11 އޮކްޓޯބަރ

October 11, 2020 19
ނަޝީދު، މާލޭ ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު، މާލޭ ސިޓީ ކައުންސިލާ މިއަދު ބައްދަލުކުރައްވައިފި އެވެ.

27 އޯގަސްޓް

August 27, 2020 19
ކައުންސިލަރުން ދެކެ ޝިފާ ހިތްހަމަނުޖެހިފައި!

އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މާލޭގެ މޭޔަރުގެ މަގާމުން އޭނާ ދުރުކުރުމުގެ މައްސަލަ ކައުންސިލަށް ހުށަހަޅާފައިވާއިރު އޭގެތެރޭގައި ރައްޔިތުންނަށް ޚިދުމަތް ނުދެވިގެން އެންމެ ކަންބޮޑުވުމެއް ވެސް ނެތް ކަމަށް ވިދާޅުވެ ކައުންސިލަރުންނާ މެދު ހިތްހަމަނުޖެހުންފާޅުކުރައްވައިފި އެވެ.

27 ޖެނުއަރީ

January 27, 2020 9
އެމްޑީޕީ ޕްރައިމަރީ: ވާދަވެރިކަން ބޮޑީ އަންހެނުންގެ

އެމްޑީޕީން އަންނަ ހުކުރުދުވަހު ބާއްވާ ޕްރައިމަރީގައި އެންމެ ވާދަވެރިކަން ބޮޑީ ލޯކަލް ކައުންސިލްތަކުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ޖާގަތަކަށް ވާދަކުރާ ކެންޑިޑޭޓުންގެ މެދުގައި ކަމަށް އެ ޕާޓީން ބުނެފި އެވެ.

06 ޖެނުއަރީ

January 06, 2020 42
ސަރަނގު އާދަމް މަނިކު، މާލޭގެ މޭޔަރުކަމަށް

މާލޭގެ ފުރަތަމަ މޭޔަރު އަދި ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު، ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރަކަށް ވާދަކުރައްވަން ނިންމަވައިފި އެވެ.

05 ޖެނުއަރީ

January 05, 2020 21
އަނަސް، މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރަކަށް އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވެސް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

31 ޑިސެމްބަރ

December 31, 2019 35
ނިޔާ، މާލޭގެ މޭޔަރަކަށް ވާދަކުރައްވަނީ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި މާލޭގެ މޭޔަރަކަށް، ސިޓީ ކައުންސިލްގައި ހެންވޭރު ދެކުނު ދާއިރާ މިހާރު ތަމްސީލް ކުރައްވާ އެމްޑީޕީގެ ކައުންސިލަރު އަދި ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހްމަދު ނިޔާޒް (ނިޔާ) ކުރިމަތިލައްވަން ނިންމަވައިފި އެވެ.

16 ޑިސެމްބަރ

December 16, 2019 85
މާލޭގެ މޭޔަރަކަށް މުއިއްޒާއި އަފްޝަން އަދި އަލްހާން

މާލޭގެ މޭޔަރު ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވާދަ ކުރައްވަން ނިންމަވައިފި އެވެ.

30 އޮކްޓޯބަރ

October 30, 2019 37
އެމްޑީއެންއަށް ފިޔަވަޅުއަޅަން 100 ކައުންސިލުން އެދެފި

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާ މެދު ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައި 100 އަށް ވުރެ ގިނަ ކައުންސިލްތަކުން ބަޔާން ނެރެފި އެވެ. އަދި އެމްޑީއެންއާ ދެކޮޅަށް ކޮންމެ ހަފުތާ ބަންދެއްގައި އެކި ރަށްރަށުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެކަމަކު، މީގެ ތެރޭގައި ތިން...

22 އޯގަސްޓް

August 22, 2019 25
އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ދެނީ

ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރަން ލާމަރުކަޒީ ނިޒާމަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު...

