08 ޑިސެމްބަރ

December 08, 2019 18
ސިމްޑީން ރެސްޓޯރެންޓް ވިޔަފާރިއަށް

ރާއްޖެ އަށް ތަފާތު ބްރޭންޑުތަކުގެ އުފެއްދުންތައް އެތެރެކުރާ ކުންފުންޏެއް ކަމަށްވާ ސިމްޑީން ހުޅުމާލޭގައި ރެސްޓޯރެންޓެއް ހުޅުވައިފި އެވެ.

01 އޯގަސްޓް

August 01, 2019 32
ހުޅުމާލެ ބީޗުގައި ހުރި ތަކެތި ނަގައި ތަން ހުސްކޮށްފި

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ކެފޭ/ރެސްޓޯރަންޓުތައް ހިންގަން ބޭނުން ކުރި ގޮނޑި އާއި މޭޒު ފަދަ ތަކެތި ނަގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ތަން ރޭ ހުސްކޮށްފި އެވެ.

21 ޖުލައި

July 21, 2019 49
ހުޅުމާލެ ބީޗު ކެފޭ ނެގުން ނޫން ގޮތެއް ނެތް: އެޗްޑީސީ

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހުރި ކެފޭ/ ރެސްޓޯރަންޓުތައް މި ވަގުތަށް ނެގުން ނޫން ގޮތެއް ނެތް ކަމަށާއި އެތަން ވިޔަފާރި ކުރަން ބޭނުން ކުރެވޭނެ މިންގަނޑެއް ފަހުން ހަދާނެ ކަމަށް...

July 21, 2019 87
ވިޔަފާރިވެރިން އެދެނީ އުސޫލެއްގެ ތެރެއިން ފުރުސަތަކަށް!

މީގެ ފަސް އަހަރު ކުރިން ނަމަ ހުޅުމާލޭގެ އިރުމަތީ ފަރާތު ގޮނޑުދޮށް އޮތީ "ޖަންގައްޔެއް" ގޮތަށެވެ. ގަސްތަކާއި ވެޔޮތަކާއި ވިނަތަކުން ފުރިފަ އެވެ. ބައެއް ހިސާބުތައް އޮތީ ގޮނޑަކަށް...

03 ޖުލައި

July 03, 2019 62
ހުޅުމާލޭ ބީޗު ކެފޭތައް ނަގަން 30 ދުވަހުގެ ނޯޓިސްއެއް

ހުޅުލާމާލޭގެ އިރުމަތީ ފަރާތު ގޮނޑޮދޮށުގައި ގޮނޑި ޖަހައިގެން ހިންގާ ކެފޭތައް ނަގަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން 30 ދުވަހުގެ މުހުލަތެއް އަނެއްކާ ވެސް ދީިފި އެވެ.

22 މެއި

May 22, 2019 75
ހުޅުމާލެ ބީޗުގައި އެގޮތަށް ކެފޭ ނުހިންގޭނެ: އޭސީސީ

ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ކެރޭ/ރެސްޓޯރަންޓު މިހާރު ހިންގަމުންދަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް އަންގައިފި އެވެ.

28 މާޗް

March 28, 2019 65
ހެލްމެޓާ އެކު ހުޅުމާލެ ކެފޭތަކަށް ގެއްލުން!

ބްރިޖާ އެކު އެންމެ ބޮޑު ފައިދާއެއް ކުރީ ހުޅުމާލޭގެ ގެސްޓްހައުސްތަކާއި ކެފޭތަކާއި ރެސްޓޯރެންޓް ވިޔަފާރިތަކަށެވެ. ހާއްސަކޮށް ރޭގަނޑުގެ ވިޔަފާރި ވަރަށް ބޮޑަށް ރަނގަޅުވެގެން ދިޔަ ކަމަށް ވިޔަފާރިވެރިން ފާހަގަކުރެ އެވެ. ނަމަވެސް މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބްރިޖާއި ލިންކް ރޯޑްގައި ސައިކަލް ދުއްވާ އިރު ހެލްމެޓް އެޅުން...

24 ޑިސެމްބަރ

December 24, 2018 48
ހުޅުމާލެ ބީޗްގައި ކެފޭ ހިންގަނީ ހުއްދަ ނެތި

ހުޅުމާލޭ ބީޗުގައި ކެފޭތައް ހިންގަނީ އެޗްޑީސީގެ ހުއްދަ ނެތި ކަމަށާއި، އަންނަ މަހުގެ ނިޔަލަށް ބީޗު ސަރަހައްދު ހުސްކޮށް އެ ތަންތަން އާންމުންނަށް ބޭނުންކުރެވޭ ގޮތް ހަދަން އިކޮނޮމިކް މިނިސްޓްރީން އެޗްޑީސީގައި އެދެފި އެވެ.

