18 ޖެނުއަރީ

January 18, 2017 6
ޗައިނާގައި ވިނިގާ، ސޯސް އަދި ޗިކަން ސްޓޮކްގެ ފޭކް

ކާނާގެ ރަހަ މީރުކުރަން އަޅާ ސޯއީ ސޯސް އާއި ވިނިގާ އާއި ޗިކެން ސްޓޮކް ފަދަ ތަކެތި އުފެއްދުމުގައި އިންސާނުންނަށް ނުރައްކާވާ ފަދަ މާއްދާތައް ބޭނުންކޮށް އަދި މަޝްހޫރު ބްރޭންޑް ނަންތައް ބޭނުންކޮށްގެން އެ ތަކެތި ވިއްކާ މައްސަލާގައި ޗައިނާގެ 50 ކުންފުންޏެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.

15 ޖެނުއަރީ

January 15, 2017 3
ޗައިނާގެ ރަށްތަކަށް ހުރަސްނާޅަން އެމެރިކާއަށް އިންޒާރެއް

މިލްކުވެރިކަމުގެ މައްސަލަ ޖެހިފައިވާ ދެކުނު ޗައިނާ ކަނޑުގައި ޗައިނާއިން ހިއްކައިގެން ތަރައްގީކޮށްފައިވާ ރަށްތައް ޗައިނާއަށް ބޭނުން ނުކުރެވޭ ގޮތް ހެދިދާނެ ކަމަށް، އެމެރިކާގެ އާ ސަރުކާރުގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމަށް ހުށަހަޅާފައިވާ ރެކްސް ތިލާސަން ވިދާޅުވުމުން ޗައިނާގެ ދައުލަތުގެ މީޑިއާއިން އިންޒާރު ދީފި އެވެ.

12 ޖެނުއަރީ

January 12, 2017 2
ކޮތަޅަކަށް ގޮހޮރު ލައިގެން އުޅޭތާ 20 އަހަރު

ޗައިނާގެ މީހަކު އޭނާގެ ބޮޑު ގޮހޮރު ހަށިގަނޑުން ބޭރުގައި އެލުވައިގެން އުޅޭތާ 20 އަހަރު ވެއްޖެ އެވެ. މިހެން އުޅެނީ އޮޕަރޭޝަން ކޮށްގެން ގޮހޮރު ހަށިގަނޑުގެ ތެރެއަށް ލާނެ ފައިސާ ނެތުމުންނެވެ.

11 ޖެނުއަރީ

January 11, 2017 1
ޗައިނާގައި ނުހެދޭ އެއްޗަކީ ބޯލްޕޮއިންޓް ގަލަން

ޓެކްނޮލޮޖީގެ ދާއިރާގައި ބޮޑެތި ކުރިއެރުންތައް ހޯދާފައިވާ އަދި އުފެއްދުންތެރިކަމުގައި އެފަދަ ދެވަނައެއް ނެތް ޗައިނާގައި ބޯލްޕޮއިންޓް ގަލަމުގެ ޓެކްނޮލޮޖީ ނެތް ކަމަށް ގަބޫލުކުރަން ވަރަށް ދައްޗެވެ. ޖައްވަށް ރޮކެޓް ފޮނުވައި، މޯބައިލް ފޯނުގެ މާކެޓް ކޮންޓްރޯލްކޮށް ހައި ސްޕީޑް ޓްރެއިން އުފައްދައި އުފެއްދުންތެރިކަމުގައި ދުނިޔެއަށް...

10 ޖެނުއަރީ

January 10, 2017
އެޕަލް އަށް ވަކި ގޮތެއް ހަދައިދެވޭކަށް ނެތް: އިންޑިއާ

އެޕަލް އަށް ޗައިނާ ވަރުގެ ގައުމެއް ނެތެވެ. އެޕަލްގެ އުފެއްދުންތައް ނިސްބަތުން އެންމެ ގިނައިން ބޭނުންކުރަނީ ޗައިނާގަ އެވެ. ނަމަވެސް، ސްމާޓްފޯން މާކެޓަށް ޗައިނާގެ ކުންފުނިތައް ވަދެގަތުން އެޕަލް އަށް ވެފައި ވަނީ ބޮޑު ބިރަކަށެވެ. އަގު ހެޔޮ އަދި އެހައި ރީތި ފޯނުތައް ޗައިނާ ކުންފުނިތަކުން ކެނޑިނޭޅި އުފެއްދުން ވެފައި ވަނީ އެހެން...

