24 ޖޫން

June 24, 2019 8
ބ. އިންނަފުށި ތަރައްގީކުރުން މަޑުޖައްސާލަން އަންގައިފި

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުރީގެ ސަރުކާރުން ދޫކޮށްފައިވާ ބ. އިންނަފުށީގެ މަސައްކަތްތައް މަޑުޖައްސާލަން ސަރުކާރުން އަންގައިފި އެވެ.

23 ޖޫން

June 23, 2019 17
އޮޑެގައްލާގެ އެއްބަސްވުން ސަރުކާރުން ބާތިލު ކުރަނީ

ގއ. އޮޑެގައްލާގައި ރިސޯޓު ހެދުމަށް ހޮޓެލްސް އެންޑް ރިސޯޓްސް ކޮންސްޓްރަކްޝަން (އެޗްއާރުސީ) އާ އެކު ހަދާފައިވާ ލީސް އެއްބަސްވުން އުވާލަން ސަރުކާރުން ނިންމާފައިވާ ކަމަށް ޓޫރިޒަމް...

June 23, 2019 12
އޮޑެގައްލާގައި ރިސޯޓް ނުހެދޭނެ ކަމަށް އަންގައިފި

ގއ. އޮޑެގައްލާގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމުގެ ހުއްދަ ދެވެން ނެތް ކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނެފި އެވެ.

20 ޖޫން

June 20, 2019 18
"ވައުދުވި ވަރަށް އެނދު އިތުރުކޮށްފިނަމަ ބާކީ ވާނެ"

ސަރުކާރުން ވައުދުވި ގޮތަށް މެދުރާއްޖެތެރެ އަށް 2،000 އެނދު އިތުރުކޮށްފިއްޔާ، އެނދުތައް ބާކީ ވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

June 20, 2019 2
ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 18 ޕަސެންޓް އިތުރު

މިދިޔަ މެއި މަހުގެ ނިޔަލަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ ޖުމްލަ އަދަދު 18 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

10 ޖޫން

June 10, 2019 4
ރިސޯޓުތަކުގެ ގޮނޑުދޮށް ހަދަން ވެލި އެޅުން މަނާކޮށްފި

ރިސޯޓުތަކުގެ ގޮނޑުދޮށް ހަދަން އެހެން ތަންތަނުން ވެލި ނެގުމުގެ ހުއްދަ ދިނުމުގެ އުސޫލު އުވާލަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

28 މެއި

May 28, 2019 2
"އިންވެސްޓަރުންގެ އިތުބާރު ލިބޭނީ މައްސަލަ ބެލުމުން"

އިންވެސްޓަރުންގެ އިތުބާރު ހޯދުމަށްޓަކައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ވަރަށް ފުރިހަމަ އަށް ބަލަންޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ...

May 28, 2019 4
ތްރީއޭއާ މެދު ވަކި ތަފާތެއް ނުގެންގުޅެން: އަލީ ވަހީދު

ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ މަސްލަހަތު އޮންނަ ތްރީއޭ ކުންފުނިން ދައުލަތަށް ފައިސާ ދައްކަން 10 އަހަރުގެ މުއްދަތެއް ދިނުމަށް އެދުނަސް އެ ކުންފުންޏާ މެދު ވެސް އަމަލު...

23 މެއި

May 23, 2019
ރެފަލްސް މޯލްޑިވްސް މެރަދޫ ރިސޯޓް ހުޅުވައިފި

ހޮޓެލް އިންޑަސްޓްރީގައި މަޝްހޫރު އެކޯ އާއި ރެފަލްސް ގުޅިގެން ރެފަލްސް މޯލްޑިވްސް މެރަދޫ ރިސޯޓް ހުޅުވައިފި އެވެ.

