20 ސެޕްޓެމްބަރ

September 20, 2020 11
ކެމިކަލް އަލިފާނުގެ އިހުމާލު، ޒިންމާ އަދި ފިލާވަޅު

ކެމިކަލް ގުދަނުގެ ހާދިސާ އާއި އެކަމުގެ ވަށައިގެން ހުރި، އަލިފާނުގެ ރައްކާތެރިކަމާ ގުޅުންހުރި މައްސަލަތަކާ ބެހޭގޮތުން "މިހާރު"ން ހޯދި ހޯދުންތަކުން، ސުވާލު އުފެދޭ އަދި ކަންބޮޑުވާން ޖެހޭ ގިނަ ކަންތައްތަކެއް ވަނީ ފާހަގަކުރެވިފައި.

26 ޑިސެމްބަރ

December 26, 2019
ގުދަންތަކުގެ ސަލާމަތީ ބައެއްކަންކަމަށް އިތުރު ފުރުސަތެއް

ކެމިކަލް ގުދަންތަކުގައި ސަލާމަތީ ގޮތުން ފުރިހަމަވާން ޖެހޭ ބައެއް ކަންކަން ފުރިހަމަ ކުރަން އިތުރު ތިން މަސް ދުވަހުގެ މުއްދަތެއް ދީފި އެވެ.

19 ނޮވެމްބަރ

November 19, 2019 4
ކެމިކަލް ގުދަންތައް ނިމުމުން ރައީސަށް ހިތްހަމަޖެހުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިދިޔަ އާދިއްތަ ދުވަހު ތިލަފުއްޓަށް ވަޑައިގެން، ހިނިތުންވުމާ އެކު ކެމިކަލް ގުދަންތައް ބައްލަވައިލެއްވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ، ކުރިން އެއްވެސް ސަރުކާރަކަށް ކުރެވުނު ކަމެއް ނޫނެވެ. އެކަމަކު ރައީސް ބައްލަވާލެއްވީ މާލޭގެ ބޮޑު އާބާދީ ނުރައްކަލުން ސަލާމަތްކޮށް ދެއްވުމުގެ އަމަލީ...

18 ނޮވެމްބަރ

November 18, 2019 24
ތިލަފުށީގައި ގުދަންތައް އަޅަން ހަވާލުކުރީ އަގުބޮޑުކޮށް

ނުރައްކާތެރި ކެމިކަލްތައް ރައްކާކުރާ ގުދަންތައް ތިލަަފުށްޓަށް ބަދަލުކުރުމަށް ތިލަފުށީގައި ގުދަންތަކެއް އަޅަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއަައިޒެޑްއެލް)...

November 18, 2019 3
ކެމިކަލް ގުދަންތައް ދޭނެ ފަރާތްތައް ކަނޑައަޅައިފި

ކެމިކަލް ރައްކާކުރަން މާލޭގައި ހަދާފައިވާ ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ތިލަފުށީގައި އެޅި ގުދަންތައް ދޫކުރާނެ 34 ފަރާތެއް ކަނޑައަޅައި އެއްބަސްވުންތައް ހެދުމަށް...

27 އޮކްޓޯބަރ

October 27, 2019 35
ގޮވާ އެއްޗެއް ތައްޔާރު ކުރަން އުޅުނު މައްސަލައެއް

އުމުރުން 15 އަހަރުން ދަށުގެ ކުދިންތަކެއް، ސްކޫލެއްގެ ލެބޯރެޓަރީން ކެމިކަލްތަކެއް ވަގަށް ނަގައިގެން، ގޮވާ އެއްޗެއް ތައްޔާރު ކުރަން އުޅޭ ކަމުގެ ތުހުމަތުގައި ބައެއް ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފުލުހުން މިރޭ ފަށައިފި އެވެ.

16 އޮކްޓޯބަރ

October 16, 2019 6
ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދިނުން މަޑުޖައްސާލައިފި

ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދިނުން ޑިފެންސް މިނިސްޓްރީން މަޑުޖައްސާލުމާ އެކު، ގިނަ އަދަދެއްގެ ކެމިކަލް ކަސްޓަމުން ނުނެރެވިފައި ހުރިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

07 އޮކްޓޯބަރ

October 07, 2019 1
ކެމިކަލް ގުދަން ހަދަން 19 ފަރާތަކުން ޝައުގުވެރިވެއްޖެ

ނުރައްކާތެރި ކެމިކަލްތައް ރައްކާކުރާ ގުދަންތައް ތިލަފުށްޓަށް ބަދަލުކުރަން އަޅާ ގުދަންތައް ޑިޒައިންކޮށް، އިމާރާތް ކުރަން 19 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަަމަށް ތިލަފުށްޓާއި ގުޅިފަޅު ބަލަހައްޓާ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން މިއަދު ބުނެފި އެވެ.

