، 10، 20، 50، 100، 500 އަދި 1000ރ. ގެ ނޫޓެވެ.

3 ކޮމެންޓް, 8 ރިއެކްޝަންސް

icon happy icon happy 38%
icon sad icon sad 13%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 25%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަސްސތޭކަ

18 January 2021

"ފަސްސަތޭކަ ރުފިޔާ" ގެ ނޫޓެއް ރާއްޖޭގައި ބޭނުމެއް ނުކުރެ. ހުންނަނީ "ފައްސަތޭކަ ރުފިޔާ". އެހެންވީމާ "ފަސްސަތޭކަ ރުފިޔާ" ގެ ވަގުނޭޓެއްވެސް ނުގެންގުޅޭނެތާ!

The name is already taken The name is available. Register?

ހަންދާނުން

18 January 2021

ހަންދާނުން ކައްސާލަފައި އޮތް ޔާމީނުގެ އިތުރު ތަރަށްގީއެއް .. މޮޅުމީހެއް.. ވެރިކަމަށް އަނެއްކާވެސް ގެންނަންވީ.. އެކަމަކު މަޖިލީހާ ކޯޓު މިނިވަންކޮށް ބާއްވާފަ.. ހާދަ ކުރިޔަކަށް ރާއްޖެ ޖައްސާލާނެޔޭ.. އަސްލުވެސް ހަމަ މޮޅީ..

The name is already taken The name is available. Register?

ޝަހީދާ

18 January 2021

÷ޮލިމަރ ސީރީޒްގައި -/5 ވެސް ހިމެނޭ އިނގޭތޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454