16 މެއި

May 16, 2019 15
"ވޯޓާ ސޭފްޓީ" ބޯޑުތައް ހުޅުމާލޭގައި ބަހައްޓައިފި

މޫދަށް އެރި އުޅޭ އިރު ޓޫރިސްޓުންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކުރަން ޓޫރިޒަމް މިނިސްޓްރީން ފެށި ޕްރޮގްރާގެ ދަށުން، މޫދަށް އެރެން ރައްކާތެރި ސަރައްދުތައް އަންގައިދޭ ބޯޑުތައް ހަރުކުރުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހުކޮށް ހުޅުމާލޭގައި ބޯޑުތައް ހަރުކޮށްފި އެވެ.

15 މެއި

May 15, 2019 14
ރިސޯޓު ތަރައްގީ ކުރުމަށް ރަށްތައް ދޫކުރަން ފަށަނީ

ޓޫރިސްޓު ރިސޯޓުތައް ހަދަން ބޭނުންވާ ރަށްތައް ދޫކުރަން އަންނަ މަސް ނުވަތަ ޖުލައި މަހު ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

14 މެއި

May 14, 2019 6
އެންމެ ގިނަ ޓޫރިސްޓުން އައީ މިދިޔަ އޭޕްރިލްގައި

ވޭތުވެދިޔަ 13 އަހަރަށް ބަލާއިރު އެންމެ ގިނަ ޓޫރިސްޓުން އައީ މި އަހަރުގެ އޭޕްރިލް މަހު ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

May 14, 2019 5
ޓޫރިސްޓުންގެ ސަލާމަތަށް ވޯޓާ ސޭފްޓީ ޕްރޮގްރާމެއް ފަށަނީ

ރިސޯޓުތަކާއި ގެސްޓް ހައުސް ހިންގާ ރަށްރަށުގެ މޫދަށާއި ސްވިމިން ޕޫލަށް އެރި އުޅެނިކޮށް ގެނބުން ފަދަ ހާދިސާތަކުގައި ގިނަ އަދަދެއްގެ ޓޫރިސްޓުން މަރުވެފައިވާތީ، ރައްކާތެރިކަމުގެ...

25 އެޕްރީލް

April 25, 2019 3
ލަންކާ ހަމަލާ: ދިވެހި ޓޫރިޒަމަށް އޮތީ ކޮން އަސަރެއް؟

މިދޔަ އާދިއްތަ ދުވަހު ސްރީ ލަންކާގެ ތިން ޗާޗަކަށާއި ފައިވް ސްޓާ ތިން ހޮޓަލަކަށް ދިން ހަމަލާއާ އެކު އެ ގައުމަށް ދަތުރުކުރާ މީހުންގެ އަދަދު މަދުވެއްޖެ އެވެ. ލަންކާ އަށް އަހަރަކު 2.5 މިލިއަން ޓޫރިސްޓުން ޒިޔާރަތް ކުރާ އިރު އެއީ އޭޝިއާގައި ވެސް ޓޫރިޒަމް ދާއިރާ އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ގައުމެވެ.

11 އެޕްރީލް

April 11, 2019 5
އިންޑިއާގެ ޓޫރިސްޓުން ގިނަވެ، ގަދަ ފަހަކަށް!

ދުނިޔޭގެ އެންމެ ބޮޑު އެއް ގައުމު ކަމަށް ވާ އިންޑިއާއަކީ ރާއްޖޭގެ އެންމެ އަވަށްޓެރި ގައުމު ކަމަށް ވިޔަސް، މީގެ އަހަރުތަކެއް ކުރިއަށް ބަލާ ނަމަ، އިންޑިއާގެ ޓޫރިސްޓުންގެ ހިއްސާ ރާއްޖޭގެ ޓޫރިޒަމްގައި އޮތީ ވަރަށް ކުޑަކޮށެވެ. އެކަމަކު ދުނިޔޭގެ އެންމެ ފެންވަރު މަތީ ޓޫރިޒަމް މަންޒިލްތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގެ ރީތިކަން ދެކިލަން...

