30 އޯގަސްޓް

August 30, 2019 2
އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް އިންޑިއާގައި މަނާކުރަނީ

ޕްލާސްޓިކާ ދެކޮޅަށް އިންޑިއާ އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެއްފަހަރު ބޭނުންކޮށްފައިވާ އުކައިލާ ޕްލާސްޓިކް ހަ ބާވަތެއް އެ ގައުމުގައި އަންނަ އޮކްޓޯބަރު މަހުގެ ދެ އިން ފެށިގެން މަނާކުރަން ނިންމައިފި އެވެ.

29 އޯގަސްޓް

August 29, 2019
އެމްސްޓެޑަމުން ސާފު ހަކަތަ އަށް ހާއްސަވަނީ

ތިމާވެށި ހިމާޔަތްކުރަން ނެދަލެންޑްސް އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން، އެމްސްޓެޑަމް އިން 2030 އަންނަންވާ އިރަށް، ޕެޓްރޯލާއި ޑީސަލުން ދުއްވާ ވެހިކަލްތައް ބޭނުންކުރުން ހުއްޓާލަން ނިންމައިފި އެވެ.

27 އޯގަސްޓް

August 27, 2019 8
މޫސުމީ ރެފިއުޖީންނަށް ވާކަށް ދިވެހިން ބޭނުމެއް ނޫން

ތިމާވެށީގެ ރެފިއުޖީންނަށް ވާން ދިވެހިން ބޭނުން ނުވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.

24 އޯގަސްޓް

August 24, 2019 10
ރައީސްގެ ގޮވާލުން: އެމެޒަން ޖަންގަލި ސަލާމަތްކޮށްދީ!

ދުނިޔޭގެ އެންމެ ބޮޑު ޖަންގަލި، އެމެޒަންގައި ރޯކޮށް އަންދަމުން ދާތީ އެކަން ހުއްޓުވައިދިނުމަށް ދުނިޔެއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ގޮވާލައްވައިފި އެވެ.

21 އޯގަސްޓް

August 21, 2019
އާކްޓިކަށް ވެހުނު ސްނޯގައި ޕްލާސްޓިކް

މޫސުމަށް އަންނަ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކުގެ ބިރު ކުރިއަށް އޮތީ އެވެ. އިންސާނުންގެ އަމަލުތައް ހުރި ގޮތުން ދުނިޔޭގެ ވެށި ހަލާކުވެ، ދިރިއުޅެން ވެސް ނުރައްކާވެދާނެ ކަމުގެ އިންޒާރުތައް އަންނަނީ ލިބެމުންނެވެ.

16 އޯގަސްޓް

August 16, 2019 2
ކާބަން ނިއުޓްރަލްވާން ބީފް ބާގާ މަނާކުރަނީ

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރާ މަސައްކަތުގެ ދަށުންނާއި ތިމާވެއްޓާ ބީރައްޓެހި ހަކަތާއާ ދުރުވާން އިނގިރޭސިވިލާތުގެ ގޯލްޑްސުމިތުސް ޔުނިވަސިޓީން އެތަނުގެ އައުޓްލެޓްތަކުގައި ބީފް ބާގާ މަނާކުރަން ނިންމައިފި އެވެ.

14 އޯގަސްޓް

August 14, 2019 2
ޖަރުމަނުގައި ވެސް ޕްލާސްޓިކް ކޮތަޅު މަނާކުރަނީ

ޖަރުމަނުގައި ޕްލާސްޓިކް ކޮތަޅު ބޭނުންކުރާ މިންވަރު މަދުކުރަން މީގެ ތިން އަހަރު ކުރިން މަސައްކަތް ފެށުމަށް ފަހު، އެ ގައުމުގައި ޕްލާސްޓިކް ކޮތަޅު އެއްކޮށް މަނާކުރަން މިހާރު ނިންމާފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

