21 އެޕްރީލް

April 21, 2018 3
މާޒިޔާ އަކީ ޖެހިލުންވާންޖެހޭ ޓީމެއް: މޯހަން

އެސްޓީއޯ މާލޭ ލީގުގައި މިރޭ މާޒިޔާއާ ދެކޮޅަށް ނުކުންނައިރު ތަޖުރިބާ އަށް ބަލާއިރު އެއީ ޖެހިލުންވާން ޖެހޭ ޓީމެއް ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

16 އެޕްރީލް

April 16, 2018 2
ޔޫވީ ބަލިކޮށް އީގަލްސް އެއް ވަނަ އަށް

ބްރެޒިލްގެ ފޯވާޑް ލުއިޒް އެޑުއާޑޯ ޕުރްޗީނޯ މި ސީޒަނުގައި ހެދި ދެ ވަނަ ހެޓްރިކާ އެކު 4-2 އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ އެއް ވަނަ އަށް ކްލަބް އީގަލްސް ޖެހިލައިފި އެވެ.

15 އެޕްރީލް

April 15, 2018 2
އީގަލްސްގެ ޑިފެންސް މައްސަލަ: މޯހަންގެ ކަންބޮޑުވުން

އީގަލްސްގެ އެންމެ ބޮޑު މައްސަލައަކީ ޑިފެންސް ކަމަށާއި އެސްޓީއޯ މާލޭ ލީގުގައި މިރޭ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ނުކުންނައިރު ވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އެކަމަށް ކަމަށް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

08 އެޕްރީލް

April 08, 2018 53
ރާއްޖޭގެ ހާލަތު ގައުމީ ކޯޗަށް އެނގެންޖެހޭ: މޯހަން

ކަންކަމަށް ފާޑުކިޔުމުގެ ކުރިން ރާއްޖޭގެ ފުޓްބޯޅަ އޮތް ހާލަތު ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ކްރޮއޭޝިއާގެ ޕީޓަ ސެގާާޓަށް އެނގެން ޖެހޭ ކަމަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުގެ މަގާމް...

April 08, 2018 2
އީގަލްސް އަތުން ޓީސީން މުހިއްމު ތިން ޕޮއިންޓް ހޯދައިފި

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކުޅުނު މެޗުން ކްލަބް އީގަލްސް އަތުން 3-2 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބުން މުހިއްމު ތިން ޕޮއިންޓް ހޯދައިފި އެވެ.

07 އެޕްރީލް

April 07, 2018 1
"އީގަލްސްއާ މެދު ޓީސީ ހުރިހާ ވަގުތަކު ސަމާލުވާނެ"

އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނައިރު މި މެޗުގެ ހުރިހާ ވަގުތަކު އެ ޓީމާ މެދު ޓީސީ ސްޕޯޓްސް ކްލަބުން ސަމާލުވާނެ ކަމަށް ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

23 މާޗް

March 23, 2018 7
ބޭބެއާ އެކު ގައުމީ ޓީމަށް ކުޅުމަކީ ހުވަފެނެއް: ނާއިމް

މީގެ ދެ އަހަރު ކުރިން މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ކ. ގުރައިދޫ އަށް ކުޅުނުއިރު މުހައްމަދު ނާއިމްގެ އެންމެ ބޮޑު އުއްމީދަކީ ފުރަތަމަ ޑިވިޝަން ޓީމަކަށް ކުޅުމެވެ. އޭގެ ދެ އަހަރު ފަހުން ގައުމީ ޓީމުގެ ކޯޗުކަމާ ޕީޓާ ސެގާޓް ހަވާލުވުމަށް ފަހު ނާއިމް އަށް ގައުމީ ޓީމުން ފުރުސަތު ލިބުނުއިރު، އޭނާ އަށް ލިބުނީ ދެ އުފަލެކެވެ....

20 މާޗް

March 20, 2018 28
އީގަލްސް އަތުން ބަލިނުވެ ނިއު ސަލާމަތްވެއްޖެ

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފަހު ވަގުތު އަކުރަމް އަބްދުލް ގަނީ (އަކޫ) ޖެހި ގޯލުން ކްލަބް އީގަލްސްއާ 2-2 އިން އެއްވަރުކޮށް ނިއު ރޭޑިއަންޓް ބަލިނުވެ...