02 އޮކްޓޯބަރ

October 02, 2019 5
ގުދަންތައް ހެދުން އިއުލާންކޮށްގެން ހަވާލުކުރަން ލަފާދީފި

ތިލަފުށީގައި ކެމިކަލް ގުދަންތައް ހެދުން ބަޔަކާ ހަވާލުކުރުން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އަށް ލަފާދީފި އެވެ.

26 ސެޕްޓެމްބަރ

September 26, 2019 34
ބީލަމަށް ނުލާތީ ފާޑުކިޔުން! "މިއީ ޒީރޯ ޓޮލަރެންސް؟"

ތިލަފުށީގައި ކެމިކަލް ގުދަންތައް ހެދުން ބީލަމަށް ނުލައި ބަޔަކާ ހަވާލުކުރުމަކީ ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރަން މި ސަރުކާރުން ގެންގުޅޭ "ޒީރޯ ޓޮލަރެންސް" ސިޔާސަތުތޯ ސުވާލު...

September 26, 2019 5
އަލިފާނުގެ ހާދިސާ އަކީ ލިބުނު ފިލާވަޅެއް: ފައިސަލް

ހެންވޭރުގައި ހުރި ގުދަންތަކަކާއި ގެތަކެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ އަކީ ލިބުނު ފިލާވަޅެއް ކަމަށާއި އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަވަސް ފިޔަވަޅުތަކެއް...

24 ސެޕްޓެމްބަރ

September 24, 2019 16
ގުދަން އެންމެ ފަހުން ޗެކުކުރި އިރު މައްސަލައެއް ނެތް

ހ. ތިލަފުށި ގޭގައި ހިންގި ކެމިކަލް ގުދަން، ފަޔަ އެންޑް ރެސްކިއު ސާވިސް އިން އެންމެ ފަހުން ޗެކްކުރި އިރު ހުއްދައާ ޚިލާފު ކަމެއް ފާހަގަވެފައި ނުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.

23 ސެޕްޓެމްބަރ

September 23, 2019 9
ކެމިކަލް ގުދަންކުރުމާ ބެހޭ ގަވާއިދު ގެޒެޓްކޮށްފި

ރާއްޖެ އަށް ކެމިކަލް އެތެރެކުރުމާއި ގުދަންކޮށް ވިއްކުމާ ބެހޭ ގަވާއިދެއް ފުރަތަމަ ފަހަރަށް މިއަދު ގެޒެޓްކޮށްފި އެވެ.

September 23, 2019 8
ތިލަފުށިން ކެމިކަލް ގުދަން ކުއްޔަށްދޫކުރަން ހުޅުވާލައިފި

މާލޭގައި ހުރި ކެމިކަލް ގުދަންތައް ކ. ތިލަފުއްޓަށް ބަދަލުކުރަން އެދި ހުށަހެޅުމުގެ ފުރުސަތު ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން މިއަދު ހުޅުވާލައިފި އެވެ.

22 ސެޕްޓެމްބަރ

September 22, 2019 170
ގުދަނުގައި އަމިއްލަ އަށް ރޯވެގެން ނުވާނެ: ވެރިފަރާތް

ހ. ތިލަފުށިގޭގައި އަނދައިގެން ދިޔަ ކެމިކަލް ގުދަނަކީ ކަރަންޓް ވެސް ހުންނަ ތަނެއް ނޫން ކަމަށާއި އަދި އެތަނަކީ އަމިއްލަ ޒާތުން އަލިފާނުގެ ހާދިސާއެއް ހިނގައިގެން ވާނެ ތަނެއް ނޫން ކަމަށް އެ ގުދަނުގެ ވެރިފަރާތް، ގްރީންޕާތު ކުންފުނިން މިއަދު ބުނެފި އެވެ.

21 ސެޕްޓެމްބަރ

September 21, 2019 16
ކެމިކަލް ގެންގުޅުމުގެ ގަވާއިދު ހޯމަ ދުވަހު ގެޒެޓްކުރަނީ

ރާއްޖެ އަށް އެތެރެކުރާ ކެމިކަލްތައް ގުދަންކޮށް، ގެންގުޅުމާ ބެހޭ ގަވާއިދު އަންނަ ހަފުތާގައި ގެޒެޓް ކުރާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

September 21, 2019 27
ޓުވީޓަކުން ރިޕޯޓް ކުރި ގުދަން ބަދަލުކުރަނީ

މީހުން ދިރިއުޅޭ ސަރަހައްދުގައި ކެމިކަލް ގުދަންތައް ހުރުމުން ހިނގާފާނެ ނުރައްކާތެރި ހާދިސާއެއްގެ އިންޒާރު ދީ ރިލްވާން ލަތީފް ކުރި ޓުވީޓުގައި ފާހަގަކުރި ގުދަން އެހެން...

