10 މެއި

May 10, 2020 3
އަމާޒަކީ ކުޑަކުދިންނަށް އުފާވެރިކަން ހޯދުން: ރައީސް

ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތްކުރާއިރު، މި ބަލިން ކުޑަކުދިން ރައްކާތެރިކޮށްދިނުމާ އެކު އެ ކުދިންނަށް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް ވެސް މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވައިފި އެވެ.

26 ފެބުރުއަރީ

February 26, 2020 15
އާފިޔާގެ ފަހުބަސް: ކުއްޖަކު ނުމަރަން، އެއީ ހުސް ދޮގު

ވ. ރަކީދޫގައި މަރާލި މުހައްމަދު އިބްތިހާލަށް އަނިޔާ ނުކުރާ ކަމަށާއި އެ ކުއްޖާ މަރާލާފައި ނުވާނެ ކަމަށް އެ މައްސަލާގެ ދައުވާ ލިބޭ އޭނާގެ މަންމަ އާފިޔާ މުހައްމަދު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

18 ފެބުރުއަރީ

February 18, 2020 3
ދެ އަހަރުނުވާ ކުއްޖާގެ މައްސަލާގައި ބައްޕަ ދޫކޮށްލައިފި

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާކުރި މައްސަލައިގައި އިހުމާލުގެ ތުހުމަތު ކުރެވޭ އެ ކުއްޖާގެ ބައްޕަ ބަންދުން ދޫކޮށްލައިފި އެވެ.

13 ފެބުރުއަރީ

February 13, 2020 3
ކުޑަކުއްޖާ އަށް ރައްކާތެރިކަމުގެ އަމުރު ނެރެދީފި

ޅިޔަނެއްގެ ފަރާތުން ޖިންސީ ގޯނާ ލިބޭ ކަމުގެ ތުހުމަތު ކުރެވޭ ކުޑަކުއްޖާ އަށް ރައްކާތެރިކަމުގެ އަމުރު އިއްޔެ ނެރެދީފި އެވެ.

11 ފެބުރުއަރީ

February 11, 2020 26
"ޖިންސީ އަނިޔާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ"

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ނުހޯދެނީ އެފަދަ މައްސަލަތައް ފުލުހުން ސީރިއަސްކޮށް ނުނަގާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ތުހުމަތު ކުރައްވައިފި އެވެ.

10 ފެބުރުއަރީ

February 10, 2020 4
އިބްތިހާލްގެ މަރުގެ މައްސަލާގެ ހުކުމް މި މަހު އިއްވަނީ

ވ. ރަކީދޫގައި، އުމުރުން ތިން އަހަރުގެ މުހައްމަދު އިބްތިހާލަށް އަނިޔާކޮށް މަރާލި މައްސަލާގައި އޭނާގެ މަންމަ އާފިޔާ މުހައްމަދުގެ މައްޗަށް ކުރާ ދައުވާގެ އެންމެ ފަހު އަޑުއެހުން އަންނަ ހަފުތާގައި ބާއްވަން ނިންމައި، އެ މައްސަލައިގެ ހުކުމް މިމަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

05 ފެބުރުއަރީ

February 05, 2020 23
މިއީ ހަމައެކަނި ޝިދާތާގެ އިހުމާލެއް ނޫން: އިދިކޮޅު

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ ކަމަށް މަޝްހޫރު އަހުމަދު ހިޝާންގެ މައްޗަށް ޖިންސީ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް ކުރާކަން އެނގޭއިރު ވެސް އޭނާ އަށް އޮނަރަރީ ޑިސެބިލިޓީ...

February 05, 2020 82
މިނިސްޓަރު ޝިދާތާ އިސްތިއުފާ ދީ: އެމްޑީޕީގެ މެމްބަރުން

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާ މީހެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ އަހުމަދު ހިޝާނަށް ކުރެވޭ ޖިންސީ ތުހުމަތުތައް އެނގި ތިބެ، އުމުރުން 19 އަހަރުގެ ޒުވާނެއްގެ...

28 ޖެނުއަރީ

January 28, 2020 7
ތުހުމަތު ވެސް، ހައްޔަރު ނުކުރާ ސަބަބު ވެސް ސީރިއަސް!

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މި ދުވަސްވަރު ފެންމަތި ވަނީ ފުލުފުލުންނެވެ. ތުއްތު ކުދިން ވެސް ޖިންސީ ޝިކާރައަކަށް ވުމުގެ މައްސަލަތައް ހުރި އިރު އެފަދަ މީހުންނާ...

