26 ސެޕްޓެމްބަރ

September 26, 2016
ކުޑަކުދިންގެ ސުލްހައިގެ އެވޯޑަށް ދިވެހި ކުއްޖެއް

ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ "ކިޑްސް ރައިޓްސް" އިން ދޭ ސުލްހައިގެ އިނާމަަށް ދިވެހި ކުއްޖަކު ނޮމިނޭޓްވެއްޖެ އެވެ.

23 ސެޕްޓެމްބަރ

September 23, 2016 6
އާދަޔާޚިލާފަށް ވިސްނުންތޫނު 18 މަހުގެ ކުއްޖެއް

އިންޑިއާގެ ނާގްޕޫރްގައި ދިރިއުޅޭ އަދްވިކާ ބާލޭ އަށް މިހާރުވެސް 26 ގައުމެއްގެ ފައިސާ ވަކިކުރަން އެނގެ އެވެ. އަދި ދުނިޔޭގެ ހަތް އަޖައިބާއި އެތަންތަން ހުންނަ ގައުމު ވެސް ބުނެދޭން އެނގެ އެވެ. އަދި ޖަނަވާރުންގެ ނަން އިނގިރޭސި ބަހުން ބުނުމުން އެ ނަން މަރާޓީއަށް ބަދަލުކޮށްގެން ކިޔައިދޭން އެނގެ އެވެ.

21 ސެޕްޓެމްބަރ

September 21, 2016
ބޯ ބޮޑުވުމަކީ ވިސްނުން ރަނގަޅުވުން ކަމަށް ވެދާނެ

ބުއްދި ރަނގަޅު، ހުޝިޔާރު މީހުންނަށް ނިސްބަތްކޮށް، ބޯ ބޮޑު މީހެކޭ ބުނެ އެވެ. އޭގެ މާނަ އަކީ އެ މީހެއްގެ ބޮލުގެ ސައިޒު ބޮޑުވުން ނޫން ކަމަށް ވިޔަސް އާ ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން މި ބަހުން ފެންނަ އޮތް މާނަ ވެސް ރަނގަޅު ކަމަށް ބެލިދާނެ އެވެ.

20 ސެޕްޓެމްބަރ

September 20, 2016 21
ސުޕްރީމް ކޯޓުގެ ހުއްދަ ނެތި ކުދިންގެ ކައިވެނި ނުކުރެވޭ

ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ނޫނީ ކުޑަކުދިންގެ ކައިވެނިކޮށް ނުދެވޭ ގޮތަށް އާއިލާއާބެހޭ ގަވާއިދަށް ސުޕްރީމް ކޯޓުން މިއަދު އިސްލާހު ގެނެސްފި އެވެ. މީގެ އިތުރުން ކައިވެނިކޮށް ދޭން ގާޒީއަށް ވަލީ ދެވޭނީ ވެސް ސުޕްރީމް ކޯޓުގެ ހުއްދަ ހޯދައިގެން ކަމަށް ގަވާއިދަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

19 ސެޕްޓެމްބަރ

September 19, 2016 48
މި މޫނުގެ މަތިން ހަނދާން އެބަހުރިތަ؟

އައިޝަތު ޝަނާޔާ ޝަރީފް އޭ ބުނުމުން އެއީ ކޮން ކުއްޖެއް ކަން ނޭނގި ދާނެ އެވެ. އެކަމަކު އެ މޫނު ފެނުމާ އެކު އެއީ ކޮން ކުއްޖެއްކަން ނޭނގިދާނީ ވަރަށް މަދު މީހަކަށެވެ. އެއީ، މުޅި ރާއްޖެ...

September 19, 2016
ކަންފަތުގެ އިންފެކްޝަންތަކަށް އެންޓިބަޔޮޓިކް ޖެލްއެއް

ކުޑަކުދިންގެ ކަންފަތުގެ އިންފެކްޝަންތަކަށް ފަރުވާ ކުރުމަށް ބޭނުންކުރެވިދާނެ އެންޓިބަޔޮޓިކް ޖެލްއެއް އެމެރިކާގެ ރިސާޗަރުން އުފައްދައިފި އެވެ.

