އޮންދިގޯއާއި ވިލާ ކޮލެޖާ ދެމެދު ވެވުނު އެއްބަސްވުމގައި ސޮއި ކުރެއްވުމަށްފަހު އޮންދިގޯގެ ޗެއާމަން ޖުނައިދު (ވ) އާއި ވލާ ކޮލެޖުގެ ޑެޕިއުޓީ ރެކްޓާ (ކ) ފޮޓޯއަކަށް ހުއްޓިލައިގެން-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
23 ފެބުރުއަރީ 2021 - 12:11
މުވައްޒަފުން ތަމްރީން ކުރުމަށް އޮންދިގޯ އިން ވިލާ ކޮލެޖާ އެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އޮންދިގޯ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗެއާމަން މުހައްމަދު ޖުނައިދެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ވައިސް ރެކްޓާ، ރިސާޗް އެންޑް އިނޮވޭޝަން ޑރ. މުހައްމަދު އާދިލެވެ.
މި އެއްބަސްވުމުގެ ދަށުން ވިލާ ކޮލެޖުން އޮންދިގޯގައި މަސައްކަތްކުރާ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީން ކުރާނެ އެވެ. މި ޕްރޮގްރާމުގެ ދަށުން މުވައްޒަފުން ތަމްރީން ކުރުމަށް އިތުރު އެއްވެސް ފީއެއް ނުނަގާނެ ކަމަށް އޮންދިގޯއިން ބުންޏެވެ.
އެ ކުންފުނީގެ ޗެއާމަން މުހައްމަދު ޖުނައިދު ވިދާޅުވީ މުވައްޒަފުންނަކީ ކޮންމެ ވިޔަފާރިއެއްގެ ވެސް އެންމެ މުހިންމު ރައުސުލްމާލު ކަމަށެވެ. އެހެންވެ ކޮންމެ ވިޔަފާރިއެއް ވެސް ކުރިއެރުވުމަށް މުވައްޒަފުންނާއި ތައުލީމާއި ތަމްރީން ދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
އޮންދިގޯގެ ޗެއާމަން ޖުނައިދު މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ޖުނައިދު ވިދާޅުވީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ މުވައްޒަފުން ކުރިއެރުވުމަށް ކަމަށެވެ. އަދި އެ ކުންފުނީގެ ވަޒީފާއިން ވަކިވިޔަސް އެ މުވައްޒަފަކީ މުޖުތަމައަށް ފައިދާހުރި މީހަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި އެއްބަސްވުމުގެ ދަށުން ކިޔަވާ މުވައްޒަފުން ކުންފުންޏަށް ހިދުމަތްކުރަން ޖެހޭނެ ކަމަށް ބުނެ އެއްބަސްވުމެއްގައި ސޮއިކުރަން ނުޖެހޭނެ. މިއީ ހަމަ މުވައްޒަފުން ވަޒީފާގެ ރޮނގުން ކުރިއެރުވުމަށް ކުރިއަށްގެންދާ ކަމެއް. މީގެ ބޭނުމަކީ މާދަމާ ވެސް މިތަނުން ކެނޑިގެން މުޖުތަމައަށް ނުކުންނައިރު ހުނަރުވެރި މީހެއްގެ ގޮތުގައި ނުކުތުން،" ޖުނައިދު ވިދާޅުވި އެވެ.
މި އެއްބަސްވުމާ ގުޅޭ ގޮތުން ވިލާ ކޮލެޖުގެ ޑީން އޮފް ރިސާޗް ޑރ. އަހުމަދު ޝާހިދު ވިދާޅުވީ ކޮންމެ ކުންފުންޏަކުން ވެސް ވިޔަފާރި ކުރިއަރުވަން މުވައްޒަފުން ތަމްރީން ކުރަން ޖެހޭ ކަމަށެވެ. އަދި އަމިއްލައަށް ތަމްރީން ދިނުމުގެ ބަދަލުގައި އިންޓްިޓިއުޓްތަކާ ގުޅިގެން ތަމްރީން ދިނުން މުހިންމު ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
Copyright © 2021 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިންނަމާދޯ!
