17 ޖޫން

June 17, 2020 3
ފޯނުގެ ވިޔަފާރީގައި ވާވޭ އިން ސެމްސަންގް ވައްޓާލައިފި

ސްމާޓް ފޯނުގެ ވިޔަފާރީގެ ރޭހުގައި ފުރަތަމަ ފަހަރަށް ދެކުނު ކޮރެއާގެ ސެމްސަންގް ފަހަތަށް ޖައްސާލައި، ޗައިނާގެ ވާވޭ ކުރި ހޯދައިފި އެވެ.

03 މެއި

May 03, 2020
ވާވޭގެ ހައިސިލިކަން ކުއަލްކޮމް އަށް ވުރެ ކުރި އަށް

މޮބައިލް ޑިވައިސްތައް އުފައްދަން ބޭނުންވާ ޗިޕްތައް ކިތަންމެ ކުންފުންޏަކުން އުފައްދަ އެވެ. ނަމަވެސް، ލިސްޓް ތަރުތީބުކޮށްލާއިރު ކުރީގައި އުޅެނީ ކުއަލްކޮމް، ސެމްސަންގް އަދި ހައިސިލިކަން އެވެ. ކުއަލްކޮމް އަކީ އެމެރިކާ ކުންފުންޏެކެވެ. ސެމްސަންގް ނިސްބަތް ވަނީ ސައުތު ކޮރެއާ އަށެވެ. ހައިސިލިކަން ހުންނަނީ ޗައިނާގަ އެވެ. އެއީ ވާވޭގެ...

29 އެޕްރީލް

April 29, 2020 1
ޝޯމީން ފޯނެއް ފަތްޖެހޭތޯ މަސައްކަތްކުރަނީ

ސެމްސަންގް ގެލަކްސީ ޒީ ފްލިޕް ކަހަލަ، ފަތްޖެހި ފޯނެއް އުފައްދަން ޝޯމީން ޝައުގުވެރިވެ އެވެ. މި މަސައްކަތުގައި ޝޯމީ އަށް ފަސޭހަކޮށްދޭން ސެމްސަންގް ތައްޔާރު ކަމަށް ވެ އެވެ. އިންޓަނެޓް ޚަބަރުތައް ބުނާ ގޮތުގައި، ގެލަކްސީ ޒީ ފްލިޕްގައި ބޭނުންކުރާ އޯލެޑް ޑިސްޕްލޭ ޓެކްނޮލޮޖީ، ޝޯމީ އަށް ސެމްސަންގުން ފޯރުކޮށްދޭނެ އެވެ.

28 ފެބުރުއަރީ

February 28, 2020
ވައިރަހާ ހެދި ސެމްސަންގް ފަތްޖެހި ފޯނު ފެކްޓަރީ ބަންދު

ސެމްސަންގުން ސައުތު ކޮރެއާގައި ހިންގާ ބައެއް ފެކްޓަރީތައް ބަންދުކުރަން ޖެހިއްޖެ އެވެ. މިއީ އެ ގައުމުގައި ކޮވިޑް-19 ފެތުރެމުން ދާތީ ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

03 ޖެނުއަރީ

January 03, 2020
އެޕަލް އިން އައިފޯނުތަކަށް އޯލެޑް ރިޒާވްކުރަނީ

އައިފޯނަށް ބައިތައް ހޯދުމުގައި އެޕަލް އިން ފަރުވާތެރިވާ މިންވަރު މިހިރީ އެވެ. ކުރިއަށް އޮތް 2021 ގައި ނެރޭ އައިފޯނުތަކަށް ބޭނުން ޖެހޭނެ ކަމަށް ބަލައި، އަދި އެއްވެސް ކުންފުންޏަކަށް ދޭ އޯޑަރު ނުނިމިދާނެ ކަމަށް ބަލައި، އޯލެޑް ޑިސްޕްލޭ އުފެއްދުމަށް، ޗައިނާގެ ބީއޯއީ ޓެކްނޮލޮޖީޒްގެ ކިބައިން އެހީތެރިކަން ހޯދަން ވިސްނާ ކަމަށް އެބަ ބުނެވެ...

15 ޑިސެމްބަރ

December 15, 2019 7
ވާވޭ ސެމްސަންގާ އަރާ ހަމަކުރަނީ

ވާވޭ އިން ސެމްސަންގް ފަހަތަށް ޖައްސާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ސްމާޓްފޯން މާކެޓްގެ ރަސްކަން ހޯދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ. މި އަހަރުގެ މި ހިސާބަށް އައިއިރު، ތަފާސްހިސާބުތަކުން ފެންނަނީ އެއީ ވާވޭ އަށް ކުރެވިދާނެ ކަމެއްގެ ގޮތުގަ އެވެ. އެކަން ކުރެވޭހައި ގާބިލުކަން ކުންފުނީގައި އެބަ ހުރިކަން ވާވޭ ސާބިތުކޮށްދީފި އެވެ.

