08 ޖުލައި

July 08, 2020
ބިއުބޯނިކް ޕްލޭގު: ޗައިނާގެ އާބަލިމަޑުކަން މޮނިޓަކުރަނީ

ބެއިޖިން (ޖުލައި 8) - ޗައިނާގެ އުތުރުގެ އިނާ މޮންގޯލިއާ ސަރަހައްދުގައި ބިއުބޯނިކް ޕްލޭގު ފެތުރެމުންދާ ކަމަށާއި އެކަން ވަރަށް ފަރުވާތެރިކަމާ އެކު މޮނިޓާކުރަމުންދާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފި އެވެ.

July 08, 2020 3
އެމެރިކާ އަށް އެންމެ ބޮޑު ބިރަކީ ޗައިނާ: އެފްބީއައި

ވޮޝިންޓަން (ޖުލައި 8) - އެމެރިކާގެ ކުރިމަގަށް ދިގު ރާސްތާގައި ކުރިމަތިވާނެ އެންމެ ބޮޑު ބިރަކީ ޗައިނާ ސަރުކާރުން ޖާސޫސް ކުރުމާއި މަކަރާއި ހީލަތާއި ވައްކަން ކުރުން ކަމަށް އެފްބީއައިގެ...

July 08, 2020 2
ޓިކްޓޮކް ހޮންކޮންގު ދޫކޮށް ދަނީ

ޗައިނާގެ މަޝްހޫރު އެޕް ޓިކްޓޮކް ހޮންކޮންގްގައި އޮޕަރޭޓްކުރަން ހުއްޓާލަން ނިންމައިފި އެވެ.

07 ޖުލައި

July 07, 2020 3
ހޮންކޮންގެ ދާޚިލީ ކަންކަމާ ނުބެހުމަށް ޗައިނާގެ އިންޒާރު

ބެއިޖިން (ޖުލައި 7) - ހޮން ކޮންގެ ދާޚިލީ ކަންކަމާ އިނގިރޭސި ވިލާތުން ނުބެހުމަށް ޗައިނާ އިން އިންޒާރުދީފި އެވެ.

July 07, 2020
މިއަދަކީ ބެއިޖިންއިން އާ ކޭހެއް ނުފެންނަ ދުވަހެއް

ބެއިޖިން (ޖުލައި 7) - ޗައިނާގެ ވެރިރަށް ބެއިޖިން އިން ކޮރޯނާވައިރަހުގެ އާ ކްލަސްޓާތައް ފެންނަން ފެށި ފަހުން މިއަދަކީ އަލަށް އެއްވެސް ކޭހެއް ރިޕޯޓް ނުކުރާ ފުރަތަމަ ދުވަސް ކަމަށް...

06 ޖުލައި

July 06, 2020 6
ޗައިނާގެ ރައީސް އަށް ފާޑުކީ ޕްރޮފެސަރު ހައްޔަރުކޮށްފި

ބެއިޖިން (ޖުލައި 6) - ކޮރޯނާވައިރަހުގެ ރޯގާއާ ގުޅޭ ގޮތުން އަމަލު ކުރި ގޮތާއި ވެރިކަމުގެ ބާރުތައް ވަރުގަދަ ކުރަން އުޅޭ ކަމަށް ބުނެ ޗައިނާގެ ރައީސް ޝީ ޖިންޕިން އަށް ފާޑުކިޔައި ލިޔުމެއް ލިޔުނު ގާނޫނީ ދާއިރާގެ ޕްރޮފެސަރަކު މިއަދު ހައްޔަރުކޮށްފި ކަމަށް އޭނާގެ ގާތް މީހުން ބުނެފި އެވެ.