23 February 2021
ވިލާ ކޮލެޖަކީ މިހާރު ރާއްޖޭގަ ހުރި އެންމެ ވަރުގަދަ އެއްތަން، މިކަހަލަ ތަނަކާ އެކު އޮންދިގޯ ކަހަ ކުޑަ ކުންފުންޏަކުން މިވަރުގެ އެއްބަސް ވުމެއްގަ ސޮއި ކުރުމަކީ އޮންދިގޯގެ ސްޓާފުންނައް ލިބޭނެ ވަރަށް ބޮޑު ކުރި އެރުމެއް. އެނަދަ ފަސްޓް ފުރޮމް ޖުނައިދް. ޖުނައިދަކީ ވަރަށް އާ ކަންތައްތައް ތަޖުރިބާ ކުރާ މީހެއް. ގުޑް ލަކް
މުރީ
23 February 2021
ސަޅި ކަމެއް، ސުވާލަކީ ކިހާދުވަހަކު ތިކަން ހިފެހެއްޓޭނެބާއޭ. ޖުނައިދަކީ ކުރާކަމެއް ވަރަށްރަނގަޅައް ކުރާމީހެއް. އުންމީދު ކުރަން ތިކަމުގެ ސަބަބުން ސްޓާފުންނައް އުޖާލާ ކުރިމަގެއް ފެންނާނެކަމަށް.
އިބުރާ
23 February 2021
ޖުނައިދުގެ އޮންދިގޯއަކީ އެތަނުގައި ވަޒީފާ ޢަދާކުރާ މުވައްޒަފުންނާއި މެދު ވަރަށް އިހާނެތިކޮށް ކަންތައްތައް ކުރާ ތަނެއްކަމަށް އެތަނުގައި ވަޒީފާ އަދާކުރި މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވޭ - ތިޓްރެއިނިންގ ޕްރޮގްރާމް ބޭއްވިކަމުގައިވިޔަސް މުވައްޒަފުންނާއި ދޭތެރޭ އަމަލުކުރާ އިހާނެތިގޮތްތައް ރަގަޅު ނުކުރަނީސް ތީގެ ކުރާނެ މާބޮޑު ފައިދާއެއް އޮވެދާނެކަމަށް ނުބެލެވޭ
ތިމަރޭ
23 February 2021
އޮންދިގޯއަކީ ހިތުހުރި ގޮތަކަށް އެއްވެސް މީހަކަށް އުޅެވޭނެ ތަނެއްނޫން. ވަކި ސްޓޭންޑަޑެއްގަ އެތާންގެ ކަންތައްތަށް ހުންނާނީ. ސްޓާފުންނަށް އެކަށީގެން ވާވަރުގެ ބޮޑެތި މުސާރަ ދޭތަނެއް އޮންދިގޯ އަކީ. ރާއްޖޭގަވެސް ނުހުންނާނެ އޮންދިގޯ ހާ ބޮޑެތި މުސާރަ ދޭތަނެއް. އަންނަ މީހުންނައް އޮނދިގޯގެ ސްޓޭންޑަޑާ އެއްވަރަށް ނުހިފެހެއްޓުމަކީ އޮންދިގޯ އަދި ޖުނައިދުގެ މައްސަލައެއްވެސް ނޫން.
މުބީނު
23 February 2021
ރަނގަޅު ވާހަކައެއް، ވަރަށް ސްޓާފުން ހަރުނުލާ ތަނެއްތީ، އެކަމު އެއީ އޮންދިގޯގެ މައްސަލައެއް ނޫނީ ޖުނައިދުގެ މައްސަލައެއްވެސް ނޫން، ރާއްޖޭގެ އެހެން ކުނފުނި ތަކުގަ އުޅޭހެން އޮނދިގޯ އަކު ނޫޅެވޭނެ. މިރާއްޖޭގަ އެއްވެސް ކުންފުންޏަކުން ކުރާނެ ކަމެއް ނޫން ބޮޑު ޙަރަދު ކޮއްފަ މުވައްޒަފުން ތަމުރީނު ކުރުމަކީ، އޮންދިގޯއިން މިކަން ކުރުމަކީ އެހެން ކުންފުނި ތަކައް ނަމޫނާ އަކައްވާނެ ކަމެށް.
އަކުރަމު
23 February 2021
ހާދަހީވެޔޭ، އޮނދިގޯގަ ނޫޅެވިގެން ކެންުނު މީހެއްހެން. ކަލޯ ރަނގަޅު ވާހަކައެއް ތިކިޔަނީ، މަވެސް އެއްބަސް އެތާންގަ ވަޒީފާގަ ނޫޅެވޭނެ ކޮންމެ ކޮންމެ މީހަކައް، ޖުނެއިދު ވަކިގޮތަކައް ބައްޓަން ކޮއްގެން ހިނގާ ތަނެއްތީ. ނަމަވެސް ހަޤީގަތަކީ، އެޔައްވުރެ މުސާރަޔާ އިނާޔަތްތައް ރަނގަޅު ކުންފުންޏެއް މިރާޖޭގަ ނެތް، އެތާންގެ ލޭބަރުންވެސް ނިދާތަން ހުންނާނީ ސީނިޔާ މީހުން ނިދާތަންހެން ހަދާފަ އޭސީވެސް ކޮއްފަ. ސްޓާފުންނައް އިހާނެތި ކަމެއް ކުރި އަޑެއް އަދި ނާހަން.