12 ޖުލައި

July 12, 2019 8
ސައިބީރިއާގެ "މޯލްޑިވްސް" ތަޣައްޔަރުވެއްޖެ

ސައިބީރިއާ އިން ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ އެއް ތަނަކީ "މޯލްޑިވްސް" ލޭކް އެވެ. މިއީ ދިވެހިރާއްޖޭގެ ސާފު މޫދުގައި ހުންނަ ކަހަލަ ހިތްގައި ސާފު ރީތި ވިލު ނޫކުލައިގެ ފެންގަނޑެއް އޮތް ތަނެކެވެ. އެހެންވެ މިއީ އެތައް ބަޔަކު ދާން ބޭނުންވާ ތަނަކަށް ވެފައިވެ އެވެ. ހާއްސަކޮށް އިންސްޓަގްރާމަށް ފޮޓޯ ނަގަން ރީތި ތަނެކެވެ.

25 ޖެނުއަރީ

January 25, 2019
ނެޕީގައި ނުރައްކާތެރި ކެމިކަލެއް

ކުޑަކުދިން ޖަހާ ނެޕީގައި ނުރައްކާތެރި ކެމިކަލެއް އެކުލެވޭ ކަމަށް ޓެސްޓްތަކުން ދައްކާފައިވާ ކަމަށް ފްރާންސްގެ ނެޝަނަލް ހެލްތު އެޖެންސީ އެންސެސް އިން ބުނެފި އެވެ.

15 ޖެނުއަރީ

January 15, 2019 85
ކެމިކަލް ލީކުވުމުން ހެލްތު މިނިސްޓްރީ ހުސްކޮށްފި

ހެލްތު މިނިސްޓްރީ ހިންގާ ރޯޝަނީ ބިލްޑިންގާ އިންވެގެން ހުރި ގުދަނެއްގައި ބަހައްޓާފައިވާ، މަދިރި ކޮންޓްރޯލް ކުރާ ދެ ބޭސްފުޅިއެއް (އެއް ލީޓަރުގެ މެލަތައޯން) ތަޅައިގެން ގޮސް ލީކްވުމާ ގުޅިގެން އެ އިމާރާތުން މިއަދު މީހުން ހުސްކޮށްފި އެވެ.

22 އެޕްރީލް

April 22, 2018 2
ކެމިކަލް ހަމަލާދިން ތަން ތަޖްރިބާކާރުން ބަލާ ފާސްކޮށްފި

ދިމިޝްގު (އެޕްރީލް 22) - ސީރިއާގެ އިރުމަތީ ޣޫތާގެ ދޫމާގައި ކެމިކަލް ހަމަލާ ދިން ސަރަހައްދަށް ބައިނަލްއަގުވާމީ ތަޖްރިބާކާރުން ވަދެ އެތަން ބަލާ ފާސްކޮށްފި އެވެ.

18 އެޕްރީލް

April 18, 2018 2
ކެމިކަލް ހަމަލާ ތަހުގީގު ކުރަން ރަޝިޔާ އިން ދެކޮޅު

ޔުނައިޓެޑް ނޭޝަންސް (އެޕްރީލް 18) - ސީރިއާގެ ދޫމާގައި ދިން ކެމިކަލް ހަމަލާ ތަހުގީގު ކުރަން ސަލާމަތީ މަޖިލީހަށް ފްރާންސް އިން ހުށަހެޅުމުން ރަޝިޔާ އިން ދެކަމާ ދެކޮޅު ހަދައިފި އެވެ.

17 އެޕްރީލް

April 17, 2018 1
ކެމިކަލް ހަމަލާ ދިން ތަނަށް އިންސްޕެކްޓަރުން ވައްދަނީ

ދިމިޝްގު (އެޕްރީލް 17) - ސީރިއާގައި ކެމިކަލް ހަމަލާ ދިން ކަމަށް ބުނާ ސަރަހައްދަށް ކެމިކަލް ހަތިޔާރުގެ އިންސްޕެކްޓަރުން ވަނުމުގެ ހުއްދަ ދީފައިވާ ކަމަށް ރަޝިޔާ އިން ބުނެފި އެވެ.

14 އެޕްރީލް

April 14, 2018 1
ސީރިއާގެ ކެމިކަލް ހަމަލާއަކީ ބައެއްގެ ރޭވުމެއް: ރަޝިޔާ

މޮސްކޯ (އެޕްރީލް 14) - ސީރިއާގައި ދިން ކެމިކަލް ހަމަލާ އަކީ ބޭރުގެ އެޖެންޓުންތަކެއްގެ ރޭވުމެއް ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސާގީ ލަވްރޯފް ވިދާޅުވެއްޖެ އެވެ.