08 ޖެނުއަރީ

January 08, 2017 7
ޗައިނާގެ އިންވެސްޓްމަންޓާ ދެކޮޅަށް ލަންކާގައި މުޒާހަރާ

ކޮލަމްބޯ (ޖެނުއަރީ 8) - ލަންކާގައި ޗައިނާ އިން ބަނދަރެއް ހަދާ އިންޓަސްޓްރިއަލް ޒޯނެއް ހެދުމާ ދެކޮޅަށް ކުރި މުޒާހަރާތަކެއްގައި ވަރަށް ގިނަ މީހުންނަށް އަނިޔާ ލިބިއްޖެ އެވެ.

07 ޖެނުއަރީ

January 07, 2017
ކޮޕީކުރުން ހުއްޓުވަން ބޮލުގައި ކަރުދާހުގެ "ފުރާޅެއް"

ޗައިނާގެ ސްކޫލެއްގައި އިމްތިހާނުތަކުގައި ދަރިވަރުން ކޮޕީކުރުން ހުއްޓުވުމުގެ ގޮތުން އިމްތިހާނު ކަރުދާސް ނޫން އެހެން ދިމާލެއް ނުފެންނަ ގޮތަށް ބޮލުގައި ނޫސް ކަރުހާދުން "ފުރާޅެއް" ހަރުކޮށްފި އެވެ.

05 ޖެނުއަރީ

January 05, 2017 3
ޓެކްސްގެ ގޮތުގައި އަލިބާބާ އިން 3.4 ބިލިއަން ޑޮލަރު

ޗެއިޖިން (ޖެނުއަރީ 5) - ޗައިނާގެ އީ-ކޮމާސް ކުންފުނި އަލިބާބާ އިން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 3.41 ބިލިއަން ޑޮލަރު (23.8 ބިލިއަން ޔުއާން) ދައްކާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ. މިއީ 2015 ވަނަ އަހަރާ ބަލާއިރު 33 ޕަސެންޓް އިތުރު އަދަދެކެވެ.

01 ޖެނުއަރީ

January 01, 2017 1
ކިޑްނީގެ ވަގު ވިޔަފާރި ކުރި 16 މީހަކު ޖަލަށް

ބެއިޖިން (ޖެނުއަރީ 1) - ޗައިނާގައި ކިޑްނީގެ ވަގު ވިޔަފާރި ކުރަމުންދިޔަ 16 މީހަކު އަތުލައިގަތުމަށް ފަހު އެ މީހުން ޖަލަށްލާން ހުކުމްކޮށްފައިވާ ކަމަށް ރަސްމީ މީޑިއާ އިން ބުނެފި އެވެ.

January 01, 2017 7
ދުނިޔޭގެ އެންމެ އުސް ބްރިޖް ޗައިނާގައި ހުޅުވައިފި

ބެއިޖިން (ޖެނުއަރީ 1) - ދުނިޔޭގެ އެންމެ އުސް ބްރިޖް އާއްމު ދަތުރުފަތުރަށް ޗައިނާގައި ހުޅުވާލައިފި އެވެ.

25 ޑިސެމްބަރ

December 25, 2016
ކައިވެންޏަށް 70 އަހަރު، ލޯތްބަށް ފަނޑުކަމެއް ނާދޭ

މިއީ މި ޒަމާނުގައި ވާނެ ކަމެއް ކަމަކަށް ގަބޫލުކުރަން އުނދަގުލެވެ. ނަމަވެސް މި ދެމަފިރިން މި ވަނީ ހަގީގީ ދިރިއުޅުމުގައި ވެސް މުޅި އުމުރު އެކަކު އަނެކަކަށްޓަކައި ހޭދަކުރުން އުފަލަކަށް ހަދާ މީހުން މިހާރު ވެސް އުޅޭކަން ސާބިތުކޮށްދީފަ އެވެ.

20 ޑިސެމްބަރ

December 20, 2016
ޗައިނާ އިން ހިފެހެއްޓި ޑްރޯން އެމެރިކާއާ ހަވާލުކޮށްފި

ވޮޝިންޓަން (ޑިސެމްބަރު 20) - ދެކުނު ޗައިނާ ކަނޑުން ހިފެހެއްޓި އެމެރިކާގެ ޑްރޯން ޗައިނާ އިން އަނބުރާ ހަވާލުކޮށްފި އެވެ.

19 ޑިސެމްބަރ

December 19, 2016 2
އުމުރަކީ ނުވަ އަހަރު، އެކަމަކު އާއިލާގެ އިސް ތަނބު!