17 ޖުލައި

July 17, 2019 1
ކޮލެޖްތަކެއްގައި ދަރިވަރުން ގަސް އިންދަން ލާޒިމް

މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށާއި އިންޑިއާގެ ވެށި ރީތިކުރަން ހިންގާ ޕްރޮގްރާމްތަކާ ގުޅުވައިގެން، ވެރިރަށް ނިއު ދިއްލީގެ ނުވަ ކޮލެޖަކާ އަލަށް ގުޅޭ ދަރިވަރުން ފުރަތަމަ އަހަރުގެ ތެރޭގައި 10 ގަސް އިންދާ ގޮތަށް ހަމަޖައްސައިފި އެވެ.

16 ޖުލައި

July 16, 2019 10
ކިނބިދުއަށް އުދަ އެރިލެއް ބޮޑުކަމުން ބިރުވެރިކަމެއް!

ތ. ކިނބިދުއަށް ކުރިން ވެސް އުދަ އަރަ އެވެ. އެކަމަކު އިއްޔެގެ އުދައިގެ ލޮނުގަނޑު ބޮޑުކަމާއި، ރަށުތެރެއަށް ފެތުރުނުލެއް ވަރުގަދަކަމުން، ރަށު ރައްޔިތުންގެ ހިތުގައި އުފެދުނީ މީގެ 15 އަހަރު ކުރިން ކުރިމަތިވި ސުނާމީގެ ބިރުވެރިިކަމެވެ.

01 ޖުލައި

July 01, 2019 11
ޕްލާސްޓިކް މަނާ ކުރަން މަޖިލިހުން ގަރާރެއް ފާސްކޮށްފި

އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކްގެ ބާވަތްތައް 2025 އިން ފެށިގެން ބޭނުންކުރުން މަނާ ކުރަން ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންގެ އިއްތިފާގުން ގަރާރެއް މިއަދު ފާސްކޮށްފި އެވެ.

25 ޖޫން

June 25, 2019 7
ބިންހިއްކަން ހުއްދަ ދެނީ ފެހިކުރާނެ ގޮތް ވެސް ބަލާފައި

ރާއްޖޭގައި ބިންހިއްކުމުގެ ހުއްދަ މިހާރު ދެނީ އެތަނެއް ފެހިކުރާނެ އެކަށީގެންވާ ގޮތްތަކެއް ވެސް ހުށަހެޅުމުން ކަމަށް، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އިއްޔެ ބުނެފި އެވެ.

24 ޖޫން

June 24, 2019 18
ޔާމީންގެ ސަރުކާރުގައި އީޕީއޭ އަށް ނުފޫޒު ފޯރުވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގައި އެންވަޔަރަމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށް އެ އޮތޯރިޓީގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު...

June 24, 2019
ޕިންކް ފްލޯއިޑްގެ ގިޓާތަކެއް ނީލަމުގައި

އިނގިރޭސިވިލާތުގެ ކުރީގެ މަޝްހޫރު ރޮކް ބޭންޑް "ޕިންކް ފްލޯއިޑް" ގެ ލަވަކިޔުންތެރިޔާ ޑޭވިޑް ގިލްމޯގެ އަތުގައި ހުރި ގިނަ އަދަދެއްގެ ގިޓާ ނީލަމެއްގައި ވިއްކާލައި، މޫސުމަށް އަންނަ...

23 ޖޫން

June 23, 2019 11
ދަރިވަރުން މަޖިލީހަށް: ޕްލާސްޓިކް މަދުކޮށްދީ!

އެއް ފަހަރު ބޭނުންކުރާ ޕްލާސްޓިކްގެ ބާވަތްތައް މަދު ކުރުމަށް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކޮށްދިނުމަށް ކިޔަވާ ކުދިން މިއަދު އެދިއްޖެ އެވެ.

