28 މާޗް

March 28, 2019 15
އެންމެ ބޮޑު ހޭދައެއް މުސާރަ ދިނުމަށް

މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް މިހާތަނަށް ބަޖެޓުން 1.3 ބިލިއަން ރުފިޔާ ހޭދަކޮށްފި އެވެ. މިއީ ދައުލަތުގެ ބަޖެޓުން މި އަހަރު އެންމެ ބޮޑު ހަރަދެއް ކުރި ދާއިރާ އެވެ.

20 މާޗް

March 20, 2019 28
މުސާރަ ހަމަހަމަ ކުރުމުގެ މަސައްކަތް ފަށައިފި

ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް އެއް ހަމަކުރުމަށްޓަކައި ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ބުނެފި އެވެ.

12 މާޗް

March 12, 2019 7
ވިހެއުމުގެ ޗުއްޓީ އެމްޕީއެލުން ހަ މަހަށް އިތުރުކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)ގެ މުވައްޒަފުންނަށް ވެސް ވިހެއުމުން ދޭ ޗުއްޓީ މިއަދުން ފެށިގެން އިތުރުކޮށްފި އެވެ.

10 މާޗް

March 10, 2019 35
މާބަނޑުމީހާ ބަލިވެއްޖެ ނަމަ އެއް މަހުގެ ޗުއްޓީއެއް!

މާބަނޑު މީހާ ބަލިވެގެން ހުށަހަޅައިފި ނަމަ ޗުއްޓީގެ ގޮތުގައި އިތުރު އެއް މަސް ދުވަސް ދޭ ގޮތަށް، އަންހެނުން ވިހެއުމުން ދޭ ހަ މަސް ދުވަހުގެ ޗުއްޓީއާ ބެހޭ ގަވައިދު އިސްލާހުކޮށްފި އެވެ.

07 މާޗް

March 07, 2019 90
ވިހެއުމުން ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފި

ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުން ވިހެއުމުން ލިބޭ ޗުއްޓީ، ހަ މަސް ދުވަށް މިއަދުން ފެށިގެން ސަރުކާރުން އިތުރުކޮށްދީފި އެވެ.

28 ފެބުރުއަރީ

February 28, 2019 30
ސައީދު ސަސްޕެންޑްކުރީ މުވައްޒަފުންނަށް އަމަލުކުރިގޮތުން

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދު ސަސްޕެންޑުކުރީ ރިޔާސީ އިންތިޚާބާ ދިމާކޮށް ސިވިލް ސާވިސް މުވައްޒަފުންނާ ދޭތެރޭ، ގާނޫނާއި ގަވައިދާ...

February 28, 2019 17
އެޑިއުކޭޝަންގެ ޕީއެސްގެ ސަސްޕެންޝަން އިތުރުކޮށްފި

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދުގެ ސަސްޕެންޝަންގެ މުއްދަތު ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިތުރުކޮށްފި އެވެ.

05 ފެބުރުއަރީ

February 05, 2019 10
ވަޒީފާގެ ބިރު ދެއްކުމަށް ނިމުމެއް ނާދޭ: ލޭބަ ޕާޓީ

ސިޔާސީ ބޭނުމަށް ވަޒީފާގެ ބިރު ދައްކައި، ވަޒީފާ އިން ވަކިކުރުން ފަދަ ކަންކަމަށް އަދިވެސް ނިމުމެއް ނާންނަ ކަމަށް މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން މިއަދު ބުނެފި އެވެ.

26 ޖެނުއަރީ

January 26, 2019 88
އެޑިއުކޭޝަންގެ ޕީއެސް އެއް މަހަށް ސަސްޕެންޑްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުންދާ މައްސަލަ އަކާ ގުޅިގެން، އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މުހައްމަދު ސައީދު ސަސްޕެންޑްކޮށްފި އެވެ.

03 ޖެނުއަރީ

January 03, 2019 6
ވަޒީފާއާ ގުޅޭ ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

ކުރީގެ ސަރުކާރުން ސިޔާސީ ގޮތުން ނުހައްގުން ވަޒީފާއިން ވަކިކުރި މީހުން އެކަމުގެ ޝަކުވާ ހުށަހެޅުމަށް ރައީސް އޮފީހުން ދިން މުއްދަތު މިއަދު އިތުރުކޮށްފި އެވެ.

26 ޑިސެމްބަރ

December 26, 2018 38
ހައުސިންގެ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލެނީ!

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލި އާ އުސޫލަށް ފައްތައި ހައުސިން މިނިސްޓްރީގެ އޮނިގަނޑަށް ގެންނަ ބަދަލުން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިވެދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

06 ޑިސެމްބަރ

December 06, 2018 52
ޔޫތުގެ ސްޓާފުންނަށް އޮފީހަށް ދަރިން ގެންދެވޭ ގޮތްހަދަނީ

ޔޫތު މިނިސްޓްރީގެ މުވައްޒަފުން މަސައްކަތް ކުރާ ވަގުތު އެ މީހުންގެ ދަރިން އޮފީހަށް ގެންގޮސް، އެ ކުދިންނާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

18 ނޮވެމްބަރ

November 18, 2018
ސީއެސްސީގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މެމްބަރު ކަމުގެ މަގާމެއް ހުސްވާތީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފި އެވެ.

