ވިޔަފާރި / އެޗްޑީސީ

ދެ ކުންފުނި އެއްކޮށްލުމުން މިހާރު އެންމެ ބޮޑު ބޯޑެއް އޮތީ އެޗްޑީސީގައި

ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އޮފީސް އިމާރާތް ހުންނަ ސަރަހައްދު:

ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑާއި ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އެއްކޮށްލައި ބޯޑަށް ގެނައި ބަދަލުތަކާ އެކު އެންމެ ބޮޑު ޑިރެކްޓަރުންގެ ބޯޑެއް އޮތް ސަރުކާރުގެ ކުންފުންޏަކަށް އެޗުޑީސީ ވެއްޖެ އެވެ.

ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މަސްއޫލިއްޔަތުތައް އެޗްޑީސީއާ ހަވާލުކުރުމުން އެ ކުންފުނީގެ ބައެއް ބޯޑު މެންބަރުންނާ އެކު މިހާރު އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި 11 މެމްބަރުން ތިއްބަވަ އެވެ.

އެޗްޑީސީގެ ޗެއާމަނަކީ މުހައްމަދު ޖައިޝް އިބްރާހިމެވެ. މެނޭޖިން ޑިރެކްޓަރަކަށް ސުހެއިލް އަހުމަދު ހުންނެވި އިރު ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކީ އަހުމަދު އާތިފް އެވެ.

ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުގައި ހުންނެވީ ޝާތިރު އަބްދުއްރަހްމާން އެވެ.

ބޯޑުގެ އިތުރު ޑިރެކްޓަރުންގެ ތެރޭގައި ހިމެނެނީ ހަސަން މުނީރާއި އިބްރާހިމް އަފްރާތާއި އަބްދުﷲ ރަމީޒާއި އަބްދުލް މުއްނިމް މުހައްމަދު މަނިކާއި މުހައްމަދު ޖަލާލާއި މަރިޔަމް ޝަވާދިން އަބްދުﷲ އަދި އަބްދުﷲ މިއާދެވެ.

މި ބޯޑު މެންބަރުންގެ ތެރެއިން ސީއޯއޯ ޝާތިރާއި މުއްނިމް އާއި މިއާދަކީ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯންގެ ބޯޑުގައި ވެސް އޭރު ތިއްބެވި ބޭފުޅުންނެވެ.

އެޗްޑީސީ ނެގުމަށް ފަހު އެންމެ ބޮޑު ޑިރެކްޓަރުންގެ ބޯޑެއް އޮތް ސަރުކާރުގެ ކުންފުންޏަކީ، ރާއްޖޭގެ ގައުމީ ބޭންކް، ބީއެމްއެލް އެވެ. ސަރުކާރާއި އާންމުންގެ ހިއްސާ އޮންނަ އެ ބޭންކްގެ ޑިރެކްޓަރުންގެ ބޯޑުގައި 10 މެންބަރުން ތިއްބަވަ އެވެ.

އެސްޓީއޯގެ ބޯޑުގައި ހަ މެންބަރުން އަދި އެމްޓީސީސީގެ ބޯޑުގައި ހަތް މެންބަރުންނެވެ.

އެޗްޑީސީއަށް އިތުރު މަސްއޫލިއްޔަތުތައް ލިބި ކުންފުނީގެ ހިންގުން އިތުރު ދާއިރާތަކަށް ފުޅާކޮށްފައިވާ އިރު ސަރުކާރުން އެންމެ ގިނަ ސޮވެރިން ގެރެންޓީ ދީފައި ވަނީ ވެސް އެޗުޑީސީއަށެވެ. އެގޮތުން ކުރީ ސަރުކާރުން ގެރެންޓީ ދީގެން އެޗުޑީސީގެ ބޮލުގައި 11 ބިލިއަން ރުފިޔާގެ ލޯނުގެ ދަރަނި އެޅިފައިވެ އެވެ. އަދި މި ސަރުކާރުން ހުޅުމާލެ މަގު ހަދަން އިންޑިއާގެ އެގްޒިމް ބޭންކުން 19.25 މިލިއަން ޑޮލަރު (295 މިލިއަން ރުފިޔާ) ގެ ލޯނު ނެގީ ވެސް ސަރުކާރުން ގެރެންޓީ ދީގެންނެވެ.

10 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 14%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަލާވެރިކަން

05 March 2021

ކިހާ ދެރަކަމެއް. ބޯޑު ކިތަންމެ ބޮޑަސް، ރައްޔިތުންގެ ބޯހިޔާވަހިކަމަށް އެއްވެސް ލުއެއް ލިބުނީކީނޫން. ބޮޑެތިމުސާރަނަގައިގެން ކުރާކަމެއް ހަރާން.

