08 އޯގަސްޓް

August 08, 2020 2
ޓިކްޓޮކާއި ވީ ޗެޓާ ދެކޮޅަށް ޓްރަމްޕުގެ އަމުރެއް

ޗައިނާގެ ބައިޓްޑާންސުން ހިންގާ ޓިކްޓޮކް ގަންނަން އެމެރިކާގެ މައިކްރޮސޮފްޓުން ކުރަމުން އަންނަ މުއާމަލާތް ކޮޅެއްގައި ޖައްސަން 45 ދުވަހުގެ މުހުލަތެއް ދެއްވުމަށް ފަހު، ޓިކްޓޮކާއި ވީ ޗެޓާ އެކު ވިޔަފާރީގެ މުއާމަލާތްތައް ނުހިންގަން އަންގާ އަމުރެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ސޮއިކުރައްވައިފި އެވެ.

06 އޯގަސްޓް

August 06, 2020
ޓިކްޓޮކަށް ޓްރަމްޕްގެ ސުންގަޑިއެއް

ޗައިނާގެ ބައިޓްޑާންސުން އޮޕަރޭޓްކުރާ ޓިކްޓިކް ގަންނަން މައިކްރޮސޮފްޓުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ލަފާގެ މަތިން މިހާރު މަޝްވަރާކުރަމުން އަންނަ އިރު، އެކަމަށް ޓްރަމްޕް ސުންގަޑިއެއް ދެއްވައިފި އެވެ.

04 އޯގަސްޓް

August 04, 2020 4
މައިކްރޮސޮފްޓުން ޓިކްޓޮކް ގަންނަނީ

މައިކްރޮސޮފްޓާއި ބައިޓްޑާންސުން ކުރަމުން އަންނަ މަޝްވަރާތައް އަންނަ މަހުގެ 15 އާ ހަމައަށް ކުރިއަށް ދާނެ

02 އޯގަސްޓް

August 02, 2020 3
އެމެރިކާގައި ޓިކްޓޮކް މަނާކުރާނަން: ޓްރަމްޕް

ޗައިނާގެ ޓިކްޓޮކް އެމެރިކާގައި މަނާކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

12 ޖުލައި

July 12, 2020
ޓިކްޓޮކް ހުއްޓާލަން އެމެޒޯން އިން އެންގީ "އޮޅުމަކުން"

އެމެރިކާ އިން ޗައިނާގެ ޓިކްޓިކް މަނާކޮށްފާނެކަމުގެ އިޝާރާތެއް ދީފައި ވަނިކޮށް، އެ ގައުމުގެ މަޝްހޫރު އޮންލައިން ވިޔަފާރި ކުންފުނި އެމެޒޯންގް މުވައްޒަފުން ޓިކްޓޮކް ބޭނުންކުރުން ހުއްޓައިލަން އަންގައި ފޮނުވި އިންޓާނަލް މެމޯއަކާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

08 ޖުލައި

July 08, 2020 2
ޓިކްޓޮކް ހޮންކޮންގު ދޫކޮށް ދަނީ

ޗައިނާގެ މަޝްހޫރު އެޕް ޓިކްޓޮކް ހޮންކޮންގްގައި އޮޕަރޭޓްކުރަން ހުއްޓާލަން ނިންމައިފި އެވެ.

05 ޖުލައި

July 05, 2020 1
އިންޑިއާގައި ޓިކްޓޮކް މަނާކުރުމުން ގެއްލުން ބިލިއަނުން

އިންޑިއާގައި ޓިކްޓޮކް މަނާކުރުމުގެ ސަބަބުން، އެ އެޕްގެ ވިޔަފާރިން ހަ ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

04 ޖުލައި

July 04, 2020 4
ޓިކްޓޮކް އިންޑިއާއާ އެކު މަޝްވަރާގައި

ޓިކްޓޮކްގެ ބޮޑު މާކެޓެއް އޮތް އިންޑިއާގައި އެ އެޕް މަނާކުރުމާ ގުޅިގެން މި މައްސަލަ އަށް ހައްލެއް ލިބޭތޯ އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް، ޓިކްޓޮކް ހިންގާ ކުންފުނި ބައިޓްޑާންސުން ބުނެފި އެވެ.

