08 މެއި

May 08, 2020 14
16 އަހަރުގެ ކުއްޖަކާ ބެހުނު މީހަކު ހައްޔަރު ކޮށްފި

އުތުރުގެ އަތޮޅެއްގެ ރަށެއްގައި، އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

06 އެޕްރީލް

April 06, 2020 4
އަނިޔާވެރިންނާ އެކު ތާށިވެފައި ނުތިބެ ހިތްވަރު ހޯދާ!

ސިއްހީ ކުއްލި ނުރައްކަލުގެ މި ހާލަތުގައި ވެސް ގޭތެރޭގައި އަނިޔާގެ ޝިކާރައަކަށްވެގެން ނުތިބެ، މައްސަލަތައް ރިޕޯޓްކުރަން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ރޭ ގޮވާލައްވައިފި އެވެ.

05 އެޕްރީލް

April 05, 2020 7
މިދިޔަ މަހު ހުށަހެޅި އަނިޔާގެ މައްސަލަ މަދު:މިނިސްޓަރު

ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މިދިޔަ މަހުގެ ތެރޭގައި ރިޕޯޓްކޮށްފައިވާ އަދަދު މަދު ކަމަށް ޖެންޑަ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ މިރޭ ވިދާޅުވެއްޖެ އެވެ.

10 މާޗް

March 10, 2020 18
ޖިންސީ ގޯނާގެ މައިގަނޑު ހެއްކަކީ ކުއްޖާގެ ބަސް: ކޯޓު

ކުޑަކުދިންނަށް ޖިިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކުށް ސާބިތުވާން ބޭނުންވާ ހެކީގެ މިންގަނޑު ކުރިން ކޯޓުތަކުން ބަލަމުން އައީ ރަނގަޅަށް ނޫން ކަމަށާއި އެފަދަ މައްސަލަތަކުގައި ހެކީގެ މައިގަނޑު އަސާސަކީ ކުއްޖާގެ ހެކިބަސް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

09 މާޗް

March 09, 2020 7
ދޮންދަރިއާ ބެހުނު މީހާއަށް ކުރި ހުކުމަށް ތައުރީފް

ދޮންދަރިއަކާ ބެހިގެން ޖަލަށްލި މީހަކު މިނިވަން ކޮށްފައި ވަނިކޮށް، އޭނާ އަނެއްކާ ވެސް ޖަލަށްލާން ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަށް، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް...

March 09, 2020 12
ދޮންދަރިއަކާ ބެހުނު މީހަކު ސުޕްރީމް ކޯޓުން ޖަލަށް

ދޮންދަރިއަކާ ބެހިގެން ޖަލަށްލި މީހަކު މިނިވަން ކޮށްފައި ވަނިކޮށް، އޭނާ އަނެއްކާ ވެސް ޖަލަށްލާން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

08 މާޗް

March 08, 2020
ކުޑަކުއްޖަކާ ބެހުނު މީހެއްގެ ޖަލު ހުކުމް ދަމަހައްޓައިފި

ކުޑަކުއްޖަކާ ބެހުނު މީހަކު 10 އަހަރަށް ޖަލަށްލާން ކުރި ހުކުމް ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

04 މާޗް

March 04, 2020
ކުއްޖަކާބެހުނު މައްސަލައެއް ބޭރުކޮށްލުމުން އަލުން ބަލަނީ

މަގުމަތިން ހިނގާފައި ދިޔަ ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނެ މީހަކަށް ކުރި ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

18 ފެބުރުއަރީ

February 18, 2020 3
ދެ އަހަރުނުވާ ކުއްޖާގެ މައްސަލާގައި ބައްޕަ ދޫކޮށްލައިފި

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައިގައި އިހުމާލުގެ ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ބަންދުން ދޫކޮށްލައިފި އެވެ.

11 ފެބުރުއަރީ

February 11, 2020 26
"ޖިންސީ އަނިޔާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ"

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ނުހޯދެނީ އެފަދަ މައްސަލަތައް ފުލުހުން ސީރިއަސްކޮށް ނުނަގާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ތުހުމަތު ކުރައްވައިފި އެވެ.

05 ފެބުރުއަރީ

February 05, 2020 23
މިއީ ހަމައެކަނި ޝިދާތާގެ އިހުމާލެއް ނޫން: އިދިކޮޅު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ ކަމަށް މަޝްހޫރު އަހުމަދު ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރާކަން އެނގޭއިރު ވެސް އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަން ދިން މައްސަލައިގައި އޮތީ ހަމައެކަނި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފްގެ އިހުމާލެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު...

04 ފެބުރުއަރީ

February 04, 2020 3
ޖިންސީ ގޯނާކުރާކަން ސިއްރުކުރި މަންމަ ހައްޔަރުކޮށްފި

ކުޑަ ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، އަދި އެ ކުއްޖާ އަށް ޖިންސީ ގޯނާކުރާ ކަން އެނގިހުރެ އެކަން ސިއްރު ކުރުމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަ ވެސް ހައްޔަރު ކޮށްފި އެވެ.