January 28, 2020 52
ކޭސް ވޯކަރުންނަށް ނުކަތާވަރަށް މައްސަލަ!

މުޅި ރާއްޖޭގެ ހާލަތު ބިރުވެރި އެވެ؛ ކޮންމެ ދުވަހަކު، އެކި ސަރަހައްދުތަކުން ރިޕޯޓްކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އެންމެ މައްސަލައެއް، ދެ މައްސަލައެއް ނޫނެވެ. ޖެންޑާ...

27 ޖެނުއަރީ

January 27, 2020 17
ކައިވެނީގެ ނަމުގައި ރޭޕްކުރި ކުދިންތަކެއް ހިމާޔަތުގައި

ދީނުގެ ނަމުގައި ހައްދުފަހަނާޅާފައިވާ ފިކުރުގެ ތެރެއިން ކައިވެނީގެ ނަމުގައި މިދިޔަ އަހަރު ފަސް ކުއްޖަކު ރޭޕްކޮށްފައިވާ މައްސަލަތަކެއް ޖެންޑާ މިނިސްޓްރީން ބެލިކަން "މިހާރު" އިން އެދިގެން ހޯދި ތަފާސްހިސާބުން އެނގިއްޖެ އެވެ.

26 ޖެނުއަރީ

January 26, 2020 22
ދަރިފުޅާ ބެހި އިންޒާރުދިން ބައްޕަ ދޫކޮށްލައިފި!

އުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް، އާއިލާގެ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން ކަމުގެ ތުހުމަތާ އެކު މިދިޔަ ބުރާސްފަތިދުވަހުގެ ރޭ އަނިޔާކޮށް، ފުލުހުންނާ ހަވާލުކުރި ބައްޕަ ދޫކޮށްލައިފި އެވެ.

24 ޖެނުއަރީ

January 24, 2020 3
ކުދިންނަށް ޖިންސީ ގޯނާކުރުން ހުއްޓުވަން އަޑުއުފުލައިފި

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި އިންސާފު އަވަސްކޮށް، އެ ކުށް ކުރާ މީހުންނަށް ހައްގު އަދަބު ދޭން ގޮވާލާއި މާލޭގައި މިއަދު ވެސް މުޒާހަރާކޮށްފި އެވެ.

January 24, 2020 38
ދަރިފުޅާ ބެހި އިންޒާރު ދިން ބައްޕަ ޕޮލިހާ ހަވާލުކޮށްފި

އުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް އާއިލާގެ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ ބައްޕައަކު ވިލިމާލޭގައި ރޭ...

23 ޖެނުއަރީ

January 23, 2020 2
ޖިންސީ ގޯނާގެ މައްސަލަތައް މާޗްގެ ނިޔަލަށް ނިންމަނީ

ހައި ކޯޓަށް ހުށަހަޅާފައިވާ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ހުރިހާ މައްސަލަތަކެއް އަންނަ މާޗް މަސް ނިމުމުގެ ކުރިން ނިންމުމަށް އެ ކޯޓުން މަސައްކަތް ފަށައިފި އެވެ.

January 23, 2020 11
ކުޑަކުދިންނާ ބެހޭ މައްސަލަތައް ހަމަސް ތެރޭގައި ނިންމަނީ

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކޯޓަށް ހުށަހަޅާ ދުވަހުން ފެށިގެން ހަ މަސް ތެރޭގައި ނިންމަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ކޯޓުތަކަށް...

January 23, 2020 29
ކުއްޖާ އަށް އަނިޔާވިތޯ ސުވާލު އުފެއްދި މައްސަލަ ބަލަނީ

ގއ. ކަނޑުހުޅުދޫގައި ޖިންސީ އަނިޔާގެ ޝިކާރައަކަށް ވި ދެ އަހަރު ނުފުރޭ އަންހެން ކުއްޖާ އަށް އެއްވެސް ގެއްލުމެއް ވި ތޯ ސުވާލު އުފެއްދި އެމްޑީޕީގެ ކެންޑިޑޭޓަކަށް ފާޑުކިއުން...

