11 ނޮވެމްބަރ

November 11, 2019 15
ސާބިތުނުވި ޖިންސީ ގޯނާގެ ބޮޑު މައްސަލަ އަލުން ބަލަނީ

ކޯޓުގައި އޮންނަތާ އެތައް އަހަރެއް ފަހުން، ސާބިތުނުވާ ކަމަށް ހުކުމް ކުރި، ކުޑަކުދިންތަކަކަށް ޖިންސީގޯނާކުރި މައްސަލަ އަލުން ބެލުމަށް ފުލުހުން އެ ރަށަށް ހިނގައްޖެ އެވެ.

28 އޮކްޓޯބަރ

October 28, 2019 18
އިރުފާންގެ މައްސަލަ: އިމިގްރޭޝަނާއި ފުލުހުން ކޮބާ؟

އިރުފާން ރުޝްދީގެ މައްޗަށް ކުރެވޭ ތުހުމަތު ނުރައްކަލެވެ. އެކަމަކު އުމުރުން 25 އަހަރުގެ މި ޒުވާނާ ނުފެނި، އަތުލެނުލެވި އުޅޭތާ އަހަރުތަކެއް ވެ، އޭނާ ވީ ތަނަކާ މެދު ކަމާ ބެހޭ އިދާރާތަކުގައި ވެސް އޮތީ ސުވާލު މާކެއް ޖެހިފަ އެވެ. އެންމެ ފަހުން އޭނާ ފެނުނީ، އިންޖީނު ހުއްޓިގެން އޮޔާ ދަނިކޮށް ސަލާމަތްކުރި ލޯންޗެއްގެ ތެރެއިންނެވެ.

25 އޮކްޓޯބަރ

October 25, 2019 11
އިމިގްރޭޝަނުން ބުނަނީ އިރުފާން ރާއްޖެ ނާންނަ ކަމަށް

މީގެ ތިން އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގައި މަރައިލި އުމުރުން 14 އަހަރުގެ ދެ ކުދިންގެ ތެރެއިން ފާތިރު މުހައްމަދުގެ މައްސަލައިގައި ހޯދަން ރޭ އިއުލާން ކުރި އިރުފާން ރުޝްދީ، އެ މާރާމާރީގެ އެއް އަހަރު ކުރިން ރާއްޖެ އިން ބޭރަށް ދިޔަ ގޮތަށް ނާންނަ ކަމަށް އިމިގްރޭޝަނުން އެންގި ނަމަވެސް އެ މާރާމާރީ ހިންގި ތަނުން އޭގެ ފަހުން...

23 އޮކްޓޯބަރ

October 23, 2019 4
މި ދެމަފިރިން 22 ވަނަ ދަރިފުޅަށް މަރުހަބާ ކިޔަނީ

ބައެއް ގައުމުތަކުގައި ގިނަ ދަރިން ހޯދުން އޮންނަނީ ލަދުވެތި ކަމަކަށްވެފަ އެވެ. ވަކިން ހާއްސަކޮށް، ޔޫރަޕްގެ ގައުމުތަކުގައި މި ވިސްނުން މާ ބޮޑެވެ.

21 އޮކްޓޯބަރ

October 21, 2019 4
ޖިންސީ ގޯނާގެ މައްސަލަތަކުގެ އިންކުއަރީއެއް

ދައުލަތުގެ މުއައްސަސާތަކަށް މިދިޔަ 15 އަހަރުގެ ތެރޭގައި ހުށަހަޅާފައިވާ ޖިންސީ ގޯނާގެ މައްސަލަތަކުގެ އިންކުއަރީއެއް ކުރިއަށް ގެންދަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް...

October 21, 2019 2
"ކަންފަސޭހަ ނޫޑްލްސް" އިން ކުޑަކުދިން ނުރައްކަލުގައި

އަވަހަށް ތައްޔާރުކޮށްލެވޭ، ޒަމާނީ އަދި އަގު ހެޔޮ ކާނާއެއްގެ ގޮތުގައި މަޝްހޫރު އެކަމަކު އެންމެ އަސާސީ ނިއުޓްރިޝަން ވެސް މަދުން ހުންނަ ނޫޑްލްސްގެ ސަބަބުން އޭޝިއާގެ އެތައް މިލިއަން...

20 އޮކްޓޯބަރ

October 20, 2019 14
ކުއްޖެއްގެ ފުއްޕާމެއިން "ލެގޯ ބްރިކް" އެއް ނަގައިފި

އައިޖީއެމްއެޗްގައި ކުރި އޮޕަރޭޝަނެއްގައި، ކުޑަކުއްޖެއްގެ ފުއްޕާމެއިން ލެގޯ ބްރިކެއް މިއަދު ނަގައިފި އެވެ.

16 އޮކްޓޯބަރ

October 16, 2019 2
ފެންގަނޑަށް ވެއްޓުނު ކުއްޖާ އިންޑިއާ އަށް ގެންގޮސްފި

ލ. ގަމުގައި މަސް ފެންގަނޑަށް ވެއްޓި، ސީރިއަސް ހާލަތެއްގައި އޮތް ކުއްޖާ އަށް އިތުރު ފަރުވާ ދޭން އިންޑިއާ އަށް މިއަދު ގެންގޮސްފި އެވެ.

