17 ފެބުރުއަރީ

February 17, 2019 5
ސައްތައިން ސައްތަ ރެކޯޑަކާ އެކު އީގަލްސް ފައިނަލަށް

ކެޕްޓަން ހަސަން ރާއިފް (ހަންނަ)ގެ ދެ ލަނޑާ އެކު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 3-1 އިން ބަލިކޮށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ސައްތައިން ސައްތަ ރެކޯޑަކާ އެކު އީގަލްސް އިން އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން މިރޭ ޖާގަ ހޯދައިފި އެވެ.

16 ފެބުރުއަރީ

February 16, 2019
ޔޫތު ޗެމްޕިއަންޝިޕް: ސެމީ އަށް ޓީމުތައް ތައްޔާރުވެފައި

ޒުވާން ކުޅުންތެރިން އުފެއްދުމުގެ މަގުސަދުގައި އެފްއޭއެމުން ކުރިއަށްގެންދާ 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގެ ސެމީ ފައިނަލް މެޗުތަކަށް މިއަދު އޮންނައިރު، މުބާރާތުގައި މިހާތަނަށް ވެސް ވަނީ ފެންވަރު ރަނގަޅު ގިނަ ކުޅުންތެރިންތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ. މުބާރާތުގެ ފަހު ތިން މެޗު ކުރިއަށް އޮތްއިރު، މި ތިން މެޗު ވެސް...

14 ފެބުރުއަރީ

February 14, 2019 2
ސެމީގެ ފަހު ޖާގަ ގްރީން ސްޓްރީޓްސް އަށް

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ކްލަބް އީގަލްސް ސެމީ ފައިނަލުން ފުރުސަތު ހޯދިއިރު، ގްރޫޕްގެ ދެ ވަނަ ޓީމުގެ ގޮތުގައި ގްރީން ސްޓްރީޓްސް އަށް ސެމީގެ ދެ ވަނަ ޖާގަ ލިބިއްޖެ އެވެ.

12 ފެބުރުއަރީ

February 12, 2019
މާޒިޔާ ކަޓުވާލުމަށް ފަހު އީގަލްސް ސެމީ އަށް

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރޭ 1-0 އިން މާޒިޔާ ބަލިކޮށް ބާކީ އެއް މެޗު އޮއްވައި ކްލަބް އީގަލްސް މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

10 ފެބުރުއަރީ

February 10, 2019
އޭދަފުށްޓައް އުއްމީދެއް، އީގަލްސް ލީޑުނަގައިފި

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ މާޒިޔާ އަތުން 1-0 އިން މޮޅުވެ ކްލަބް އޭދަފުށިން ސެމީ ފައިނަލުގެ އުއްމީދު އާކުރިއިރު، ރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 5-0 އިން ހޯދި ބޮޑު މޮޅާ އެކު ގްރޫޕުގެ އެއް ވަަނައިގައި ކްލަބް އީގަލްސް ލީޑުނަގައިފި އެވެ.

06 ފެބުރުއަރީ

February 06, 2019
އޭދަފުށި ބަލިކޮށް އީގަލްސް އަށް ރަނގަޅު ފެށުމެއް

އެފްއޭއެމް 21 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރޭ ކުޅުނު މެޗުން ކްލަބް އޭދަފުށި އަތުން 3-1 އިން މޮޅުވެ ކްލަބް އީގަލްސް އިން ފެށުން ރަނގަޅުކޮށްފި އެވެ.

25 ޑިސެމްބަރ

December 25, 2018 14
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟

އަންނަ އަހަރުން ފެށިގެން ފުޓްބޯޅަ ސީޒަން ޖޫން މަހު ފަށަން އެފްއޭއެމުން ހުށަހެޅި ހުށަހެޅުމަށް ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކުން ތާއީދުކޮށްފި އެވެ.