22 ޖެނުއަރީ

January 22, 2020 33
އިހުމާލުވާ މުވައްޒަފުންނާމެދު ފިޔަވަޅު އަޅާނަން: ރައީސް

ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށްދިނުމުގައި އިހުމާލުވާ މުވައްޒަފުންނާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

20 ޖެނުއަރީ

January 20, 2020 6
އަނިޔާ ލިބޭ ކުދިން ޑޮކްޓަރަށް ދެއްކުން ލަސް: އޮޑިޓް

ޖިސްމާނީ އަދި ޖިންސީ ގޯނާ ލިބިގެން ހުށަހަޅާ ބައެއް މައްސަލަތަކުގައި ކުދިން ޑޮކްޓަރަށް ދެއްކުން ލަސްކަމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓަކުން ބުނެފި އެވެ.

19 ޖެނުއަރީ

January 19, 2020 19
ކުޑަކުއްޖަކާ "ބެހިގެން" 80 އަހަރުގެ މީހަކު ހައްޔަރު

އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 80 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

January 19, 2020 43
އަނިޔާ ލިބުނު ކުއްޖާ ދެ އަހަރު "ބަންދުގައި"!

އުމުރުން ތިން އަހަރުގައި، ގޭގައި "ބަންދުކުރި" އެ ކުއްޖާ މިނިވަންވީ، މިދިޔަ ހުކުރު ދުވަހު އެވެ. ދެ އަހަރަށް ފަހު، ރައްކާތެރި މާހައުލެއް ކަށަވަރުވީ، އަތުގައި ހިފައިގެން އެކަހެރި...

18 ޖެނުއަރީ

January 18, 2020 7
ރޭޕާ ގުޅިގެން ކަނޑުހުޅުދޫ މުދިމު ސަސްޕެންޑްކޮށްފި

ގއ. ކަނޑުހުޅުދޫގައި ތުއްތު އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ އެ ރަށު މިސްކިތު އިމާމު މިއަދު މަގާމުން ސަސްޕެންޑްކޮށްފި އެވެ.

January 18, 2020 11
15 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ބަލަނީ

ދެކުނުގެ އަތޮޅެއްގެ ރަށެއްގައި ކުޑަ ކުއްޖަކު ޖިންސީ ޝިކާރައަކަށްވެ ބަލިވެ އިން މައްސަލައެއް ބަލަން ފަށައިފި އެވެ.

17 ޖެނުއަރީ

January 17, 2020 13
ޖިންސީ ގޯނާގެ މައްސަލާގައި އިދާރާތައް ހާޒިރުކުރަނީ

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި ދައުލަތުގެ ކަމާ ގުޅޭ ހުރިހާ އިދާރާއެއް މާދަމާ ރޭ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް...

January 17, 2020 29
ސިފައިންގެ ދެ މީހަކު ކުއްޖަކު ރޭޕް ކުރި މައްސަލައެއް

އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ސިފައިންގެ ދެ މީހެއްގެ މައްސަލަ ނުބެލި އޮތް ކަމަށް ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް މިރޭ...

04 ޑިސެމްބަރ

December 04, 2019 27
ކުޑަކުދިންނާ ބެހޭ ކައުންސިލަރެއްގެ މައްސަލަ ބޮޑުވެއްޖެ!

ކުޑަ ފިރިހެން ކުދިންނާ އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ފިރިހެން ކައުންސިލަރަކާ މެދު ފިޔަވަޅު ނޭޅި އިތުރު ކުދިން ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޝަން އިން ބަލަން ފަށައިފި އެވެ.

02 ޑިސެމްބަރ

December 02, 2019 17
13 އަހަރުގެ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް

އުމުރުން 13 އަހަރުގެ ކުއްޖަކު ބަލިވެ އިނދެ، ވިހެއި މައްސަލާގައި އެ ކުއްޖާ އާއި އެ އާއިލާގައި ހިމެނޭ އެހެން ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

01 ޑިސެމްބަރ

December 01, 2019 37
ކުޑަކުއްޖާ ރޭޕްކުރި މައްސަލާގައި ހައްމާދު ހައްޔަރުކޮށްފި

ކައިވެނީގެ ނަމުގައި 12 އަހަރުގެ ކުއްޖަކު ރޭޕްކޮށް، 13 އަހަރުގައި ވިހެއި މައްސަލައިގައި ތުހުމަތުކުރެވޭ އިސްމާއިލް ހައްމާދު އިއްޔެ ހައްޔަރުކޮށްފި އެވެ.