އެމެރިކާގައި ސިނގިރެޓް ބޯ މީހުންގެ އަދަދު މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް ދަށްވެފައިވާ ކަމަށް ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފި އެވެ.
އެމެރިކާގައި ސިނގިރެޓް ބޯ މީހުންގެ އަދަދު މިދިޔަ އަހަރު ރެކޯޑް މިންވަރަކަށް ދަށްވެފައިވާ ކަމަށް ސެންޓަ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނެފި އެވެ.
ދުންފަތުން ސިއްހަތައް ލިބޭ ގެއްލުމާއި އޭގެ ސަބަބުން ޖެހޭ ނުރައްކާތެރި ބަލިތަކުން ހަށިގަނޑަށް ކުރާ އަސަރުތައް ދައްކައިދޭ އަސްލު ފޮޓޯ ޖެހި ސިނގިރޭޓް ފޮށިތައް ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.
ދުންފަތުން ސިއްހަތަށް ހުރި ގެއްލުމާއި ނުރައްކަލުގެ އިންޒާރާއި މަންޒަރު ނުޖަހައި ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖެ އަށް އެތެރެކުރުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.
ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދަށް އަމަލުކޮށް، ވަކިން ސިނގިރޭޓު ވިއްކާތޯ ބެލުމަށް، ވިޔަފާރި ކުރާ ތަންތަން ބަލާ ފާސްކުރަން ނިންމައިފިި އެވެ.
ރާއްޖެ އަކީ ދުޅަހެޔޮ ބަޔަކު އުޅޭ ގައުމަކަށް ހެދުމަށްޓަކައި މިއަދަކީ ދުންފަތަށް އަލްވަދާއު ކިޔާ ދުވަހަކަށް ކަނޑައެޅުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފި އެވެ.
ދުންފަތާ ދެކޮޅަށް މި އަހަރު ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށާއި އޭގެ ސަބަބުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
އުމުރުން 21 އަހަރުގެ ދަށުގެ މީހުންނަށް ދުންފަތުގެ އެއްވެސް ބާވަތެއް، އަންނަ ޖުލައި މަހުން ފެށިގެން ވިއްކުން ހުއްޓައިލަން ދުނިޔޭގެ އެންމެ ބޮޑު ރިޓެއިލް ކުންފުނި އެމެރިކާގެ ވޮލްމާޓުން ނިންމައިފި އެވެ.
ސިނގިރެޓްގެ ބަދަލުގައި ބޭނުންކުރަން، ދުންފަތުގެ ބާވަތްތައް އުފައްދާ ފިލިޕް މޮރިސް ކުންފުނިން އުފެއްދި "އައިކޮސް" ގެ ނަން ދީފައިވާ ޑިވައިސް ވިއްކުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން އޮތޯރިޓީން (އެފްޑީއޭ) އިން ދީފި އެވެ.
މާބަނޑު ދުވަސްވަރު ބޯލާ އެންމެ ސިނގިރެޓަކުން ވެސް ދަރިފުޅުގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރާ އެކު ކުއްޖާ މަރުވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
އެމެރިކާގެ ޓެކްސަސްގައި މީހަކު އީ-ސިނގެރެޓެއް ބޮނިކޮށް އެ ގޮވައި، ލިބުނު ޒަޚަމްތަކުގެ ސަބަބުން މަރުވެއްޖެ އެވެ.
ނުރަނގަޅު ކާބޯތަކެއްޗާއި އާދަތަކުން ދިވެހިން ހަލާކުވަނީ ހިތާމަކުރަންޖެހޭ މިންވަރަކަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ އުމުރަކީ 100 އަހަރުން މަތިވުން ކަމަށް ކަނޑައަޅާ ބިލެއް ހަވާއީގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައިފި އެވެ.
އަންނަ މެއި 31 ވަނަ ދުވަހުން ފެށިގެން ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރުމަށާއި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމަށް ސަރުކާރުން މިއަދު ނިންމައިފި އެވެ.
ދައުލަތުގެ ޚަރަދުގައި ހިލޭ ބޭސްފަރުވާ ކުރުމުގެ ނިޒާމު، އާސަންދައިން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ދުންފަތާ ގުޅުން ހުރި ބަލިތަކަށް ކަމަށާއި މިދިޔަ ދުވަސްތަކުގައި ރާއްޖޭގައި...
