24 މާޗް

March 24, 2020 17
ކޮވިޑް-19: ބަލީގެ ނުރައްކާ ކުޑަކުދިންނަށް ބޮޑުވަނީ!

ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެސް ހަލުއި ކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސްގެ ނުރައްކާ އެންމެ ބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ކުރިން ހީކުރެވުނު ނަމަވެސް ކުޑަކުދިންނަށް ވެސް އެ ބަލި ޖެހެމުންދާ ކަމަށް، ބަލި އެންމެ ބޮޑަށް ގޯސްފައިވާ އިޓަލީގެ ޑޮކްޓަރުން ބުނެފި އެވެ.

23 މާޗް

March 23, 2020 16
ކުދިން ފޫހިވިޔަނުދީ! ކުރެވޭނެ ކަންތައް އެބަހުރި

މި ދުވަސްވަރު އެންމެ ރައްކާތެރި ގޮތަކީ ބޭރަށް ނުނިކުމެ ގޭތެރޭގައި ތިބުމެވެ. މައިންބަފައިންނަށް ވަގުތު ނުލިބިގެން ނުކުރެވި ހުރި ދަރިންގެ ކަންތައްތައް ކޮށްލުމެވެ. އެ ކުދިންނަށް ކިޔަވައިދީ ތަފާތު ކަންކަން ދަސްކޮށްދިނުމެވެ. އޭގެ ތެރެއިން ސިކުނޑި ތާޒާކޮށްލުމަށް ކޮންމެވެސް ކުޅިވަރެއްގައި ބައިވެރިކުރުވުން މުހިއްމެވެ.

16 މާޗް

March 16, 2020
ސައިބާ ސޭފްޓީއާ ބެހޭ ފޮތެއް ނެރެފި

ރައްކާތެރިކަމާ އެކު އިންޓަނެޓް ބޭނުންކުރާނެ ގޮތް ބެލެނިވެރިންނަށް އަންގައިދޭ ހާއްސަ ފޮތެއް އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފި އެވެ.

10 މާޗް

March 10, 2020 5
"ބެސްޓް މަމީ އެވޯޑް" ފިރިހެނަކަށް

އަދާކުރަމުން ދިޔަ ވަޒީފާ ދޫކޮށްލައި، ޑައުން ސިންޑްރޯމް ހުންނަ ކުއްޖަކު އެޑަޕްޓްކޮށް، ފަހުން ހާއްސަ އެހީ އަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށް ކައުންސެލިންގެ ހިދުމަތް ދެމުން...

March 10, 2020 2
ފްލޫގައި ލޯ އަނދިރިވި ކުއްޖާގެ ފެނުން އިޔާދަވެއްޖެ

ވެކްސިންގެ ޑޯޒްތައް ފުރިހަމަނުކޮށް ހުއްޓައި ފްލޫ ޖެހިގެން ލިބުނު ގެއްލުންތަކުގައި ލޮލުގެ ފެނުން ގެއްލުނު އެމެރިކާގެ އަންހެން ކުއްޖާގެ ފެނުން އިޔާދަވެއްޖެއް ކަމަށް އާއިލާ އިން...

04 މާޗް

March 04, 2020 10
ކުޑަކުއްޖެއްގެ ހުވަފެން ފުލުހުން ހަގީގަތަކަށް ހަދައިދީފި

ފުލުހުންގެ އެކި ޑިޕާޓްމެންޓްތަކާއި އެ މީހުންގެ ވަޒީފާއާ ގުޅޭ މަސައްކަތްތައް ދައްކުވައިދީގެން، އުމުރުން އަށް އަހަރުގެ ކުއްޖެއްގެ ހުވަފެން ފުލުހުންގެ އިދާރާ އިން ހަގީގަތަކަށް ހަދައިދީފި އެވެ.

02 މާޗް

March 02, 2020 5
ކޭސްވޯކަރަކަށް 76 މައްސަލައާ އެކު ބުރަބޮޑު: ރިޕޯޓް

ސޯޝަލް ސާވިސަސްގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުން (ކޭސް ވޯކަރުންނާ) އެއްފަހަރާ ހަވާލުކުރާ މައްސަލަތަކުގެ އަދަދު ގިނަވެ، އެ މީހުންނަށް ބުރަ ބޮޑުވުމުގެ ސަބަބުން އެކަށީގެންވާ...