October 16, 2019 20
އާންމުންގެ ބަހުސެއް: އެލަވަންސް ހޯދަން ވަރިވާންވީތަ؟

"ދެން ވަޒީފާއަށް ދާނެ ކަމެއް ނެތް. ކައިވެނި ރޫޅާލާފައި ގޭގައި ތިބެންވީ. އެލަވަންސް ލިބޭނު."

14 އޮކްޓޯބަރ

October 14, 2019 13
ކުޑަކުދިންގެ ނަފްސާނީ ބަލި، ބޮޑުވަމުންދާ މައްސަލައެއް!

ފާތުމަތު ޝަފީގާގެ އުމުރުން ހަ އަހަރުގެ ދަރިފުޅުގެ ފަރާތުން އާދަޔާހިލާފު ކަމެއް ފާހަގަވާން ފެށީ ސްކޫލަށް ގެންދަން ފެށުމާ އެކުގަ އެވެ. ގޭގައި އުޅޭއިރު، ވަރަށް ސިޔާސަވެފައި މަޖަލެވެ. އެކަމަކު ސްކޫލުގައި އިންނައިރު ކުރަހާ ކުރެހުންތަކުން އޭނާއަށް ފެނުނީ އެހެން މަންޒަރެކެވެ. ކުރަހާފައި ހުންނަނީ އަބަދުވެސް ދެރަވެފައި ނުވަތަ ރޯން...

07 އޮކްޓޯބަރ

October 07, 2019 22
ތުއްތު ކުދިން މަރުވުން ހަމަ އިތުރުވީތަ؟

މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ހަމައެކަނި މާލޭގައި 16 ތުއްތު ކުދިން މަރުވުމަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ކަމެކެވެ. އެންމެން ވެސް ކަންބޮޑުވުން ފާޅުކުރީ، ރާއްޖެއަކީ އުފަންވާ ތަނުން ނުވަތަ ވަރަށް ޅަ އުމުރުގައި ތުއްތު ކުދިން މަރުވާ ނިސްބަތް މި ސަރަހައްދުން ވެސް އެންމެ ދަށް ގައުމު ކަމަށް ވެފައި، އެ އަދަދު އިތުރުވީތޯ ސުވާލު...

03 އޮކްޓޯބަރ

October 03, 2019 56
ދެ މަސް ތެރޭގައި 16 ތުއްތު ކުދިން މަރުވެއްޖެ!

ވޭތުވެ ދިޔަ ދެ މަހުގެ ތެރޭގައި އެކި ސަބަބުތަކާ ގުޅިގެން 16 ތުއްތު ކުއްޖަކު މާލޭގައި މަރުވެއްޖެ އެވެ.

24 ސެޕްޓެމްބަރ

September 24, 2019 11
ލީޑަރުންނަށް ދަރިވަރެއްގެ ހޫނު ހަމަލާތަކެއް

އެމެރިކާގެ ނިއު ޔޯކުގައި އިއްޔެ ފެށި އދ. ގެ "ގްލޯބަލް ކްލައިމެޓް ސަމިޓް" ގައި ދުނިޔޭގެ ލީޑަރުންނަށް އަމާޒުކޮށް ދަރިވަރަކު ދެއްކި ވާހަކަތަކަށް ބޮޑު ސަމާލުކަމެއް ލިބިއްޖެ އެވެ.

September 24, 2019
ފެންގަނޑަށް ވެއްޓުނު ކުއްޖާ އަދިވެސް ހެއެއް ނާރާ

ލ. ގަމުގެ ގެއެއްގައި ހުރި މަސްފެންގަނޑަކަށް ވެއްޓިފައި އޮތް ތުއްތު ކުއްޖާ އަދިވެސް އޮތީ ނާޒުކު ހާލަތެއްގައި ކަމަށް އައިޖީއެމްއެޗުން އިއްޔެ ބުނެފި އެވެ.

18 ސެޕްޓެމްބަރ

September 18, 2019
ފުލުހުންނަށް އެހީވީ ލެމަނޭޑް ވިއްކައިގެން

އެމެރިކާގެ ޖާމަންޓައުންގެ ޕޮލިސް ޑިޕާޓްމަންޓްގެ ކޭ9 ޔުނިޓަކީ އާންމުންގެ އެހީއާ އެކު ހިންގާ ޔުނިޓެކެވެ. އެތަނުގައި މަސައްކަތްކުރާ ފުލުހުން ރައްޔިތުންގެ ހިމާޔަތުގައި މަސައްކަތްކުރަނީ ރައްޔިތުން ދޭ ދީލަތި އެހިގައި ހޯދާ ވަސީލަތްތަކުންނެވެ. އަދި މިކަމުގެ ސަބަބުން ފުލުހުންނާއި އާންމު ރައްޔިތުންނާ އޮންނަ ގުޅުން ވެސް ވަރަށް...