10 ސެޕްޓެމްބަރ

September 10, 2016
ތުއްތުއިރު އެންޓިބަޔޮޓިކް ދިނުމުން އެލާޖީގެ މައްސަލަ ބޮޑުވޭ

ތުއްތު އިރު އެންޓިބަޔޮޓިކް ދިނުމަކީ ކުދިން ބޮޑުވާއިރު ބައެއް ބާވަތްތަކުގެ އެލާޖީގެ މައްސަލަތައް ބޮޑުވުމަށް މެދުވެރިވާ ސަބަބަކަށް ވެދާނެ ކަމަށް އާ ދިރާސާއަކުން ހާމަވެއްޖެ އެވެ.

06 ސެޕްޓެމްބަރ

September 06, 2016 1
ދަރިފުޅަށް ކިއުނު ނަމާ މެދު ހިތްހަމަޖެހޭތަ؟

ތަފާތު، ރީތި ނަމެއް ދަރިފުޅަށް ކިޔުމަކީ ވަރަށް ގިނަ މީހުން އެދޭ ގޮތެވެ. އެކި ގޮތްގޮތުން ހޯދާ ނަން ދަރިފުޅަށް ދިނުމަށް ފަހު ދުވަސްކޮޅަކުން ހަމަ އެ ނަމުގެ ބައިވަރު ކުދިން ފެނިދާނެ އެވެ. އެކަމާ ހިތްހަމަ ނުޖެހެ އެވެ. އިނގިރޭސި ވިލާތުގައި ހޯދި ހިޔާލު ހޯދުމަކުން ދައްކަނީ ކޮންމެ ފަސް މީހަކުން އެކަކު އެމީހުންގެ ދަރިންނަށް ކިއުނު ނަމާ މެދު...

01 ސެޕްޓެމްބަރ

September 01, 2016 1
އޯޓިޒަމް ގާލާގައި ރާއްޖޭގެ ހަތް ކުދިން، ވޯޓު މުހިއްމު

ހޮންކޮންގުގެ އަނާނާ ޖަމިއްޔާ އިން ދުނިޔޭގެ އޯޓިޒަމް ކުދިންނަށް ހާއްސަކޮށްފައިވާ މުބާރާތެއްގައި ރާއްޖޭގެ ހަތް ކުއްޖަކު ބައިވެރިކޮށްފި އެވެ.

September 01, 2016
ތިން އަހަރުގެ ކުދިން ވެސް ސިފަޔާ މެދު ކަންބޮޑުވޭ

އުމުރުން އެންމެ ތިން އަހަރުގެ ކުދިން ވެސް އެ ކުދިންގެ ސިފަޔާ މެދު ކަންބޮޑުވެ ފިކުރުކުރާ ކަމަށް ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާއަކުން ބުނެފި އެވެ.

30 އޯގަސްޓް

August 30, 2016
ސިފަ ތަފާތަސް އީތާން ޖެހިލުމެއް ނުވޭ

އީތާން ޒެވީގް އަކީ އާދައިގެ ކުއްޖެއް ނޫނެވެ. އޭނާގެ މޫނުމަތީގައި ބޮޑު އައިބެއް އެބަހުއްޓެވެ. އެ އައިބުތަކުގެ ބޮޑުކަމުން، އުފަންވުމާ އެކު ވެސް ޑޮކްޓަރުން ވަރަށް ބޮޑު ފަސް ސާޖަރީއެއް ހެދި އެވެ. އޭނާގެ ވާތު ލޯ ސަލާމަތްކުރުމަށާއި ބެދިފައިވާ ނޭފަތް ހުޅުވުމަށެވެ.

29 އޯގަސްޓް

August 29, 2016
ދެ އަހަރު ނުވާ ކުދިންނަށް ހަކުރު ދީގެން ނުވާނެ

އުމުރުން ދެ އަހަރު ނުވާ ކުދިންނަށް، ހަކުރު އަޅާފައި ހުންނަ އެއްވެސް އެއްޗެއް ދީގެން ނުވާނެ ކަމަށް އެމެރިކަން ހާޓް އެސޯސިއޭޝަނުން ބުނެފި އެވެ. އެ އެސޯސިއޭޝަނުން ބުނީ އުމުރުން ދެ އަހަރާއި ދޮޅު އަހަރާ ދެމެދުގެ ކުދިންނަށް ދުވާލެއްގެ މައްޗަށް، ކާނާގައި ގުދުރަތީ ގޮތުން ހިމެނޭ ހަކުރުގެ އިތުރުން ހަ ސަމުސާ ހަކުރަށް ވުރެ ގިނައިން ދީގެން...