18 ޖުލައި

July 18, 2019
ޚިދުމަތް ދޭނެ ބަޔަކު ނެތަސް، 5ޖީ ފޯނުތައް ވިކޭ

އާންމު ހީވުމާ ޚިލާފަށް، 5ޖީ ފޯނުތައް ވިކޭ އަދަދު އިތުރުވަމުން އަންނަ ކަމަށް "ކައުޓާޕޮއިންޓް"ން ބުނެފި އެވެ. ސްމާޓްފޯން މާކެޓް ދިރާސާކުރާ ފާމެއް ކަމަށްވާ "ކައުންޓާޕޮއިންޓް" ބުނި ގޮތުގައި، މި އަހަރުގެ ނިޔަލަށް 22 މިލިއަން 5ޖީ ފޯނު ގައުމުތަކުގައި ވިކޭނެ އެވެ.

11 ޖުލައި

July 11, 2019
ޗައިނާގައި ހުރި ސެމްސަންގް ފެކްޓަރީތައް ބަންދުކުރަނީ

ޗައިނާގައި ހުރި ސެމްސަންގް ފެކްޓަރީތައް ބަންދުކުރުމަކުން، ސެމްސަންގް ފޯނުތައް ބޭނުންކުރާ މީހުންނަށް ވާނެ އެއްވެސް ގެއްލުމެއް ނެތެވެ. ފަހަރެއްގައި ވުން ގާތީ ފައިދާ އެވެ.

05 ޖުލައި

July 05, 2019
5ޖީ ނެޓްވޯކް ފުރިހަމަކުރަން އަދި ވަގުތު ނަގާނެ

ދުނިޔެ އަށް 5ޖީ ތައާރުފުކުރަން ގައުމުތަކުން ބުރަ މަސައްކަތްތަކެއް އެބަ ކުރެ އެވެ. ނަމަވެސް، މި ކަމަށް އަދިވެސް އަހަރުތަކެއް ނަގާނެ އެވެ. އޮޕަރޭޓަރުންގެ ބުރަ މަސައްކަތްތަކާ އެކު ވެސް، މުޅި އާބާދީ އަށް ޚިދުމަތް ތަނަވަސްވުމަށް މުއްދަތެއް އަންދާޒާކުރުމަކީ ވެސް މި ވަގުތަށް އުނދަގޫ ކަމެކެވެ.

15 މެއި

May 15, 2019 1
ވަންޕްލަސް ފޯނުތައް އަގުހެޔޮކޮށް ދެން ނުވިއްކޭނެ

ވަންޕްލަސް މަޝްހޫރުވެފައި ވަނީ ނުބައްދަލު ހެޔޮ އަގުގައި މޮޅު ފޯނުތަކެއް ވިއްކާ ކުންފުންޏެއް ގޮތުގަ އެވެ. މިއީ ވަންޕްލަސް ވަރަށް މަޚުރުވެރި ވެސް ވާ ކަމެކެވެ. އޮފިޝަލުންގެ ވާހަކަތަކުން މިކަން ފާޅު ވެސް ވެ އެވެ. ނަމަވެސް، ވަންޕްލަސް 7 އާ ހަމަ އަށް އައިއިރު، މިހާރު ދެން ފޯނުތައް ހެޔޮ އަގުގައި ވިއްކޭނެ ގޮތެއް އެ މީހުންނަކަށް ނެތެވެ....

15 އެޕްރީލް

April 15, 2019
އެޕަލް އައިފޯނަށް ވާވޭ 5ޖީ މޯޑެމްތައް!

އެޕަލްގެ 5ޖީ އައިފޯނުތަކުގައި، ވާވޭ 5ޖީ މޯޑެމް ބޭނުންކޮށްފާނެ ކަމަށް އެބަ ބުނެ އެވެ. އެހެން ވެއްޖެ ނަމަ ވާނީ ސިފަކުރަން ވެސް ދަތި މަންޒަރަކަށެވެ. އަދި މިއީ އެމެރިކާ ސަރުކާރު ދެކޮޅުހަދާނެ ކަމެއް ކަމަށް ވެސް ބެލެވެ އެވެ. ނަމަވެސް، 5ޖީ ރޭހުގައި ފަހަތަށް ޖެހެމުން ދިޔަ ވަރަކަށް އެޕަލް އަށް އެ ދެވެނީ ގޮތްހުސްވުމާ ކައިރިއަށެވެ.