ދުންފަތް ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރާ ފަރާތްތަކަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ދޭ އެވޯޑަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.
ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރުމަށާއި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމަށް މީގެ އަހަރެއްހާ ދުވަސް ކުރިން ހަދައި ރައީސް އޮފީހަށް ފޮނުވާފައިވާ ގަވައިދަށް އަމަލު ކުރަން ފެށުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ އަށް މިއަދު ލަފާ އަރުއްވައިފި އެވެ.
ލޭގެ ކެންސަރުން އަހުމަދު ހަމީދު ،47، މިންޖުވިތާ ގާތްގަނޑަކަށް އަހަރެއް ފުރުނީ އެވެ. ހަމީދު ބުނާ ގޮތުގައި ކެންސަރު ޖެހުމުން އޭނާ އާއި މުޅި އާއިލާއަށް ވެސް ލިބުނީ ބޮޑު ނިކަމެތި...
އިނގިރޭސިވިލާތުގައި ގިނަ އަދަދަށް ފޭކް ސިނގިރެޓް ދައުވަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ކުރިމަތި ވެދާނެ ސިއްހީ ނުރައްކަލަށް ސަމާލުވާން އެ ގައުމުގެ ކަމާ ބެހޭ ފަރާތްތަކުން...
އަސްލަމް، 40، ގެ މެޔަށް އެރީ ވަރަށް ބާރު ގަދަ ތަދެކެވެ. ތަދު އެރުމުން ހީވީ އެތެރެހަށި "މެޝިނަކަށްލައި، ވަރަށް ބާރަށް ފިއްތާލާހެން" ކަމަށް އޭނާ ބުންޏެވެ. ފުރަތަމަ އެ ތަދު އެރީ މެންދުރެވެ. އެހެންވުމާ އެކު ދެ ގުޅަ ޕެނަޑޯލް ކާލައިގެން އަސްލަމް ނިދީ އެވެ. ދެ ވަނަ ފަހަރަށް ތަދު އެރީ އިރު އޮއްސުނު ވަގުތެވެ. ޑޮކްޓަރަށް ދިޔައީ އެހާ...
ސިނގިރެޓާއި ދުފުމާއި ހަކުރު އަޅާ ފޮނިކޮށްފައި ހުންނަ ބުއިންތަކާއި ނުރަނގަޅު ކާނާއާ ދެކޮޅު ބިޔަ ކެމްޕެއިންތަކެއް ހިންގުމަށް 21 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
ސިނގިރެޓާއި ދުފުމާއި ހަކުރު އަޅާ ފޮނިކޮށްފައި ހުންނަ ބުއިންތައް ފަދަ ނުރަނގަޅު އެއްޗެހިން ގައުމު ހަލާކުގެ ތެރެއަށް ދާން ދޫކޮށް ނުލައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން...
އެނާޖީ ޑްރިންކާއި ހަކުރު އަޅައި ފޮނިކޮށްފައި ހުންނަ ބުއިންތައް ބެއްލެވުން މިއަދުން ފެށިގެން ހުއްޓާލައްވާނެ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
މީރު ވަސް ދުއްވަން ބޭނުންކޮށް އުޅުނު "ސޮލަވާތް ދުންދަނޑި"ގެ ދުމަކީ ވެސް ކެންސަރަށް މަގު ފަހިކުރުވާ އެއްޗެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މުޅި ދުނިޔެ މަސައްކަތް ކުރަމުން އަންނަ އިރު އިންޑޮނީޝިއާގައި މިކަމާ ގުޅޭ ހިތާމަވެރި މަންޒަރުތައް ފެނުން އާންމެވެ. ވަރަށް ކުޑަ ކުދިން އެ ގައުމުގައި ދުންފަތުގެ އިސްތިއުމާލުކޮށް އެޔަށް ދެވި ހިފާފައިވާ ކަމުގެ ރިޕޯޓްތައް ދޭތެރެދޭތެރެއިން އާދެ އެވެ.
ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓާލަން ބޭނުންވާ މީހުންނަށް އެ ކަމުގައި އެހިތެރިވެދިނުމަށް ހާއްސަކޮށް އައިޖީއެމްއެޗްގައި އަލަށް ހުޅުވި ކްލިނިކަށް ފުރަތަމަ ހަފުތާގެ ތެރޭގައި ނުވަ މީހަކު ދައްކާފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.