ނުވަ އަހަރުގެ ކުއްޖަކު އާއިލާގެ ބޮޑެތި ޒިންމާތަކާ ހަވާލުވެގެންނެއް ނޫޅޭނެ އެވެ. އެއީ ދިރިއުޅުމުގެ ކަންކަން ރަނގަޅަށް ވިސްނޭ އުމުރެއް ވެސް ނޫނެވެ. ނަމަވެސް ޗައިނާގެ ނުވަ އަހަރުގެ ލީ ޗުންޔަން ގެންދަނީ އޭނާގެ މުޅި އާއިލާ ބެލެހެއްޓުމުގެ ޒިންމާ ނަގަމުންނެވެ.

18 ޑިސެމްބަރ

December 18, 2016
ޗައިނާ އިން ހިފެހެއްޓި ޑްރޯން ދޭން އެއްބަސްވެއްޖެ

ވޮޝިންޓަން (ޑިސެމްބަރު 18) - ދެކުނު ޗައިނާ ކަނޑުން ޗައިނާ އިން ހިފެހެއްޓި، މީހަކު ނެތި ކަނޑުއަޑިން ދަތުރު ކުރެވޭ، އެމެރިކާގެ ޑްރޯނެއް އަނބުރާ ދޭން ބެއިޖިން އިން އެއްބަސްވެފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

17 ޑިސެމްބަރ

December 17, 2016 5
ދެކުނު ޗައިނާ ކަނޑުން އެމެރިކާގެ "އުޅަނދެއް" ހިފަހައްޓައިފި

ވޮޝިންޓަން (ޑިސެމްބަރު 17) - މީހަކު ނެތި ކަނޑުއަޑިން ދަތުރު ކުރެވޭ އެމެރިކާގެ ޑްރޯނެއް ދެކުނު ޗައިނާ ކަނޑުން ޗައިނާ އިން ހިފަހައްޓައިފި ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.

December 17, 2016 1
މެސީ އަށް 500 މިލިއަން ޔޫރޯގެ ހުށަހެޅުމެއް!

ލަންޑަން (ޑިސެމްބަރު 17) - ޗައިނާ ސުޕަ ލީގުގެ ކްލަބް ހެބޭއީ ޗައިނާ ފޯޗިއުން އިން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް 500 މިލިއަން ޔޫރޯގެ ބިޑެއް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް...

16 ޑިސެމްބަރ

December 16, 2016 3
ޗައިނާ ކުންފުނިން އަނެއްކާ ވެސް ލިވަޕޫލަށް ބިޑް ކުރަނީ

ލިވަޕޫލް (ޑިސެމްބަރު 16) - ޗައިނާގެ ސްޓޮކް އެކްސްޗޭންޖް ކުންފުނި ޗައިނާ އެވާބްރައިޓް ލިމިޓެޑުން އިންގްލެންޑްގެ ލިވަޕޫލް ގަންނަން އަނެއްކާ ވެސް ބޮޑު ބިޑެއް ކުރަން ތައްޔާރުވަމުން އަންނަ ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.

15 ޑިސެމްބަރ

December 15, 2016 7
ޗައިނާ އިން ހިއްކި ރަށްތަކަށް ހަތިޔާރު ޖަމާކުރަން ފަށައިފި

ވޮޝިންޓަން (ޑިސެމްބަރު 15) - ދެކުނު ޗައިނާ ކަނޑުން ހިއްކި ރަށްތަކަށް ޗައިނާ އިން ހަތިޔާރު ޖަމާކުރަމުންދާ ކަމުގެ ސެޓެލައިޓް ފޮޓޯ ހެކި ލިބިފައިވާ ކަމަށް އެމެރިކާގެ ޖަމާއަތަކުން ބުނެފި އެވެ.

14 ޑިސެމްބަރ

December 14, 2016 1
ބައްޕަގެ މުއްސަނދިކަން ބޭނުމެއް ނޫން!

ޗައިނާގެ އެންމެ ބޮޑު އެއް މަހުޖަނުގެ މުއްސަނދިކަން 92 ބިލިއަން ޑޮލަރަށް އަރަ އެވެ. އެކަމަކު ވެންގް ޖިއަންލިން، 62، އަންގާރަ ދުވަހު ވިދާޅުވީ އޭނާގެ ވިޔަފާރި ހިންގައިދޭނެ ބަޔަކު ހޯއްދަވަމުން މިހާރު އަންނަ ކަމަށެވެ. ސަބަބަކީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އޭނާގެ އެ ވިޔަފާރިތައް ހިންގަން ބޭނުން ނުވުމެވެ.

12 ޑިސެމްބަރ

December 12, 2016 2
ޓްރަމްޕުގެ ވާހަކަތަކުން ޗައިނާ ކަންބޮޑުވެއްޖެ

ބެއިޖިން (ޑިސެމްބަރު 12) - ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލައިގަތުމާ ދުރު ވިސްނުމަކަށް ޑޮނަލްޑް ޓްރަމްޕުގެ ވާހަކަތައް ހުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ޗައިނާ އިން...