05 ޖުލައި

July 05, 2020 8
މިހާ ބޮޑަށް ވައިރަސް ފެތުރުނީ ޗައިނާގެ މަކަރުވެރިކަމުން

ވޮޝިންޓަން (ޖުލައި 5) - މުޅި ދުނިޔެ އަށް މިހާބޮޑަށް ކޮރޯނާވައިރަސް ފެތުރުނީ ޗައިނާގެ މަކަރުވެރިކަމާއި ހީލަތްތެރިކަން އަދި ކަންކަން ފޮރުވަން އުޅުމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

July 05, 2020 3
އިންޑިއާ އާއި ޗައިނާގެ ކޯޅުމަށް އަޖޭގެ ފިލްމެއް

އިންޑިއާ އާއި ޗައިނާގެ ބޯޑަރު ހިއްސާކުރާ ލަޑާކްގެ ގަލްވާން ވާދީގައި ޗައިނާ އިން އަސްކަރީ މަރުކަޒުތަކެއް ބިނާކުރާތީ މަސްރަހު ހޫނުވެ ހިނގި ކުރިމަތިލުންތަކުގައި އިންޑިއާގެ...

July 05, 2020 1
އިންޑިއާގައި ޓިކްޓޮކް މަނާކުރުމުން ގެއްލުން ބިލިއަނުން

އިންޑިއާގައި ޓިކްޓޮކް މަނާކުރުމުގެ ސަބަބުން، އެ އެޕްގެ ވިޔަފާރިން ހަ ބިލިއަން ޑޮލަރުގެ ގެއްލުން ވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

04 ޖުލައި

July 04, 2020 1
ވައިރަހުގެ ހަގީގަތް ހޯދަން ޑަބްލިއުއެޗްއޯއިން ޗައިނާއަށް

ޖެނީވާ (ޖުލައި 4) - ކޮރޯނާވައިރަސް ފެތުރުނު ގޮތުގެ ހަގީގަތް ހޯދުމަށާއި ވައިރަހާ ގުޅޭ މައުލޫމާތު ދުނިޔެ އަށް ހާމަކުރިލެއް ޗައިނާ އިން މާލަސްކަމަށް ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް...

July 04, 2020 4
ޓިކްޓޮކް އިންޑިއާއާ އެކު މަޝްވަރާގައި

ޓިކްޓޮކްގެ ބޮޑު މާކެޓެއް އޮތް އިންޑިއާގައި އެ އެޕް މަނާކުރުމާ ގުޅިގެން މި މައްސަލަ އަށް ހައްލެއް ލިބޭތޯ އިންޑިއާގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރަމުން އަންނަ ކަމަށް، ޓިކްޓޮކް...

03 ޖުލައި

July 03, 2020 2
ޗައިނާ ބޯޑަރަށް މޯދީ ކުއްލި ޒިޔާރަތެއް ކުރައްވައިފި

ނިއު ދިއްލީ (ޖުލައި 3) - އިންޑިއާގެ އުތުރުގެ ޗައިނާއާވީ ފަޅީގެ ބޯޑަރަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުއްލި ޒިޔާރަތެއް މިއަދު ކުރައްވައިފި އެވެ.

July 03, 2020 4
ޗައިނާގެ އުފެއްދުންތައް ޕްރޮމޯޓްނުކުރަން ގޮވާލައިފި

ޗައިނާގެ އުފެއްދުންތަކާއި ބްރޭންޑްތައް އިންޑިއާގެ ފިލްމީ ތަރިން އެންޑޯޒްކޮށް، ޕްރޮމޯޓްނުކުރަން ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕޮޔީޒް (އެފްޑަބްލިއުއައިސީއީ) އިން...

01 ޖުލައި

July 01, 2020
ހޮން ކޮންގެ ސަލާމަތާ ބެހޭ ގާނޫނު: ޗައިނާއަށް ނުރުހުން

ލަންޑަން (ޖުލައި 1) - ހޮން ކޮންގުގެ ސަލާމަތާ ބެހޭ ގޮތުން ޗައިން އިން ފާސްކުރި ގާނޫނަށް އިނގިރޭސި ވިލާތާއި އީޔޫ އަދި ނޭޓޯ އިން ނުރުހުން ފާޅު ކުރަން ފަށައިފި އެވެ.

