03 ޖޫން

June 03, 2020 5
ޖިސްމާނީ އަނިޔާ މިދިޔަ މަހު އިތުރުވެއްޖެ!

މާލެ ލޮކްޑައުންކުރުމާ އެކު ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ގެވެށި އަނިޔާގެ ގިނަ މައްސަލަތަކެއް ރިޕޯޓްކޮށްފައި ނުވިޔަސް ކުޑަކުދިން ހިމެނޭ ގޮތުން ޖިސްމާނީ އަނިޔާކުރުން މިދިޔަ މަހު އިތުރުވެފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.

30 މެއި

May 30, 2020 45
ބްލެކްމެއިލްކޮށް ރޭޕްކުރަނިކޮށް ކުއްޖަކު ސަލާމަތްކޮށްފި

އުމުރުން 16 އަހަރު ވެސް ނުވާ ކުއްޖެއްގެ އާއިލާ އަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓްހައުސްއެއްގައި ބަހައްޓައިގެން ކުއްޖާ ބްލެކްމެއިލްކޮށް ކުއްޖާ ރޭޕްކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ކުއްޖާ ސަލާމަތްކޮށްފި އެވެ.

08 މެއި

May 08, 2020 14
16 އަހަރުގެ ކުއްޖަކާ ބެހުނު މީހަކު ހައްޔަރު ކޮށްފި

އުތުރުގެ އަތޮޅެއްގެ ރަށެއްގައި، އުމުރުން 16 އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި އެވެ.

10 މާޗް

March 10, 2020 18
ޖިންސީ ގޯނާގެ މައިގަނޑު ހެއްކަކީ ކުއްޖާގެ ބަސް: ކޯޓު

ކުޑަކުދިންނަށް ޖިިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި ކުށް ސާބިތުވާން ބޭނުންވާ ހެކީގެ މިންގަނޑު ކުރިން ކޯޓުތަކުން ބަލަމުން އައީ ރަނގަޅަށް ނޫން ކަމަށާއި އެފަދަ މައްސަލަތަކުގައި ހެކީގެ މައިގަނޑު އަސާސަކީ ކުއްޖާގެ ހެކިބަސް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކަނޑައަޅައިފި އެވެ.

09 މާޗް

March 09, 2020 12
ދޮންދަރިއަކާ ބެހުނު މީހަކު ސުޕްރީމް ކޯޓުން ޖަލަށް

ދޮންދަރިއަކާ ބެހިގެން ޖަލަށްލި މީހަކު މިނިވަން ކޮށްފައި ވަނިކޮށް، އޭނާ އަނެއްކާ ވެސް ޖަލަށްލާން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

04 މާޗް

March 04, 2020
ކުއްޖަކާބެހުނު މައްސަލައެއް ބޭރުކޮށްލުމުން އަލުން ބަލަނީ

މަގުމަތިން ހިނގާފައި ދިޔަ ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނެ މީހަކަށް ކުރި ދައުވާއެއް ކުރިއަށް ނުގެންދެވޭނެ ކަމަށް ދަށު ކޯޓުން ނިންމާފައި ވަނިކޮށް އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަމުރުކޮށްފި އެވެ.

02 މާޗް

March 02, 2020 2
ދޮންދަރިއަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

އުމުރުން 14 އަހަރުގެ ދޮންދަރިއަކަށް ޖިންސީ ގޯނާ ކުރި ފިރިހެނަކު މިއަދު ފުލުހުން ހައްޔަރުކޮށްފި އެވެ.

13 ފެބުރުއަރީ

February 13, 2020 36
ކުދިންގެ ވީޑިއޯ ރެކޯޑްކުރި މީހާ ހޯދައި ފޯނު އަތުލައިފި

ކުޑަ ދެ ކުއްޖަކު ގައިގޯޅިކޮށް އުޅޭ މަންޒަރު ރެކޯޑްކޮށް ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލާގައި، އެ ވީޑިއޯ ރެކޯޑްކުރި މީހާ ހޯދައި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

11 ފެބުރުއަރީ

February 11, 2020 26
"ޖިންސީ އަނިޔާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ"

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ނުހޯދެނީ އެފަދަ މައްސަލަތައް ފުލުހުން ސީރިއަސްކޮށް ނުނަގާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ތުހުމަތު ކުރައްވައިފި އެވެ.

04 ފެބުރުއަރީ

February 04, 2020 3
ޖިންސީ ގޯނާކުރާކަން ސިއްރުކުރި މަންމަ ހައްޔަރުކޮށްފި

ކުޑަ ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، އަދި އެ ކުއްޖާ އަށް ޖިންސީ ގޯނާކުރާ ކަން އެނގިހުރެ އެކަން ސިއްރު ކުރުމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަ ވެސް ހައްޔަރު ކޮށްފި އެވެ.

02 ފެބުރުއަރީ

February 02, 2020 10
ފިހާރަ ތެރޭގައި ކުއްޖަކާ ބެހުނު މައްސަލަ ބަލަނީ

ފިހާރައެއްގެ ސޭޓަކަށް އިން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި 60 އަހަރުގެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

30 ޖެނުއަރީ

January 30, 2020 2
ކުއްޖަކާ ބެހިގެން އިއްވި 11 އަހަރުގެ ހުކުމަށް ތާއީދު

އުމުރުން 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހަކު 11 އަހަރަށް ޖަލަށްލާން ކޮށްފައިވާ ހުކުމެއް ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

28 ޖެނުއަރީ

January 28, 2020 7
ތުހުމަތު ވެސް، ހައްޔަރު ނުކުރާ ސަބަބު ވެސް ސީރިއަސް!

