22 އޮކްޓޯބަރ

October 22, 2020 116
ރައީސް އިސްކަންދެއްވީ ހާލަތުން އަރައިގަނެވޭނެ ބޭފުޅަކަށް

އާ ހެލްތު މިނިސްޓަރަކަށް ބޭފުޅަކު އައްޔަން ކުރެއްވުމުގައި ޕާޓީތަކުގެ ސްލޮޓަށް ވުރެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަންދެއްވީ ކޮވިޑް-19ގެ މި ހާލަތުން އަރައިގަނެ، ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ސިއްހީ ދާއިރާގެ ކުރިއެރުމަށް އެމަނިކުފާނު ވެވަޑައިގަތް ވައުދުތައް ފުއްދެވުމުގައި، ގާބިލް، ތަޖުރިބާ ހުރި ބޭފުޅަކު...

13 އޮކްޓޯބަރ

October 13, 2020 1
ސީޑީއާރުއައިއާ ގުޅެން ލަފާ ހޯދަން ރައީސް ނިންމަވައިފި

ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކޮށް، މޫސުމީ ކާރިސާތަކުން އަރައިގަންނަން މަސައްކަތްކުރާ "ޗާޓާ އޮފް ދަ ކޯލިޝަން ފޮ ޑިޒާސްޓަ ރެޒިލިއަންޓް އިންފްރާސްޓްރަކްޗާ" (ސީޑީއާރުއައި)ގައި ރާއްޖެ އިން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

08 ސެޕްޓެމްބަރ

September 08, 2020 14
އައްޑޫގެ ހަތަރު ސަރަހައްދެއް ހިމާޔަތްކުރަން ނިންމައިފި

ތިމާވެށީގެ ގޮތުން ހާއްސަ ސިފަތަކެއް ލިބިފައިވާ އައްޑޫގެ އިތުރު ހަތަރު ސަރަހައްދެއް ހިމާޔަތްކުރަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.

14 އޯގަސްޓް

August 14, 2020 63
ފައްޔާޒާ ދެކޮޅު ވޯޓު، ޑްރާމާއެއް ނޫން

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅަން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ކުރައްވާ މަސައްކަތްޕުޅަކީ "ޑްރާމާއެއް" ކަމަށް އިދިކޮޅުން ބުންޏަސް ފެންނަ މަންޒަރުތަކަށް ބަލާއިރު މިއީ އަދި އާދައިގެ ކަމެއް ނޫނެވެ. ނަޝީދަކީ ސިޔާސީ ގޮތުން އަބަދުވެސް "ހަ ކުޅި"...

13 އޯގަސްޓް

August 13, 2020 43
ސަރުކާރު ހަލާކުވާ ގޮތަށް އެބަ މަސައްކަތްކުރޭ: މަހުލޫފް

ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ހިމެނިވަޑައިގަންނަވާ ގޮތުން އެ ޕާޓީގެ ދެތިން މެމްބަރަކު، ސަރުކާރު ހަލާކޮށްލަން މަސައްކަތް ކުރަމުންދާ ކަމުގެ ތުހުމަތު ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފް ރޭ ކުރައްވައިފި އެވެ.

12 އޯގަސްޓް

August 12, 2020 6
ކެބިނެޓަށް ފުރިހަމަ އިތުބާރު އެބައޮތް: ޖޭޕީ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން، މަޖިލީހަށް ވައްދަން އުޅުއްވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ޖުމްހޫރީ ޕާޓީީން މިރޭ ބުނެފި އެވެ.

06 އޯގަސްޓް

August 06, 2020 49
ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މައުސޫމް

ޓޫރިޒަމް މިނިސްޓަރަކަށް ޑރ. އަބްދުﷲ މައުސޫމް ހަމަޖައްސަވައި މަގާމުގެ ހުވާ ދެންމެ ކުރައްވައިފި އެވެ.

23 ޖޫން

June 23, 2020 48
ބައެއް ވުޒާރާތަކާއި މުއައްސަސާތައް އަތޮޅުތަކަށް!

ކޮވިޑް-19 އާ ގުޅިގެން އިއުލާންކުރި ލޮކްޑައުންގައި ގައުމު ހިންގީ އޮންލައިންކޮށެވެ. ރައީސުލް ޖުމްހޫރިއްޔާ ކޮވިޑް-19ގެ ޓާސްކްފޯސްގެ މަސައްކަތްތައް ބެލެހެއްޓެވީ އޮންލައިންކޮށް މަސައްކަތް ކުރައްވައިގެންނެވެ. ކެބިނެޓް ބައްދަލުވުންތައް ބާއްވަވައި، ގައުމީ ނިންމުންތައް ނިންމެވީ އޮންލައިންކޮށެވެ.

21 މެއި

May 21, 2020 21
ފިޔަވަޅުތަކަށް ލުއިދޭން ކެބިނެޓުން މަޝްވަރާ ކުރައްވައިފި

ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލެ ސަރަހައްދު ލޮކްޑައުންކޮށް އަޅާފައިވާ ފިޔަވަޅުތަކާއި އެ ފިޔަވަޅުތަކަށް ލުއި ދިނުމުގައި އަމަލުކުރާނެ ގޮތްތަކަކާ ގުޅޭ ގޮތުން ކެބިނެޓުގައި މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

13 އެޕްރީލް

April 13, 2020 15
ފިޔަވަޅުތަކާ މެދު ވަޒީރުން މަޝްވަރާކުރައްވައިފި

ކޮވިޑް-19 އާ ގުޅިގެން މިހާރު ރާއްޖޭގެ ހާލަތު އޮތް ގޮތާއި އަދި ކުރިއަށް އޮތްތަނުގައި އަޅުއްވަން ގަސްދުކުރައްވާ ފިޔަވަޅުތަކާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި މިއަދު މަޝްވަރާކުރައްވައިފި އެވެ.