19 އޯގަސްޓް

August 19, 2016 12
މި ކުއްޖާގެ ވާހަކަ ކިޔައިދޭނެ ހިތްވަރެއް ނުލިބުނު

މިއީ އުމުރުން ފަސް އަހަރު އުމްރާން ދަގްނީޝް އެވެ. ލެޔާއި ހިރަފުހުން މޫނާއި ހަށިގަނޑު ފޮރުވިފައި އެ ވަނީ އެ ކުއްޖާގެ އެއްވެސް ކުށެއް އޮވެގެންނެއް ނޫނެވެ. އާއިލާއާ އެކު ގޭގައި ނިދަން އޮއްވައި ދިން ހަމަލާއަކުން ސަލާމަތްވުމުން އިށީނދެލައިގެން އެ އިނީ އެމްބިއުލާންސެއްގެ ގޮނޑިއެއްގަ އެވެ. ސީރިއާ ސަރުކާރާއި ހަނގުރާމަވެރި...

13 އޯގަސްޓް

August 13, 2016
ސީރިއާގައި އެއް ހަށިގަނޑުން ގުޅިފައިވާ ދެ ކުދިންނަށް ފަރުވާ ބޭނުންވެފައި

ދިމިޝްގު (އޮގަސްޓް 13) - ސީރިއާގެ ދާޚިލީ ހަނގުރާމަ ވަރުގަދަ އަށް ހިނގަމުންދާ ސަރަހައްދަކަށް އުފަންވި އެއް ހަށިގަނޑުން ގުޅިފައިވާ އެއް މާބަނޑު ދެ ކުދިންނަށް އަވަސް ފަރުވާ ބޭނުންވާ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.

12 އޯގަސްޓް

August 12, 2016
ދަރިންގެ މެދުގައި އޮންނަ ރުޅިވެރިކަން ހައްލުކުރާނީ ކިހިނެއް؟

ދަރިންނާ އެކު ވަގުތު ހޭދަކުރުމަކީ އުފާވެރި ކަމެކެވެ. އެކަމަކު ދަރިންގެ މެދުގައި އެއް ކުއްޖަކު އަނެއް ކުއްޖަކާ ދެމެދު ނަފުރަތާއި ހަސަދަވެރިކަން އުފެދި ގުޅިގެން އުޅެން އުނދަގޫވާ ނަމަ އެއީ މައިންބަފައިންނަށް ހިތްދަތި ތަޖުރިބާއަކަށް ވެ އެވެ. އަދި އާއިލާ އަށް އަލަށް އިތުރުވާ ދަރިފުޅު ދެކެ ދެން ތިބޭ ދަރިން ހިތްހަމަ ނުޖެހޭ ނަމަ، ބަލިވެ...

09 އޯގަސްޓް

August 09, 2016 1
ކުޑަކުދިން ސުލްހަކުރަން ވާހަކަ ދައްކާނެ ގޮތް

ކުޑަކުދިން ބެލެހެއްޓުމުގައި އެންމެ އުނދަގޫވާ އެއް ކަމަކީ އެ ކުދިންނާ ދެބަސްވާން ޖެހުމެވެ. މައިންބަފައިން ނުވަތަ ބެލެނިވެރިން ބުނާ ގޮތަކަށް އަމަލުކުރަން ކުދިން ދެކޮޅު ހަދައި ބޮޑާހޭކުމެވެ.

04 އޯގަސްޓް

August 04, 2016
ދަރިފުޅު ލަދުން އުޅޭނަމަ ސަބަބު ދެނެގަންނަން ޖެހޭ

މީހަކު ފެންނައިރަށް ދަރިފުޅު ފިލަން އުޅޭ ހެއްޔެވެ؟ ނުވަތަ މީހުންނާ ވާހަކަ ދައްކަން ދަރިފުޅު ލަދުގަނޭ ހެއްޔެވެ؟ މިފަދަ ދަރިން ގެންގުޅޭ މައިންބަފައިންނަށް ގިނަ ފަހަރަށް އެކުދިން މިހެން އުޅޭ ސަބަބެއް ނޭނގެ އެވެ. ގިނަ މީހުން ގަބޫލުކުރަނީ އެއީ އުފެދުމުގައި ވެސް ލަދުވެތި ސިފަ ހުންނަ ކުދިން ކަމަށެވެ. ބޮޑުވާވަރަކަށް އެ އާދަ ކެނޑިގެން...