29 ޖޫން

June 29, 2020 17
އިންޑިއާގައި ޓިކްޓޮކް މަނާކޮށްފި

އިންޑިއާ އާއި ޗައިނާއާ ދެމެދު ހޫނުވަމުންދާ ސިޔާސީ ކޯޅުންތަކާ ގުޅިގެން ޗައިނާގެ އުފެއްދުންތައް ބޮއިކޮޓްކުރަން ގޮވާލައި ކެމްޕޭންތަކެއް ވެސް ކުރަމުން ދަނިކޮށް އިންޑިއާގައި މަގުބޫލު ޓިކްޓޮކާ އެކު ޗައިނާގެ 59 އެޕެއް އިންޑިއާއިން މަނާކޮށްފި އެވެ.

24 ޖޫން

June 24, 2020 1
ކެއުމުގެ ނުރަނގަޅު އާދަ ޓިކްޓޮކުން ޕްރޮމޯޓްކުރޭ

ޗައިނާގެ މަޝްހޫރު އެޕް ޓިކްޓޮކްގައި ހުންނަ ވީޑިއޯތަކުން، ކެއުމުގެ ނުރަނގަޅު އާދަތަކަށް ހިތްވަރުދޭ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ސޯޝަލް މީޑިއާގެ ކޮންޓެންޓްތައް ދިރާސާކުރާ ކެމްޕޭން ގްރޫޕަކުން ބުނެފި އެވެ.

21 ޖޫން

June 21, 2020
ޓިކްޓޮކުން "ކިޔަވައިދޭން" އަމާޒު ހިފައިފި

ޗައިނާގެ ޓިކްޓޮކް މިހާތަނަށް މަޝްހޫރުވެފައި އޮތީ ހަމައެކަނި މުނިފޫހިފިލުވަން ގެންގުޅޭ ފްލެޓްފޯމެއްގެ ގޮތުގަ އެވެ. ނަމަވެސް ޓިކްޓޮކްގެ ސީއީއޯގެ މަގާމާ އެމެރިކާގެ މީހަކު މި މަހުން ފެށިގެން ހަވާލުވުމާ އެކު، މިހާރު ވަނީ ބަދަލުތަކެއްގެ ކޮޅުމަތި ވެސް ފެންނަން ފަށައިފަ އެވެ.

14 މެއި

May 14, 2020 2
ބްރަޔަން އެޑަމްސް ކޮރޯނާވައިރަސް ޗައިނާއާ ގުޅުވައިފި

ކޮރޯނާވައިރަހަކީ "ވާލު މަސް ކައި އުޅޭ މާކެޓެއް އޮތް ތަނަކުން" ފެތުރިގެން އުޅޭ ވައިރަހެއް ކަމަށާއި މީގެ އަގު މިހާރު މުޅި ދުނިޔެ އަދާކުރަން ޖެހިފައިވާ ކަމަށް ބުނެ ޗައިނާ އަށް ރައްދުވާ ގޮތަށް، ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރަޔަން އެޑަމްސް ސޯޝަލް މީޑިއާގައި ދެއްކި ވާހަކަތަކެއް ހޫނުވުމުން، މާފަށް އެދިއްޖެ އެވެ.

13 އެޕްރީލް

April 13, 2020
ޓިކްޓޮކުން ކޮވިޑް-19 އާ ދެކޮޅަށް 250 މިލިއަން

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން، މަޝްހޫރު ޓިކްޓޮކުން 250 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައިފި އެވެ.

21 ފެބުރުއަރީ

February 21, 2020
ބެލެނިވެރިންނަށް ޓިކްޓޮކް ކޮންޓްރޯލްކުރެވޭ ގޮތް ހަދައިފި

ޓިކްޓޮކް ބޭނުންކުރާ މީހުންގެ ރައްކާތެރި ކަމަށް ހާއްސަކޮށްގެން އާ ފީޗާތަކެއް ހިމަނައިފި އެވެ.