01 ޑިސެމްބަރ

December 01, 2018 12
ޗެމްޕިއަން ޓީސީން ލީގުގެ އައްޑަނަ އުފުލާލައިފި

ފޯރިގަދަ ކުޅުމެއް ފެނުނު މެޗުން ފަހު މިނިޓްގައި އިޝާން އިބްރާހިމް (ސައްޓު) ވައްދާލި ގޯލުން ކްލަބް އީގަލްސްއާ 4-4 އިން އެއްވަރުކޮށް ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބުން ފުރަތަމަ ފަހަރަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އައްޑަނަ މިރޭ އުފުލާލައިފި އެވެ.

26 ނޮވެމްބަރ

November 26, 2018 7
ނިއު ބަލިކޮށް އީގަލްސް ގަދަ ތިނެއް ކަށަވަރުކޮށްފި

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓް އަތުން 2-0 އިން ހޯދި މޮޅާ އެކު އީގަލްސް ލީގުގެ ގަދަ ތިނެއް ކަށަވަރުކޮށްފި އެވެ.

19 ނޮވެމްބަރ

November 19, 2018 2
"ހާލަތު ރަނގަޅެއް ނޫން، ހިތްވަރަކީ ކުޅުންތެރިން"

މާލީގޮތުން ޓީމަށް އެންމެ ބޮޑު މައްސަލަތަކެއް ދިމާވެފައި އޮތް ވަގުތު ޓީމަށް ހިތްވަރު ލިބުނީ ކުޅުންތެރިންގެ ފަރާތުން ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

08 ނޮވެމްބަރ

November 08, 2018 3
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އަށް ބޮޑު މޮޅެއް

އަހުމަދު ރިޒުވާން (ރިޒޭ) މި ސީޒަނުގައި ހެދި ހަތް ވަނަ ހެޓްރިކާ އެކު 5-0 އިން ށ. ފޯކައިދޫ ބަލިކޮށް އީގަލްސް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

29 އޮކްޓޯބަރ

October 29, 2018 2
ރިޒޭގެ ހަތަރު ގޯލާ އެކު އީގަލްސް އަށް ބޮޑު މޮޅެއް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ)ގެ ހަތަރު ގޯލާ އެކު އެ ޓީމުން 7-0 އިން ކްލަބް ގްރީން ސްޓްރީޓްސްގެ މައްޗަށް ބޮޑު މޮޅެއް ހޯދައިފި އެވެ.

28 އޮކްޓޯބަރ

October 28, 2018 11
ފަސް ހެޓްރިކާ އެކު ރިޒޭ ދުނިޔޭގެ ރެކޯޑަކާ ހަމަކޮށްފި

މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) ދުނިޔޭގެ ރެކޯޑަކާ ހަމަކޮށްފި އެވެ.

27 އޮކްޓޯބަރ

October 27, 2018 5
ފަހު ވަގުތު އީގަލްސް ބަލިކޮށް މާޒިޔާ ދެ ވަނަ އަށް

ފަހު ވަގުތު އަހުމަދު އިމާޒް (އާއްކޮ) ޖެހި ގޯލުން ކްލަބް އީގަލްސް 1-0 އިން ބަލިކޮށް މާޒިޔާ އިން އެ ޓީމު ފަހަތަށް ޖައްސާލައި ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމަށް އަރައިފި އެވެ.

22 އޮކްޓޯބަރ

October 22, 2018 9
ރިޒޭ އަށް ގައުމީ ޓީމުގެ ޖާގައެއް ހައްގު: މޯހަން

މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) އަކީ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނެންޖެހޭ ކުޅުންތެރިއެއް ކަމަށް ގައުމީ ޓީމުގެ ކުރީގެ...