30 ޖުލައި

July 30, 2016 9
މިއީ ހަތަރު އަހަރުގެ ކުއްޖެއް، މުސްކުޅިއެއް ނޫން

ހަތަރު އަހަރުގެ ކުޑަކުޑަ ބޭޒިދު ހުސެއިން ވައްތަރީ 80 އަހަރުގެ މުސްކުޅިއަކާ އެވެ. މިއީ ވަރަށް މަދުން ނޫނީ މީހުންނަށް ނުޖެހޭ ޒާތުގެ ބައްޔެއްގެ ޝިކާރައަކަށް ވުމުގެ ސަބަބުން މި ކުއްޖާއަށް ދިމާވެފައިވާ ކަމެކެވެ.

28 ޖުލައި

July 28, 2016 16
ރާޅުތަކުގެ ތެރޭގައި ބޮޑުވަމުން އަންނަ ވާދޫ ކުޑަކުދިން

ރާއްޖޭގެ ކޮންމެ ރަށެއް ވަށައިގެން ރީތި މޫދެއް އޮތް ނަމަވެސް، ދިވެހި ކުޑަކުދިން މޫދާ އެހާ ރައްޓެއްސެއް ނޫނެވެ. ކޮންމެ ހަފުތާ ބަންދެއްގައި މޫދަށް އެރި ސަކަރާތް ޖެހި ނަމަވެސް، މޫދުގައި ދައްކާލެވޭނެ ހުނަރުތަކަށް އެކުދިން ވަރަށް އަލެވެ. އެކަމަކު ގދ. ވާދޫން އަންނަނީ އެ ސަގާފަތް ބަދަލު ކޮށްލުމަށް މަސައްކަތް ކުރަމުންނެވެ.

21 ޖުލައި

July 21, 2016 17
"ވާނީ ޕްރޮގްރާމުގައި ރަނގަޅު ކަންތައްތައް ހިމެނޭ"

ގޭންގުތަކުގައި އުޅޭ ކުދިން އިސްލާހުކުރަން ދ. ވާނީގައި ހިންގަމުން އަންނަ ޕްރޮގްރާމުގައި ރަނގަޅު ކަންތައްތަކެއް ހިމެނިފައިވާކަން ފާހަގަކުރެވޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން...

July 21, 2016 2
ކުޑައިރުގެ ހަނދާންތައް ނުހުންނަނީ ކީއްވެ؟

އުމުރުން ތިން އަހަރު ނުވަތަ ހަތަރު އަހަރުގައި ވެފައި ހުންނަ ކަންތައްތަކުގެ ހަނދާން ނުހުންނަ މީހުން ވަރަށް ގިނަވާނެ އެވެ. އަދި އުމުރުން ހަތް އަހަރާ ހިސާބަށް ދާއިރު ވެފައި ހުންނަ...

19 ޖުލައި

July 19, 2016 1
ކުޑަކުދިން އަވަހަށް ނިންދެވުމުގެ ފައިދާ އެހެން ގޮތަކަށް

ޕްރީސްކޫލްގައި އުޅޭ އުމުރުގެ ކުދިން އަވަހަށް ނިދަން ފޮނުވުމަކީ އެ ކުދިންގެ ކިޔެވުމަށް ފައިދާކުރާ ކަމެއްގެ ގޮތުގައި މީގެ ކުރީގެ ބައެއް ދިރާސާތަކުން ހާމަވެފައިވެ އެވެ. މިފަހަރު މިއީ އެހެން ފައިދާއެއްގެ ވާހަކަ އެވެ.

12 ޖުލައި

July 12, 2016
ނިޔަފަތި ކައި، އިނގިލިބޯ ކުދިން އެލާޖީތަކާ ދުރު

ކުޑަކުދިން އިނގިލި ބުއިމާއި ނިޔަފަތި ކެއުން ފަދަ ކަންކަން ކުރުމަކީ މައިންބަފައިން ކަންބޮޑުވާ ކަމެކެވެ. އެކަމަކު ފަހުގެ ދިރާސާއަކުން ދައްކަނީ މިފަދަ އާދަތައް ހުންނަ ކުދިން އެކި ފާޑުގެ އާންމު އެލާޖީތަކާ ދުރު ކަމަށެވެ.