06 މާޗް

March 06, 2019 24
މާލޭގައި 24ގަޑިއިރު ހިންގަން 3 ކެފޭއަކަށް ހުއްދަދީފި

މާލޭގައި 24 ގަޑިއިރު ވިޔަފާރި ހިންގުމަށް ތިން ކެފޭ އަކަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހުއްދަ ދީފި އެވެ. މިއީ 24 ގަޑިއިރު ވިޔަފާރި ހިންގުމުގެ ހުއްދަ ދިނުމަށް މި ސަރުކާރުން ނިންމުމާ ގުޅިގެން މާލޭގައި އެ ހުއްދަ ދިން ފުރަތަމަ ތިން ތަނެވެ. އެކަމަކު، އަދި އެއްވެސް ފިހާރަ އަކަށް އެ ހުއްދައެއް ނުދެ އެވެ.

28 ފެބުރުއަރީ

February 28, 2019 7
24 ގަޑި އިރު ވިޔަފާރި ހިންގަން ހަ ފަރާތަކުން އެދެފި

މާލޭގައި 24 ގަޑި އިރު ވިޔަފާރި ހިންގަން ހަ ތަނަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

27 ފެބުރުއަރީ

February 27, 2019 4
އައްޑޫގައި 24 ގަޑިއިރު ވިޔަފާރި ކުރަން ހުޅުވާލައިފި

އައްޑޫގައި، 24 ގަޑިއިރަށް ވިޔަފާރީގެ ޚިދުމަތްތައް ދޭން ބޭނުންވާ މީހުން އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އައްޑޫ ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.

22 ޖެނުއަރީ

January 22, 2019 33
24 ގަޑިއިރު ވިޔަފާރި ކުރެވޭ ސަރަހައްދު ކަނޑައަޅައިފި

މާލޭ އާއި ވިލިމާލޭގައި ކެފޭ ރެސްޓޯރެންޓްތަކާއި ފިހާރަތަކަށް 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނެ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައި، މިއަދު އާންމުކޮށްފި އެވެ.

10 ޖެނުއަރީ

January 10, 2019 19
އުސްގެކޮޅުގައި ކެފޭ ހެދުމުގެ އެއްބަސްވުން ބާތިލްކުރަނީ

ސަލްޓަންޕާކުގައި ހުންނަ ތާރީހީގެ، އުސްގެކޮޅުގައި ކެފޭއެއް ހަދަން 13 އަހަރަށް، އަމިއްލަ ކުންފުންޏަކަށް ދިނުމަށް ކުރީގެ ސަރުކާރުން ހަދާފައިިވާ އެއްބަސްވުން ބާތިލްކުރަން ހައުސިން މިނިސްޓްރީން ނިންމައި އެޓާނީޖެނެރަލް އޮފީހަށް މިދިޔަ ހަފުތާގައި ފޮނުވައިފި އެވެ.

09 ޖެނުއަރީ

January 09, 2019 5
24ގަޑިއިރަށް ހުއްދަދޭނީ ބޮޑެތި މަގުތަކުގެ ފިހާރަތަކަށް

މާލޭގެ ބޮޑެތި ހުރިހާ މަގެއްގައި ހުންނަ ފިހާރަތަކާއި ރެސްޓޯރެންޓްތަކަށް 24 ގަޑި އިރު ހިންގުމުގެ ފުރުސަތު ލިބޭނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

08 ޖެނުއަރީ

January 08, 2019 6
24 ގަޑި އިރުގެ ވިޔަފާރި: އާންމުންގެ ހިޔާލު ތަފާތު

ސައުވީސް ގަޑިއިރު ފިހާރަތަކާއި ރެސްޓޯރެންޓްތައް ހުޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

07 ޖެނުއަރީ

January 07, 2019
24 ގަޑި އިރުގެ ވިޔަފާރި ބެލެހެއްޓުން ކައުންސިލްތަކަށް

ފިހާރަތަކާއި ރެސްޓޯރެންޓްތައް 24 ގަޑި އިރު ހުޅުވާލުމުން އެތަންތަން މޮނިޓާކޮށް ބެލެހެއްޓުމުގެ ކަންކަން ކުރާނީ ކައުންސިލްތަކުން ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.