October 22, 2018 2
ރިޒޭ އާއި ނާއިމްގެ ހެޓްރިކާ އެކު އީގަލްސް އަށް މޮޅެއް

ފަސް މެޗުގެ ތެރޭ އަހުމަދު ރިޒުވާން (ރިޒޭ) ހެދި ހަތަރު ވަނަ ހެޓްރިކާއި ޒުވާން ފޯވާޑް އަހުމަދު ނާއިމްގެ ހެޓްރިކާ އެކު އެކު ފ. ނިލަންދޫ އަތުން 8-0 އިން މޮޅުވެ ކްލަބް އީގަލްސް ދިރާގު ދިވެހި...

17 އޮކްޓޯބަރ

October 17, 2018 1
ބޮޑު މޮޅަކާ އެކު އީގަލްސް ފުރަތަމަ ބުރު ނިންމާލައިފި

ފޯވާޑް އަހުމަދު ރިޒުވާން (ރިޒޭ) އާއި މުހައްމަދު ނާއިމްގެ ލަނޑުތަކާ އެކު ފ. ނިލަންދޫ އަތުން 7-2 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.

11 އޮކްޓޯބަރ

October 11, 2018
ރިޒޭ ތިން މެޗުން ތިން ހެޓްރިކް ހަދައިފި

ޖެހިޖެހިގެން ތިން ވަނަ މެޗުގައި އަހުމަދު ރިޒުވާން (ރިޒޭ) ހެދި ހެޓްރިކާ އެކު ކްލަބް އީގަލްސް އިން ބ. ފެހެންދޫ އަތުން 5-0 އިން މޮޅުވެ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް އަރައިފި އެވެ.

06 އޮކްޓޯބަރ

October 06, 2018
އީގަލްސް ދެ ވަނަ މަގާމަށް އަރައިފި

އަހުމަދު ރިޒްވާން (ރިޒޭ) ގެ ހެޓްރިކާ އެކު ދިރާގު ދިވެހި ޕްރިިމިއާ ލީގުގައި މިރޭ ށ. ފޯކައިދޫ އަތުން 5-0 އިން މޮޅުވެ ކްލަބް އީގަލްސް އިން ތާވަލުގެ ދެ ވަނަ އަށް އަރައިފި އެވެ.

03 އޮކްޓޯބަރ

October 03, 2018
އީގަލްސް އިން ބިދޭސީ ދެ ކުޅުންތެރިން ދޫކޮށްލައިފި

މާލީ ހާލަތު ތަންނުދޭތީ ކްލަބް އީގަލްސްގެ ބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޯ ޕުރްޗީނޯ އާއި އޮސްޓްރޭލިއާގެ މިޑްފީލްޑަރު ޑެނީ ޑިކްސަން ފޮނުވާލަން އެ ކްލަބުން ނިންމައިފި އެވެ.

October 03, 2018 9
ފެންނަނީ މާޔޫސްވާވަރުގެ މަންޒަރުތަކެއް: މޯހަން

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް މިހާރު ކުރިއަށްދާ ގޮތުން ފެންނަނީ ދިވެހި ފުޓްބޯޅައާ މެދު ވިސްނާ މީހުން މާޔޫސްވާންޖެހޭ ފަދަ މަންޒަރުތަކެއް ކަމަށް ކްލަބް އީގަލްސްގެ ކޯޗު...

October 03, 2018 1
ތިމަރަފުށި ކޮޅަށް ނުވަ ގޯލު ޖަހައި އީގަލްސް ތިނަކަށް

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުން އަހުމަދު ރިޒުވާން (ރިޒޭ)ގެ ހަތަރު ގޯލާ އެކު ކްލަބް އީގަލްސް އިން 9-0 އިން ތ. ތިމަރަފުށި ބަލިކޮށް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

28 ސެޕްޓެމްބަރ

September 28, 2018 1
އީގަލްސް އިން ހަތަރު ވަނަ މަގާމަށް ޖެހިލައިފި

ގްރީންސްޓްރީޓްސް އަތުން 1-0 އިން މޮޅުވެ ކްލަބް އީގަލްސް އިން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ހަތަރު ވަނަ މަގާމަށް މިރޭ އަރައިފި އެވެ.