30 ޖޫން

June 30, 2020 4
ވީގޫރް މުސްލިމުން ދޭތެރެ ދުރުކުރަން މަޖްބޫރު ކުރަނީ

ބެއިޖިން (ޖޫން 30) - ޗައިނާގެ ޝިންޖިއާންގައި ދިރިއުޅޭ ވީގޫރް ދަރިކޮޅުގެ މުސްލިމުންގެ އާބާދީ އިތުރުވިޔަ ނުދިނުމަށްޓަކައި، ވީގޫރް މުސްލިމުން ދޭތެރެ ދުރުކުރުމަށް ޗައިނާ އިން މަޖްބޫރު...

June 30, 2020
ޗައިނާ ސިފައިންނަށް ކޮރޯނާވައިރަސް ވެކްސިން ޖަހަަނީ

ބެއިޖިން (ޖޫން 30) - ކޮރޯނާވައިރަހުގެ ވެކްސިން އަޖުމަ ބެލުމުގެ ގޮތުން ޗައިނާ ސިފައިންނަށް ދިނުމުގެ ހުއްދަ ޗައިނާގެ ސެންޓްރަލް މިލިޓަރީ ކޮމިޝަނުން ދީފި އެވެ.

29 ޖޫން

June 29, 2020 17
އިންޑިއާގައި ޓިކްޓޮކް މަނާކޮށްފި

އިންޑިއާ އާއި ޗައިނާއާ ދެމެދު ހޫނުވަމުންދާ ސިޔާސީ ކޯޅުންތަކާ ގުޅިގެން ޗައިނާގެ އުފެއްދުންތައް ބޮއިކޮޓްކުރަން ގޮވާލައި ކެމްޕޭންތަކެއް ވެސް ކުރަމުން ދަނިކޮށް އިންޑިއާގައި މަގުބޫލު...

June 29, 2020 2
ޗައިނާގެ ބައި މިލިއަން މީހުން އަލުން ލޮކްޑައުން އަށް

ބެއިޖިން (ޖޫން 29) - ޗައިނާގެ ވެރިރަށް ބެއިޖިންއާ ކައިރީގައިވާ ޕްރޮވިންސަކުން އާ ކްލަސްޓާއެއް ފެނުމާ ގުޅިގެން ގާތްގަނޑަކަށް ބައި މިލިއަން މީހުން ލޮކްޑައުން ކޮށްފި އެވެ.

26 ޖޫން

June 26, 2020 4
އިންޑިއާގެ ބޯޑަރުގައި ޗައިނާއިން ވަނީ ބަންކަރު ހަދާފައި

ގަލްވާން ވެލީ (ޖޫން 26) - ދެ ގައުމުން ވެސް މި މަހު ކުރީކޮޅު ކުރިމަތިލުމަކަށް ދިޔަ ހިމާލަޔަން ބޯޑަރުގައި ޗައިނާ އިން ސްޓްރަކްޗާތަކެއް ހަދާފައިވާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކައިފި...

June 26, 2020 2
ވާވޭ އަށް އެމެރިކާގެ އިތުރު ތުހުމަތެއް

ޗައިނާގެ ފޯނު ކުންފުނި ވާވޭގެ މައްޗަށް ކުރިން ވެސް ތުހުމަތުތަކެއްކޮށް ބްލެކްލިސްޓަށް ވެސް އެރުވުމަށް ފަހު އެމެރިކާ އިން އަނެއްކާ ވެސް ވާވޭ އަށް އިތުރު ތުހުމަތަކެއްކޮށްފި އެވެ.

25 ޖޫން

June 25, 2020
ބެއިޖިންގައި ވައިރަސް ފެތުރުން ކޮންޓްރޯލްކޮށްފި

ބެއިޖިން (ޖޫން 25) - ޗައިނާގެ ވެރިރަށް ބެއިޖިންގައި މި މަހު ކުރީކޮޅު ފެތުރެން ފެށި ކޮރޯނާވައިރަސް މިހާރު ކޮންޓްރޯލްކޮށްފި ކަމަށް އޮފިޝަލުން ބުނެފި އެވެ.