31 ޑިސެމްބަރ

December 31, 2018 43
ޝަރުތުތަކާ އެކު 24 ގަޑިއިރުގެ ވިޔަފާރިއަށް ހުޅުވާލަނީ

ވަކި ޚާއްސަ ޝަރުތުތަކެއްގެ ދަށުން ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރެންޓްތަކަށް 24 ގަޑިއިރު ހުޅުވުމުގެ ހުއްދަ މިއަދުން ފެށިގެން ދޭ ގޮތަށް އިކޮނޮމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

December 31, 2018 8
އާ އަހަރަށް ރެސްޓޯރަންޓްތަކުގައި ހާއްސަ ބުފޭތައް

އާ އަހަރު ފާހަގަކުރުމަށް ރާއްޖޭގައި ވެސް އެކި ކަންކަން ރާވާފައި ވާއިރު އާއިލާ އާއި ރައްޓެހިންނާއެކު ކެއުންތަކަށް ދިއުމަކީ ވެސް އެއްބަޔަކު ކުރާ ކަމެކެވެ. އެހެންވެ މާލޭގެ ކެފޭ،...

24 ޑިސެމްބަރ

December 24, 2018 48
ހުޅުމާލެ ބީޗްގައި ކެފޭ ހިންގަނީ ހުއްދަ ނެތި

ހުޅުމާލޭ ބީޗުގައި ކެފޭތައް ހިންގަނީ އެޗްޑީސީގެ ހުއްދަ ނެތި ކަމަށާއި، އަންނަ މަހުގެ ނިޔަލަށް ބީޗު ސަރަހައްދު ހުސްކޮށް އެ ތަންތަން އާންމުންނަށް ބޭނުންކުރެވޭ ގޮތް ހަދަން އިކޮނޮމިކް މިނިސްޓްރީން އެޗްޑީސީގައި އެދެފި އެވެ.

12 ޑިސެމްބަރ

December 12, 2018 3
ޑެލިވަރީކުރަން ހަވާލުކުރި ކާއެއްޗެހި ވަގަށް ކާލައިފި

މިހާރު އޮންލައިންކޮށް ކާއެއްޗެހި އޯޑަރު ކުރުމަކީ ވަރަށް އާންމު ކަމެކެވެ. މިފަދަ ހިދުމަތް ދޭ ތަންތަނުގެ މަގުބޫލުކަން ވެސް ކަސްޓަމަރުންގެ މެދުގައި ވަރަށް ބޮޑެވެ. އެހެންވެ އެންމެ ގަޔާވާ ރެސްޓޯރަންޓަކަށް އޯޑަރު ދީގެން ގެއަށް ކާއެއްޗެހި ގެންދިއުމަކީ ދިރިއުޅުމަށް އައިސްފައިވާ ލުޔެކޭ ވެސް ބުނެވިދާނެ އެވެ.

30 ނޮވެމްބަރ

November 30, 2018 74
24 ގަޑިއިރުގެ ވިޔަފާރި އައި އޭގެ ބިތްދޮށް

ދުވަހުގެ 24 ގަޑިއިރު، ވިޔަފާރިތައް ހުޅުވާފައި ބެހެއްޓުމުގެ ތަޖުރިބާއެއް 2011 ވަނަ އަހަރުން ފެށިގެން އަހަރެއްހާ ދުވަހު އަޅުގަނޑުމެން ކޮށްފީމެވެ. އެއް ބަޔަކަށް ވީ ވަރަށް ކަމުދާ "ސަޅި" ކަމަކަށެވެ. އެއީ ރޭގަނޑު މުޅި މާލެ ކުޑަކޮށް، މަގުތަކުގައި އަޑުގަދަކޮށް ސައިކަލް ބުރުޖަހައި ކެފޭތަކާއި ރެސްޓޯރަންޓްތަކަށް ވަދެ، އިރު އަރަންދެން ކޮފީ...

26 ނޮވެމްބަރ

November 26, 2018 61
24 ގަޑިއިރަށް ވިޔަފާރިވެރިން ތައްޔާރު!