March 02, 2020 5
އުފެދުމުގައި އައިބު ހުރުން: ހާއްސަ ސަމާލުކަމެއް ދީ!

މާބަނޑުވުމުން ޑޮކްޓަރު ދިން ފޯލިކް އެސިޑް ގަވައިދުން ބޭނުން ކުރިން ހެއްޔެވެ؟ ނޫނީ ވެކްސިން ހަމައަށް ޖެހިން ހެއްޔެވެ؟ އުޅޭ މާހައުލު، ސިނގިރޭޓުގެ ދުމުން ތަޣައްޔަރު ވެފައިވާއިރު،...

29 ފެބުރުއަރީ

February 29, 2020 1
ބުލީގެ ވާހަކައެއް މިފަހަރު އިންޑިއާ އިން

މި ދުވަސްކޮޅު ބުލީއާ ގުޅުވައިގެން އެންމެ ބޮޑަަށް ދެކެވެނީ އޮސްޓްރޭލިއާގެ ނުވަ އަހަރުގެ ކްއަޑޭން ބޭލެޒްގެ ވާހަކަ އެވެ. އޭނާ އިސްކޮޅުން ކުރުކަމުން ސްކޫލްގައި ބުލީކުރުމުން އަމިއްލަ އަށް މަރުވާން އުޅުނު ވާހަކަ ކްއަޑޭންގެ މަންމަ ހިއްސާކުރުން ވެގެން ދިޔައީ އެތައް ބަޔަކު ފެންކަޅިކޮށްލި ކަމަށެވެ.

27 ފެބުރުއަރީ

February 27, 2020 1
ކްއަޑޭން އަށް ލިބުނު އެހީ ޗެރިޓީތަކަށް

އިސްކޮޅުން ކުރުކަމުން ސްކޫލްގައި ބުލީގެ ޝިކާރައަކަށްވި އޮސްޓްރޭލިއާ ކްއަޑޭން ބޭލެޒަށް އެހީވާން ގޯފަންޑްމީ މެދުވެރިކޮށް ހިންގި ކެމްޕޭނުން ލިބުނު ފައިސާ އާއިލާ އިން ބޭނުން ނުކުރަން ނިންމައިފި އެވެ.

26 ފެބުރުއަރީ

February 26, 2020 4
ޖިންސީގޯނާގެ ތުހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި

މެދުރާއްޖެތެރޭގެ ރަށެއްގައި، އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބިދޭސީއަކު މިއަދު ހައްޔަރުކޮށްފި އެވެ.

February 26, 2020
ދޮންބައްޕަގެ ބަންދަށް 15 ދުވަސް އިތުރުކޮށްފި

އުމުރުން 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އެ ކުއްޖާގެ ދޮންބައްޕަގެ ބަންދަށް 15 ދުވަސް ކޯޓުން ދީފައިވާ ކަމަށް ފުލުހުން މިއަދު...

24 ފެބުރުއަރީ

February 24, 2020 3
ބަރަހަނާ މަންޒަރުތައް ރައްކާނުކުރެވޭ ފޯނެއް

ބަލާބެލުމަށާއި މި ފޯނުގައި ހިމެނޭ މައިގަނޑު ފީޗާތަކާ އެކު ޖަޕާނުގެ ޓޯން އީ20 އަކީ، އެންމެ މި ޒަމާނުގެ ސްމާޓްފޯނުތަކަށް ލޯބިކުރާ މީހުން އެހާ ގަޔާވާ އެއްޗަކަށް ނުވެދާނެ އެވެ. އެކަމަކު...

February 24, 2020 14
ބުލީގެ ޝިކާރައަކަށްވި ކުއްޖާގެ ހަގީގަތަކީ ކޮބާ؟

އިސްކޮޅުން ކުރުކަމުން ބުލީގެ ޝިކާރައަކަށްވެފައިވާ އޮސްޓްރިލިއާ ކުއްޖެއްގެ ވާހަކަ އަކީ މި ދުވަސްކޮޅު މީޑިއާތަކުގައި ވަރަށް ގަދަ އަށް ދެކެވޭ ވާހަކައެކެވެ. އެއް ބަޔަކު އެ ކުއްޖާގެ...

23 ފެބުރުއަރީ

February 23, 2020 5
ސިފައިންގެ މީހެއްގެ މައްޗަށް ޖިންސީ ގޯނާގެ ދައުވާ

ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްތުގައި އަތްލުމުގެ ދައުވާ، އެމްއެންޑީއެފްގައި މަސައްކަތްކުރާ މީހެއްގެ މައްޗަށް ކޮށްފި އެވެ.