02 ފެބުރުއަރީ

February 02, 2020 20
މުދިމު ޖިންސީ ގޯނާކުރި މައްސަލަ އަނބުރާ ނަގައިފި

ކްރިމިނަލް ކޯޓުގައި އޮންނަތާ 10 އަހަރު ފަހުން ސާބިތުނުވާ ކަމަށް ހުކުމް ކުރި ޖިންސީ ގޯނާގެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކުރުމަށް ފަހު، ގާނޫނީ ހުރަސްތަކާ ހެދި އެ މައްސަލަ އަނބުރާ މިއަދު ނަގައިފި އެވެ.

30 ޖެނުއަރީ

January 30, 2020 2
ކުއްޖަކާ ބެހިގެން އިއްވި 11 އަހަރުގެ ހުކުމަށް ތާއީދު

އުމުރުން 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު 11 އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމެއް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

26 ޖެނުއަރީ

January 26, 2020 22
ދަރިފުޅާ ބެހި އިންޒާރުދިން ބައްޕަ ދޫކޮށްލައިފި!

އުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް، އާއިލާގެ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން ކަމުގެ ތުހުމަތާ އެކު މިދިޔަ ބުރާސްފަތިދުވަހުގެ ރޭ އަނިޔާކޮށް، ފުލުހުންނާ ހަވާލުކުރި ބައްޕަ ދޫކޮށްލައިފި އެވެ.

24 ޖެނުއަރީ

January 24, 2020 3
ކުދިންނަށް ޖިންސީ ގޯނާކުރުން ހުއްޓުވަން އަޑުއުފުލައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި އިންސާފު އަވަސްކޮށް، އެ ކުށް ކުރާ މީހުންނަށް ހައްގު އަދަބު ދޭން ގޮވާލާއި މާލޭގައި މިއަދު ވެސް މުޒާހަރާކޮށްފި އެވެ.

January 24, 2020 38
މަދީހާ އަށް އެމްޑީޕީގެ ޓިކެޓު ނުދޭން ނިންމައިފި

ދެ އަހަރު ނުފުރޭ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާކުރި ނަމަ، އެހާ އަވަހަށް ދުވެދުވެފައި އުޅޭނެތޯ ސުވާލު އުފައްދައި، އެ އަނިޔާ ދިން މީހުން ދިފާއުކޮށް ވާހަކަ ދެއްކި މަދީހާ އަބްދުﷲ...

January 24, 2020 38
ދަރިފުޅާ ބެހި އިންޒާރު ދިން ބައްޕަ ޕޮލިހާ ހަވާލުކޮށްފި

އުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް އާއިލާގެ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ ބައްޕައަކު ވިލިމާލޭގައި ރޭ...

21 ޖެނުއަރީ

January 21, 2020 27
މި ކުޑަ ރަށް ސަމާލުކަމަށް، މައްސަލަ ގިނަ؟

ދެ އަހަރު ނުފުރޭ ކުއްޖެއްގެ ރޭޕުން ރޮއްވާލީ މުޅި ގައުމެވެ. ބައްޕަ އާއި މަންމަ، މަސްތުގެ ދުނިޔޭގައި ވަނިކޮށް، ކާފަ އާއި މުނިކާފަގެ ޝިކާރައަކަށް ވި ކުއްޖާ އަށް ހަމްދަރުދީއާ އެކު އެންމެންގެ ލޭ ކެކި އަރައިގަތީ އެވެ. ހަވަރަށް މީހުން އެއްވާ ގޮތަށް، ހުޅުމާލޭގައި ކުއްޖާގެ ބައްޕަ އޮތް ގޭ ކައިރި އަށް ގޮސް ހަމަނުޖެހުން ވެސް ހިންގި އެވެ.

20 ޖެނުއަރީ

January 20, 2020 43
މުދިމުގެއަންހެނުން ޖިންސީގޯނާ ސިއްރުކުރި ކަމުގެ ތުހުމަތު

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުއްޖާއާ ބެހުނު މައްސަލައިގައި ހައްޔަރުކުރި އުމުރުން 62 އަހަރުގެ މުދިމު، ކުރިން ހިންގި ކަމަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ އަމަލުތަކެއް،...

January 20, 2020 2
ޖިންސީ ގޯނާކުރާ މީހުން ދެނެގަންނަން ޓެކްނޮލޮޖީ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން ދެނެގުމަށް ކޮމްޕިއުޓަ ޖެނެރޭޓެޑް އިމޭޖެރީ (ސީޖީއައި) ބޭނުންކުރުމުގެ ހުއްދަ އަލުން ޖަރުމަންވިލާތުގެ ތަހުގީގީ އިދާރާތަކަށް ދީފި އެވެ.

19 ޖެނުއަރީ

January 19, 2020 19
ކުޑަކުއްޖަކާ "ބެހިގެން" 80 އަހަރުގެ މީހަކު ހައްޔަރު

އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 80 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

January 19, 2020 43
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!

އުމުރުން ތިން އަހަރުގައި، ގޭގައި "ބަންދުކުރި" އެ ކުއްޖާ މިނިވަންވީ، މިދިޔަ ހުކުރު ދުވަހު އެވެ. ދެ އަހަރަށް ފަހު، ރައްކާތެރި މާހައުލެއް ކަށަވަރުވީ، އަތުގައި ހިފައިގެން އެކަހެރި...