17 ސެޕްޓެމްބަރ

September 17, 2019 3
ފެންގަނޑަށް ވެއްޓުނު ކުއްޖާގެ ހާލު އަދިވެސް ސީރިއަސް

ލ. ގަމުގައި ހުރި ގެއެއްގެ މަސްފެންގަނޑަކަށް ވެއްޓި ހާލު ދެރަވި ކުޑަ ކުއްޖާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން މިއަދު ބުނެފި އެވެ.

15 ސެޕްޓެމްބަރ

September 15, 2019 3
މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ އައިސީޔޫގައި

ލ. ގަމުގެ ގެއެއްގައި އޮތް މަސް ފެންގަނޑަކަށް އިއްޔެ ވެއްޓި ހާލު ސީރިއަސްވި ދެ އަހަރުގެ ފިރިހެން ކުއްޖާ މާލެ ގެނެސް، އައިޖީއެމްއެޗް އައިސީޔޫގައި ބާއްވައިގެން ރޭ ފަރުވާދޭން ފަށައިފި އެވެ.

09 ސެޕްޓެމްބަރ

September 09, 2019 24
ދަންވަރު މަގުމަތީ ހުރި ކުއްޖަކު އާއިލާއާ ހަވާލުކޮށްފި

ދަންވަރު މަގުމަތީގައި ރޯން ހުރި ކުޑަ ކުއްޖަކު ފުލުހުންގެ ހިމާޔަތަށް ގެންގޮސް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

28 އޯގަސްޓް

August 28, 2019 1
ކުޑަކުދިންގެ އަދުލުގެ ނިޒާމް ބޮޑު ބަދަލަކާ ދިމާލަށް!

ކުށްކުރާ ކުޑަކުދިންގެ މައްސަލަތައް ކުރިންސުރެ ބަލަމުން ދިޔައީ ބޮޑެތި މީހުންނާ ވަކިން އަދި އަދުލުގެ ތަފާތު ނިޒާމެއްގެ ތެރެއިންނެވެ. ކުށްކުރާ ކުޑަކުދިންނަށް ދައުވާ ކުރުމުގެ ބަދަލުގައި ވީހާ ވެސް ބޮޑަށް އިސްލާހީ ޕްރޮގްރާމްތަކުގައި ބައިވެރިކުރުވައިގެން މުޖްތަމައަށް އަނބުރާ ގެނައުމާއި ދައުވާ ކޮށްގެން ކުށް ސާބިތުވިޔަސް، ބޮޑެތި...

27 އޯގަސްޓް

August 27, 2019 4
ހިތުގެ ބަލިތަކަށް އާސަންދަ ލިބޭގޮތް ހަމަޖައްސާނަން

ހިތުގެ ބަލި ހުންނަ ކުދިންނަށް އާސަންދަ އާއި އެންސްޕާގެ ދަށުން ފަރުވާ ލިބޭނެ ނިޒާމެއް ހަމަޖައްސަން މަސައްކަތްކުރައްވަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

26 އޯގަސްޓް

August 26, 2019 2
ނާސްތާ ތައްޔާރުކުރާނެ ގޮތް ބެލެނިވެރިންނަށް ކިޔައިދެނީ

ރާއްޖޭގެ ސްކޫލްތަކުގައި ހެނދުނުގެ ނާސްތާ ދިނުމަކީ ދަރިވަރުންގެ ނާސްތާއާ ގުޅޭ ގޮތުން ކުރަން ޖެހުނު ފިކުރުތަކަށް ނިމުމެއް އައިކަމެކޭ ބުނެވިދާނެ އެވެ. މި ބާވަތުގެ ކަމެއް ޔޫއޭއީގައި ވެސް މިހާރު ވަނީ ފަށައިފަ އެވެ.

25 އޯގަސްޓް

August 25, 2019
މިދިޔަ މަހު 105 މައްސަލަ ޖެންޑާ އަށް ހުށަހެޅި

ކުޑަކުދިންނާ ގުޅޭ އެކި ބާވަތުގެ 105 މައްސަލައެއް މިދިޔަ މަހު ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅި ކަމަށް އެތަނުން މިއަދު ބުނެފި އެވެ.

August 25, 2019 1
ތާޒާ ޖޫހުން ކުޑަކުދިންގެ ކެއުން ރަނގަޅުކޮށްދޭ

ކުޑަކުދިންނަށް ތާޒާ ޖޫސް ގިނައިން ދިނުމުން ކުދިން ރަނގަޅަށް ކެއުމާއި ރަނގަޅު ކާނާ ކެއުމަށް މަގު ފަހިވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

24 އޯގަސްޓް

August 24, 2019 26
22 ކުއްޖަކަށް އަނިޔާކުރި، އެޗްއާރުސީއެމުން ނުބެލި!

ދައުލަތުން ބަލަހައްޓަމުން ދިޔަ ކުދިންތަކެއް ބަރަހަނާކޮށްގެންނާއި އެ ނޫން ގޮތްގޮތަށް އަނިޔާކުރި މައްސަލަތަކެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހެޅުމުން ވެސް ނުބަލަން ނިންމި ކަން އެންޓި ޓޯޗާ ރިޕޯޓުން ހާމަވެއްޖެ އެވެ.