07 ފެބުރުއަރީ

February 07, 2017 55
މޫނު ބުރުގާގެ މައްސަލައިގައި އިހްތިޖާޖުކޮށްްދޭން އެދެފި

މޫނު ބުރުގާ އަޅައިގެން ސިވިލް ސާވިސްގެ ވަޒީފާ އަދާ ނުކުރެވޭތީ އެކަމާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްދޭން ސަލަފު ޖަމިއްޔާ އިން އެދެފި އެވެ.

05 ފެބުރުއަރީ

February 05, 2017 21
މޫނު ބުރުގާ އެޅުން މަނާކުރާ މާއްދާ ބާތިލްކުރަން ކޯޓަށް

ސިވިލް ސާވިސް މުވައްޒަފުން މޫނު ބުރުގާ އެޅުން މަނާކޮށް، ސިވިލް ސާވިސްގެ ގަވައިދުގައި އޮންނަ މާއްދާ ބާތިލްކުރަން އަމިއްލަ ބަޔަކު ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

03 ފެބުރުއަރީ

February 03, 2017 59
އެނގުނީ ދައުލަތުގެ މުސާރަ އޮނިގަނޑުގެ ދޯހަޅިކަން

ފުލުހުންގެ މިދިޔަ މަހުގެ މުސާރައާ މެދު ކަންތައް ވެގެން ދިޔަ ގޮތުން ހާމަވި އެކައްޗަކީ ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކުން ކަންކަން ނިންމުމުގައި ގެންގުޅޭ ދޯހަޅި ސިޔާސަތެވެ. އުސޫލެއް، ރޭވުންތެރިކަން އަދި ހަރުދަނާ ސިޔާސަތެއް ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ކަންތައްތަކުގައި ނެތްކަން ވަރަށް ސާފުކޮށް އެނގިއްޖެ އެވެ.

02 ފެބުރުއަރީ

February 02, 2017 25
ދައުލަތް ތިޔާގި، މުސާރަ ލަސްވީ ނިޒާމު ބަދަލުވުމުން

މުވައްޒަފުންގެ މުސާރަ ދޭނެ ފައިސާ އެބަހުރި ކަމަށާއި މިދިޔަ މަހުގެ މުސާރަ ލަސްވީ މުސާރަ ދޭން ގެންގުޅޭ ނިޒާމު އޮޓޮމޭޓެޑް ސިސްޓަމަކަށް ބަދަލުކުރުމުން ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

31 ޖެނުއަރީ

January 31, 2017 25
ސިވިލް ސާވިސް އަށް އިސްލާހީ ބަދަލު އަންނާނެ: ޝަމީމް

ސިވިލް ސާވިސްގެ ހިދުމަތަށް މި އަހަރު އިސްލާހީ ބަދަލުތަކެއް އަންނާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް އަލީ ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

30 ޖެނުއަރީ

January 30, 2017 10
އޮޅުންބޮޅުން: ސަރުކާރުގެ މުއައްޒަފުންނަށް ފުލެޓް ދިނުން

ފަހަކަށް އައިސް ވަރަށް ގިނައިން އިވޭ އަޑެކެވެ. ސަރުކާރުގެ މުއައްޒަފުންނަށް ސަރުކާރުން ތަފާތު ލުއިތައް ދެއްވުމުގެ ގޮތުން އެކިއެކި ކަންތައް ކުރައްވާ ވާހަކައެވެ. ޢާއްމު ގޮތެއްގައި ތަަފާތު އޮފީސްތަކުން ތަފާތު ޚިދުމަތް ދޭ ވާހަކައިގެ އަޑެވެ. ބައެއް އޮފީސްތަކުން އެތަނުގައި މަސައްކަތްކުރާ މުއައްޒަފުންނަށް ހައްޖަށް ދެވޭ ގޮތަށް...

