08 ޑިސެމްބަރ

December 08, 2019 9
ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކޮށްފި

ލޯކަަލް ކައުންސިލްތަކުގެ ދައުރު ތިން އަހަރުގެ ބަދަލުގައި ފަސް އަހަރަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލިހުން ގާނޫނުއަސާސީ އަށް ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

04 ޑިސެމްބަރ

December 04, 2019 25
މާލެ، އައްޑޫ، ފުވައްމުލަކަށް ކައުންސިލަރުން އިތުރުވަނީ

މާލެ ސިޓީ ކައުންސިލަށް 19 ކައުންސިލަރުންނާއި އައްޑު އަށް 11 ކައުންސިލަރުން އަދި ފުވައްމުލަކަށް ހަތް ކައުންސިލަރުން އިންތިހާބުކުރަންޖެހޭ ގޮތަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން...

December 04, 2019 30
އަންހެނުންނަށް ގޮނޑި ހާއްސަކުރުން ގާނޫނުއަސާސީއާ ޚިލާފު

ވަކި އަދަދަކަށް އަންހެނުން ކައުންސިލްތަކަށް އައްޔަންކުރާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުން ގާނޫނުއަސާސީއާ މުޅިން ހިލާފު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ...

03 ޑިސެމްބަރ

December 03, 2019 71
ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލިހަށް ދެނީ!

ކައުންސިލްތަކުގެ މޭޔަރުންނާއި ރައީސުންނާއި މެންބަރުންނާ ބެހޭ ގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާ މައްސަލައަކަށް ބިނާކޮށް މަގާމުން...

December 03, 2019 8
ކައުންސިލްތައް ފަސް އަހަރަށް ބަދަލުކުރަން ފާސްކޮށްފި

ލޯކަަލް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލު ކުރަން ގާނޫނުއަސާސީ އަށް ގެންނަން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިހުން މިއަދު ފާސްކޮށްފި އެވެ.

21 ނޮވެމްބަރ

November 21, 2019 6
ބަޖެޓް ޕްލޭން ކުރަން ކައުންސިލްތަކަށް އެއް މަސް ދެނީ

ރައްޔިތުންގެ މަޖިލީހުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ފާސްކުރާތާ އެއް މަސް ދުވަހުގެ ތެރޭގައި ކައުންސިލްތަކުގެ ބަޖެޓު ޕްލޭން ތައްޔާރުކޮށް، ފިނޭންސް މިނިސްޓްރީއާ ހިއްސާކުރަން ޖެހޭ ގޮތަށް ބަޖެޓާ ގުޅޭ ހާއްސަ ރެކޮމެންޑޭޝަނެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފި އެވެ.

20 ނޮވެމްބަރ

November 20, 2019 22
މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއެއް

މާލޭގެ މަގުތަކުގައި ދިމާވެފައިވާ ފެންބޮޑުވުމުގެ މައްސަލަ ހައްލުކޮށް ޒަމާނީ ފެންވަރަށް މަގުތައް ތަރައްގީކޮށް ތަރުތީބުކުރުމުގެ މަޝްރޫއެއް ކުރިއަށް ގެންދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ.

19 ނޮވެމްބަރ

November 19, 2019 33
ކޮމިޓީގައި ސިޓީ ކައުންސިލްގެ މެމްބަރުން ހޫނު ޒުވާބަކަށް

ދަތުރުވެރިންގެ މާރުކޭޓުން ގޮޅި ދޫކުރުމާ މެދު އުފެދިގެން އުޅޭ މައްސަލައާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށް މިއަދު ހާޒިރުކުރުމުން އެ ކައުންސިލަރުންގެ މެދުގައި ހޫނު ޒުވާބެއް ކޮށްފި އެވެ.