10 ސެޕްޓެމްބަރ

September 10, 2018 29
ބްރިޖާއެކު ހުޅުމާލޭގެ ކެފޭ، ރެސްޓޯރަންޓްތައް ފުރިއްޖެ

ސިނަމާލެ ބްރިޖް އާއްމުކޮށް ހުޅުވާލުމުން، މިހާރު މިއޮތީ މާލެ އާއި ހުޅުމާލެ ގުޅި އެއް ފަސްގަނޑަކަށްވެފަ އެވެ. މީގެ ފައިދާ، ހުޅުމާލޭގެ ވިޔަފާރިތަކުން މިހާރު ފެންނަން ފަށައިފި އެވެ. ހޫނު މަސްރޮއްޓާއި ތާޒާ ހެދިކާ ލިބެން ހުންނަ އަތިރިމަތީގެ ކެފޭތައް މިހާރު ހަވީރު ގަޑީގައި އޮންނަނީ ފުރި ބާރުވެފަ އެވެ. މީގެ ކުރިން އާއްމުކޮށް ހުކުރު...

20 މެއި

May 20, 2018 17
ރެސްޓޯރެންޓްތައް ފުރިއްޖެ، އަގުތައް އެއްވަރެއްގައި

މިހާރުގެ ރޯދަ ސަގާފަތުގެ ތެރޭގައި ހިމެނޭ، ބޭރުން ރޯދަ ވީއްލުމުގެ ބައްދަލުވުންތަކުން މާލޭގެ ރެސްޓޯރެންޓްތައް ފުރެން ފަށައިފި އެވެ.

17 މެއި

May 17, 2018 3
ދަ ކެޔޮޅު: ހިތްގައިމު މާހައުލަކުން ތަފާތު ރަހަތަކެއް

ކެޔޮޅޭ ބުނުމުން އެއީ ދިވެހިންނަށް އާ ބަހަކަށް ނުވާނެ އެވެ. ނަމަވެސް "ދަ ކެޔޮޅު" ރެސްޓޯރަންޓަކީ އަދި ދިވެހިންނަށް އާ ތަނެކެވެ. އެ ތަނުގެ މީރު ކެއުންތަކަކީ ވެސް ދިވެހިންނަށް އާ ރަހަތަކަކަށް ވާނެކަން ޔަގީނެވެ. އަދި އެއީ ގިނަ ބަޔަކަށް ވަރަށް ކަމުދާނެ ރަހަތަކަކަށް ވާނެކަން ކަށަވަރެވެ.

16 ފެބުރުއަރީ

February 16, 2017 19
ދަ މެންހެޓަން ފިޝް މާކެޓް ރެސްޓޯރަންޓް ހުޅުވައިފި

ސީފުޑަށް ހާއްސަ ދުނިޔޭގެ މަޝްހޫރު ރެސްޓޯރަންޓް ބްރޭންޑް، ދަ މެންހެޓަން ފިޝް މާކެޓް ރެސްޓޯރަންޓް ރޭ ހުޅުމާލޭގައި ހުޅުވައިފި އެވެ.

05 ޖެނުއަރީ

January 05, 2017 5
މެންހެޓަން ފިޝް މާކެޓް މި މަހު ފަހުކޮޅު ހުޅުމާލެ އަށް

ސީފުޑްގެ ރަހަތަކަށް ދުނިޔޭގައި އެންމެ މަޝްހޫރު ރެސްޓޯރަންޓް ފްރެންޗައިސް، "ދަ މެންހެޓަން ފިޝް މާކެޓް"ގެ ތަނެއް މި މަހުގެ ފަހުކޮޅު ހުޅުމާލޭގައި ހުޅުވަން ނިންމައިފި އެވެ.

13 ނޮވެމްބަރ

November 13, 2016 27
ރެޑް ވޭވް ކެފޭ ހުޅުމާލޭގައި ހުޅުވައިފި

އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ސަލީމްގެ ކުންފުނި ރެޑް ވޭވް އަށް ހުޅުމާލެއިން ދޫކުރި އިމާރާތުގައި ހެދި "ރެޑް ވޭވް ކެފޭ" މިރޭ ހުޅުވައިފި އެވެ.

10 ނޮވެމްބަރ

November 10, 2016 78
ރެޑް ވޭވް ކެފޭ ހުޅުވުމުގެ މުއްދަތު އިތުރުކޮށްދީފި

ރައްޔިތުންގެ މަޖިލިހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ އަލުން ގުޅިވަޑައިގަތުމާއެކު، ސަލީމަށް ހުޅުމާލެއިން ދޫކޮށްފައިވާ ކެފޭ ހުޅުވުމަށް ދިން މުއްދަތު މިއަދު އިތުރުކޮށްދީފި އެވެ.

08 ނޮވެމްބަރ

November 08, 2016 51
ރެޑްވޭވް ކެފޭއަށް ހެލްތުން ހުއްދައެއް ނުދިން: ސަލީމް

ހުޅުމާލޭގައި ހިންގާ ރެޑް ވޭވް ފިހާރައިގެ ކެފޭ ހުޅުވަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެންމެ ފަހުން ދިން މުއްދަތު މިރޭ 12:00 އަށް ހަމަވާއިރު، ހެލްތު މިނިސްޓްރީގެ ހުއްދަ ހިފެހެއްޓުމާ ގުޅިގެން، އެ ކެފޭގެ އިތުރުން ހުޅުމާލޭ ރެޑް ވޭވް ފިހާރައިގެ އެއްބަސްވުން ވެސް އެޗްޑީސީން ބާތިލް ކުރުމުގެ ބިރު ބޮޑުވެއްޖެ އެވެ.