June 25, 2020
ވަންޕްލަސްގެ އަގުހެޔޮ ފޯނެއް އަންނަ މަހު ނެރެނީ

ވަންޕްލަސްގެ ފޯންތަކަށް އޮތް މާކެޓް ވެސް ކުޑައެއް ނޫނެވެ. އޭގެ އެކި މޮޑެލްތައް މިހާތަނަށް ނެރެފައިވެ އެވެ. ޗައިނާގެ އެ ކުންފުނިން މިހާރު އަންނަނީ އާންމުކޮށް ބާޒާރުން މިހާރު ލިބެން...

June 25, 2020
ޗައިނާގެ ދެވަނަ މަހުޖަނަކީ ގޫގުލްގެ ކުރީގެ މުވައްޒަފެއް

ޗައިނާގެ ދެ ވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ގޫގުލްގައި ކުރިން މަސައްކަތްކުރި މީހަކަށް ލިބިއްޖެ އެވެ.

24 ޖޫން

June 24, 2020 10
ޗައިނާ ލޯނުތައް 4 އަހަރަށް ފަސްކޮށްދޭނެ: ރައީސް

ޗައިނާއިން ނަގާފައިވާ ލޯނުތައް ހަތަރު ވަރަކަށް އަހަރަށް ފަސްކޮށްދޭން އެއްބަސްވެފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

June 24, 2020 1
ކެއުމުގެ ނުރަނގަޅު އާދަ ޓިކްޓޮކުން ޕްރޮމޯޓްކުރޭ

ޗައިނާގެ މަޝްހޫރު އެޕް ޓިކްޓޮކްގައި ހުންނަ ވީޑިއޯތަކުން، ކެއުމުގެ ނުރަނގަޅު އާދަތަކަށް ހިތްވަރުދޭ ކަމަށާއި އެކަމާ ކަންބޮޑުވާ ކަމަށް ސޯޝަލް މީޑިއާގެ ކޮންޓެންޓްތައް ދިރާސާކުރާ...

23 ޖޫން

June 23, 2020 3
ޗައިނާ ޓޫރިސްޓުން އައުމުގެ ޔަގީންކަން ލިބިއްޖެ: ރައީސް

ކޮވިޑް-19 ކޮންޓްރޯލްކުރުމަށް ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު އަލުން ހުޅުވުމުން ޗައިނާ އިން ވެސް ރާއްޖެ އަށް ޓޫރިސްޓުން ފޮނުވާނެ ކަމުގެ ޔަގީންކަން އެ ގައުމުން ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

22 ޖޫން

June 22, 2020 1
ބެއިޖިންގައި ދުވާލަކު 1 މިލިއަން މީހުން ޓެސްޓްކުރެވޭނެ

ބެއިޖިން (ޖޫން 22) - ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދުވާލަކު އެއް މިލިއަން މީހުން ކޮރޯނާވައިރަހަށް ޓެސްޓް ކުރުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

21 ޖޫން

June 21, 2020 7
ބޯޑަރުގެ ކުރިމަތިލުން: ޗައިނާގެ ތުހުމަތު އިންޑިއާ އަށް

ބެއިޖިން (ޖޫން 21) - ދެ ގައުމުގެ ބޯޑަރުގައި މިދިޔަ ހޯމަ ދުވަހު ހިންގި ކުރިމަތިލުމަކީ އިންޑިއާ އިން ގަސްދުގައި ކުރިކަމެއް ކަމަށް ޗައިނާ އިން ތުހުމަތު ކޮށްފި އެވެ.

June 21, 2020
ޓިކްޓޮކުން "ކިޔަވައިދޭން" އަމާޒު ހިފައިފި

ޗައިނާގެ ޓިކްޓޮކް މިހާތަނަށް މަޝްހޫރުވެފައި އޮތީ ހަމައެކަނި މުނިފޫހިފިލުވަން ގެންގުޅޭ ފްލެޓްފޯމެއްގެ ގޮތުގަ އެވެ. ނަމަވެސް ޓިކްޓޮކްގެ ސީއީއޯގެ މަގާމާ އެމެރިކާގެ މީހަކު މި މަހުން...