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް މި ދުވަސްވަރު ފެންމަތި ވަނީ ފުލުފުލުންނެވެ. ތުއްތު ކުދިން ވެސް ޖިންސީ ޝިކާރައަކަށް ވުމުގެ މައްސަލަތައް ހުރި އިރު އެފަދަ މީހުންނާ ދެކޮޅަށް އާންމުންގެ ހިތްތަކުގައި އޮތް ރުޅިވެރިކަން ވެސް އޮތީ އިންތިހާގަ އެވެ.

26 ޖެނުއަރީ

January 26, 2020 22
ދަރިފުޅާ ބެހި އިންޒާރުދިން ބައްޕަ ދޫކޮށްލައިފި!

އުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް، އާއިލާގެ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން ކަމުގެ ތުހުމަތާ އެކު މިދިޔަ ބުރާސްފަތިދުވަހުގެ ރޭ އަނިޔާކޮށް، ފުލުހުންނާ ހަވާލުކުރި ބައްޕަ ދޫކޮށްލައިފި އެވެ.

24 ޖެނުއަރީ

January 24, 2020 38
ދަރިފުޅާ ބެހި އިންޒާރު ދިން ބައްޕަ ޕޮލިހާ ހަވާލުކޮށްފި

އުމުރުން 12 އަހަރުގެ އަންހެން ދަރިފުޅަށް އެކި ފަހަރު މަތިން ޖިންސީ ގޯނާކޮށް އާއިލާގެ މެމްބަރުން މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ތުހުމަތު ކުރެވޭ ބައްޕައަކު ވިލިމާލޭގައި ރޭ ފުލުހުންނާ ހަވާލުކޮށްފި އެވެ.

23 ޖެނުއަރީ

January 23, 2020 1
އިތުރު ސިފައިންގެ މީހަކަށް ތުހުމަތު އޮތްކަމެއް ނޭނގޭ

އުމުރުން 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ އާއި ރޭޕް އަދި ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި އިއްޔެ ހައްޔަރުކޮށްފައިވާ ސިފައިންގެ މީހާ ސަސްޕެންޑް ކޮށްފައިވާ ކަމަށާއި އިތުރު ސިފައިންގެ މީހަކަށް އެފަދަ ތުހުމަތެއް ކޮށްފައިވާކަން އަދި ސާފުނުވާ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

22 ޖެނުއަރީ

January 22, 2020 3
ބިރުވެރިކަމުގައި އަދިވެސް 300 ކުދިން!

މަންމަ ރައްޓެހި ބޭބެއަށް ފިލަން، ނުވަ އަހަރުގެ އެ ކުއްޖާ އާއްމުކޮށް ވަންނަނީ ކޮޓަރީގެ އެނދު ދަށަށެވެ. ބައެއް ފަހަރު ނުފެނި ވެސް ދެ އެވެ. އެކަމަކު ކިތަންމެ ދުވަހަކު، "ބޭބެ"ގެ ޖިންސީ ޝިކާރައަކަށް ވެއްޖެ އެވެ. ނަސީބު ރަނގަޅުކަމުން، ކުޑަކުއްޖާގެ މަންމައަށް މަންޒަރު ފެނި، ބޭބެގެ ހަގީގަތް ފަޅާއެރީ އެވެ.

21 ޖެނުއަރީ

January 21, 2020 33
މި މީހުން ތިބީ ފަޅައިގެންދާ ވަރުވެފައި!

ޝަކުވާތައް ބޮނޑިކޮށްގެން، ތިބޭތާ އެތައް އަހަރެކެވެ.

20 ޖެނުއަރީ

January 20, 2020 43
މުދިމުގެއަންހެނުން ޖިންސީގޯނާ ސިއްރުކުރި ކަމުގެ ތުހުމަތު

ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުއްޖާއާ ބެހުނު މައްސަލައިގައި ހައްޔަރުކުރި އުމުރުން 62 އަހަރުގެ މުދިމު، ކުރިން ހިންގި ކަމަށް ތުހުމަތުކުރާ ޖިންސީ ގޯނާގެ އަމަލުތަކެއް،...

January 20, 2020 2
ޖިންސީ ގޯނާކުރާ މީހުން ދެނެގަންނަން ޓެކްނޮލޮޖީ

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުން ދެނެގުމަށް ކޮމްޕިއުޓަ ޖެނެރޭޓެޑް އިމޭޖެރީ (ސީޖީއައި) ބޭނުންކުރުމުގެ ހުއްދަ އަލުން ޖަރުމަންވިލާތުގެ ތަހުގީގީ އިދާރާތަކަށް ދީފި އެވެ.

19 ޖެނުއަރީ

January 19, 2020 19
ކުޑަކުއްޖަކާ "ބެހިގެން" 80 އަހަރުގެ މީހަކު ހައްޔަރު

އުމުރުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 80 އަހަރުގެ ފިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.