22 ފެބުރުއަރީ

February 22, 2020 5
ބުލީގެ ޝިކާރައަކަށްވި ކުއްޖާ އަށް އެތައް ބައެއްގެ ލޯބި

އިސްކޮޅުން ކުރުމަކުން ސްކޫލްގައި ބުލީގެ ޝިކާރައަކަށް ވުމުން، ދުނިޔޭގައި އުޅެން ބޭނުން ނުވާ ކަމަށް ބުނެ އަސަރާ އެކު ދެއްކި ވާހަކަތައް ސޯޝަލް މީޑިއާގައި އާންމުކުރުމުން ސަމާލުކަމަށް އައި އޮސްޓްރޭލިއާގެ ނުވަ އަހަރުގެ ފިރިހެން ކުއްޖާގެ ދިފާއުގައި އެތައް ބަޔަކު ތެދުވެއްޖެ އެވެ.

21 ފެބުރުއަރީ

February 21, 2020 3
ކުރިމަގުގެ ޖީލު އޮތީ ނުރައްކަލެއްގައި: ޑަބްލިއުއެޗްއޯ

ދުނިޔެ އަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާ ހެދި ކުރިމަގުގެ ޖީލު ނުވަތަ ކުދިންގެ މުސްތަގުބަލު އޮތީ ނުރައްކަލަށް ހުށަހެޅިފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

20 ފެބުރުއަރީ

February 20, 2020 24
ކުޑަކުދިންގެ މައްސަލަތައް ބެލުމަށް ރިޔާސީ ކޮމިޝަނެއް

ކުޑަކުދީންނަށް ކުރާ އަނިޔާތަކުގެ މައްސަލަތައް ބެލުމަށް ބޭރުގެ ތަޖުރިބާކާރަކު ހިމެނޭ ގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ކޮމިޝަނެއް މިއަދު އުފައްދަވައިފި އެވެ.

February 20, 2020 8
"އާ ގާނޫނުން އިހުމާލުވާ މީހުން ޖަވާބުދާރީ ކުރުވޭނެ"

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް މިއަދު އަމަލުކުރަން ފެށުމާ އެކު ކުޑަކުދިންނާ މެދު އިހުމާލުވާ ފަރާތްތައް ޖަވާބުދާރީ ކުރުވޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް...

February 20, 2020 4
ކުޑަކުދިންގެ ރައްކާތެރިކަމަށް އާ ދޮރެއް ހުޅުވިއްޖެ

އުމުރުން 18 ނުފުރޭ ކުދިންނާ ކައިވެނިކުރުން ކުށަކަށް ހަދައި ވެކްސިން މަޖުބޫރުކޮށް، ތައުލީމުން މަހްރޫމްކުރުމުގެ އުޒުރުތަކަށް ގާނޫނީ ހައްލަކާއި ޖިންސީ ގޯނާ އާއި އަނިޔާތަކުން ކުދިން...

19 ފެބުރުއަރީ

February 19, 2020 15
މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ ގެއަށް ބަދަލުކޮށްފި

މިދިޔަ ސެޕްޓެމްބަރު މަހު ލ. ގަމުގެ ގެއެއްގައި އޮތް މަސް ފެންގަނޑަކަށް ވެއްޓުނު ދެ އަހަރުގެ ފިރިހެން ކުއްޖާ ފަސް މަސް ފަހުން ހޭއަރައި، ހާލު ތަންކޮޅެއް ރަނގަޅުވުމުން، އިންޑިއާގެ...

February 19, 2020 3
"މުސްކުޅިވެގެން" 8 އަހަރުގައި މަރުވެއްޖެ

ހަޗިންސަލް-ގިލްފޯޑް ޕްރޮގޭރިއާ ސިންޑްރޯމް ނުވަތަ "މުސްކުޅި" ބައްޔަކީ ވަރަށް ނާދިރު ބައްޔަކެވެ. އުމުރާ ނުބައްދަލު މުސްކުޅި ސިފައެއްގައި ފެންނަ މި ބަލީގެ މީހުންގެ ގޮތުގައި ދުނިޔޭގެ މި...