12 ނޮވެމްބަރ

November 12, 2019 1
ކައުންސިލްތައް 5 އަހަރަށް ބަދަލުކުރަން ފާސްކޮށްފި

ލޯކަަލް ކައުންސިލްތަކުގެ ދައުރު ފަސް އަހަރަށް ބަދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީން އިއްޔެ ފާސްކޮށްފި އެވެ.

07 ނޮވެމްބަރ

November 07, 2019 23
ކައުންސިލްތަކަށް 1.6 ބިލިއަން، ބޮޑު ބާރުވެރިކަމެއް

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓުގައި ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި 1.6 ބިލިއަން ރުފިޔާ ކަނޑައަޅައި، މައި ސަރުކާރަށް ބަރޯސާނުވެ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދިނުން ކައުންސިލްތަކުގެ އަތް މައްޗަށް ދޫކޮށްލައިފި އެވެ.

30 އޮކްޓޯބަރ

October 30, 2019 37
އެމްޑީއެންއަށް ފިޔަވަޅުއަޅަން 100 ކައުންސިލުން އެދެފި

އިސްލާމްދީނާއި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާ މެދު ހަރުކަށި ފިޔަވަޅު އަޅަން ގޮވާލައި 100 އަށް ވުރެ ގިނަ ކައުންސިލްތަކުން ބަޔާން ނެރެފި އެވެ. އަދި އެމްޑީއެންއާ ދެކޮޅަށް ކޮންމެ ހަފުތާ ބަންދެއްގައި އެކި ރަށްރަށުގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެކަމަކު، މީގެ ތެރޭގައި ތިން...

24 އޮކްޓޯބަރ

October 24, 2019 22
އާ ރަށްރަށަށް ނަމެއް ކިޔާލަން ވެސް ނުލިބޭ: ސުއޫދު

ރާއްޖޭގައި ފަޅުތައް ހިއްކައިގެން އަަލަށް ރަށްރަށް އުފައްދާ އިރު އެ ތަންތަނުގެ އިހްތިސާސް ގާނޫނަކުން ކަނޑަ ނާޅާތީ ބޮޑެތި މައްސަލަތައް ކުރިމަތިވާނެ ކަމަށް ވިދާޅުވެ، އޭގެ މިސާލެއްގެ ގޮތުން، އެއިން ރަށަކަށް ނަން ކިޔާނެ ފުރުސަތު ވެސް ދިވެހިންނަށް ނުލިބޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދު ރޭ ދައްކަވައިފި އެވެ.

08 އޮކްޓޯބަރ

October 08, 2019 5
އޮޅުން ބޮޅުން: ވިސްނަވާ، ބަދަލަކަށް ބޭނުންވޭ!

ލާމަރުކަޒީ އުސޫލުން ތަންތަން ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ޑިމޮކްރެޓިކް ވެއްޓެއް ރަށު ފެންވަރުގައި ވެސް ގާއިމްކުރުމެވެ. މަޝްވަރާ ކޮށްގެން، ޚިޔާލު ހޯދައިގެން، ރަށުގެ ބޭނުންތަކަށް ބަލައިގެން ރަށްފުށުގައި ޑިމޮކްރެސީގެ އުޞޫލު އަށަގެންނެވުމެވެ. ޑިމޮކްރެސީގެ ބޮޑު "ސްޓޭޖަށް" އެރުމަށް އެންމެ ތިރިން ފެށިގެން މީހުން ތަމްރީނު ކުރުމެވެ....

29 ސެޕްޓެމްބަރ

September 29, 2019 20
އައްޑޫގައި ގެސްޓް ހައުސް އަޅަން ބިން ދޫކުރަނީ

އައްޑޫގައި ޓޫރިޒަމްގެ ބޭނުމަށް 4،000 އެނދު ތަރައްގީކުރަން ބޭނުންވާ ބިން ދޫކުރަން އަންނަ މަހު އިއުލާނު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

02 ސެޕްޓެމްބަރ

September 02, 2019 60
އާމްދަނީގެ 5 ޕަސެންޓް ކައުންސިލަށް! ސަރުކާރަށް ސާބަސް

ރައްޔިތުންގެ އަތް މައްޗަށް ބާރުތައް ދޫކޮށްލީ ނަމެއްގަ އެވެ. ލާމަރުކަޒީ ނިޒާމަށް ރާއްޖެ ހިންގާތާ އަށް އަހަރު ވެފައިވީ ނަމަވެސް ހާލަތު ބަދަލެއް ނުވެ އެވެ. އަދިވެސް އޮތީ މައި ސަރުކާރަށް އާދޭސް ދެންނެވުމެވެ!