ކާރުބާރު ބޮޑު މާލޭގައި "ޝޮފިން" ކޮށްލުމަކީ މިހާރު އެހާ ފަސޭހަ ކަމެއް ނޫނެވެ. ވިޔަފާރިކޮށްލަން ރޭގަނޑު އަށެއް ޖަހާއިރު ނުކުންނަ މީހާ އަށް ހިތްހަމަޖެހިލައިގެން ބާޒާރުކޮށްލެވޭނީ ލައްކަ އަވަސްކޮށްގެންނެވެ. މުދާ އުފުލާ ލޮރީތަކާއި ފިކަޕާއި ކާރުތަކާ ހެދި މަގުތައް ތޮއްޖެހިފައި އޮންނަ އިރު ހިނގާފައިދާއިރު ޕޭވްމަންޓް މަތި ވެސް އޮންނާނީ...

25 ނޮވެމްބަރ

November 25, 2018 67
24 ގަޑިއިރަށް ވިޔަފާރިތައް ހުޅުވާލުމަށް ހިޔާލު ހޯދަނީ

އިމްޕޯޓް މުދާ ވިއްކުމާއި ސައި ހޮޓާ/ރެސްޓޯރަންޓް އަދި ކެންޓީނު ފަދަ ތަންތަން 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމާ މެދު އާންމުންގެ ހިޔާލު ހޯދުމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވައިލައިފި އެވެ.

17 ނޮވެމްބަރ

November 17, 2018 41
ހޮޓާ، ފިހާރަތައް 24 ގަޑިއިރު ހުޅުވްން ހުއްދަ ދެނީ

ސައި ހޮޓާތަކާއި ވިޔަފާރިކުރާ ފިހާރަތައް 24 ގަޑިއިރު ވަންދެން ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނުމަށް، މިއަދު ވެރިކަމާ ހަވާލުވެ ވަޑައިގެން އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާން ކުރައްވައިފި އެވެ.

05 ނޮވެމްބަރ

November 05, 2018 10
އެޗްޕީއޭއިން ފާހަގަކުރި ކަންކަން އިސްލާހުކުރާނަން:ސީގަލް

ސީގަލް ކެފޭގެ ސާފުތާހިރުކަން ނެތުމާ ގުޅިގެން، ހެލްތު ޕްރޮތެކްޝަން އެޖެންސީ (އެޗްޕީއޭ) ން ފާހަގަކުރި ކަންކަން ވީ އެންމެ އަވަހަކަށް ރަނގަޅު ކުރުމަށް ފަހު، އެ ތަން ހުޅުވާނެ ކަމަށް ސީގަލް ގުރޫޕުން މިއަދު ބުނެފި އެވެ.

25 އޮކްޓޯބަރ

October 25, 2018 2
އިޓަލީގެ ރަހަތަކާ އެކު ރެސްޓޯރަންޓެއް ހުޅުވައިފި

އިޓަލީގެ އެކި ކެއުންތައް ފޯރުކޮށްދޭން މާލޭގައި ރޭ ރެސްޓޯރަންޓެއް ހުޅުވައިފި އެވެ.

24 އޮކްޓޯބަރ

October 24, 2018
އިންސްޓަގްރާމް ފޮލޯވަރުން ގިނަ ނަމަ ހިލޭ ސުޝީ

ކަނޑައަޅާފައިވާ އަދަދަކަށް އިންސްޓަގްރާމް ފޮލޯވަރުން ތިބޭ ކަސްޓަމަރުންނަށް ހިލޭ ސުޝީ ކާން ލިބޭ ހިދުމަތެއް އިޓަލީގެ ރެސްޓޯރަންޓަކުން ތައާރަފުކޮށްފި އެވެ.

19 ސެޕްޓެމްބަރ

September 19, 2018 18
ވެލާނާ އެއާޕޯޓުގައި ހަތަރު ފްރެންޗައިސެއް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަލަށް ހެދި ވޯޓާ ފްރަންޓް އިމާރާތުގައި މަޝްހޫރު ކޭއެފްސީ އާއި ޕިއްޒާ ހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓް މިއަދު ހުޅުވައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2018 14
އެއާޕޯޓުގައި މާދަމާ ކޭއެފްސީ އާއި ޕިއްޒާ ހަޓް ހުޅުވަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި އަލަށް ހެދި ވޯޓާ ފްރަންޓް ބިލްޑިންގްގައި މަޝްހޫރު ކޭއެފްސީ އާއި ޕިއްޒާ ހަޓާއި ކޮސްޓާ ކޮފީ އަދި ހާވެސްޓް މާކެޓް މާދަމާ ހަވީރު ހުޅުވާ ގޮތަށް ހަމަޖައްސައިފި އެވެ.