08 ޖެނުއަރީ

January 08, 2017 7
ޗައިނާގެ އިންވެސްޓްމަންޓާ ދެކޮޅަށް ލަންކާގައި މުޒާހަރާ

ކޮލަމްބޯ (ޖެނުއަރީ 8) - ލަންކާގައި ޗައިނާ އިން ބަނދަރެއް ހަދާ އިންޓަސްޓްރިއަލް ޒޯނެއް ހެދުމާ ދެކޮޅަށް ކުރި މުޒާހަރާތަކެއްގައި ވަރަށް ގިނަ މީހުންނަށް އަނިޔާ ލިބިއްޖެ އެވެ.

07 ޖެނުއަރީ

January 07, 2017
ކޮޕީކުރުން ހުއްޓުވަން ބޮލުގައި ކަރުދާހުގެ "ފުރާޅެއް"

ޗައިނާގެ ސްކޫލެއްގައި އިމްތިހާނުތަކުގައި ދަރިވަރުން ކޮޕީކުރުން ހުއްޓުވުމުގެ ގޮތުން އިމްތިހާނު ކަރުދާސް ނޫން އެހެން ދިމާލެއް ނުފެންނަ ގޮތަށް ބޮލުގައި ނޫސް ކަރުހާދުން "ފުރާޅެއް" ހަރުކޮށްފި އެވެ.

05 ޖެނުއަރީ

January 05, 2017 3
ޓެކްސްގެ ގޮތުގައި އަލިބާބާ އިން 3.4 ބިލިއަން ޑޮލަރު

ޗެއިޖިން (ޖެނުއަރީ 5) - ޗައިނާގެ އީ-ކޮމާސް ކުންފުނި އަލިބާބާ އިން ޓެކްސްގެ ގޮތުގައި މިދިޔަ އަހަރު 3.41 ބިލިއަން ޑޮލަރު (23.8 ބިލިއަން ޔުއާން) ދައްކާފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފި އެވެ. މިއީ 2015 ވަނަ އަހަރާ ބަލާއިރު 33 ޕަސެންޓް އިތުރު އަދަދެކެވެ.

01 ޖެނުއަރީ

January 01, 2017 1
ކިޑްނީގެ ވަގު ވިޔަފާރި ކުރި 16 މީހަކު ޖަލަށް

ބެއިޖިން (ޖެނުއަރީ 1) - ޗައިނާގައި ކިޑްނީގެ ވަގު ވިޔަފާރި ކުރަމުންދިޔަ 16 މީހަކު އަތުލައިގަތުމަށް ފަހު އެ މީހުން ޖަލަށްލާން ހުކުމްކޮށްފައިވާ ކަމަށް ރަސްމީ މީޑިއާ އިން ބުނެފި އެވެ.

January 01, 2017 7
ދުނިޔޭގެ އެންމެ އުސް ބްރިޖް ޗައިނާގައި ހުޅުވައިފި

ބެއިޖިން (ޖެނުއަރީ 1) - ދުނިޔޭގެ އެންމެ އުސް ބްރިޖް އާއްމު ދަތުރުފަތުރަށް ޗައިނާގައި ހުޅުވާލައިފި އެވެ.

25 ޑިސެމްބަރ

December 25, 2016
ކައިވެންޏަށް 70 އަހަރު، ލޯތްބަށް ފަނޑުކަމެއް ނާދޭ

މިއީ މި ޒަމާނުގައި ވާނެ ކަމެއް ކަމަކަށް ގަބޫލުކުރަން އުނދަގުލެވެ. ނަމަވެސް މި ދެމަފިރިން މި ވަނީ ހަގީގީ ދިރިއުޅުމުގައި ވެސް މުޅި އުމުރު އެކަކު އަނެކަކަށްޓަކައި ހޭދަކުރުން އުފަލަކަށް ހަދާ މީހުން މިހާރު ވެސް އުޅޭކަން ސާބިތުކޮށްދީފަ އެވެ.

