މީހަކު މޯބައިލް ފޯނެއް ބޭނުންކުރަނީ: ދިރާގުން ޕްރިޕެއިޑް ކަސްޓަމަރުންނަށް 200 ޕަސެންޓް އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ފަށައިފައި-- ފޮޓޯ: މިހާރު
18 ފެބުރުއަރީ 2021 - 22:17
ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން އިތުރު 200 ޕަސެންޓް ޑޭޓާ ލިބޭ ޕްރޮމޯޝަނެއް އެ ކުންފުނިން މިއަދު ފަށައިފި އެވެ.
މި ޑޭޓާ ލިބޭނީ އެ ކުންފުނީގެ 75ރ. ގެ މިނީ ޑޭޓާ ބަންޑަލް ނަގާ ކަސްޓަމަރުންނަށެވެ. މި ޕްރޮމޯޝަނާއެކު 75ރ. ގެ ބަންޑަލް ނަގާ ކަސްޓަމަރުންނަށް 1.5ޖީބީގެ ބަދަލުގައި ލިބޭނީ 4.5 ޖީބީ ޑޭޓާ އެވެ.
ދިރާގުން ބުނިގޮތުގައި މި ޕްރޮމޯޝަން ކުރިއަށްދާނީ އަންނަ މަހު ތިންވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންވާ ކަސްޓަމަރުންނަށް ދިރާގު މޯބައިލް އެޕްލިކޭޝަން ނުވަތަ 343 އަށް މެސެޖުކޮށްގެން ޑޭޓާ ޕެކް އެކްޓިވޭޓް ކުރެވޭނެ އެވެ. މިނީ ޑޭޓާގެ މުއްދަތަކީ ހަތް ދުވަހެވެ.
ދިރާގުން ވަނީ ދާދިފަހުން މޮބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ވެސް ބޮޑު ބަދަލުތަކެއް ގެނެސްފަ އެވެ. "ޕްރީޕެއިޑް ކޮމްބޯ ޕްލޭންސް"ގެ ނަމުގައި ގެނައި މި ބަދަލުތަކާއެކު މިހާރު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވޮއިސް އާއި އެސްއެމްއެސް އަދި ޑޭޓާ، އެއް ކޮމްބޯ ޕްލޭނަކުން އެކްޓިވޭޓް ކޮށްލެވޭނެ އެވެ. އަދި ހިލޭ "ޕާކްސް" ވެސް މިހާރު ދިރާގު ޕްރީޕެއިޑުން ލިބޭނެ އެވެ.
Copyright © 2022 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިޑިން
21 February 2021
އަގުހެޔޮ ކުރޭ. އިންޓަނެޓް ތުރޮޓުލް ކުރުން ހުއްޓާ
ޕެކޭޖް
18 February 2021
ފަސްގުނަދިނަސް ދިރާގައް ސަލާން، ރައިއްޔަތުން ފެލަނީ ނެޓައްވަދެވެނީކީނޫން ސްލޯކަމުން.
ގަދަމީހާ
19 February 2021
ދިރާގަށް ސަލާމް ބުނެފަ ދެން ވަކި ލިބޭނެ މޮޅެއް ނެތް. އޫރިދޫގެ ޚިދުމަތްތައް ވަކި ރަނގަޅެއް ނޫން. ރައްޔިތުން ފެލައިގެން ޓެކްސް ދެއްކީމަ ކަލޭ ރުޅި އަޔަސް ސަރުކާރުން އޮތީ ވަރަށް އުފަލުން.
ޕެކޭޖް
18 February 2021
ޕެކޭޖް ވިއްކޭތޯ ބަލާ އަދިވެސް ، މިހާރުވެސް މިއުޅެނީ ދުވާލުގަޑީގަ ނެޓައްނުވެސް ވަދެވިގެން.