December 12, 2016
ޗައިނާގައި ވިންޑް ޓާބައިން އަށް އެޕަލް އިންވެސްޓްްކޮށްފި

ވޮޝިންޓަން (ޑިސެމްބަރު 12) - އެޕަލް ކުންފުނިން އެންމެ ފަހުން ޗައިނާގައި ކުރި އިންވެސްޓްމަންޓާ ސްމާޓްފޯނާ ގުޅުމެއް ނެތެވެ.

06 ޑިސެމްބަރ

December 06, 2016 1
ހަލަބުގެ ސުލްހައިގެ ގަރާރު ޗައިނާ އާއި ރަޝިޔާ އިން ވީޓޯކޮށްފި

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 6) - ހަނގުރާމައިގެ ތެރޭގައި އޮތް ސީރިއާގެ ހަލަބު ސިޓީ އަށް ދޭ ހަމަލާތައް ހަތް ދުވަހަށް މެދު ކަނޑާލުމަށް ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ޗައިނާ އާއި ރަޝިޔާ އިން ވީޓޯ ކޮށްފި އެވެ.

05 ޑިސެމްބަރ

December 05, 2016 2
ޗައިނާގެ ބައެއް ސިޔާސަތަށް ޓްރަމްޕް ފާޑު ވިދާޅުވެއްޖެ

ނިއު ޔޯކް (ޑިސެމްބަރު 5) - ޗައިނާގެ މާލީ ސިޔާސަތަށާއި ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން ހިންގާ އޮޕަރޭޝަނަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ފާޑު ވިދާޅުވެއްޖެ އެވެ.

02 ޑިސެމްބަރ

December 02, 2016 3
މެރިތާ 21 އަހަރު ފަހުން ކުށްނުކުރާ ކަމަށް ނިންމައިފި

ބެއިޖިން (ޑިސެމްބަރު 2) - ކުށްކުރި ކަމަށް ބުނެ މީގެ 21 އަހަރު ކުރިން މަރުގެ އަދަބު ދިން މީހަކު ކުށްވެރި ނުވާ ކަމަށް ޗައިނާގެ ސްޕްރީމް ކޯޓުން މިއަދު ނިންމައިފި އެވެ.

01 ޑިސެމްބަރ

December 01, 2016
އިންޑިއާގައި އެޕަލް ގަދަކޮށްފި

ވިޔަފާރި އަށް އަންނަ ބަދަލުތަކުގައި ބާރުގަަދަ ކުންފުނިތައް ވެސް އޮޔާ ދެ އެވެ. ޗައިނާ ސްމާޓްފޯން މާކެޓް އެޕަލް އަށް ފަހިވެފައި އޮތް އޮތުން ނިމުމަކަށް އަތުވެދާނެ ކަމަށް ބެލެވެން ފެށީއްސުރެ، އެޕަލުން ވަނީ ބައްރުތަކަށް ކަޅިއަޅަށް ފަށާފަ އެވެ. އެ ގޮތުގައި އެޕަލް އަށް އެންމެ ބޮޑު ފައިދާއެއް ހެދިދާނެ ކަމަށް ބެލެވުނީ އިންޑިއާ އަދި ސައުތު...

23 ނޮވެމްބަރ

November 23, 2016 1
ބައްޕަ ސަލާމަތްކުރަން ކުއްޖަކު 10 ކިލޯ ބަރުވެއްޖެ

ޗައިނާގައި، އުމުރުން އެންމެ އަށް އަހަރުގެ ފިރިހެންކުއްޖަކު ބައްޕަގެ ފުރާނަ ސަލާމަތްކުރުމަށް ބަރުދަނަށް 10 ކިލޯ އިތުރުކޮށްފި އެވެ.

14 ނޮވެމްބަރ

November 14, 2016 7
278 ހައުސިން ޔުނިޓު އަޅަން ޗައިނާ ކުންފުންޏަކަށް

ސީ ލައިފް ގްލޯބަލް އިން ހުޅުމާލޭގައި އަޅާ 3،000 ހައުސިން ޔުނިޓްގެ ތެރެއިން ދެ ވަނަ ފިޔަވަހީގައި ހިމެނޭ 278 ފްލެޓް އަޅަން ޗައިނާގެ މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް (އެމްސީސީ)އާ ހަވާލުކޮށް، އެކަމުގެ އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.

13 ނޮވެމްބަރ

November 13, 2016 14
ގޯޅިތައް ހިތްފަސޭހަ ތަނަކަށް ހަދަން ޗައިނާ އެހީވަނީ

މާލޭގެ ހަތް ގޯޅިއަކާއި ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް ޗައިނާ ސަރުކާރުން ހައުސިން މިނިސްޓްރީ އަށް ހަތް މިލިއަން ރުފިޔާގެ ހިލޭ އެހީއެއް މިއަދު ދީފި އެވެ.