20 ޑިސެމްބަރ

December 20, 2016
ޗައިނާ އިން ހިފެހެއްޓި ޑްރޯން އެމެރިކާއާ ހަވާލުކޮށްފި

ވޮޝިންޓަން (ޑިސެމްބަރު 20) - ދެކުނު ޗައިނާ ކަނޑުން ހިފެހެއްޓި އެމެރިކާގެ ޑްރޯން ޗައިނާ އިން އަނބުރާ ހަވާލުކޮށްފި އެވެ.

19 ޑިސެމްބަރ

December 19, 2016 2
އުމުރަކީ ނުވަ އަހަރު، އެކަމަކު އާއިލާގެ އިސް ތަނބު!

ނުވަ އަހަރުގެ ކުއްޖަކު އާއިލާގެ ބޮޑެތި ޒިންމާތަކާ ހަވާލުވެގެންނެއް ނޫޅޭނެ އެވެ. އެއީ ދިރިއުޅުމުގެ ކަންކަން ރަނގަޅަށް ވިސްނޭ އުމުރެއް ވެސް ނޫނެވެ. ނަމަވެސް ޗައިނާގެ ނުވަ އަހަރުގެ ލީ ޗުންޔަން ގެންދަނީ އޭނާގެ މުޅި އާއިލާ ބެލެހެއްޓުމުގެ ޒިންމާ ނަގަމުންނެވެ.

18 ޑިސެމްބަރ

December 18, 2016
ޗައިނާ އިން ހިފެހެއްޓި ޑްރޯން ދޭން އެއްބަސްވެއްޖެ

ވޮޝިންޓަން (ޑިސެމްބަރު 18) - ދެކުނު ޗައިނާ ކަނޑުން ޗައިނާ އިން ހިފެހެއްޓި، މީހަކު ނެތި ކަނޑުއަޑިން ދަތުރު ކުރެވޭ، އެމެރިކާގެ ޑްރޯނެއް އަނބުރާ ދޭން ބެއިޖިން އިން އެއްބަސްވެފައިވާ ކަމަށް ޕެންޓަގަނުން ބުނެފި އެވެ.

17 ޑިސެމްބަރ

December 17, 2016 5
ދެކުނު ޗައިނާ ކަނޑުން އެމެރިކާގެ "އުޅަނދެއް" ހިފަހައްޓައިފި

ވޮޝިންޓަން (ޑިސެމްބަރު 17) - މީހަކު ނެތި ކަނޑުއަޑިން ދަތުރު ކުރެވޭ އެމެރިކާގެ ޑްރޯނެއް ދެކުނު ޗައިނާ ކަނޑުން ޗައިނާ އިން ހިފަހައްޓައިފި ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެފި އެވެ.

December 17, 2016 1
މެސީ އަށް 500 މިލިއަން ޔޫރޯގެ ހުށަހެޅުމެއް!

ލަންޑަން (ޑިސެމްބަރު 17) - ޗައިނާ ސުޕަ ލީގުގެ ކްލަބް ހެބޭއީ ޗައިނާ ފޯޗިއުން އިން ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް 500 މިލިއަން ޔޫރޯގެ ބިޑެއް ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް...

16 ޑިސެމްބަރ

December 16, 2016 3
ޗައިނާ ކުންފުނިން އަނެއްކާ ވެސް ލިވަޕޫލަށް ބިޑް ކުރަނީ

ލިވަޕޫލް (ޑިސެމްބަރު 16) - ޗައިނާގެ ސްޓޮކް އެކްސްޗޭންޖް ކުންފުނި ޗައިނާ އެވާބްރައިޓް ލިމިޓެޑުން އިންގްލެންޑްގެ ލިވަޕޫލް ގަންނަން އަނެއްކާ ވެސް ބޮޑު ބިޑެއް ކުރަން ތައްޔާރުވަމުން އަންނަ ކަަމަށް ރިޕޯޓްތައް ބުނެފި އެވެ.