10 އެޕްރީލް

April 10, 2019 2
އެންމެ ބޮޑު އެއް ޕެސެންޖާ ލައިނާ މާލެ ބަނދަރުގައި

ރާއްޖެއަށް މިހާތަނަށް އައި އެންމެ ބޮޑު އެއް ޕެސެންޖާ ލައިނާ މިއަދު މާލޭގައި ބަނދަރުކޮށްފި އެވެ.

09 އެޕްރީލް

April 09, 2019 3
މާޗު މަހު އައި ޓޫރިސްޓުން އިތުރު

މިދިޔަ މާޗު މަހު ރާއްޖެ އަށް އައި ޓޫރިސްޓުންގެ ނިސްބަތް 22 ޕަސެންޓް އިތުރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

01 އެޕްރީލް

April 01, 2019 5
ރާއްޖެ އިސްތިހާރު ކުރަން އަރަބި މަޖަލައްލާއެއް ނެރެފި

އަރަބި ގައުމުތަކުގެ ޓޫރިސްޓުން ރާއްޖެ ގެނައުމަށްޓަކައި، އަރަބި ބަހުން ލިޔެފައިވާ މަޖައްލާއެއް މިއަދު ތައާރަފްކޮށްފި އެވެ. މިއީ ރާއްޖެއާ ބެހޭ ގޮތުން އަރަބި ބަހުން މަޖައްލާއެއް ނެރުނު ފުރަތަމަ ފަހަރެވެ.

14 މާޗް

March 14, 2019 7
ޓޫރިޒަމާ ގުޅޭ ތިން ގަވައިދެއް އޭޖީ އޮފީހަށް ފޮނުވައިފި

ޓޫރިޒަމާ ގުޅޭ ތިން ގަވައިދެއް ބަންޑާރަ ނައިބު އޮފީހަށް ފޮނުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

March 14, 2019 1
ފެބްރުއަރީ މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު އިތުރު

ފެބްރުއަރީ މަހު ރާއްޖެ އަށް ޓޫރިސްޓުން އައި ވަރު 16.8 ޕަސެންޓް އިތުރުވެއްޖެ އެވެ.

10 މާޗް

March 10, 2019
ޖޭ ޑަބްލިއު މެރިއޮޓް ރިސޯޓް ޖުލައި މަހު ހުޅުވަނީ

ޖޭ ޑަބްލިއު މެރިއޮޓް ރިސޯޓު އަންނަ ޖުލައި މަހު ހުޅުވާނެ ކަމަށް އެ ރިސޯޓުން ބުނެފި އެވެ.

March 10, 2019 17
ފާރުފުށި ރިސޯޓު ހުޅުވައިފި

ފާރުފުށި މޯލްޑިވްސް ރިސޯޓު މިދިޔަ ހަފުތާގައި ހުޅުވައިފި އެވެ.

24 ފެބުރުއަރީ

February 24, 2019 2
ޔޫރަޕުން އައި ޓޫރިސްޓުން ނުވަ ޕަސެންޓް އިތުރުވެއްޖެ

މިދިޔަ ޖެނުއަރީ މަހު ޔޫރަޕުން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު، މިދިއަ އަހަރާ އަޅާބަލާ އިރު ނުވަ ޕަސެންޓް މައްޗަށް ހިނގައްޖެ އެވެ.

21 ފެބުރުއަރީ

February 21, 2019 2
މަސައްކަތް ހުއްޓިފައިވާ ބިންތަކަށް ހައްލެއް ލިބިއްޖެ

ޓޫރިޒަމް ތަރައްގީ ކުރުމަށް އެކި ރަށްރަށުން ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން މަސައްކަތް ހުއްޓިފައިވާ ތަންތަނަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށް އަލުން މަސައްކަތް ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

18 ފެބުރުއަރީ

February 18, 2019 2
"ޑައިވާސް ޓޫރިޒަމް"ގެ ނަމުގައި ހާއްސަ ސެކްޝަނެއް

ޓޫރިޒަމަށް އާ ކަންކަން ތައާރަފްކުރުމަށް މިނިސްޓްރީގައި ހާއްސަ ސެކްޝަނެއްގެ އުފައްދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.