March 20, 2018 4
މިހާލަތުގައި ނިއު ބަލިކުރުމަކީ ޗެލެންޖެއް: މޯހަން

ނިއު ރޭޑިއަންޓް ބަލިނުވާތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށާއި އެ ޓީމު ބަލިކުރުމަކީ މި ހާލަތުގައި ކޮންމެ ޓީމަކަށް ވެސް އޮތް ޗެލެންޖެއް ކަމަށް އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު އެ...

10 މާޗް

March 10, 2018 8
ގްރީންސްޓްރީޓްސް އަތުން އީގަލްސް މޮޅުވެއްޖެ

އެސްޓީއޯ މާލޭ ލީގުގައި ކްލަބް އީގަލްސް ކުޅުނު ތިން ވަނަ މެޗުން މިއަދު ހަވީރު ކްލަބް ގްރީންސްޓްރީޓްސް އަތުން 2-1 އިން މޮޅުވެއްޖެ އެވެ.

March 10, 2018 1
ތަޖުރިބާކާރު ދެ މިޑްފީލްޑަރުންގެ ކުރިމަތިލުމެއް

އެސްޓީއޯ މާލޭ ލީގުގައި މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސް ވާދަކުރާއިރު، ދެ ކުޅުންތެރިޔެއްގެ ވާދަވެރިކަމެއް ފެންނާނެ ކަމަށް ބެލެވެ އެވެ. އެއީ މި ދެ ޓީމު...

09 މާޗް

March 09, 2018 6
ސުޒޭނާ އޮންނަނީ ޕްރޮފެޝަނަލް ވާދަވެރިކަމެއް: މޯހަން

ކްލަބް ގްރީންސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭނާ ވާދަވެރިކަން އޮންނަ ކަމަށާއި އެކަމަކު އެއީ ޕްރޮފެޝަނަލް ކަމެއް ކަމަށް އެސްޓީއޯ މާލޭ ލީގުގައި މާދަމާ ހަވީރު އެ ޓީމާ ދެކޮޅަށް ނުކުންނަ ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

04 މާޗް

March 04, 2018 9
އީގަލްސް އާއި ވެލެންސިއާގެ މެޗު ހަމަހަމަ

އެސްޓީއޯ މާލޭ ލީގުގައި މިރޭ ފޯރިގަދަ މެޗަކަށް ފަހު ކްލަބް ވެލެންސިއާ އާއި ކްލަބް އީގަލްސް 3-3 އިން އެއްވަރުވެއްޖެ އެވެ.

03 މާޗް

March 03, 2018 3
ކުޅުންތެރިން ތިބީ ވަރުގަދަ އަޒުމެއްގައި: ސޮބާ

އެސްޓީއޯ މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ވިކްޓަރީ އަތުން 3-0 އިން ބަލިވިޔަސް އެއީ ކްލަބް ވެލެންސިއާގެ އަސްލު ފެންވަރެއް ނޫން ކަމަށާއި އެކަން ސާބިތުކޮށްދޭން ކުޅުންތެރިން ތިބީ އަޒުމް ކަނޑައަޅައިގެން ކަމަށް އެ ޓީމުގެ ކޯޗު ސޮބާހް މުހައްމަދު އިބްރާހިމް ބުނެފި އެވެ.

25 ފެބުރުއަރީ

February 25, 2018 2
ފަހަތުން އަރައި ވިކްޓަރީ އަތުން އީގަލްސް އަށް މޮޅެއް

ވިކްޓަރީ ސްޕޯޓްސް ކްލަބް އަތުން ފަހަތުން އަރައި 4-1 އިން މޮޅުވެ ކްލަބް އީގަލްސް އިން އާ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އާ އެކު އެސްޓީއޯ މާލޭ ލީގުގެ ފެށުން ރަނގަޅުކޮށްފި އެވެ.

24 ފެބުރުއަރީ

February 24, 2018 2
ކުޅުންތެރިންނާއި މެނޭޖްމަންޓުގެ މަސައްކަތް ވެސް ރަނގަޅު

ފުރަތަމަ މެޗާ ކުރިމަތިލުމުގެ ކުރިން އިތުރު ހަފުތާއެއް ލިބުނު ނަމަ ވަރަށް ރަނގަޅުވީސް ކަމަށާއި އެކަމަކު މިވަގުތު ޓީމު އޮތް ހާލަތާ މެދު ވެސް ޖުމްލަކޮށް ހިތްހަމަޖެހޭ ކަމަށް ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