19 ޖެނުއަރީ

January 19, 2017 21
ސަރުކާރު މުވައްޒަފުންނަށް 400 ފްލެޓް އަޅަން އަމީނަށް

ސަރުކާރުގެ މުވައްޒަފުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދޭން ހުޅުމާލޭގައި 402 ހައުސިން ޔުނިޓް އަޅަން 647 މިލިއަން ރުފިޔާއަށް އަމިން ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފި އެވެ.

12 ޖެނުއަރީ

January 12, 2017
ފިނޭންސުން ބަދަލުކުރާ މުވައްޒަފުންނާ އިންޓަވިއު ކުރަނީ

ފިނޭންސް މިނިސްޓްރީން އުވާލަން ނިންމާފައިވާ މަގާމުތަކުގައި ތިބި މުވައްޒަފުން ބަދަލުވާން ބޭނުންވާ އޮފީސްތައް ބެލުމަށް އެ މުވައްޒަފުންނާ އެކު މިއަދު އިންޓަވިއު ފަށައިފި އެވެ.

22 ޑިސެމްބަރ

December 22, 2016 24
މުސާރަ ބޮޑުކުރުމުގެ މަސައްކަތްތަކެއް އެބަ ކުރޭ: ޝަމީމް

ސިވިލް ސާވިސްގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅޭ މަޝްވަރާތަކާ އެކު މަސައްކަތްތަކެއް ވެސް ކުރިއަށް އެބަ ދާ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ރައީސް ޑރ. އަލީ ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

04 ޑިސެމްބަރ

December 04, 2016 31
ފުވައްމުލަކުގެ ގިނަ ބައެއްގެ ވަޒީފާ ގެއްލެނީ

ފުވައްމުލަކަށް ސިޓީއެއްގެ ދަރަޖަ ދިނުމާ ގުޅިގެން ބާއްވާ އިންތިހާބަށްފަހު، އަވަށު ކައުންސިލް އިދާރާތައް އުވާލުމުން ގާތްގަނޑަކަށް 75 މީހުންގެ ވަޒީފާ ގެއްލިދާނެ ކަމުގެ ބިރު ހީވެއްޖެ އެވެ.

30 ނޮވެމްބަރ

November 30, 2016 11
މަޖުބޫރުން މީހުން ޖަލްސާ އަށް ގެންދިއުން ކުށްވެރިކޮށްފި

ސިވިލް ސާވަންޓުންނާއި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްގެން، ޖަލްސާތަކަށް ގެންދިއުމަކީ ދަށު ދަރަޖައިގެ އަމަލެއް ކަމަށް އެމްޑީޕީން ރޭ ބުނެފި އެވެ.

29 ނޮވެމްބަރ

November 29, 2016 75
ޖަލްސާ ފޫހި، މަޖުބޫރު، އެންމެ ފަހުން ނުކުތީ!

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރަން "ހަބޭސް ތިނެއް" ގެ ނަމުގައި ރޭ ބޭއްވި ޖަލްސާ އިން ގިނަ ބަޔަކު ނުކުމެގެން ދިއުމުން އެތައް ބައެއްގެ ހިތުގައި ސުވާލު އުފެދިއްޖެ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި އެއިން ދައްކައިދެނީ ގިނަ ބައެއްގެ ހިތުގައި ސަރުކާރަށް ތާއީދު ނެތް ކަމެވެ. އަނެއް ބަޔަކު ބުނަނީ ޖަލްސާ އެހާ ފޫހި ކަމަށެވެ.

22 ނޮވެމްބަރ

November 22, 2016 15
ޕީއެސްއިންނާ މެދު އަމަލުކުރާ އުސޫލަށް ބަދަލު ގެނެސްފި

ސަރުކާރުގެ އެކިއެކި ހަފުލާތަކަށް ދައުވަތު ދެއްވުމުގައި މިނިސްޓްރީތަކުގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) އިންނާ މެދު ވެސް ޑެޕިއުޓީ މިނިސްޓަރުންނާ އެއް ފެންވަރެއްގައި އަމަލުކުރުމަށް ރައީސް އަބްދުﷲ ޔާމީން މިއަދު އަންގަވައިފި އެވެ.