13 ނޮވެމްބަރ

November 13, 2018 27
"ސިވިލް ސާވިސްގެ ތެރޭގައި ސިޔާސީ ނުފޫޒު ބޮޑު"

މި ސަރުކާރުގައި ސިވިލް ސާވިސްގެ ތެރެ އަށް ސިޔާސީ ނުފޫޒު ވަރަށް ބޮޑަށް ވަދެފައި ހުރި ކަން ފާހަގަ ކުރެވޭ ކަމަށް ޓްރާންސިޝަން ކޮމެޓީން މިއަދު ބުނެފި އެވެ.

30 އޮކްޓޯބަރ

October 30, 2018 25
އިސްލާމީ މަރުކަޒު ޗާލުކޮށްދޭ އަންހެންވެރިން

ފެހި ކުލައިގެ ހެދުމުގައި، މުޅި ގައިގައި ފޮތި އޮޅައި މޫނު ނިވާކޮށްގެން އެ މީހުން ތިބީ އިސްލާމީ މަރުކަޒު ވަށައިގެން ހުރި ސިޑިމަތި ގާނާށެވެ. އަތަށް ލެވުނު ބާރެއް ލައި އުނގުޅުމުގެ ބޭނުމަކީ އެތަނުގެ ވިދުން ގަދަކުރުމެވެ. އެއީ، ރާއްޖޭގައި ހުރި އެންމެ ހައިބަތު ބޮޑު، ރީތި ބިނާ އެ ގޮތުގައި ބަހައްޓަން ބަޔަކު ކުރާ މަސައްކަތުގެ ކުޑަ...

24 އޮކްޓޯބަރ

October 24, 2018 10
ބޮޑެތި ޚަރަދުތައް ނުކުރުމަށް ފިނޭންސުން އަންގައިފި

ދައުލަތުގެ މި އަހަރުގެ ބަޖެޓުގެ ޚަރަދުތައް ކުޑަކުރަން ބޭނުންވާތީ، ބޮޑު އެއްވެސް ޚަރަދެއް ނުކުރުމަށް ސަރުކާރުގެ އޮފީސްތަކަށް ފިނޭންސް މިނިސްޓްރީން މިއަދު އަންގައިފި އެވެ.

04 އޮކްޓޯބަރ

October 04, 2018 21
ނުކުރަންވީ ކަންތައް: މުވައްޒަފުން ސިޔާސީ ނުކުރައްވާ!

ދިވެހި ރައްޔިތުން ވޯޓުލާނީ މިނިވަންކަމާ އެކު، އެބައި މީހުންގެ ވިސްނުމާ އެއްގޮތަކަށް ކަން މިވަނީ ވަރަށް ފާޅުގައި ދައްކާފަ އެވެ. ސަރުކާރު ބުނީތީ، އޮފީހުގެ ވެރިޔަކު އެންގީތީ، ވަކި އަތަކަށް ވޯޓު ނުލާނޭކަން މިވަނީ ވަރަށް ހާމަކަން ބޮޑު ގޮތުގައި އިޢުލާނުކޮށްފަ އެވެ. އެއްފަހަރުކު ނޫނެވެ. ވިދިވިދިގެން ތިން ރިޔާސީ އިންތިޚާބުގަޔާއި، ދެ...

01 އޮކްޓޯބަރ

October 01, 2018 10
ސިވިލް ސާވިސްގެ ވަޒީފާ ދިނުން މެދުކަނޑާލައިފި

އާ ސަރުކާރާ އެކު ހިންގުމުގެ ނިޒާމަށް އަތުވެދާނެތީ، ސިވިލް ސާވިސްގެ ވަޒީފާތަކަށް އިއުލާންކުރުން މިއަދުން ފެށިގެން މެދުކަނޑާލައިފި އެވެ.

October 01, 2018 8
ޑީޖީޓީގެ މަގާމަށް ސީވީޑް ލަތީފް އައްޔަންކޮށްފި

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ)ގެ މަގާމަށް ހ. ސީވީޑް، އަހުމަދު ލަތީފް (ސީވީޑް ލަތީފް) ސިވިލް ސާވިސް...

October 01, 2018 15
އާސަރުކާރަށް އެއްބާރުލުން ދޭން ޕީއެސްއިންނަށް އަންގައިފި

ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ސިވިލް ސާވިސް އިދާރާތަކުގެ އެއްބާރުލުން އިތުރުކޮށްދިނުމަށް މިނިސްޓްރީތަކުގެ...

20 ސެޕްޓެމްބަރ

September 20, 2018 9
ސަލާމް ބުނުމުން އުނިކުރި ފައިސާ އަނބުރާ ނުދޭތީ ކޯޓަށް

ސިވިލް ސާވިސް މުވައްޒަފަކު ސަލާމް ބުނުމުން އޭނާގެ ސާވިސް އެލަވަންސުން އުނިކުރި ފައިސާ އަނބުރާ ނުދިނުމުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

18 ސެޕްޓެމްބަރ

September 18, 2018 18
ސިޔާސީ ކަންތަކަށް ނުފޫޒު ނުފޯރުވަން ސީއެސްސީން އެދިއްޖެ

ސިވިލް ސާވެންޓުން ވަޒީފާ އަދާކުރަމުން އަންނަ އިދާރާތްތަކާއި މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ސިޔާސީ ހަރަކާތްތަކަށް ބާރާއި ނުފޫޒު ނުފޯރުވަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އިއްޔެ އިލްތިމާސް ކޮށްފި އެވެ.

09 ސެޕްޓެމްބަރ

September 09, 2018 131
ސިވިލް ސާވިސްގެ މުސާރަ ބޮޑު ކުރާނަން: އިބޫ

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކޮށް ދިނުމުގެ ވައުދުގެ އިތުރުން، އެހެން ގިނަ ވައުދުތަކެއް އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިރޭ ވެވަޑައިގެންފި އެވެ.