06 ޖެނުއަރީ

January 06, 2020 9
ފިހާރަ އާއި ހޮޓާ ހިންގުން ރަޖިސްޓްރީކުރަން އާ އުސޫލެއް

ރާއްޖޭގައި އިމްޕޯޓް މުދާ ވިއްކާ ފިހާރަތަކާއި ހޮޓާ/ރެސްޓޯރެންޓް/ކެންޓީން ހިންގަން ކުރިން އިކޮނޮމިކް މިނިސްޓްރީން ނަގަން ޖެހޭ ހުއްދަ ނެގުމުގެ ބަދަލުގައި، އެ ވިޔަފާރިތައް ރަޖިސްޓްރީކުރަން އާ އުސޫލުތަކެއް ކަނޑައަޅައި، އެއަށް މި މަހު 4 އިން ފެށިގެން އަމަލްކުރަން ފަށައިފި އެވެ.

12 މެއި

May 12, 2019 6
24 ގަޑިއިރު ހިންގުމަށް 14 ތަނަކަށް ހުއްދަ ދީފި

ފިހާރަތަކާއި ރެސްޓޯރަންޓްތައް 24 ގަޑިއިރު ހިންގުމުގެ ހުއްދަ އިނޮކޮމިކް މިނިސްޓްރީން ދޭން ފެށިތާ ދެ މަސް ވެފައިވާ އިރު މިހާތަނަށް 14 ތަނަކަށް ހުއްދަ ދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

11 އެޕްރީލް

April 11, 2019 4
ރޯދަ މަހު ކެފޭ/ފިހާރަ ހުޅުވޭނެ ގަޑިތައް ކަނޑައަޅައިފި

އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހު ކެފޭ އަދި ރެސްޓޯރެންޓްތަކާއި ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތުތައް އިކޮނޮމިކް މިނިސްޓްރީން މިއަދު ކަނޑައަޅައިފި އެވެ.

06 މާޗް

March 06, 2019 24
މާލޭގައި 24ގަޑިއިރު ހިންގަން 3 ކެފޭއަކަށް ހުއްދަދީފި

މާލޭގައި 24 ގަޑިއިރު ވިޔަފާރި ހިންގުމަށް ތިން ކެފޭ އަކަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހުއްދަ ދީފި އެވެ. މިއީ 24 ގަޑިއިރު ވިޔަފާރި ހިންގުމުގެ ހުއްދަ ދިނުމަށް މި ސަރުކާރުން ނިންމުމާ ގުޅިގެން މާލޭގައި އެ ހުއްދަ ދިން ފުރަތަމަ ތިން ތަނެވެ. އެކަމަކު، އަދި އެއްވެސް ފިހާރަ އަކަށް އެ ހުއްދައެއް ނުދެ އެވެ.

28 ފެބުރުއަރީ

February 28, 2019 7
24 ގަޑި އިރު ވިޔަފާރި ހިންގަން ހަ ފަރާތަކުން އެދެފި

މާލޭގައި 24 ގަޑި އިރު ވިޔަފާރި ހިންގަން ހަ ތަނަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

27 ފެބުރުއަރީ

February 27, 2019 4
އައްޑޫގައި 24 ގަޑިއިރު ވިޔަފާރި ކުރަން ހުޅުވާލައިފި

އައްޑޫގައި، 24 ގަޑިއިރަށް ވިޔަފާރީގެ ޚިދުމަތްތައް ދޭން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

22 ޖެނުއަރީ

January 22, 2019 33
24 ގަޑިއިރު ވިޔަފާރި ކުރެވޭ ސަރަހައްދު ކަނޑައަޅައިފި

މާލޭ އާއި ވިލިމާލޭގައި ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނެ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައި، މިއަދު އާންމުކޮށްފި އެވެ.

09 ޖެނުއަރީ

January 09, 2019 5
24ގަޑިއިރަށް ހުއްދަދޭނީ ބޮޑެތި މަގުތަކުގެ ފިހާރަތަކަށް

މާލޭގެ ބޮޑެތި ހުރިހާ މަގެއްގައި ހުންނަ ފިހާރަތަކާއި ރެސްޓޯރެންޓްތަކަށް 24 ގަޑި އިރު ހިންގުމުގެ ފުރުސަތު ލިބޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

08 ޖެނުއަރީ

January 08, 2019 6
24 ގަޑި އިރުގެ ވިޔަފާރި: އާންމުންގެ ހިޔާލު ތަފާތު

ސައުވީސް ގަޑިއިރު ފިހާރަތަކާއި ރެސްޓޯރެންޓްތައް ހުޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

07 ޖެނުއަރީ

January 07, 2019
24 ގަޑި އިރުގެ ވިޔަފާރި ބެލެހެއްޓުން ކައުންސިލްތަކަށް

ފިހާރަތަކާއި ރެސްޓޯރެންޓްތައް 24 ގަޑި އިރު ހުޅުވާލުމުން އެތަންތަން މޮނިޓާކޮށް ބެލެހެއްޓުމުގެ ކަންކަން ކުރާނީ ކައުންސިލްތަކުން ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