26 ފެބުރުއަރީ

February 26, 2019 2
އާ ކަމެއް ނެތުމުން، ސްމާޓްފޯނު ވިޔަފާރި ދަށްވަނީ

މަޝްހޫރު ކުންފުނިތަކުން ކޮންމެ އަހަރަކު ވެސް ބާރުގަދަ ފޯނުތަކެއް މާކެޓަށް ނެރެ އެވެ. އެކަމަކު، މިހާރަކަށް އައިސް އިވެނީ، ކުންފުނިތަކުން ބޭނުންވާ އަދަދަށް ފޯނުތައް ނުވިކެޔޭ ބުނާ އަޑެވެ. ސަބަބެއް ނޭނގެ އެވެ. އެނގުނަސް، އާންމުކުރާކަށް ބޭނުމެއް ނުވެ އެވެ.

30 ޖެނުއަރީ

January 30, 2019 7
ޗައިނާ ނޫން ގައުމެއްގައި ހެދި ސްމާޓްފޯނެއް އެނގޭތަ؟

ޗައިނާ ނޫން ގައުމުތަކުގައި ވެސް ސްމާޓްފޯން އުފައްދަ އެވެ. ޗައިނާ ނޫން ގައުމެއްގައި އުފެއްދި ސްމާޓްފޯނެއް ގަންނަން ބޭނުން ނަމަ އެއީ ވާނެ ކަމެއްކަން ކަށަވަރެވެ. އެކަމަކު، ޗައިނާ ނޫން ގައުމެއްގައި އުފެއްދި ސްމާޓްފޯނެއް ހޯދަން ކުރަންޖެހޭ މަސައްކަތް އިތުރުވެދާނެ އެވެ.

17 ޖުލައި

July 17, 2018 2
އެޕަލް އަށް އިންޑިއާ ވަރަށް ބީރައްޓެހި

ޗައިނާ މާކެޓް އެޕަލް އަށް ފަހިވެފައި އޮތްއިރު، އެ ދުވަސް ގެއްލިދާނެ ކަމަކަށް އެޕަލް ހިއެއްނުކުރެ އެވެ. ނަމަވެސް، ވާވޭ، އޮޕޯ އަދި ޝޯމީ ފަދަ ޗައިނާ އަށް އުފަން ސްމާޓްފޯން ކުންފުނިތަކުން މާކެޓަށް ވަދެގަނެ ވަނީ އެޕަލް މަތަކޮށްފަ އެވެ.

18 މެއި

May 18, 2018
ސެމްސަންގް ޗިޕްތައް ޒެޑްޓީއީ އަށް ފޯރުކޮށްދެނީ

ޒެޑްޓީއީ އަށް ކުއަލްކޮމް ޗިޕްތައް ގަނެވޭނެ ގޮތެއް މިވަގުތަކު އަދި ނެތެވެ. އެމެރިކާއިން ވަނީ އެ ކުންފުންޏަށް ދަތިކުރަން ފިޔަވަޅުއަޅައިފަ އެވެ. ނަމަވެސް، ޒެޑްޓީއީ ސްމާޓްފޯންތަކަށް ބިރެއް ނެތްކަން ކަށަވަރުވަނީ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި، ޒެޑްޓީއީ އަށް އެގްޒިނޮސް ޗިޕްތައް ވިއްކުމަށްޓަކައި ސެމްސަންގް އަންނަނީ...

17 މާޗް

March 17, 2017 8
އެންމެ މޮޅު ޗައިނާ ފޯނަކީ ކޮބާ؟

ސްމާޓްފޯން މާކެޓްގައި ޗައިނާ ކުންފުނިތަކުގެ ހައިސިއްޔަތު ހާމަކަން ބޮޑެވެ. އެޕަލް އަދި ސެމްސަންގަށް އެ އަށް ވުރެ ބޮޑު އުނދަގުލެއް ނެތެވެ. އެއްއިރެއްގައި އެޕަލް ޗައިނާގައި ރަސްކަންކުރި ނަމަވެސް މިހާރު އެ ބާރެއް ނެތެވެ. ސެމްސަންގް ވެސް އުޅެނީ ދެން ހަދާނެ ގޮތެއް ނޭނގިގެންނެވެ.

01 ޑިސެމްބަރ

December 01, 2016
އިންޑިއާގައި އެޕަލް ގަދަކޮށްފި

ވިޔަފާރި އަށް އަންނަ ބަދަލުތަކުގައި ބާރުގަަދަ ކުންފުނިތައް ވެސް އޮޔާ ދެ އެވެ. ޗައިނާ ސްމާޓްފޯން މާކެޓް އެޕަލް އަށް ފަހިވެފައި އޮތް އޮތުން ނިމުމަކަށް އަތުވެދާނެ ކަމަށް ބެލެވެން ފެށީއްސުރެ، އެޕަލުން ވަނީ ބައްރުތަކަށް ކަޅިއަޅަށް ފަށާފަ އެވެ. އެ ގޮތުގައި އެޕަލް އަށް އެންމެ ބޮޑު ފައިދާއެއް ހެދިދާނެ ކަމަށް ބެލެވުނީ އިންޑިއާ އަދި ސައުތު...