03 ނޮވެމްބަރ

November 03, 2016 104
މުވައްޒަފުން ގާތު ބުނަނީ މެނިފެސްޓޯއާ ބެހޭ ޖަލްސާއެކޭ

ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން "އަސްލު" ޖަލްސާގެ ނަމުގައި އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ޕްރޮމޯޓް ކުރަމުންދާ ޖަލްސާ އަށް ސަރުކާރުގެ މުވައްޒަފުން ދާން އަންގަނީ އެއީ މެނިފެސްޓޯ ތަންފީޒުކުރުމާ ގުޅޭ ޖަލްސާއެއް ކަމަށް ބުނެ ކަން ހާމަވެއްޖެ އެވެ.

02 ނޮވެމްބަރ

November 02, 2016 139
ޖަލްސާ އަށް ދާން މަޖުބޫރުކޮށް، އިންޒާރު ދެނީ!

ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން "އަސްލު ޖަލްސާ" ނަމުގައި އަންނަ ހުކުރު ދުވަހު ރޭ ކާނިވަލުގައި ބާއްވާ ޖަލްސާ އަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުން ދާން އަންގައި، ނުދާ މީހުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެމުންދާ ކަމަށް ބައެއް ކުންފުނިތަކުގެ މުވައްޒަފުން މިއަދު ބުނެފި...

05 އޮކްޓޯބަރ

October 05, 2016 5
ޖަރުމަނުގެ ސަފީރަކަށް ޖަމީލާ ހަމަޖައްސަނީ

ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރަކަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް ޖަމީލާ އަލީ ހާލިދު އައްޔަން ކުރުމަށްޓަކައި އޭނާއަށް ރައްޔިތުންގެ މަޖިލިހުގެ ރުހުން ހޯދުމަށް ރައީސް އަބްދުﷲ ޔާމީން ފޮނުއްވައިފި އެވެ.

30 އޯގަސްޓް

August 30, 2016 13
މުވައްޒަފުން ހެނދުނު އޮފީހަށް ނުދާކަން ފަޅާއަރައިފި

ދުބާއީ (އޮގަސްޓް 30) - ސަރުކާރު މުވައްޒަފުން ހެނދުނު އޮފީހަށް ނުދާކަން ދުބާއީގެ އަމީރު ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމަށް ފަޅާ އަރައިފި އެވެ.

25 އޯގަސްޓް

August 25, 2016 49
އިމިގްރޭޝަން މުވައްޒަފުން ތުނބުޅި ކުރުކުރަން އަންގައިފި

އިމިގްރޭޝަން ބައެއް މުވައްޒަފުން ތުނބުޅި އާއި ބޯ ދިގުކޮށް، ޔުނިފޯމް މިންގަނޑާ ހިލާފުވާތީ އެކަން ރަނގަޅު ކުރަން އަންގައި، މޯލްޑިވްސް އިމިގްރޭޝަނުން މުހުލަތެއް ދީފި އެވެ.

09 އޯގަސްޓް

August 09, 2016 16
ސަރުކާރުގެ ޕްރޮފެޝަނަލް ބޭފުޅުންނަށް ހައުސިން ޔުނިޓް

ސަރުކާރުގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ ޕްރޮފެޝަނަލް ބޭފުޅުންނަށް އަމާޒުކޮށްގެން ހުޅުމާލޭގައި 1،500 ހައުސިން ޔުނިޓް އަޅަން ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ.

03 އޯގަސްޓް

August 03, 2016 5
ސީއެސްސީގެ ބަޖެޓް ބޮޑުކުރެވޭކަށް ނެތް: ކޮމިޓީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ބަޖެޓް ބޮޑުކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނީ އަންނަ އަހަރުގެ ބަޖެޓާއެކު ކަމަށް މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.