23 ފެބުރުއަރީ

February 23, 2018 8
ކޯޗުންނަށް ޗެލެންޖް ބޮޑު ސީޒަނެއް

ފުޓްބޯޅަ ފޯމެޓަށް މިދިޔަ އަހަރު ގެނައި ބަދަލާ އެކު އެސްޓީއޯ މާލޭ ލީގު ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ދިވެހި ޕްރިމިއާ ލީގުން ޖާގަ ލިބެނީ ގަދަ ހަތަރަކަށް ވުމުންނެވެ. މި ފަހަރު ޕްރިމިއާ ލީގުގެ ޖާގަ މާލޭ ލީގުގެ ގަދަ ހަޔަކަށް ލިބޭ ގޮތަށް ބަދަލުކޮށްފައިވީ ނަމަވެސް ވަކި ފޯރި ކުޑަވާނެ ކަމަށް ނުބެލެވެ އެވެ. އެންމެ ބޮޑު ގޮންޖެހުމެއް...

21 ފެބުރުއަރީ

February 21, 2018 5
އީގަލްސް އަށް ބްރެޒިލް ފޯވާޑެއް

އޭޝިއާގެ ގިނަ ކްލަބްތަކަށް ކުޅެފައިވާ ބްރެޒިލްގެ ފޯވާޑެއް ކަމަށްވާ ލުއިޒް އެޑުއާޑޯ ޕުރްޗީނޯ ކްލަބް އީގަލްސް އިން ގެނެސްފި އެވެ.

15 ޖެނުއަރީ

January 15, 2018 1
އީގަލްސް ދޫކޮށް ޝާކިއްޓެ އެފްއޭއެމަށް

ޔޫތު ފުޓްބޯޅަ މުބާރާތުގެ ތަށި ކްލަބް އީގަލްސް އަށް ޖެހިޖެހިގެން ތިން އަހަރު ހޯދައިދިނުމަށް ފަހު އެ ކްލަބުގެ ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) އެ ކްލަބް ދޫކޮށް އެފްއޭއެމްއާ ގުޅިއްޖެ އެވެ.

13 ޖެނުއަރީ

January 13, 2018 3
ބަކާ އީގަލްސް އަށް

ރާއްޖޭގައި އުފެދުނު އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރު ކަމަށްވާ މުހައްމަދު އާރިފް (ބަކާ) އަންނަ ސީޒަނުގައި އޭނާގެ ކުރީގެ ޓީމު، ކްލަބް އީގަލްސް އަށް ކުޅެން ސޮއިކޮށްފި އެވެ.

January 13, 2018 1
މޯހަންގެ ފުރަތަމަ ބަސް: "ސާންތީއަށް ތައުރީފް ހައްގު"

ކްލަބް އީގަލްސްގެ ކޯޗުކަމާ ހަވާލުވެ އެންމެ ފުރަތަމަ ވެސް ކުރަން ޖެހޭ ކަމަކީ އެ ޓީމުގެ ކުރީގެ ކޯޗު އިހުސާން އަބްދުލްގަނީ (ސާންތީ) ކޮށްފައިވާ މަސައްކަތަށް ތައުރީފް ކުރުން ކަމަށާއި...

10 ޖެނުއަރީ

January 10, 2018 4
އީގަލްސްގެ ކޯޗަކަށް މޯހަން ހަމަޖައްސައިފި

އިހުސާން އަބްދުލްގަނީ (ސާންތީ) ފުރަމުން އައި ކްލަބް އީގަލްސްގެ ކޯޗުގެ މަގާމާ އޭނާގެ ކުރީގެ ކޯޗިން ޕާޓްނަރު މުހައްމަދު ޝިޔާޒް (މޯހަން) ހަވާލުވެއްޖެ އެވެ.

30 ޑިސެމްބަރ

December 30, 2017 8
ޔޫތު މުބާރާތް ތިން ވަނަ ފަހަރަށް އީގަލްސް އަށް

ޕެނަލްޓީ ޖަހައިގެން 8-7 އިން މާޒިޔާ ބަލިކޮށް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ކްލަބް އީގަލްސް މިއަދު ހަވީރު ކާމިޔާބުކޮށްފި އެވެ.

28 ޑިސެމްބަރ

December 28, 2017
މާޒިޔާ އާއި އީގަލްސް ފައިނަލަށް

ޔޫތު ފުޓްބޯޅަ މުބާރާތުގެ ފައިނަލުން މާޒިޔާ އާއި ކްލަބް އީގަލްސް ޖާގަ ހޯދައިފި އެވެ.