31 ޑިސެމްބަރ

December 31, 2018 43
ޝަރުތުތަކާ އެކު 24 ގަޑިއިރުގެ ވިޔަފާރިއަށް ހުޅުވާލަނީ

ވަކި ޚާއްސަ ޝަރުތުތަކެއްގެ ދަށުން ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ މިއަދުން ފެށިގެން ދޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

25 ނޮވެމްބަރ

November 25, 2018 67
24 ގަޑިއިރަށް ވިޔަފާރިތައް ހުޅުވާލުމަށް ހިޔާލު ހޯދަނީ

އިމްޕޯޓް މުދާ ވިއްކުމާއި ސައި ހޮޓާ/ރެސްޓޯރަންޓް އަދި ކެންޓީނު ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމާ މެދު އާންމުންގެ ހިޔާލު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވައިލައިފި އެވެ.

17 ނޮވެމްބަރ

November 17, 2018 41
ހޮޓާ، ފިހާރަތައް 24 ގަޑިއިރު ހުޅުވްން ހުއްދަ ދެނީ

ސައި ހޮޓާތަކާއި ވިޔަފާރިކުރާ ފިހާރަތައް 24 ގަޑިއިރު ވަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމަށް، މިއަދު ވެރިކަމާ ހަވާލުވެ ވަޑައިގެން އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާން ކުރައްވައިފި އެވެ.

17 އޯގަސްޓް

August 17, 2018 35
ކެފޭ، ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގަޑި އިތުރުކޮށްފި

ކުރިއަށް އޮތް އަޟްހާ ބަންދު ދުވަހާ ދިމާކޮށް، އިމްޕޯޓް މުދާ ވިއްކާ ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓުތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިކޮނޮމިކް މިނިސްޓްރީން މިއަދު އިތުރުކޮށްދީފި އެވެ.

21 ޖޫން

June 21, 2018 13
ވިޔަފާރީގެ ވަގުތު ކުރިން އޮތްގޮތަށް ބަދަލުކޮށްފި

ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނާއި ފިހާރަތައް ބަންދުކުރާ ވަގުތާއި މުދާ އުފުލާ ވަގުތު ރޯދަ މަހާ ދިމާކޮށް އިތުރުކޮށްފައި އޮތުމަށް ފަހު، މާދަމާއިން ފެށިގެން ކުރިން އޮތް ގޮތަށް ވަގުތުތައް ބަދަލުކުރަން އިކޮނޮމިކް މިނިސްޓްރީން އަންގައިފި އެވެ.

06 މެއި

May 06, 2018 9
ފިހާރަތައް ހުޅުވާ ވަގުތު އިތުރުކޮށްފި

އަންނަ ހުކުރު ދުވަހުން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަސް ނިމެންދެން ރޭގަނޑު 11 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހަމަޖައްސައިފި އެވެ.

02 އެޕްރީލް

April 02, 2018 83
24 ގަޑިއިރު ޚިދުމަތްދޭ ސިޓީއަކަށް މާލެ ބަދަލުކޮށްލަނީ

ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓްތައް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ ދީ، 24 ގަޑިއިރު ޚިދުމަތް ދޭ ސިޓީ އަކަށް މާލެ ބަދަލު ކުރަން އިކޮނޮމިކް މިނިސްޓްރީން ޕްލޭނެއް އެކުލަވައިލަން ފަށައިފި...

April 02, 2018 54
ކެފޭތައް 1 ޖަހާއިރު، ޕެޓްރޯލް ޝެޑްތައް 12 ޖަހަންދެން ހުޅުވަނީ

ކެފޭ/ރެސްޓޯރަންޓްތައް މެންދަމު އެކެއް ޖަހާއިރު އަދި ޕެޓްރޯލް ޝެޑުތައް ރޭގަނޑު 12 ޖަހަންދެން މިރެއިން ފެށިގެން ހުޅުވާފައި ބަހައްޓާ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

18 މެއި

May 18, 2017 49
ފިހާރަ އާއި ކެފޭތައް ބަންދުކުރާ ގަޑި ލަސްކޮށްފި

ކުރިއަށް އޮތް ރޯދަމަހާ ގުޅިގެން ފިހާރަ އާއި ކެފޭ/ރެސްޓޯރަންޓްތައް މިރެއިން ފެށިގެން ބަންދުކުރާ ގަޑި އިކޮނޮމިކް މިނިސްޓްރީން އިތުރުކޮށްފި އެވެ.

19 މެއި

May 19, 2016
ރޯދަމަހު ފިހާރަތައް ހުޅުވާފައި ހުންނަ ގަޑި އިތުރުކޮށްފި

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، އަންނަ ރޯދަ މަހާއި ޝައްވާލް މަހުގެ ފަރަތަމަ ހަތް ދުވަހު، ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރަންޓުތައް ހުޅުވާފައި ހުންނަ ގަޑި އިތުރުކޮށްފި އެވެ.