August 22, 2019 16
ޖަޒީރާ ތަރައްގީއަކީ ލާމަރުކަޒީ ރާއްޖެ ބިނާކުރުން:ރައީސް

އެމްޑީޕީގެ "ޖަޒީރާ ރާއްޖޭ"ގެ ހަގީގީ ތަރައްގީ އަށް ވާސިލްވެވޭނީ "ލާމަރުކަޒީ ރާއްޖެއެއް" ބިނާ ކުރެވިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

27 މާޗް

March 27, 2019 21
ސިޓީ ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި

މޭޔަރުންނާއި ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށް، އެ ބޭފުޅުންނަށް އިންޝުއަރެންސް ޕެކޭޖެއް ދިނުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

03 ޖުލައި

July 03, 2018 39
އެމްޑީޕީގެ މެނިފެސްޓޯ: ފަޅުތައް ކައުންސިލްތަކަށް

ބިން ބޭނުން ކުރުމުގެ ގައުމީ ސިޔާސަތެއް އެކުލަވާލައި، ރަށު ކައުންސިލްގެ އިހްތިސާސްގައިވާ ބިމާއި ކަނޑުފަޅާއި ފަރު ފަދަ ތަންތަން ރަށުގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް އެމްޑީޕީން މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކަނޑައެޅި މެނިފެސްޓޯގައި ހިމަނައިފި އެވެ.

17 މެއި

May 17, 2017 13
ލާމަރުކަޒީ ނިޒާމުގެ ބާރު ހޯދަން ނަޝީދު އެދިވަޑައިގެންފި

ލާމަރުކަޒީ ނިޒާމުގެ ބާރު އަނބުރާ ހޯދުމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ސިޓީ ކައުންސިލްތަކަށް އިންތިހާބުވި ބޭފުޅުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

08 މެއި

May 08, 2017 13
އިންތިހާބުން ސަރުކާރަށް ލިބުނީ ޔޫ ރިޕޯޓެއް: ގަފޫރު

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވެރިކަން ކުރާ ސަރުކާރަށް ލިބުނީ ޔޫ ރިޕޯޓެއް ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލްގަފޫރު މޫސާ ރޭ ވިދާޅުވެއްޖެ އެވެ.

07 މެއި

May 07, 2017 199
މިއީ ބޮޑު ބައްޔެއް، ސަރުކާރަށް ބޮޑު ލަދެއް!

ވޯޓުލުން ފެށުމާ ހަމައަށް، ހުރިހާ ބާރަކާއި ނުފޫޒެއް ސަރުކާރު ފަޅީގަ އެވެ؛ އިލެކްޝަންސް ކޮމިޝަން ކޮންޓްރޯލްކުރި އެވެ. އިދިކޮޅު ކެންޑިޑޭޓުން ކެމްޕޭން ކުރުން އޮތީ ހަނިކޮށްފަ އެވެ. އެންމެ ކުޑަމިނުން، ފާރެއްގައި ޕޯސްޓަރެއް ހިއްޕާލުން ވެސް އޮތީ ދަތިކޮށްފަ އެވެ. ސަރުކާރުގެ އެކި މަގާމްތަކުގައި ތިބި މީހުންނާއި އެ މީހުންގެ އާއިލާތަކަށް...

15 ޖެނުއަރީ

January 15, 2017 17
ކެންޑިޑެސީ ބާތިލްކުރި މައްސަލަ އެމްޑީޕީން ހައި ކޯޓަށް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ކުރިން ކުރިމަތިލާފައި ތިބި ކެންޑިޑޭޓުންގެ ކެންޑިޑެސީ ބާތިލްކޮށް، އެ މީހުން އަލުން ކުރިމަތިލާން ޖެހޭ ގޮތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލަ އެމްޑީޕީން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.

06 ނޮވެމްބަރ

November 06, 2016 19
"މުއްދަތު އިތުރު ކުރުމަކީ ރައީސަށް ކޮށްދިން ކަމެއް"

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިލެކްޝަންސް ކޮމިޝަނުން އިތުރު ކުރުމަކީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީނަށް ކޮށްދިން ކަމެއް ކަމަށް އެމްޑީޕީން މިރޭ ބުނެފި އެވެ.

05 އޮކްޓޯބަރ

October 05, 2016 10
ރާއްޖޭން ބޭރުގައި ވޯޓު ފޮށި ބެހެއްޓުމަށް ގޮވާލައިފި

ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖެ އިން ބޭރުގެ އެއްވެސް ގައުމެއްގައި ވޯޓު ފޮށި ނުބަހައްޓަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން އަނބުރާ ގެނައުމަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.