20 ޖޫން

June 20, 2020 7
އަސްކަރިއްޔާއިން އިންޑިއާގެ ބޯޑަރު ދިފާއު ކުރާނެ: މޯދީ

ނިއު ދިއްލީ (ޖޫން 20) - އިންޑިއާގެ އަސްކަރިއްޔާ އިން އެ ގައުމުގެ ބޯޑަރު ދިފާއު ކުރާނެ ކަމަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

19 ޖޫން

June 19, 2020 4
ޗައިނާ އިން ހިފެހެއްޓި އިންޑިއާ ސިފައިން ދޫކޮށްލައިފި

ނިއު ދިއްލީ (ޖޫން 19) - ޗައިނާ އާއި އިންޑިއާ އިން މިދިޔަ ހޯމަ ދުވަހު ހިންގި ކުރިމަތިލުމުގައި ޗައިނާގެ ބެލުމުގެ ދަށަށް ގެންދިޔަ އިންޑިއާގެ 10 ސިފައިން ދޫކޮށްލައިފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

18 ޖޫން

June 18, 2020 2
އަލުން އިންތިޚާބުވާން ޗައިނާގެ އެހީއަށް ޓްރަމްޕް އެދުނު

ވޮޝިންޓަން (ޖޫން 18) - ވެރިކަމުގެ ދެ ވަނަ ދައުރެއް ކާމިޔާބު ކުރައްވަން ޗައިނާގެ ރައީސް ޝީ ޖިންޕިންގެ އެހީ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯއްދެވި ކަމަށް ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޖޯން ބޯލްޓަންގެ އާ ފޮތުގައި ބުނެފި އެވެ.

June 18, 2020
ބެއިޖިންގައި ފެތުރޭ ބަލިން ތަފާތު އަލާމަތްތަކެއް

ބެއިޖިން (ޖޫން 18) - ޗައިނާގެ ވެރިރަށް ބެއިޖިން އިން ކޮރޯނާވައިރަހުގެ އާ ކޭސްތައް ފެނި، ބަލިވާ މީހުންގެ ފަރާތުން ތަފާތު އަލާމާތްތަކެއް ފެންނަ ކަމަށް ސިއްހީ ތަޖްރިބާކާރުން ބުނެފި އެވެ.

June 18, 2020
އެމެރިކާ އިން ވާވޭ އަށް ކުޑަ ލުޔެއް

އެމެރިކާ އިން ޗައިނާ އަށް ދަތިކުރަން އަޅާފައި ހުރި ފިޔަވަޅުތަކަކީ ހަސަދަވެރިކަން ނޫން އެހެން ކަމެއް ނޫނޭ ބުނާ ވަރަށް ހެކި ފެންނަން އެބަހުއްޓެވެ. ދުނިޔޭގެ ޓެކްނޮލޮޖީ ސިނާއަތުގައި،...

17 ޖޫން

June 17, 2020 2
ބެއިޖިންގެ އެއާޕޯޓްތައް ހުއްޓުމަކަށް، ދަތުރުކުރުން މަނާ

ބެއިޖިން (ޖޫން 17) - ޗައިނާގެ ވެރިރަށް ބެއިޖިންގެ ހޯލްސޭލް މާރުކޭޓަކުން ފެތުރެން ފެށި ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން އަޅައި ފިޔަވަޅެއްގެ ގޮތުން ބެއިޖިންގެ އެއާޕޯޓްތަކާއި ސްކޫލްތައް ބަންދުކޮށް، އެ ސިޓީން ބޭރަށް ދަތުރުކުރުން މިއަދު މަނާކޮށްފި އެވެ.

16 ޖޫން

June 16, 2020 26
ޗައިނާ އާއި އިންޑިއާ ސިފައިންގެ ކުރިމަތިލުމުގައި 3މަރު

ނިއު ދިއްލީ (ޖޫން 16) - ކަޝްމީރު ސަރަހައްދުގެ ލަޑަކްގައި އިންޑިއާ އާއި ޗައިނާ ސިފައިންގެ ކުރިމަތިލުމެއްގައި އިންޑިއާ ސިފައިން ތިން މީހުން މަރުވެއްޖެ އެވެ.