17 މާޗް

March 17, 2020 122
ސިޔާސީ މަގާމުތަކުގެ މުސާރަ ކުޑަކޮށް އޮފީސްތައް ބަންދު!

ސިޔާސީ މަގާމުތަކުގެ މުސާރަ 20 ޕަސެންޓް ކުޑަކޮށް، ސަރުކާރުގެ އޮފީސްތައް ހަފުތާއަކަށް ބަންދުކުރަން ކެބިނެޓުން މިއަދު ނިންމައިފި އެވެ.

08 މާޗް

March 08, 2020 37
މިއީ އިރުޝާދާ އެއްގޮތަށް އަމަލުކުރަންވީ ވަގުތު: ރައީސް

ކޮވިޑް-19 އަށް ރާއްޖެ އިން ދެ މީހަކު ޕޮޒިޓިވް ވުމުން ސަރުކާރުން އިސްކަން ދިނީ ރައްޔިތުންނާ ހަމައަށް އެ ޚަބަރު ގެނެސްދީ ހަގީގަތް ހާމަކުރަން ކަމަށާއި ނަމަވެސް މިއީ ކަންބޮޑުނުވެ، ސަރުކާރުން ދޭ އިރުޝާދުތަކަށް އަމަލުކުރަންވީ ވަގުތު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

28 ފެބުރުއަރީ

February 28, 2020 73
ވަޒީރުންގެ އިސްތިއުފާއަށް ގޮވާތީ ދީދީގެ ނުރުހުން

މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އަށް ނިސްބަތްވާ ވަޒީރުން ފިޔަވައި އެހެން ޕާޓީތަކުގެ ސްލޮޓްގައި އެ މަގާމުގައި ތިއްބެވި ބޭފުޅުންގެ އިސްތިއުފާ އަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ގޮވައިލައްވަމުން ގެންދަވާތީ، ހިތަދޫ މެދު ދާއިރާގެ ކުރީގެ މެމްބަރު، އަދި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ (ދީދީ)...

11 ފެބުރުއަރީ

February 11, 2020 3
ދަނޑުވެރިންގެ ދުވަސް އޮކްޓޯބަރު 15 ވަނަ ދުވަހު

ދަނޑުވެރިންގެ ދުވަސް، ކޮންމެ އަހަރެއްގެ އޮކްޓޯބަރު 15 ވަނަ ދުވަހު ފާހަގަކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ނިންމަވައިފި އެވެ.

09 ފެބުރުއަރީ

February 09, 2020 24
ޖެންޑާ މިނިސްޓަރަކަށް އައިޝާ އައްޔަން ކުރައްވައިފި

ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރު ކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަހުކޮޅު ވެސް އެ މަގާމު ފުރުއްވި އާއިޝަތު މުހައްމަދު ދީދީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އައްޔަން ކުރައްވައިފި އެވެ.

04 ފެބުރުއަރީ

February 04, 2020 8
ފުވައްމުލަކު ފަރިކެޑަ ސަރަހައްދު ހިމާޔަތްކުރަނީ

ފުވައްމުލަކުގެ ފަރިކެޑަ ސަރަހައްދު ހިމާޔަތްކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

February 04, 2020 4
ވައިރަސްއާ ދެކޮޅަށް ރަނގަޅު ފިޔަވަޅު އެބައަޅާ: ރައީސް

ކޮރޯނާވައިރަސް ރާއްޖެ އައުމުގެ ފުރުސަތު ނުދިނުމަށް ވަރަށް ރަނގަޅަށް ސަރުކާރުން ފިޔަވަޅު އަޅަމުން ގެންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

21 ޖެނުއަރީ

January 21, 2020 10
އަނިޔާލިބޭ ކުދިންނަށް އިންސާފު އަވަސްކުރަންޖެހޭ: ރައީސް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުުގައި އަނިޔާ ލިބިފައިވާ ކުދިންނަށް އަވަހަށް އިންސާފު ހޯދައިދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.

07 ޖެނުއަރީ

January 07, 2020 11
މިނިމަމް ވޭޖްގެ ރިޕޯޓް އަންނަ ހަފުތާގައި ކެބިނެޓަށް

މަސައްކަތްތެރިންނަށް ދެވޭނެ އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖްއާ ބެހޭ ގޮތުން ލަފާ ދޭ ބޯޑުން ތައްޔާރުކުރި ރިޕޯޓް އަންނަ ހަފުތާގައި ވަޒީރުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

25 ޑިސެމްބަރ

December 25, 2019
3 މުއާހަދާ އަކަށް ލަފާ ހޯދަން ފޮނުވަން ނިންމަވައިފި

ކެބިނެޓްގައި މަޝްވަރާ ކުރެއްވުމަށް ފަހު ތިން މުއާހަދާ އަކަށް ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދަން ފޮނުއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނިންމަވައިފި އެވެ.

20 ނޮވެމްބަރ

November 20, 2019 22
މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއެއް

މާލޭގެ މަގުތަކުގައި ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކޮށް ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކޮށް ތަރުތީބުކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.