The name is already taken The name is available. Register?

ގަރާޖަކަށް 70 ވެހިކަލް

05 March 2021

ސަރުކާރުން އެކި ނަންނަމުގަ އެކި ވަރުވަރުގެ ބޯޑުތައް އެބަ ހަދައެވެ ހަމަ އެންމެ މަގްސަދެއްގަ އެވެ ކޮއިލިޝަންގެ ހަރަކާތްތެރިންނަށް މަހު ކޮއްތާ ޖީބު ޚަރަދު ލިބޭނޭގޮތް ހަދައި ދިނުމެވެ އެއްވެސް ސަރުކާރަކަށް ހަދަން ނުކެރޭ ބޯޑެއް އެބަ އޮވެއެވެ އެއީ ތަކެތީގެ އަގު ކޮންޓްރޯލްކުރާ ބޯޑެވެ މިބޯޑު ހަދަން ކެރޭނެ ތަރިއެއް މި އުދަރެހުން އަދި ނާރައެވެ

The name is already taken The name is available. Register?

ޕަބްލޯ

05 March 2021

ގްރޭޓަރ މާލެ މިނަމުން ވެސް އެގެނީ ވަރަށް ބޮޑު ސަރަހައްދެއްކަން. މިހާ ބޮޑު ސަރަހައްދެއް ހިންގާ ކުންފުންޏެއްގެ ބޯޑުވެސް ވަރަށް ބޮޑުވާން ޖެހޭނެ. ތިބޯޑަށް އަދި އިތުރު 100 މީހުން ލާންވީ. ކޮންމެ މީހެއްގެ މުސާރަ ހުންނަންވާނީ 40000 އިން މަތީގައި. އެލަވަންސް ދޭންވާނެ. މުޒާހަރާކުރުމުގެ ތަޖުރިބާ ހުންނަންވާނެ.

The name is already taken The name is available. Register?

ހަމަދޫން

04 March 2021

ދެކުންފުނި އެއްވުމުން އުފެދުނު ބޮޑު ޖޯކު.

The name is already taken The name is available. Register?

ނަޒީލް

04 March 2021

ބޯޑުކިތަންމެ ބޮޑަސް ކޮބާތަވާ ފައިދާއެއް.. ބޯޑު ކުޑަނަމަ ހަމަގައިމުވެސް ބޯޑުގެ ޚަރަދުތައް ކުޑަވާނެ. މި ހާރުވެސް ކަރުތާފެނުގަ އޮތް ދަރަނި ހާއްޔެއް އެޗްޑީސީއަކީ. ތި ކުންފުނި އުވާލާފަ ރަނގަޅު އިންޓަގުރިޓީ ހުރި ކުންފުންޏެއް އުފައްދަންޖެ ހޭ.

The name is already taken The name is available. Register?

ޑަބަލް

04 March 2021

ބޮޑު ބޯޑެެއް އޮވެގެން ވަނީ ކޮންފައިދާއެއް، މިގޭ ކުރިމަތީ ހުރި ގޭގެ ނަންބޯޑުވެސް އެހާ ބޮޑު

The name is already taken The name is available. Register?

Mumthaz Ahmed

04 March 2021

އަދިވެސްތިޔަބޯޑުގައި ތިބީ ޔާނު ލީ ޕީޕީ ކުދިން

The name is already taken The name is available. Register?

ކޮރަލް

04 March 2021

އިންޑިޔާ އިން ބޮޑު ލޯނެއް ނަގަނީ އެވެ. ޔާމީން ޗައިނާ އިން ލޯނު ނެގީމަ ގޯސް ވި އެވެ. ކުރަނީ ހަމަ އެއް ކަމެކެވެ. ނަގާފަ އެއް ބައި ކާލަނީ އެވެ.

The name is already taken The name is available. Register?

1235

04 March 2021

11 ބިލިއަން ރުފިޔާއާ 295 މިލިއަން ރުފިޔާ ގެ ފަރަގު އެނގޭތަ؟

The name is already taken The name is available. Register?

ސީޒަން ޖެކުހަން

04 March 2021

އެހެންވީމާ ކޮރަޕްޝަންވެސް ދެގުނަ މައްޗަށްޖެހޭނެތާ!

The name is already taken The name is available. Register?

މިހާރު ޕޯލް

ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ މެދު ފެންނަނުފެންނަ ވޯޓެއް ނަގަން
ފެނޭ
25%
ނުފެނޭ
75%
Poll closing: 24 April 2021 19:00

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454