15 ފެބުރުއަރީ

February 15, 2020
ޔުނިލީވާ އިން އައިސްކްރީމް އިޝްތިހާރުކުރުން ހުއްޓާލަނީ

ކުޑަކުދިން އާދަޔާހިލާފަށް ފަލަވާތީ އެކަމާ ދެކޮޅަށް އިނގިރޭސިވިލާތުގެ މަޝްހޫރު ކުންފުނި ޔުނިލީވާ އިން އައިސްކްރީމް ފަދަ ފޮނި އެއްޗެހި ކުޑަކުދިންނަށް ހާއްސަކޮށްގެން އިޝްތިހާރު ނުކުރަން ނިންމައިފި އެވެ.

13 ފެބުރުއަރީ

February 13, 2020 36
ކުދިންގެ ވީޑިއޯ ރެކޯޑްކުރި މީހާ ހޯދައި ފޯނު އަތުލައިފި

ކުޑަ ދެ ކުއްޖަކު ގައިގޯޅިކޮށް އުޅޭ މަންޒަރު ރެކޯޑްކޮށް ސޯޝަލް މީޑިއާގައި އާންމުކުރި މައްސަލާގައި، އެ ވީޑިއޯ ރެކޯޑްކުރި މީހާ ހޯދައި އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

12 ފެބުރުއަރީ

February 12, 2020 14
ޕީޖީ ހުށަހަޅުއްވަނީ އެކީއެކައްޗަކަށް މައްސަލަ ނިންމަން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުން ފަދަ ބޮޑެތި މައްސަލަތަކުގައި ތަހުގީގާއި ދައުވާ އުފުލުން އަވަސްކުރުމާ އެކު، ޝަރީއަތް ފަށާ ހިސާބުން އެކީއެކައްޗަކަށް ގެންގޮސް ދެތިން ދުވަހުގެ...

February 12, 2020 27
ދަރިވަރުންނާ ބެހުނު ތުހުމަތަށް 3 ޓީޗަރަކު ސަސްޕެންޑް!

ދަރިވަރުންނަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތަށް އެއް ސްކޫލެއްގެ ތިން ޓީޗަރަކު ސަސްޕެންޑްކޮށްފި އެވެ.

11 ފެބުރުއަރީ

February 11, 2020 2
ޖިންސީ އަނިޔާގެ ތަހުގީގު ރިޕޯޓް ފާސްކޮށްފި

ކުޑަކުުދިންނަށް ޖިންސީ ގޯނާގެ މައްސަލަތައް ތަހުގީގުކޮށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެކުލަވައިލި އިންކުއަރީ ރިޕޯޓް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

February 11, 2020 26
"ޖިންސީ އަނިޔާގެ ހެކި ނުލިބެނީ ފުލުހުން އަޅާނުލާތީ"

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެކި ނުހޯދެނީ އެފަދަ މައްސަލަތައް ފުލުހުން ސީރިއަސްކޮށް ނުނަގާތީ ކަމަށް...

February 11, 2020 2
ނުވަ އަހަރުގެ ކުއްޖަކު ބުލީއާ ދެކޮޅު އެޕެއް ހަދައިފި

ބުލީއާ ކުރިމަތިލާން ޖެހިފައިވާ ކުދިންނަށް ހާއްސަކޮށްގެން، އިންޑިއާގެ އެންމެ ނުވަ އަހަރުގެ އަންހެން ކުއްޖަކު މޮބައިލް އެޕެއް ހަދައިފި އެވެ.

10 ފެބުރުއަރީ

February 10, 2020 91
"ކޮންމެ 10 އަންހެނަކުން އެކަކު ވަނީ ހިތާނުކޮށްފައި"

ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާ ކަމަށް، ސަރުކާރުން ހަދާފައިވާ ޑިމޮގްރަފިކް އެންޑް ހެލްތު ސާވޭއާ ހަވާލާދީ ޔުނިސެފުން ބުނެފި އެވެ.

February 10, 2020 15
ޝިކާރަވެރިންގެ ބޮޑު ޕަސެންޓެއް ތިބީ ދޫވެފައި: ރިޕޯޓް

މިސްކިތުގައި، ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި ކަމުގެ ކިތަންމެ ހެއްކެއް ހުއްޓަސް 14 އަހަރުވި އިރު ވެސް ދައުލަތުގެ މުއައްސަސާތަކުން އިންސާފެއް ނުލިބުނެވެ. މުދިމު ހުރީ...