05 ޖޫން

June 05, 2019 13
ދުނިޔެ ހޫނުވުން ކުޑަވޭތޯ ތިބެން ވަގުތެއް ނެތް: ޝާހިދު

ދުނިޔެ މިހާރު ހޫނުވަމުންދާ މިންވަރަށް ހޫނުވާ ނަމަ ރާއްޖެ ފަދަ ގައުމުތައް ނެތިގެން ދާނެ ކަމަށާއި ހޫނުވާ މިންވަރު ކުޑަކުރެވޭނެ ކަމުގެ އުއްމީދުގައި އިންތިޒާރުގައި ތިބެވެން ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

03 ޖޫން

June 03, 2019 14
ކްލައިމެޓް ކޮންފަރެންސަށް ޝާހިދު ޖަރުމަނަށް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ގައުމުތަކުގެ ސަލާމަތަށް ކުރިމަތިވެދާނެ ނުރައްކާ ތަކާ ބެހޭ ގޮތުން ޖަރުމަނުގެ ވެރިރަށް ބާލިންގައި ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ފުރާވަޑައިގެންފި އެވެ.

30 މެއި

May 30, 2019 3
ފިލިޕިންސްގެ ދަރިވަރުން ގަސް އިންދުން ލާޒިމްކޮށްފި

ފިލިޕީންސްގައި ކިޔަވާ ދަރިވަރުން ގްރެޖްއޭޓްވުމުގެ ކުރިން ގަސް އިންދަން ޖެހޭ ގާނޫނެއް ފާސްކޮށް އެއަށް އަމަލުކުރަން ނިންމައިފި އެވެ.

10 މެއި

May 10, 2019 1
އިންޑިއާގެ ސްކޫލެއްގެ ފީ އަކީ ޕްލާސްޓިކް

އިންޑިއާގެ ސްކޫލަކުން ދަރިވަރުންގެ ފީއަކަށް ޕްލާސްޓިކް ނަގަން ފަށައިފި އެވެ.

21 އެޕްރީލް

April 21, 2019
"އާތު" ލަވައިން ކިޔައި ދެނީ އެންމެންނާ ގުޅޭ ވާހަކައެއް

ގުދުރަތީ ކާރިސާތަކުންނާއި އިންސާނުންގެ އަމަލުންތަކުން ދުނިޔެ އަށް ކުރިމަތިވަމުންދާ މައްސަކަލަތަކަށް ހޭލުންތެރިކަން އުފައްދަން "އާތު" ގެ ނަމުގައި ގެނެސް ދިން ވީޑިއޯ ލަވައަކަށް އެތައް ބައެއްގެ ސަމާލުކަން ލިބިއްޖެ އެވެ.

25 މާޗް

March 25, 2019 16
މ.މުލަކުން 800 އަށް ވުރެ ގިނަ ރުއް ނަގަނީ

ތަރައްގީގެ ތިން މަޝްރޫއަކަށް މ. މުލަކުން 800 އަށް ވުރެ ގިނަ ރުއް ނަގައި އެހެން ތަނެއްގައި އިންދަން އެ ރަށު ކައުންސިލުން އިއުލާނުކޮށްފި އެވެ.

16 މާޗް

March 16, 2019 1
ޕްލާސްޓިކް މަދުކުރާނެ ކަމަށް ކޮކަ ކޯލާ އިން ބުނެފި

ޕްލާސްޓިކާ ދެކޮޅަށް މުޅި ދުނިޔެ ހަނގުރާމަ ކުރަމުން އަންނަ އިރު، ބޮޑެތި އަދި މަޝްހޫރު ކުންފުނިތަކަށް އަދިވެސް ޕްލާސްޓިކާ ނުލައި ކުރިއަށް ދެވޭނެ ގޮތެއް ނުހޯދެ އެވެ. ގިނަ ބައެއްގެ މެދުގައި މަގުބޫލު ކޮކަ ކޯލާ ކުންފުނި މީގެ ތެރޭގައި ހިމެނެ އެވެ.