01 ސެޕްޓެމްބަރ

September 01, 2019 21
ތަނެއް ނުދައްކައި މާރުކޭޓް ބަންދުކުރުމުން ކަންބޮޑުވެއްޖެ

ވަގުތީ ތަނެއް ނުދައްކައި، ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް މަރާމާތު ކުރުމަށްޓަކައި މާލޭ ސިޓީ ކައުންސިލުން ބަންދުކުރުމުން، އެ ތަނުގައި މަސައްކަތް ކުރާ މީހުން ކަންބޮޑުވެއްޖެ އެވެ.

28 އޯގަސްޓް

August 28, 2019 28
ކާނިވާ ސަރަހައްދުގައި ހުއްދަ ނެތި އިމާރާތެއް އަޅަނީ

ހުއްދަ ނުހޯދާ ގަވައިދާ ހިލާފަށް ކާނިވާ ސަރަހައްދުގައި ބަޔަކު އިމާރާތެއް އަޅަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

25 އޯގަސްޓް

August 25, 2019 14
ރަށްރަށުގެ މުއްސަނދިކަން އެރަށަކަށް ދޭންގޮވާލާ ގަރާރެއް

ރަށްރަށުގެ ގުދުރަތީ މުއްސަނދިކަމާއި އުމްރާނީ ތަރައްގީގެ ވަސީލަތްތައް އެ ރަށަކަށް ލިބިދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރަކު މަޖިލިހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

22 އޯގަސްޓް

August 22, 2019 25
އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ދެނީ

ދައުލަތުގެ އާމްދަނީގެ ފަސް ޕަސަންޓް ކައުންސިލްތަކަށް ހާއްސަ ކުރަން ލާމަރުކަޒީ ނިޒާމަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު...

August 22, 2019 16
ޖަޒީރާ ތަރައްގީއަކީ ލާމަރުކަޒީ ރާއްޖެ ބިނާކުރުން:ރައީސް

އެމްޑީޕީގެ "ޖަޒީރާ ރާއްޖޭ"ގެ ހަގީގީ ތަރައްގީ އަށް ވާސިލްވެވޭނީ "ލާމަރުކަޒީ ރާއްޖެއެއް" ބިނާ ކުރެވިގެން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

18 އޯގަސްޓް

August 18, 2019 7
އެލްޖީއޭ އިން އުޅުނީ ސިޔާސީ ނިޒާމު ނައްތާލަން: ކޮމިޓީ

ގާނޫނުން ލިބިދީފައި ނުވާ ބާރުތައް ބޭނުންކޮށްގެން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން މިދިޔަ ފަސް އަހަރެއްހާ ދުވަހު މަސައްކަތް ކުރީ ވާދަވެރި ސިޔާސީ ނިޒާމު ނައްތާލަން ކަމަށާއި އެކަން ބަލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން އެކުލަވާލި ރިޕޯޓުގައި ބުނެފި އެވެ.

21 ޖުލައި

July 21, 2019 17
ހޮނިހިރުދުވަހު ހަވީރު މާލޭގައި ވެހިކަލް ދުއްވުން މަނާ

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކާ ގުޅިގެން، އަންނަ ހޮނިހިރު ދުވަހު ހަވީރު މާލޭގެ މަގުމަތީގައި ވެހިކަލް ދުއްވުން މަނާކޮށްފި އެވެ.