01 ޖެނުއަރީ

January 01, 2020
އެމެރިކާ ސިފައިން ޓިކްޓޮކް ބޭނުންކުރުން މަނާކޮށްފި

ޗައިނާގެ މަޝްހޫރު ވީޑިއޯ އެޕް، ޓިކްޓޮކުން ޖާސޫސް ކުރާ ކަމަށް އެމެރިކާ އިން ކުރާ ތުހުމަތުތަކާ ގުޅިގެން، އެ ގައުމުގެ ސިފައިން ސަލާމަތީ ސަބަބުތަކަށްޓަކައި އެ އެޕް ބޭނުން ކުރުން މިދިޔަ ހޯމަ ދުވަހުން ފެށިގެން މަނާކޮށްފި އެވެ.

18 ޑިސެމްބަރ

December 18, 2019
ޓިކްޓޮކްގެ މިއުޒިކް އެޕަކީ "ރެޒޯ"

ސްޕޮޓިފައި އާއި އެޕަލް މިއުޒިކާ ވާދަކުރަން ޗައިނާގެ ޓިކްޓޮކް ހިންގާ ކުންފުނި ބައިޓްޑާންޓުން މިއުޒިކް ސްޓްރީމުން ޕްލެޓްފޯމެއް ލޯންޗްކުރަން އުޅޭ ވާހަކަ މީޑިއާތަކަށް ތިލަވީ މިދިޔަ މަހުގެ ތެރޭގަ އެވެ.

05 ޑިސެމްބަރ

December 05, 2019
ޓިކްޓޮކަށް އެމެރިކާގެ ދަރިވަރަކު ދައުވާކޮށްފި

އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ މީހުންގެ މައުލޫމާތު ޗައިނާގައި ރައްކާކޮށް، ޖާސޫސްކުރަމުންދާ ކަމަށް ބުނެ އެމެރިކާގެ ދަރިވަރަކު ޓިކްޓޮކަށް ދައުވާކުރަން ކޯޓަށް ހުށަހަޅައިފި އެވެ.

30 ނޮވެމްބަރ

November 30, 2019
ޓިކްޓޮކް އެކައުންޓް ބްލޮކްކޮށްފައި މާފަށް އެދެފި

ޗައިނާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުން ލާއިންސާނީ އަމަލުތައް ހިންގާއިރު އެއްވެސް ބަޔަކު އެ ވާހަކަ ނުދައްކާތީ، އެ ގައުމުގެ ސޯޝަލް އެޕް ޓިކްޓޮކްގައި އެމެރިކާ އަންހެން ކުއްޖަކު ޕޯސްޓްކުރި ވީޑިއޯތަކަކާ ގުޅިގެން އެ ޕްލެޓްފޯމް އޭނާ އަށް ބޭނުން ނުކުރެވޭ ގޮތަށް ހެދުމުން އަމާޒުވި ފާޑުކިޔުންތަކާ ހެދި މާފަށް އެދިއްޖެ އެވެ.

28 ނޮވެމްބަރ

November 28, 2019 3
މުސްލިމުންނަށްދޭ އަނިޔާ ކިޔައިދިނުމުން ޓިކްޓޮކުން ބްލޮކް

ޗައިނާގެ މުސްލިމުންނާ ދެކޮޅަށް އެ ގައުމުން ލާއިންސާނީ އަމަލުތައް ހިންގާއިރު އެއްވެސް ބަޔަކު އެ ވާހަކަ ނުދައްކާ ކަމަށް ބުނެ ޗައިނާގެ މަޝްހޫރު ސޯޝަލް އެޕް ޓިކްޓޮކްގައި ފުރާވަރުގެ އަންހެން ކުއްޖަކު ޕޯސްޓްކުރި ވީޑިއޯތަކަކާ ގުޅިގެން އެ ޕްލެޓްފޯމް އޭނާ އަށް ބޭނުން ނުކުރެވޭ ގޮތަށް ހަދައިފި އެވެ.

20 ނޮވެމްބަރ

November 20, 2019
ޓިކްޓޮކުން މިއުޒިކް ސްޓްރީމްކުރަން ފަށަނީ

ސްޕޮޓިފައި އާއި އެޕަލް މިއުޒިކަށް ދޫނުކުރާ ވަރުގެ ހިދުމަތަކާ އެކު ޗައިނާގެ ސޯޝަލް ޕްލެޓްފޯމް ޓިކްޓޮކުން މިއުޒިކް ސްޓްރީމްކުރަން ނިންމައިފި އެވެ.