15 ޑިސެމްބަރ

December 15, 2016 7
ޗައިނާ އިން ހިއްކި ރަށްތަކަށް ހަތިޔާރު ޖަމާކުރަން ފަށައިފި

ވޮޝިންޓަން (ޑިސެމްބަރު 15) - ދެކުނު ޗައިނާ ކަނޑުން ހިއްކި ރަށްތަކަށް ޗައިނާ އިން ހަތިޔާރު ޖަމާކުރަމުންދާ ކަމުގެ ސެޓެލައިޓް ފޮޓޯ ހެކި ލިބިފައިވާ ކަމަށް އެމެރިކާގެ ޖަމާއަތަކުން ބުނެފި އެވެ.

14 ޑިސެމްބަރ

December 14, 2016 1
ބައްޕަގެ މުއްސަނދިކަން ބޭނުމެއް ނޫން!

ޗައިނާގެ އެންމެ ބޮޑު އެއް މަހުޖަނުގެ މުއްސަނދިކަން 92 ބިލިއަން ޑޮލަރަށް އަރަ އެވެ. އެކަމަކު ވެންގް ޖިއަންލިން، 62، އަންގާރަ ދުވަހު ވިދާޅުވީ އޭނާގެ ވިޔަފާރި ހިންގައިދޭނެ ބަޔަކު ހޯއްދަވަމުން މިހާރު އަންނަ ކަމަށެވެ. ސަބަބަކީ އޭނާގެ ހުރި ހަމައެކަނި ދަރިފުޅު އޭނާގެ އެ ވިޔަފާރިތައް ހިންގަން ބޭނުން ނުވުމެވެ.

12 ޑިސެމްބަރ

December 12, 2016 2
ޓްރަމްޕުގެ ވާހަކަތަކުން ޗައިނާ ކަންބޮޑުވެއްޖެ

ބެއިޖިން (ޑިސެމްބަރު 12) - ޓައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބަލައިގަތުމާ ދުރު ވިސްނުމަކަށް ޑޮނަލްޑް ޓްރަމްޕުގެ ވާހަކަތައް ހުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށް ޗައިނާ އިން...

December 12, 2016
ޗައިނާގައި ވިންޑް ޓާބައިން އަށް އެޕަލް އިންވެސްޓްްކޮށްފި

ވޮޝިންޓަން (ޑިސެމްބަރު 12) - އެޕަލް ކުންފުނިން އެންމެ ފަހުން ޗައިނާގައި ކުރި އިންވެސްޓްމަންޓާ ސްމާޓްފޯނާ ގުޅުމެއް ނެތެވެ.

06 ޑިސެމްބަރ

December 06, 2016 1
ހަލަބުގެ ސުލްހައިގެ ގަރާރު ޗައިނާ އާއި ރަޝިޔާ އިން ވީޓޯކޮށްފި

ޔުނައިޓެޑް ނޭޝަންސް (ޑިސެމްބަރު 6) - ހަނގުރާމައިގެ ތެރޭގައި އޮތް ސީރިއާގެ ހަލަބު ސިޓީ އަށް ދޭ ހަމަލާތައް ހަތް ދުވަހަށް މެދު ކަނޑާލުމަށް ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ޗައިނާ އާއި ރަޝިޔާ އިން ވީޓޯ ކޮށްފި އެވެ.

05 ޑިސެމްބަރ

December 05, 2016 2
ޗައިނާގެ ބައެއް ސިޔާސަތަށް ޓްރަމްޕް ފާޑު ވިދާޅުވެއްޖެ

ނިއު ޔޯކް (ޑިސެމްބަރު 5) - ޗައިނާގެ މާލީ ސިޔާސަތަށާއި ދެކުނު ޗައިނާ ކަނޑުގައި ޗައިނާ އިން ހިންގާ އޮޕަރޭޝަނަށް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުކޮށްފައިވާ ޑޮނަލްޑް ޓްރަމްޕް ފާޑު ވިދާޅުވެއްޖެ އެވެ.